ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލުކުރަން އެންމެ މުހިންމު ރޯލެއް އަދާކުރަން ބަޔަކީ އެޤައުމެއްގައި ތިބޭ ތަޢުލީމީ މުއައްސަސާތައް ކަމަށްވާއިރު، ރާއްޖޭގެ ތަރައްޤީގައި މުހިންމު ރޯލެއް އަދާކުރާ ބޭނުންވާކަން ފުޅާދާއިރާއެއްގައި ހިންގަމުންދާ އިންފޮމޭޝަން ޓެކްނޮލަޖީގެ ދާއިރާއިން މަތީ ތައުލީމު ފޯރުކޮށްދެމުންދާ ސައިރިކްސް ކޮލެޖުން ހާމަކޮށްފިއެވެ.

"ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލުކުރަން އެންމެ މުހިންމު ރޯލެއް އަދާކުރާ ބަޔަކީ އެޤައުމެއްގައި ތިބޭ ތަޢުލީމީ މުއައްސަސާތައް. ބޭނުންވަނީ މި ކޮލެޖަކީ ރާއްޖޭގެ ތަރައްޤީގައި މުހިންމު ރޯލެއް އަދާކުރާ މުއައްސަސާއަކަށް ވުން." ސައިރިކްސް ކޮލެޖުގެ ޑީން އޮފް ސްޓޫޑެންޓްސް އަނިލް އާދަމް ވިދާޅުވިއެވެ.

ރާއްޖެއަކީ ވަރަށް ވަސީލަތްތައް މަދު ޤައުމެއް ކަމަށާއި، ކުރިއަށް ދެވެން އޮތް ގޮތަކީ ޓެކްނޮލަޖީގެ ބޭނުން ހިފުން ކަމަށްވާތީވެ، ސައިރެކްސް ކޮލެޖުން ބަލަނީ، ޤައުމުގެ ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލް ކުރުމަށް އެ ކޮލެޖަށް ކޮށްދެވުނު އެންމެ ރަނގަޅު ކަމެއް ކޮށްދިނުމަށް ކަމަށްވެސް އަނިލް ވިދާޅުވިއެވެ.

އަނިލް ވިދާޅުވީ، މި ވޭތުވެދިޔަ 25 އަހަރުގެ ތެރޭގައި ސައިރިކްސް ކޮލެޖުން، 23000 ގާތްކުރާ އަދަދަކަށް މީހުން ތަމްރީނު ކޮށްފައިވާނެ ކަމަށާއި، ކުރިއަށް އޮތް އަހަރުގެ ލަނޑުދަނޑިއަކީ، ރާއްޖެއަށް ޓެކްނޮލަޖީގެ އައު ދާއިރާތައް ތައާރަފްކުރުން ކަމަށެވެ. އެގޮތުން ބިގް ޑޭޓާ، އާރޓިފިޝަލް އިންޓެލިޖެންސް، ކްލައުޑް ކޮމްޕިއުޓިންގ، އާއި ބިހޭވިއަރަލް އިކޮނޮމިކްސް އަދި ޑިސިޝަން ސައިންސް ފަދަ ދާއިރާތަކުން ތައުލީމު ފުޅާކުރެވިގެންދާނެކަމަށް އޭނާ ވިދާޅުވިއެވެ.

ރާއްޖޭގެ ތައުލީމީ ނިޒާމަށް އަބަދުވެސް ދިމާވެފައި އޮންނަ އެންމެ ބޮޑު ގޮންޖެހުމަކީ، ސިލަބަސް ރިވިއު ކުރުމަށް ގިނަ އަހަރުތަކެއް ނެގުން ކަމަށްވީނަމަވެސް، ސައިރިކްސް ކޮލެޖުން އަބަދުވެސް ބަލަނީ ދުނިޔޭގައި އަލަށް ތައާރަފްވަމުން އަންނަ އެންމެ އަޕްޑޭޓް ކަރިކިއުލަމްއެއް ނުވަތަ ޓެކޮނޮލަޖީއެއް ދަރިވަރުންނަށް ވާސިލް ކޮށްދިނުމަށް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ރާއްޖޭގެ ތަރައްޤީގައި މުހިންމު ރޯލެއް އަދާކުރަން ބޭނުންވާކަން ސައިރިކްސް ކޮލެޖުން ހާމަކުރިއިރު، ކޮމްޕިއުޓަރ ސައިންސްގެ އައު ހުނަރުތަކާއި އައު އީޖާދުތައް ދުނިޔެއަށް ގެނައުމަށްޓަކައި ވަރަށް ބޮޑެތި މަސައްކަތްތަކެއް ކުރަމުންދާ އެމެރިކާގެ މަޝްހޫރު ޓެކްނޮލަޖީ ކުންފުންޏެއް ކަމަށްވާ އޮރެކަލްގެ "އޮރެކަލް އެކަޑަމީ"ގެ މެންބަރުކަން ސައިރިކްސް ކޮލެޖް ހޯދާ އެ އެކަޑެމީގެ ޚިދުމަތް ލިބޭ ޤައުމުތަކުގެ ތެރޭގައި ދިވެހިރާއްޖެ ހިމެނިފައިވާކަން ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު