ސިނަމާލެ ބްރިޖް ކައިރީގައި ހަތަރު ވެހިކަލް ޖެހި، ނުރައްކާތެރި ޢެކްސިޑެންޓެއް ހިނގައިފިއެވެ.

އެކްސިޑެންޓުގައި ހިމެނެނީ އަމިއްލަ 2 ކާރާއި ޓެކްސީއަކާއި އެއް ސައިކަލެވެ. އޭގެ ތެރެއިން ޕްރައިވެޓް އެެއް ކާރަކީ އެއާޕޯޓުން މީހުން ނަގައިގެން މުދާ ބަރުކޮށްގެން މާލެ އައި ކާރެކެވެ. އެކާރު އޮތީ ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައެވެ. އެކާރުގައި ތިން މީހަކު ތިބި އިރު އަންހެނަކާއި ކުޑަކުއްޖަކުވެސް ހިމެނެއެވެ.

މި އެކްސިޑެންޓުގައި ދެން ގެއްލުންވީ ހުދު ކުލައިގެ ޕްރައިވެޓް ޖިޕަކަށެވެ. އެއީ ވަރަށް އަގު ބޮޑު ވެހިކަލެކެވެ.

އެކްސިޑެންޓު ހިނގާފައި ވަނީ ހުދު ކުލައިގެ ޖިޕު ބާރު ސްޕީޑުގައި އައިސް ޕްރައިވެޓް ކާރުގައި ޖެހިގެންނެވެ. އެއާއެކު އެ ކާރު ގޮސް ކައިރީގައި އޮތް ޓެކްސީއެއްގައި ޖެހުނީ ކަމަށް މައުލޫމާތު ލިބެއެވެ.

ޕްރައިވެޓް ޖިޕު-ފޮޓޯ: މުހައްމަދު ރިޔާޒް ސައީދު

މިހާދިސާގައި އޯވަ ސްޕީޑުގައި އައިސް ޕްރައިވެޓު ކާރުގައި ޖެހުނު ޖިޕު ދުއްވަން އިން މީހާއާއި ޢެ ޖިޕުގައި ދެން ތިބި މީހުންވެސް ވަނީ ފިލާފައެވެ.

މި ހާދިސާގައި މީހަކަށް އަނިޔާވިކަމުގެ މައުލޫމާތެއް އަދި ނުލިބެއެވެ.

ކިޔުންތެރިންގެ ހިޔާލު

19 ކޮމެންޓް

  1. ނީލަން

    ކިތަންމެ އަގުބޮޑު ކާަރަކަސް ދުއްވަންވާނީ ބަލައިގެން! މިމީހުން ހިފާ ހައްޔަރުކޮށް ޖަލައްލާ ކާރު ނީލަންކިޔާ!

    84
  2. ޕޮގުބާ

    ﷲ ގެ ރަ ހުމަތާއެކު ބަރާބަރު ވަރަށް ބަރާބަރު

    21
    1
  3. ޑޯން

    ފިންގަރ ޕްރިންޓް ހުންނާނެ ޖީޕުތެރޭގައި، އެހެން ކަމުން ތިމީހުން ހޯދާކަށް ކަލަމްބޯ ނުވަތަ ޝަރލޮކް ހޯމްސް އެއް ބޭނުމެއް ނުވާނެކަމަށް ބެލެވެނީ.

    52
    1
  4. އެންދެރި

    އެއީ ސެކިއުރިޓީ ވަރުގަދަ ހިސާބެކެވެ . ވީކެންޑް ގަ ބާރައް ވެހިކަލް ސައިކަލް ދުއްވުމަކީ އާއްމު ކަމެކެވެ. ފުލުހުން މާބޮޑައް އަޅައެއް ނުލަ އެވެ.

    45
  5. ޢަލޫ

    ބްރިޖް އަޅަން ނެގި މުއްދަތަށް ވުރެއް ގިނަ ދުވަސްނަގާ ބްރިޖްގަ ކެމެރާ ހަރުކުރުމަށް.

    77
    • ބުރިޖުއަބުދު

      ކަލޯ ތިޔައީ އެއްވަނައިގެ ކޮމެންޓެއް.

      28
    • ވަޅޯ

      މިއަހަރުވެސް ތިވަރުގެ ކޮމެންޓެއް ނުކުރެ
      އަދި

  6. ނުހާ

    ޖީޕްތިޔަ އޮތީ ފެންނާކަށްނު އެހެންވީމަ މީ ހުން ހޯދޭނެތާ އެކަމަކު މިރާއްޖޭގަ ހިޔެއް ނުވޭ ހޯދޭނެ ހެނެއް ، ވަރަށް އަގުބޮޑު ޖީޕެއް އެވާނީ ކޮންމެވެސް މުއްސަންޖެއްގެ ދަރިއެއްގެ އެއްޗަކަށް އެ ހހެން ވީމަ އެބަޔަކު ނު ހޯދޭނެ ކަމަށް ލަފާކުރެވެނީ

    65
  7. ރޮކް1

    ފިލިއްޔޭ!! ފުލުހުން ވަރަށް ކުޅަދާނެވާނެ އެމީހުން ހޯދަން!!

    45
    1
  8. އަހްމަދު

    ފުލުހުންބޭނުންނަމަ މީހުންހޯދުމަކީ އެއްވެސްކަމެއްނޫން ނުފޫޒުފޯރުވޭފަދަ ބަޔަކުނަމަ ފުރުވާލާނެ އަނެއްކާ ވަގުތުވެސްނަގާނެ

    23
    1
  9. ދދ...

    ތިޔަޖިޕްދުއްވަންތިބި މީހުންތިބޭނީ ހަމަ ހެޔަކުނޫން!އެމީހުނަށް ކަމެއްވެސް ނުކުރެވޭނެ!އެއީކޮންބައެއްކަން ވެސްއެގޭނެ! ޙުރިޔާ ދެރައެއް ހަމައިގާ ތިބި މީހުނަށް. ޢެއީ އިންސާފު.ޖަޒީރާގެ ހާލަތު.ބްރިޖްގާ ތިކަހަލަ ކަމެއް ހިގައިފިއްޔާ އަތްޖަހާނެ!

    15
  10. ހަމަހަމަ

    ޖިޕުގަތިބި މީހުން ތި ފިލީ އެކްސިޑެންޓުގެ ކުށަކުންނޫންކަން ޔަގީން. ޢެންމެނަށްވެސް އެންގޭނެ ތިހާ ހާމަތަނަނެއްގަ އެކްސިޑެންޓުވެފަ ވެހިކަލް ބާއްވާފަ ނުފިލޭނެކަން.

    ޢެހެންކަމުން ބެލެވެނީ ތި ޖިޕުގައިތިބި މީހުން ތިބޭނީ މަސްތުވެފަކަމަށް. ޢެ ފިލަނީ އެ ކުށަށް ކަމަށް. ފުލުހުން އެމީހުން ހޯ ދަންވާއިރަށް ހަށިގަނޑުން އޭގެ އަސަރު ނުފެންނަވަރަށް ފިލާތޯ.
    ނޫނީ އަތުގަ ހުޜީ އެފަ ދަ ތަކެތި، އެ ފޮރުވަން.

    13
    1
  11. ހުސޭނުބޭ

    އެންމެ 4 ވެހިކަލް؟ ހާދަ މަދޭ!

    1
    1
  12. ދުންމާރި1

    ހުދު ޖިޕުގަ ތިއްބަވާނީ ނުފޫޒުގަދަ ސިޔާސީ ބޭފުޅުން ނުވަތަ އެބޭފުޅުންގެ ދަރިން އެމީހުނެއް ނޭނގޭނެ އެއީ ހިމާޔަތް ލިބިފަވާ ފަރާތްތައް އެބޭފުޅުންގެ މައްޗަށް ޤާނޫނެއް ނުހިނގާނެ އެތައްބަޔަކު ތިބިތަނެއްގަ އެއީ ކޮންބައެއްކަން ނޭނގުނީތީ ހައިރާންވޭ އަދި އެމީހުން ފިލިވާހަކަ ބުނީމަވެސް ސުވާލު އުފެދޭ ތިޔަ މީހުންވާނީ ފިލުވަން މަޖުބޫރުވެފަވާ ބަޔަކަށްވާނީ މުޖުރިމުން ހިފާހައްޔަރުނުކޮށް އެމީހުން މުޖުތަމައުގައި މިނިވަންކޮށްއުޅެމުންދާތީ މި ހުރިހާ ހާދިސާތަކެއް އެ ހިނގަނީ ރަނގަޅަށްވިއްޔާ ތިއްބަވާނީ ޝަރާބު ބައްލަވައިގެން ނައިސްވެފަ

  13. ދިރާސާ

    ބުރިޖުގެ ހުރިހާ ސްޕީޑް ބްރޭކަރެއް ނެގުމަކީ ހެދުނު ގޯހެއް.. ބުރިޖުން މާލެއަށް ފައިބާ ހިސާބާއި ބުރިޖުން ހުޅުލެއަށް ފައިބާ ހިސާބުގައި ސްޕީޑް ބްރޭކަރު ހުރުމަކީ މުހިންމު ކަމެއް..

    5
    1
  14. މުދައްރިސް

    ބުރިޖު ވިޔަސް .. ހައިވޭ ވިޔަސް.. މަގުތައްމަތި ވިޔަސް ދެ ވެހިކަލް ދެމެދުގައި ބާއްވަން ޖެހޭ ދުރުމިން ނުބާއްވާނަމަ މިފަދަ ގޮތަކަށް ވެހިކަލަކާ ޖެހި ވެހިކަލެއް އެކްސިޑެންޓު ވުމުގެ ފުރުސަތު ބޮޑުވާނެ.

  15. ޥައްޖީ

    ތިތަ ޙު ދު ޖިޕް ދުއްވަނީ ކުރިންވެސް ދުއްވަނީ ވަރަށް ބާރަށް

  16. ަަހައްލު

    ތިހުރިހައި ކަމަކީވެސް ލާދީނީސަރުކާރުން ރާވައިގެން ކުރާކަންތަ އް ތިހުރިހައި ކަމެއް ހުއްޓުވޭނީ މިލާދީނީ ކޯލިސަން ސަރުކާރު ބަދަލުކޮއްގެން ކުރިޔަށްއޮތް ކައުން ސިލުއިންތިހާބުގެ ވޯޓު މިސަރުކާރާ ދެކޮޅަށް ދިނުމަކީ ތިރައްޔަތުގެ ސަލާމަތައްޓައި ވަރަށް މުހިއްމުކަމެކެވެ.

    4
    1
  17. ާދެރަކަމެއް

    ސުބުހާނަﷲ!