މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. އިޔާޒް ނިރުބަވެރި ޖަމާއަތެއް ކަމުގައިވާ އަލްގައިދާގެ ކުރީގެ ލީޑަރު އުސާމާ ބިން ލާދިން އަށް ތާއިދު ކުރެއްވިކަން ހާމަވެއްޖެއެވެ

މިކަން ހާމަކޮށްފައި ވަނީ "މުކްތަބާ ސަލަފިއްޔާ" އަކީ ހަރުކަށި ފިކުރުގެ މީހުން ކަމަށްބުނެ 3 އިލްމުވެރިޔަކު ސަސްޕެންޑު ކުރުމުން ޝެއިޙް މުހައްމަދު ހަސަންގެ ފަރާތުން ބޭއްވި ބައްދަލުވުމެކެވެ.

އޭނާ ވިދާޅުވީ މިހާތަނަށް ދުނިޔެ މައްޗަށް އުފަންވި ހަރުކަށި ފިކުރުގެ އެންމެ ބޮޑު އިމާމަކީ އުސާމާ ބިން ލާދިން ކަމަށް އެއްވެސް އިލްމުވެރިއަކު ދެކޮޅު ނުހައްދަވާނެ ކަމަށާއި، އަދި އެއީ ޝައިތާނާގެ މަގުގައި ޖިހާދު ކުރާ މީހެއް ކަމަށް އިލްމުވެރިން އިއްތިފާގުވާ ކަމަށެވެ. އަދި އެއީ ހައްދުފަހަނަ އެޅުމުގެ "ހިޓްލަރު" ކަމަށް ޝެއިހް މުހައްމަދު ވަނީ ސިފަ ކުރައްވާފައެވެ.

މަކްތަބާ ސަލަފިއްޔާގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން - ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް

އަދި އުސާމާ ބިން ލާދިން އަކީ ދުނިޔޭގެ އެތައް ގައުމެއްގެ ވެރިންނާއި، އެތައް ބަޔަކު ކާފަރުކޮށްފައިވާ މީހެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ޝެއިހް މުހައްމަދު އެ ޕްރެސް ކޮންފަރެންސްގައި ހިއްސާކޮށްފައިވާ 2011 ވަނަ އަހަރުގެ މެއި މަހުގެ 11 ވަނަ ދުވަހު، ޑރ. އިޔާޒް ކޮށްފައިވާ ޓްވީޓެއްގައި ވިދާޅުވެފައި ވަނީ "އުސާމާ ބިން ލާދިން އަކީ ދުނިޔޭގެ މުއްސަނދިކަމާއި އަރާމު ދޫކޮށް ﷲ ގެ މަގުގައި ޖިހާދުކޮށްފައިވާ ވަރުގަދަ މާހިދެކެވެ. މާތް ﷲ އޭނާގެ އަމަލުތަކަށް ހެޔޮ ޖަޒާ ދެއްވާށިއެ. އަދި އޭނާގެ ކުށް ފާފަތައް ފުއްސަވައި އޭނާ އަށް ސުވަރުގޭގެ ދާއިމީ ނިއުމަތް ދެއްވާށިއެ" ޑރ. އިޔާޒްގެ ޓްވީޓުގައި ވާކަމަށް ޝައިހް މުހައްމަދު ވިދާޅުވިއެވެ.

ޝެއިހް މުހައްމަދު ވިދާޅުވީ ދުނިޔޭގެ މަޝްހޫރު އިލްމުވެރިން ވިދާޅުވެފައިވާ ގޮތުގައި އުސާމާ ބިން ލާދިން އަށް ތާއިދު ކޮށް އަދި އޭނާގެ ފިކުރަށް ތާއިދުކުރާ ކޮންމެ މީހަކީ "ހަވާރިޖެއް" ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

40 ކޮމެންޓް

  1. ފިޔާ

    ސޭކު ނިޝާނެކޭ ކިޔައިގެން އުޅޭ މީހާގެ ހުއްދަ ބާތިލުނުކުރޭދޯ؟؟؟؟؟؟؟؟އޭނާގެ ވާހަކަތަކާއި ޕޯސްޓްތައް އަޑުއަހާލަބަލަ ކުދިންނޭ

    26
    16
    • ކިނބޫ

      ހަހަހަހާ ހަރުކަށްޓޭމެން ތިބީ ލާދީނީންނާއެކު އެމީހުންގެ ފަޅީގައޭ މިކިޔަނީ ސަމާސާއަކަށް ނޫނޭ

      41
      3
      • އިޔައްޓޭ

        ރަނގަޅަށް ތިބުނީ. ކަސޯޓީއަށްވުރެ މިހާރު މިކުޅޭ ޑްރާމާ ސަޅި

        31
        1
        • ފޮނިމީހާ

          ކަމެއްވެގެންނެ މިހާރު ދިވެހިން ކަސައުޓީ ނުބަލަނީ ????

          10
    • ހަރުކަށި

      އާން ހަރުކަށި މީހުންނަށް ޖާގަ ދެނީ ލާދީނީމެން ކަމަށް ޝައްކުކުރެވޭ، ވަގުވަގަށް އަޑިއަޑިން ބޭރުފުށުން ހަރުކަށި ފިކުރާ ދެކޮޅަށް އުޅޭކަން ދައްކަނީ.. ބޭނުމަކީ ލާދީނީ ފިކުރު ކުރި އެރުވުން ހަރުކަށި ފިކުރު ޕުރަމޯޓްކޮށްގެން.. ތިޔަ ހަރުކަށި އުޅެނީ 100އެއްހާ މީހުން ކީއްވެ އުފުރާ ނުލެވެންވީ ނޫނީ ތިޔަ ހަދާ ޤާނޫނުތަކުން ބާރު ހޯދައި ހައްޔަރު ނުކުރަންވީ؟؟ ކޮންމެވެސް ކަމެއް އެބައުޅޭ ޔަޤީނޭ އަޑިން ގުޅިފަ އިންނާނި.. ތިޔަ ހަރުކަށި މީހުންގެ ތެރޭގަ ވެސް ތިބީ ނުކިޔާ އަދި ކުރިން ޕާޓޭންނަށް އުޅުނު މީހުންނާ ދީނާ ދުރު ޢަމަލުތައް ކުރުމުގަ އުޅުނު މީހުން..

      20
      5
  2. ްް....

    سبحان الله ހުރި ހިތާމައެއްގެ ބޮޑުކަމާއެވެ. ޤައުމު ފަސާދަވެ ދުނިޔޭގެ ނިމުން ގާތްވެއްޖެ ކަހަލައެވެ. ޤައުމު ފަސާދަވެ ފިތުނަ ފަސާދަ އާންމުވެއްޖެއެވެ. ﷲ މިޤައުމަށް ޖެހިފައިވާ މުސީބާތްތަކުން މިޤައުމު އަވަހަށް ސަލާމަތް ކުރައްވާށިއެވެ. މިޤައުމުގެ މީހުންނަށް ހެޔޮވިސްނުންދެއްވާ މިޤައުމު ކާފަރުންގެ ނުބައިރޭވުމުން ސަލާމަތް ކުރައްވާށިއެވެ. ޢަދި ފައިސާއަށްޓަކައި ދީނާއި ޤައުމު ވިއްކާމީހުންގެ ކިބައިން މިޤައުމު ސަލާމަތް ކުރައްވާށިއެވެ. ޢާމީން.

    108
    4
  3. އެންދެރި

    ދަރުސް ދިނުން.މަނާ ކުރީމަ ކޯފާ ވީ އެވެ.

    55
    19
  4. މާޑު

    އިޔާޒުކޮށްފާނެ. ޖޭ.އެސް ފިކުރަކީ ތިބުނާ ޒާތު ފިކުރެއްދޯ

    21
    28
  5. ސްޓިކް ހައުސް ޒަކިއްޓޭ

    އިޒާޒު ނުވާނެ އެއްބަހެއް

    23
    9
  6. މާޑު

    7 ފެނު ކައްކާ އަވީ ލިޔަސް އިޔާޒު ނުގުޑާނެ. ވ ބޯހަރުވާނެ.

    26
    8
  7. ހަސަނު

    މުޙައްމަދު ހަސަން އަކީ އެހެން ޢިލްމުވެރިން ގޯސްކޮށް މީހުންނާ މެދު ގީބަ ބުނެ އުޅޭ މީހެން. އޭނާގެ ސަފަލީ މަޒުހަބުގައި އޮންނަނީ ސައޫދީ ސަރުކާރުގެ ސިޔާސަތު ފެތުރުން

    47
    19
  8. ހައްގު ދައުވަތު

    ސާބަސް ޝައިޚް އަބޫ އަނަސް. ﷲ ގެ މަގުގައި ޙައްގު ސުންނަތުގެ ދައުވަތާއިގެން ތެދުވަން ކެރިއްޖެ މީހެއް ތިއީ. ﷲ ޝައިޚް ރައްކާ ކުރައްވާށި. އާމީން

    39
    23
  9. އަޙްމަދު

    ކޮޔާމެންނޭވެ! ތިވާހަކަ ތަކުން ހިތް ހަމަޖެހޭނެ ބަޔަކު މަޖްލީހުގައިވޭ އަދި އެމްޑީއެން އާއި އެބައިމީހުންނަށް ތާޢީދުކުރާ މަޖްލީސް މެންބަރުން ވަރަށް އުފާވާނެ!

    38
    6
  10. ހަސަނު

    މުޙައްމަދު ހަސަނާ އެކު ޓީވީއަށް އެރި މީހުންނަކީ އޭނަގެ އައުވާނުން. އެއީ މި ކިޔާ ސުޕަ ސަލަފު މީހުން. ކަމަކީ ވެބްސައިޓު ހަދައިގެން މުޖުތަމަޢުގައި ފިތުނަ ފަސާދަ އުފެއްދުން. ސައޫދީގެ ސިޔާސީ ހަންފެތުރުން. ސައޫދީއިން ޔަމަނަށް ބޮން އަޅާ ސުންނާފަތި ކުރާއިރުވެސް އެވާހަކަ ނުދައްކާނެ. އެހެން މީހުން ގޯސްކޮށް ގެން ވާހަކަ ދެއްކުން ކަމަކީ.

    48
    18
    • ހައްގު ދައުވަތު

      ބްރޯ އަށްާ ބޮޑަށް އެނގެނީ އިސްލާމީ އަގީދާއާ ތަވްހީދުގެ ދައުލަތް ސައޫދީ. އެމީހުން ހަނގުރާމަ ކުރަނީ ޔަމަނުގެ ދާޚިލީ ހަނގުރާމަ ހިންގާ ހޫޘީ ރާފިޟީ ޔަހޫދީންގެ އައުވާނުންނާ. އެމީހުން މައްކާ ހިފަން އުޅޭއރިވެސްަ މަޑުން ތިބެންވީތަ. ވާނުވާ ނޭނގެންޔާ އަނގަ މަޑުން ލައިގެން ހުރެބަ. ހުޅަނގު ގެ ޔަހޫދީ މީޑިއާތަކުން ސައޫދީ އޭ ކިޔާފަ ފަތުރާ ދޮގު ޚަބަރެއް ނޫނީ ނޭނގެއެެއްނު

      28
      10
      • .....

        ހާދަ އެނގޭ މީހެކޭދޯ...ޔަމަން ގެ ސަރުކާރުން ރެޑްސީ އަށް ވަދެވެން އިންނަ ދިމާލުުގެ ކަންމަތީގައި ބައިނަލް އަގްވާމީ ބަނދަރެއް ހަދަން މަސައްކަތް ކުރުމުން ސައުދީއަށް ވިޔަފާރީގެ ގޮތުން ލޮބިދާނެ ގެއްލުމަކަށާއި ސައުދީއަށްވުރެ ޔަމަން ކުރިއަރާ ގޮސްދާނެކަމުގެ ބިރަށް ސައުދީއިން ފެށި ހަނގުރާމައެއް އެއީ...ސައުދީ އިން ފުރަތަމަ އެ ޔަމަނުގެ ސިޢައީންނަށް އެކި އެހީތައްދީގެން ގައުމު ހަލަބޮލިކޮށްފަ ޖާގަހޯދައިގެން ޔަމަނަށް އެރީ...
        ތާރީހު ބަލާ ހޯދީމަ ފެންނަން އޮންނާނެ ހަގީގަތް.

        35
        13
        • ހައްގު ދައުވަތު

          މާބޮޑަށް އެނގެނީ، އެއީ ޔަމަނުގެ ޢަދްނުގެ މުޟީޤު، ރާފިޟީ ދަޥްލަތުގެ ރޭވުމުގެ މަތިން ޙޫޘީން އެތަން ހިފަން އުޅުނީ، ސައޫދީން ހަނގުރާމަ ކުރީ އެމީހުނާ، ޔަމަނުގެ ސަރުކާރު ވެސް އޮތީ ސައޫދީ އާ އެކު. ސައޫދީ އެބައުޅޭތަ އެތަނުގައި ޕޯޓެއް އަޅައިގެން ޔަމަނަށް ފައިދާއެއް ވެދާނެތީ، މުސްލިމު ގައުމުތަކަށް ހޭދަކުރުމުގަ އެންމެ ކުރީގަ އުޅޭ ގައުމު، ފަލަސްތީނަށް އެކަނިވެސް އެހެން ހުރިހާ ގައުމަކުން ނުވާ ވަރުގެ އެތައް ގުނަ އަކަށް. އެކަމް ކަލޭގެ މެނަކަށް ނޭނގޭނެ ބްރެއިން ވޮޝް ވެފަ ތިބީމަ، އިސްލާމުން ކިޔާފަ ދެންވެސް އޮތް މުސްލިމުންގެ އިއްޒަތު ެައަދިދި ޝަރީއަތް ގާއިމު ކުރެވޭ ގައުމަކާ ދެކޮޅަށް އަދާވާތްތެރި ވާން އެނގޭނީ، އަމިއްލަ ޒަމީރުގަ އީމާންކަން ހަރުލާފަ ހުންނަ މިންވަރު ދެއްތޯ

          5
          3
      • މޮޔައެނޮނިމަސް

        ގަމާރު ކަން ދޯ.ސައުދީ ވައްހާބީން ނަށް ހެޔޮ ބަހެއް ބުނާނީ ހަމަ މޮޔައިން

        2
        3
  11. އިލްމު

    އިލްމްބެރިންނަކީ ކޮބާތޯ ؟ މިގައުމުގަ ދީނީ އިލްމްވެރިންނަކީ ހުތުބާ ކިޔާލާފައި ދޭތެރެއަކުން ދީނީ ނަސޭހަތޭކިޔާފައި އެންމެންނަށްވެސް އެނގޭ ވާހަކަތަކެއް ކިޔާފައި ނިމްމާފައި ދެން ބާކީވަގުތުގައި އޭއްޗެކޭ މީއްޗެކޭ ކިޔާފައި ޓްވީޓްކޮށްފައި ފޮޓޯނަގާފައި ލުމާއި އަންހެން ކަނބަލުން ހެދުން ލަނީ މިހެނޭ އެހެނޭ ކިޔާފައި ހެދުމަކުން ނައްޓާނުލެވިގެން އުޅޭމީހުން.މިގައުމުގައި ރިބާވެސް ކަނީ ، ވައަކަން ވެސް ކުރަނީ ،މީހުންވެސް މަރަނީ އކަމު ނުފެނޭ ،އަންހެން ކުޖެއް ފޫކޮޅަށް ބާރު ޖިންސެއް ލާފަހުރިއްޔާ ފެނޭ އިލްމީގޮތުން މިމީހުން އާނމުންނަށް ދޫކޮށްދޭ އެއްޗެއްނުފެނޭ.މި މުޖުތަމައު މިމީހުންގެ ސަބަބުން ވާ ފައިދާއެއް އަހަންނަކަށް ނުފެނޭ.

    9
    15
    • މީހާ

      މުޖުތަމައު އަށްވާފައިދާގެ ވާހަކަ ނުދައްކާ ތިމާ މީހާ ފުރަތަމަ އެއިން ދަރުހެއްގެ އަޑު އަހާބަލަ. އާޚިރަތައް ފައިދާ ކުރަނިވި ކަމެއް ކުރެވިދާނެ. އެހެންޏާ ފަހެ ތިބުނާ ރިބާގެ ކަންކަމާއި، ވައްކަންތަކާއި، ރާ ބުއިމާއި ޒިނޭކުރުމުގެ ނުބައިކަމުގެ ވާހަކަވެސް އެމީހުން ދައްކާ.. އަޑުއިވޭނީ އަޑުއެހީމަ. އެއީ ޕޮލިހުންނެއް ނޫނޭ ނުވަތަ ކޯޓު އަމުރު ހިންގަން ތިބޭ އަމުރުވެރިންނެއްވެސް ނޫންވިއްޔަ ކޮންމެނުބައިކަމަކާއި އެމީހުނާ ތި ގުޅުވަނީ.. ތި ކަހަލަ އަމިއްލަ ނަފުސު ރަނގަޅުކުރަން މަސައްކަތެއް ނުކޮށް މީހުންނަށް އިނގިލި ދިމާކުރަން ތިބޭ މީހުން ގިނަ ކަމުން މިތަން ހަލާކުވަނީ މި.

      11
      2
  12. ޒިލޭބި

    ސަރުކާރުގަ ބާރުއޮތީމަ ފަލީހަތްވާތީ އަދީލަތު، ސަލަފު ޖަމިއްޔާ ޑޮޓުން ހަވާރިޖުން ވަގުތުގެ ބޭނުންހިފާ. ކުޅިބަލަން ފިލާތިބީ. ދީން ކިޔަވާގެން ބަގާވާތްކުރި 23 އިއްތިހާދު ހާދަ ހަރުކައްޓޭ

    11
    9
  13. ވިސްނާ

    ޝައިހުގެ ހުއްދަ ބާތިލުކު ރީމަ އެހެން އިލުމުވެ ރިން ގެ ވާހަކަ ދައްކުމަށްވު ރެ ހަނުހު ރުން މާ ބުއްދިވެ ރި ނުންތޯ؟ އެހެން އިލުމުވެ ރިން މިހެން އެހެން ކިޔުމުގެ ބޭނުމެއް އަޅުގަނޑަކަށް ނުވިސްނޭ. ޝައިހުމެން ވެސް އެެހެން އިލުމު ވެ ރިން ތާއީދުނުކު ރާ މީސް މީހުންނާއި ބޭ ރުގެ ޖަމިއްޔާތަކަށް ތާއީދު ކު ރާއި ރު އެހެން އިލުމުވެ ރިންނެއް ފޮޓޯ އެޑިޓުކޮށް ޒާތްތާތުގެ ވާހަކަތައް ދައްކަމުންނެއް ނުދޭ.... ހިސާބަށްވު ރެ މައްޗަށް ދިޔައީމަ މިހެން މިބުނީ... ސޯޝަލް މީޑިޔާގަ އަބަދު އިލުމުވެ ރިންގެ ކުށް ހޯދައި އެވާހަކަ ފޮޓޯއާއެކީ އެޑިޓުކު ރުން އޮންނަނީ. ޢަޅުގަނޑު ތިޔަ ޝެއިހުގެ ވާހަކަތައް ބަލަން ވަނުންވެސް ހުއްޓާލީ އެކަމާހެދި ބޮލަށް އުނދަގޫވެގެން.

    16
    8
  14. ރެޑްމޭން

    އިޔާޒު މިފަހަރު ކީކޭބާ ކިޔާނީ. ހަސަދަވެރި ބައެއް އިޔާޒުބެ

    7
    6
  15. ޫއަބްދުﷲ

    މ.ހަސަން ތީ ތަނެއްދޮރެއްނޭގޭ ހިމާރެއް

    3
    21
  16. ދދދދދދ

    "އަދި އުސާމާ ބިން ލާދިން އަކީ ދުނިޔޭގެ އެތައް ގައުމެއްގެ ވެރިންނާއި، އެތައް ބަޔަކު ކާފަރުކޮށްފައިވާ މީހެއް ކަމަށް ......" ކަލޭ މީހުން ކާފަރު ކުރަމުން ދުވަނީ އުސާމާބިންލާދިން އެކަން ކުރީމާތަ؟

    14
    8
  17. ސޮނިފުހޭ

    އިޔާޒޫ ފުކެއްބޮޑުވަރު

    8
    7
  18. ބޮލި މުލައް

    ޢެކަން އެނގޭ ހުރިހާ ދިވެހިންނަށް އެހެންވެ އޭނާ ރިޔާސީ އިންތިހާބުގަ އިބޫއަށް ތާއީދުކުރީ

    11
    4
  19. މަހުދީ

    سبحان الله ... ދިވެހިގައުމުގެ ދަ ރީންނޭ ވިސްނާފިކު ރު ކު ރޭ !!! އޮޅުވާލުމާ މަކަ ރާ ހީލަތުން ނުވެސް އެނގިތިއްބާ މިގައުމުގަ އިލްމުވެރިންނާ ރައްޔިތުންނާ ދެމެދައް ވަދެ ފިތުނަވެ ރިކަން އާންމުވާ ހާލަތްއް ގައުމުގެ ކަންކަން ބަަދަލުކޮށްފި. މާތްﷲގެ ވާގިފުޅާ ރަހްމަތުން އަޅަމެންނައް ހެޔޮވިސްނުން ދެއްވާށި. ޢާމީން އަދިވެސް ވިސްނާ!! މިދުނިޔެއަކީ އެއްވެސް މީހަކަށް ތާއަބަދައް އުޅެވޭންއޮތްތަނެއްނޫން މިއީ ވަގުތީ ތަނެއް. މިދުނިޔެއަކީ ފާލަމެއް. މިއަދު ﷲގެ މަގުގަ ހައްގުބަސްބުނެ އަމަލުކޮށްފިނަމަ ދުނިޔެއާއި އާޚި ރަތްކާމިޔާބުވެއްޖެކަންކަށަވަ ރު. ދަ ރިންނޭ ވިސްނާ ފިކު ރުކު ރޭ !! މާދަމާ އަށް ވިސްނާ މިއަދު ދައްކާހާވާހަކައަކަށް ނުހެއްލި އަމިއްލަ ސިކުނޑިން ވިސްނާ!! މިއަދު އެއްބަޔަކު ރޭވުންތެ ރިމަކަ ރުވެ ރި ކަމާއެކު ރައްޔިތުން ހައްލާ ވާވައްދަމުން އެދަނީ އެމީހުންގެ ޖީބުތައްފުރެން އޮތީ އެގޮތުންކަމައްވީތީ. ފަހަރެއްގަވެސް އެއަކުން ރައްޔިތު މީހާއަށް އެއްވެސް ފައިދާއެއް ނުލިބޭނެ. މާތްﷲ މުޝްރިކުން ގެހީލަތްތެ ރިކަމުން މިގައުމުގެ ރައްޔިތުން ރައްކައުތެ ރިކު ރައްވާށި. ޢާމީން.

    16
    3
    • ހުސެން

      ތިބުނާ އަމިއްލަ ސިކުޑި އަކީ ﷲ އާއި ރަސޫލާ އެންގެވިގޮތަށްވު ރެވެސް މޮޅުވިސްނޭ ސިކުޑިއެއްތަ؟
      ދީނަކީ ތިމާ އަމިއްލަ ސިކުޑިން ވިސްނާން އޮތް އެއްޗެއްނަމަ ރަސޫލުންގެ ބޭނުމަކީކޮބާ؟

      12
      5
  20. މުހައްމަދު

    އެމެރިކާގެ ނުބައިވާހަކަ ނުދައްކާ ޖޯޖު ބުސްގެ އަނިޔާ ވެރިކަމުގެ ވާހަކަ ބާއްވާފަ އުސާމާ ބިންލާދިން ގެ ނުބައިވާހަކަ ފަތުރަމުން އެދުވަނީ.

    6
    1
  21. ޙާލަތު

    މުޙައްމަދު ޙަސަނާމެދު ދިވެހިން ސަމާލުވެލައްވާ!!! އެއީ އެމީހުނަށް ތަބާނުވާބަޔަކީ މިއްލަތުންބޭރުވެފައިވާ ބައެއްކަމަށްދެކޭ ބައެއް

    8
    4
  22. ހހހ

    އިޔާޒަކީ އަންހެން ކުދިން ހިތާނު ކުރަންޖެހޭ ކަމަށް ބުނެ ވާހަކަ ދެއްކި މީހެއް.

  23. ފައިވާން

    ދުނިޔޭގަނެތް މީހަކަށް ތާއީދުކުރިއޭ ކިޔައިގެން ކޮންވާހަކައެއް ދައްކާކަށްތަ. ގައުމުގަ މިހާރު ތިއަށްވުރެ މުހިންމުކަމެއްނެތީތަ.

    4
    2
  24. އިންސާނާ

    ކޮބާ ކޮބާ ކިހާތާނކުޖެހޭ ހަރުކަްޓަކަސް މަޑުކައްޓަކަސް ކަށިކޮޅު ފަޅައިގެންގޮސް ނިމޭހިސާބަކީ އެމްޑީޕީ ފިކުރާހަމައިން

    2
    1
  25. ބުރޯ

    އެމެރިކާ އިން އަފްގާނިސްތާނާ އިރާގަށް ހަމަލާދީ އެތަންހިފުމުން ހުރިހާދިވެހިން ތާއީދުކުރީ އޭރު އޮތް އަލަގައިދާ އަށް . އެއީ މައްސަލައެއްތަ؟ދިވެހިގައުމުގާ ހަރުކަށިފިކުރު އާއްމުކުރީ އެމްޑީޕީ އިންނޭ ބުނީމަގޯސްވާނެތަ<؟ އެއީ މައުމޫނުގެ ވެރިކަމުގާ ހަރުކަށިފިކުރުގަ ހިމެންދޫ އިންބަޔަކު ތެދުވެ ވަކިންޖަމާއަތްހަދާ ވަކި މިސްކިތެއްގަ ނަމާދުކުރަމުންދާ މަސއްސަލާގަ އޭރުގަ އޮތްސާރުކާރަާ ދެކޮޅަށް ހިމަންދޫ ހަރުކަށިފިކުރާއެއްކޮޅަށް ތެދުވީ އެމްޑީޕީންނޫންތަ ؟ އެމީހުން ޖަލުގަ ތިއްބާ އެމްޑީޕން 2008 ގަ ވެރިކަމަށްއައިސް އެމީހުން ޖަލުންނެރެ މިނިވަންކޮށް އެމީހުންގެތެރެއިންބަޔަކު ރާއްޖެއިންފުރުވާލީވެސް އެމްޑީޕީން ނޫންތަ؟އޭރު އެމްޑީޕީން އެކަމުގާ އިސްވެހުރީ ކާކު؟ ރަނގަޅަށް ހަނދާންކޮށްބަލަ . ވީމާ މިގައުމުގާ ހަރުކަށި މިކިޔާ ފިކުރު އެމީހެއްގެ އަމިއްލަ ސަޕޯޓަށްޓަކާ ހުއްދަކުރުވީ ކާކު ؟ ނަންނުބުނީ ނޭގޭތީ އެއްނޫން.

    7
    2
  26. ތާޖިރު

    ވަރަށްމޮޅު ވެއްޖެތާދޯ.އަންނީގެ އަސްލުމަގްސަދު ތިޔަހަރަ ޙާސިލުވަނީ. ހުޅަނގުގެ ގައުމުތަކުންނާއި ޔޫރަޕްގެ ގައުމުތަކުން ބޭނުންވި ފަދައިން މިހާރު މެދުއރުމަތީގަޔާ ޢަރަބިގައުމު ތަކުގައި ހިނގަމުންދަނީ އެމީހުން އެމީހުންނަށް އެއްގައުމު އަނެއް ގައުމުގެ އިންފްރާސްޓްރަކްޗާ ހަލާކުކޮށް ނައްތާލުމާއެކު އެގައުމުތަކުގެ ރައްޔިތުން ގަތުލު ކުރުމާއި ރެފިއުޖީ ކޭމްޕުތަކަށް ހުރިހާގައުމުތައް ބަދަލުކުރަމުން އެހަރަދަނީ. އެއުސޫލުން އަންނިގެ ބޭނުމަކީ ރާއްޖޭގެ ދީނީ ޢިލްމުވެރިން އެއްބަޔަކު އަނެއްބަޔަކަށް ގުދޯގުދޯއަށް ގޮވާ އެއްޢިލްމުވެރިޔަކު އަނެއްޢިލްމުވެރިޔާއަކީ އެއްވެސް އެއްޗެއް ނޭގޭ މީހުންކަމަށް ހަދާ އެކަކު އަނެކަކު ކާފަރުކުރަމުންދާ މަންޒަރު ދުނިޔެއަށް ދެއްކުން އޭތިބަރާބަރަށް އެބަވޯކްކުރޭ.

    3
    2
  27. ނަުޒާން

    މީ ނަޝީދު މިމީހުން ލައްވާކުރުވިކަމެއްކަމައް އެބަ ބެލެވޭ.. ނަޝީދު އިޔާޒް ރިހެބިލިޓޭޓްކުރާށޭ ބުނިތާ އެއްދުވަސް ނަވަނީސް މި ކޮންފަރެންސު ބޭއްވީ.. މިއީ ހަމަ ގަންޖާބޯގެ ލާދީނީ އެޖެންޑާގެ އެއް ބޮޅު.

    12
    1
  28. މިއަދު

    މިއީ އެމްޑީއެން އުވާލުމުން އެޖަޢިއްޔާގެމީހުން ފިލާތިބެ ކުޅޭ ޑަރާއެއްހެންވ ބޮޑަށްހީވޭ ޔާﷲ މިގައުމުގެ ޢިލްމުވެރިން އެއްބައިވަންތަކުރުވާ އެބައިމީހުން ފަރާތުން މިގައުމުގެ ރަޢިއްޔަތުންގެ ދީނީ އެއްބައިވަންތަކަން ވަރުގަދަކުރައްވާންދޭ

    3
    1
  29. މިއަދު

    އުސާމާ ބިންލާދިންއާއި ޑރ އިއާޒުއާއި ގުޅުން އޮވެގެން ޢިއާޒު ހަވާރިޖަށްވާނަމަ މުސްލިމުންގެ އެއްމެބޮޑު ދުސްމަނުކަމަށްވާ ގެރިމޯދީއާއި ވ ގާތްގުޅުމެއް ބާއްވާ މިސަރުކާރުވެރިން ވާނީ ހަމަ މުސްލިމުންނަށް ހުރި އަދާވާތްތެރިންނަށްދޯ

    5
    1
  30. އަންނި

    ކޮބާމައްސަލައަކީ...މަތާއީދު...ދެނަ ލަލަލަ