އިސްލާމް ދީނަށާއި ރަސޫލާ އަށް ފުރައްސާރަކޮށް ރިޕޯޓު ނެރުނު މޯލްޑިވިއަން ޑިމޮކްރެޓިކް ނެޓްވޯކް (އެމްޑީއެން) އުވާލުމަކީ ދިވެހިން އުފާކުރަން ޖެހޭ ކަމެއް ކަމަށާއި، އެއީ އިސްލާމްދީނަށް ދެއްވި މަތިވެރި ނަސްރެއް ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

އެމްޑީއެން ރަސްމީކޮށް އުވާލިކަން، ޔޫތް މިނިސްޓްރީން އިއުލާނު ކުރީ އިއްޔެ އެވެ.

އެކަމާއި ގުޅިގެން ގާސިމް ވިދާޅުވީ، އެމްޑީއެންއާ މެދު އެޅި އެ ފިޔަވަޅަކީ ދިވެހިންގެ އިތުރުން އިސްލާމީ އުއްމަތް ވެސް އުފާކުރަންޖެހޭ ކަމެއް ކަމަށެވެ. އަދި އެ ޖަމިއްޔާ އުވާލުމުގެ ނަތީޖާއަކީ ދިވެހިންގެ މެދުގައި އޮތް ސުލްހަވެރިކަމާއި އެއްބައިވަންތަކަން ދެމި އޮތުން ކަމަށެވެ.

އެ ނިންމުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހަށްވެސް ގާސިމް ވަނީ ޝުކުރު އަދާކުރައްވާފައެވެ.

ގާސިމް ވިދާޅުވީ، އެމަނިކުފާނަށް ދިވެހިން ދަރާފައިވާ ދަރަނި އަދާކުރުމަކީ ކޮންމެ ދިވެހި ރައްޔިތަކު އަދި ކޮންމެ މުސްލިމަކު ވެސް ކުރަންޖެހޭ ކަމެއް ކަމަށާއި އެކަމުން ރައީސް ސާލިހު ސާބިތުކޮށްދެއްވީ ރަސޫލާ އާއި ގުރުއާނާއި މާތްﷲ އަށް ކުފުރު ބަސްތައް ބުނުމަށް އެއްވެސް ޖާގައެއް ނުދެއްވާނެކަން ކަމަށެވެ.

"މިކަމުން މި ސާބިތު ކޮށްދިނީ އަޅުގަނޑުމެންގެ ރައީސުލްޖުމްހޫރިއްޔާ އެއްވެސް ޖާގައެއް ނުދެއްވާނެކަން ކީރިތި ރަސޫލާ އަށާއި ކީރިތި ގުރުއާނަށާއި މާތް ﷲ އަށް ޝަރީކު ކުރާ ހާލުގައި ތިބެގެން ބުނާ އެ ބާވަތުގެ ކުފުރު ބަސްތައް ނުވަތަ ހަރާމް ބަސްތައް ބުނުމަށް" ގާސިމް ވިދާޅުވިއެވެ.

އެ ޖަމިއްޔާ އުވާލިކަން އިއުލާނުކޮށް ޔޫތް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވިދާޅުވީ، އެޖަމިއްޔާ އުވާލުމަށް ރެޖިސްޓަރ އޮފް އެންޖީއޯސް ނިންމެވުމާއި ގުޅިގެން ޖަމިއްޔާތަކާއި ބެހޭ ގަވާއިދުގައިވާ ފަދައިން ޖަމިއްޔާގެ މުދަލާއި، ދަރަންޏާއި އަދި ޖަމިއްޔާއާ ގުޅޭ އެންމެހާ މައްސަލަތައް ނިންމުމަށްޓަކައި ނޮވެމްބަރު ފަހަކުން ފެށިގެން މިއަދުގެ ނިޔަލަށް ދީފައުވާ 45 ދުވަހުގެ މުއްދަތު ހިމަވިއިރުވެސް އެ ޖަމިއްޔާއިން އެއްވެސް އެއްޗެއް އަންގާފައި ނުވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ހަދީޖާ

    ގާސިމުގެ ރާގުދަންތކާއި އޫރުމަސް ފުރިޖުތަކާއި ސުޕާތަކާއި އަދި ޓެކުސަ ނުދައްކާ ރަށްތަކާއި ކަރަޕްޝަނުން ހޯދާފަ ހުރި ލާރިތައް ބަންދުކުރެވިއްޖެއިޔާ ހަމަ އިސްލާމް ދީނައް އިތުރައް ނަސްރުލިބޭނެ..

    • .....ޓެކްސް

      ޓެކްސްް ނެގުމަކީ އިސްލާމް ދީން ހުއްދަ ކުރާ ކަމެއް ނޫން ކަމުގެ ދަލީލުގެ ދަލީލު ދުށިން....
      އއެކަމަކު ދެން އެހެރަ ކަން ކަން ކުރަމުން ގާސިމް އިސްލާމް ދީނޭ ކިޔާކަށް މުސްލިމެއްގެ ހައިސިއްޔަތުން ނުރުހެވޭނެ....
      އ

  2. ޔާﷲ

    ކަލޯ ގާސިމް ކަލޭ ތިއީ ދެވަނަ ފިރުއައުން ކަލެޔަށް ހަލާކުހުރި ކަލެޔާ މައުމޫން އާއި ދެޖައް ބާރުންނަކީ އެމްޑީއެން ގެ މުގޯ އެމްޑީޕީ ބޯކޮޅު ވަތަށްޖެހިފައޮ އް ވައިނަގައި ކޮޅަށް ޖަހާ ދިވެހިރާއްޖޭގެ ރައްޔަތުން ފުންއަދަ ވަޅަކަށް ވައްޓާލީ ތިދެޖައްބާރުން ﷲ ގާސިމްއާއި މައުމޫން ގެ ނުބައިރޭވުން ތަކުންގެނައި މިއެމްޑިޕީ ސަރުކާރު އަވަސްވީގޮތަކުނިންމަވާފާން ދޭވެ.އާމީން

  3. ޢަންސާރު

    ޢަޅެ ފަހެ މީހަކު ހައިރާނެއް ނުވާނެ؟

    5
    1
  4. ?ރޮނޑާ

    އެމް ޑީއެން ކިޔާ ޖަމު އިއްޔާއެއް އޮންނަކަން އެގުނީ މިއަދު.

    1
    1
  5. ގައްޑޭ

    ކަލޭހަމައިގަތަ ތިހުރީ އަހަރެންގެ އަމިއްލަގޭގެ ނަންބޯޑުނަގާ އެއްލާލާފަ ޖެހިގެންއަންދުވަހު އެހެންނަމެއްގަ ބޯޑުބެއިންދީމާ ދެންކޮންއުފަލެއްކުރާނީ މިހާރުވެސް އެބުނަނީ ތިމަންނަމެންގެ މަސައްކަތެއްހުއްޓައެއްނުލާނަމޭ މަސައްކަތް ގެންދާނީކުރިއަށޭ ކަމެއްކުރަންޏާ ފުރަތަމަގޭގެ މީހުންހައްޔަރުކޮއް އެމީހުންނައްދޭންވާއަދަބުދީބަލަ އޭރުންހުރިހާމީހުން ވެސް ޝުކުރުކުރާނެ ބޯޑެއްއެއްލާލިޔޭކިޔާފަ ކާކުއެކަމާއުފާކުރާނީ