މުކްތަބާ ސަލަފިއްޔާގެ އިލްމުވެރިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ދެއްކި ވާހަކަތަކަށް ޑރ. އިޔާޒް ހޫނު ރައްދުތަކެއް ދެއްވައިފިއެވެ.

އެ ކޮންފަރެންސްގައި މުކްތަބާ ސަލަފިއްޔާގެ ޝެއިހް މުހައްމަދު ހަސަން ވިދާޅުވެފައި ވަނީ ޑރ. އިޔާޒަކީ އަލް ގައިދާގެ ކުރީގެ ލީޑަރު އުސާމާ ބިން ލާދިން އަށް ތާއިދު ކުރެއްވި ބޭފުޅެއް ކަމަށެވެ. އަދި ނުސީދާ ގޮތަކަށް ޝެއިހް މުހައްމަދު ވަނީ ޑރ. އިޔާޒަކީ ހަވާރިޖެއް ކަމަށްވެސް ވިދާޅުވެފައެވެ.

އެ ނޫސް ކޮންފަރެސްގައި ދެއްކެވި ވާހަކަތަކައް ރައްދު ދެއްވައި ޑރ. އިޔާޒް ދާދި ދެންމެއަކު ކުރެއްވި ޓްވީޓުތަކެއްގައި ވިދާޅުވެފައި ވަނީ، ސަލަފީ އަކީ މީސްތަކުން "ކެޓަގަރައިޒް" ކޮށް ތިމާމެންގެ ވިސްނުމާއި ފިކުރާ ދިމާ ނުވާ މީހުންނާއި ހަތަރުކަޅި ހަމަނުކޮށް އުޅޭ ބައެއް ކަމަށެވެ. އަދި އެ ޖަމިއްޔާގެ ބޭފުޅުންނަކީ އެފަރާތްތަކުގެ އަމަލުތައް އެއްވެސް ގޮތަކަށް އިސްލާމް ދީނަށް ފެތޭނެ ބައެެއް ނޫން ކަމަށްވެސް އެ ޓްވީޓުގައި ވަނީ ވިދާޅުވެފައެވެ.

އަދި އެއް މުސްލިމަކު އަނެއް މުސްލިމަކާއި ބައްދަލުވާ ހިނދު ސަލާމްކޮށްފި ނަމަ އެކަމަކުން ވަރަށް މަތިވެރި ދަރުމަ ލިބޭ ކަމަށާއި، އަނެކާގެ މޫނުމަތީގައިވާ ހިނިތުން ވުމަކީވެސް ސަދަގާތެއް ކަމަށް ޑރ. އިޔާޒްގެ ޓްވީޓުގައި ވަނީ ފާހަގަ ކޮށްފައެވެ. އެހެން ނަމަވެސް "ކުނި މޫނު" ދައްކައިގެން މީސްތަކުން މަންހަޖުން ބޭރުކޮށް ދީނީ ދައުވަތު ފުނޑާލުމަށް ފުރުސަތު ދެވިގެން ނުވާނެ ކަމަށް އޭނާގެ ޓްވީޓުގައި ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ސަލަފީ އަށް އަމާޒުކޮށް ޑރ. އިޔާޒް ކުރެއްވި ޓްވީޓުގައި ވިދާޅުވެފައި ވަނީ އެޖަމިއްޔާ އަކީ ތިމާމެންގެ މަންހަޖަށް ފެތޭ މީހުންނަށް ފިޔަވައި ދަރުސްވެސް ދެވޭ ބައެއް ނޫން ކަމަށެވެ. އަދި އެމީހުން ވަނީ ބޮޑެތި ކާފަރުންނާއި ހިނުތުންވެ ހުރެ، ވާހަކަ ދައްކައިފައި ކަމަށާއި، އެހެން ނަަމަވެސް މުސްލިމުންނަކީ މަންހަޖަށް ނުފެތޭ ބައެއް ކަމަށްބުނެ ސަލާމްވެސް ގޮވައި ނުލެވޭ ކަމަށް ވަނީ ޑރ. އިޔާޒްގެ ޓްވީޓުގައި ވަނީ ވިދާޅުވެފައެވެ.

އަދި އެއީ ހަމަ ރަސޫލާގެ މަންހަޖުތޯ އޭނާ ވަނީ ސުވާލު އުފައްދާފައެވެ.

މީގެ އިތުރުން ޑރ. އިޔާޒްގެ ޓްވީޓުގައި ވަނީ ފިތުނަ ފަސާދަ އުފައްދުމަށް ނޫޅުއްވައި، އިސްލާހުގެ މަގު އިހްތިޔާރު ކުރުމަށް ސަލަފިއްޔާ ޖަމާއަތުގެ ބޭފުޅުންނަށް އިލްތިމާސް ކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

44 ކޮމެންޓް

 1. Anonymous

  ކަލޭމެން އެކަކު އަނެކަކަށް ބަވަމުން ދިއުން ނޫން ކަމެއް ނުކުރާނެ ! މީ ފަހުޒަމާނުގެ އަލާމާތް ތަކުގެ ތެރެއިން ކަމެއް !

  136
  8
  • ދިވެހިގައުމީލޭ

   އެމްޑީޕީގެ އެތެރެ ކޯލުގެ އެންމެން މިހާރު ތިބޭނެ ހަމަ ހީލަހީލަ. ގަންޖާބޯ އިންނާނެ ލާދީނީ ބައިގަނޑާއެކު އަތް ޖަހަން. މީ އެމީހުންގެ އެޖެންޑާ 19 އަކީ.

   158
   15
   • މަކިނބޫ އެޓް ދުބާއީ

    ލަދުން ބޯ ހަލާކު

    70
    3
 2. ހހހހ

  އިޔާޒުމެންގެ ރަހުމަތްތެރި މޑނ ގެ ފައުންޑަރ ފަޒަނާގެ ފިރިކަލުން އިބޫ ވަރަށް އުފާވާނެ މުސްލިމުން ކޯޅެންފެށީމަ.

  118
  10
 3. ހައްގު ދައުވަތު

  އިޔާޒޫ، ކަލޭ ތިޖޫރީ ދީނުގެ އަގީދާއާ އުސޫލީ މައްސަލަ ތަކުގެ މަގު ފުރެދިފަ، މުޅި އިސްލާމީ އުއްމަތަށް އެތައް ސުންޕާއެއް ގެނައި ބިން ލާދިންެަށް ތާއީދު ކޮށްފަ. އެމީހުން ދެން ސަލާން ނުކުރިެއޔާ ރަނގަޅެއއނު. ފިނޑި ނުވެ ނުރޮއި ދިޔަ ނަމަ އަލްގައިދާ އަށް ހަނގުރާމަ ކުރަން ޖިހާދު ގެ ހުރިހާ ޝަރުތެއް ނަގާލާފަ

  48
  38
 4. Anonymous

  އިޔާޒު ހާސްވާނެ ކަމެއްނެތް މޑނ ގެ ބައިގަނޑުގެ ތާއީސު އަދިވެސް އޮންނާނެ. ހާއްޞަކޮށް ސޯލިހުގެ ބައިވެރިއެއްވީމަ ތިއީ ހިމާޔަތް ކުރެވިފައިވާ ކުއްޖެއް.

  80
  4
 5. ފެންނުވަރާ ޝޭޚު

  އަބަދުވެސް ރުޅިއަރުވާފަ ބަހައްޓަންވީ. މާ***ނެ ކަމެއް ނެތް މިލަގަނޑު. ލަހެއްނުވެ ކަލޭވެސް މައިތިރި އަރުވާލެވޭނެ.

  36
  7
 6. ވިސްނާ

  ތީ މިގައުމުގަ އުޅޭ އިލުމުވެ ރިންތަކެއްތޯ؟؟؟؟ އެހެން އިލުމުވެ ރިން ދަ ރުސްތައްދޭން ރަށް ރަށަށްދޭ .. ރައްޔިތުންނަށް ކިހާވަ ރަކަށް ދީނީ މައުލޫމާތު އޮޅުން ފިލުވައިދިނިންތޯ؟؟؟ އަޅުގަނޑުވެސް ކޮންމެސްވަ ރަކަށް ދަ ރުސް އަޑުއަހަން ދަން ދުވަހަކުވެސް ތިޔަ ޝެއިހުންތަކެއް ނުދެކެން. މިގައުމުގައި ވިއްސާ ރަޔާއި ކިތައްމެ ކަނޑު ގަދަޔަސް ދަތު ރުކޮށް އަޅުގަނޑުމެންނަށް ދީނީ މައުލޫމާތު އޮޅުން ފިލުވައިދިން ޝެއިހުންނަށް މާތްﷲ ހެޔޮ ރަހުމަތް ލައްވާ... އެބޭފުޅުންނާއި ފޮށި ... ފަލީހަތްކު ރުމަށް އުޅޭ އެންމެންގެ ކިބައިން ތައްކާތެ ރިކު ރައްވާށި آمين

  60
  7
  • ހުސެން

   ކަލެއަށް ނުފެންނަންޏާ ރަށް ރަށަށް ދަ ރުސްދޭން ނުދާކަމަށްވޭތަ؟ ހަމަޔަގީނުންވެސް މި ރަށަށް އެތަށްފަހަރަކު އައި ކަލޭގެ ކޮންޓެކްޓް ނަންބަ ރު ދޭންވީނު ތިހާ ދަ ރުސް އަޑުއަހާ ހިތްވަންޏާ އަންގާލާނަން!

   23
   29
  • އަޙްމަދް

   ރާއްޖެ ތެރެއަށް ފަޅުރައް ރައްރަށަށް ގޮސް ވަގުވަގަށް އުޅެނީ ޖަމިއްޔަތުއްސަލަޑަށް ބޯ ގިނަކުރަން ޢިލްމެތް ނެތް ބަޔަކަށް ފޯރުކޮއްދެވޭނީ ކޮން އިލްމެތްތޯ؟
   ޖަމިއްޔަތުއްސަލަޑު ތިއޮތީ ބޭޒާރު ވެފަ.

   3
   1
 7. ނޫސްކިޔާމީހާ

  މުކްތަބާ ސަލަފިއްޔާ ބޭހެގޮތުން ޑރ. ޢިޔާޒް ކުރެއްވި ޓްވީޓް ގައި ބުނެފަވާ ފަދައިން އެމީހުންގެ އަމަލުތައް ދިމާވޭ، އެމީހުންގެ ފަރާތުން ހަރުކަށި ސިފަތައްފެނޭ.

  42
  21
 8. އިންސާފު

  ތި މުހައްމަދު ހުސެއިނު ތިއީ ރާއްޖޭގެ ހު ރިހާޝޭހުން ހަވާ ރިޖުންނަށް ހަދާފައިވާ މީހެއް ހަމައެކަނި އޭނަގެ ފިކު ރުގެ މީހުން ފިޔަވައި، އޭގެ އެއްމިސާލަކީ ޝެހު އިލިޔާސް ޖަމާލު އެފިކު ރުގަހު ރިއި ރު އޯކޭ އެކަމަކު ވޯޓް ލެވޭނެކަމަށް ފަތުވާދީ މެދުމިނުގަ ހިފާއި ރަށް ކުއްލިޔަކަށް ހަވާ ރިޖަކާށްވީ، މިމީހުންނަކީ މާބޮޑު ޢިލުމެއްނެތި ފަތުވާދީ އުޅޭ ބައެއް އޭގެ ހެއްކަކީ މިމީހުން ކު ރީގަ އެމީހުންގެ ފިކުރުގެ މީހުން ނޫނީ ސަލާމެއް ނުކު ރާނެ (މިއީ އެސް އެސް ދެންއުޅޭނީ ޑޮޓުން)
  މިދެބައިމީހުންނާއި ބެހޭގޮތުން ޝޭހު ޝަމީމު ވަ ރަށް ފު ރިހަމަ ދަ ރުސެއް ދީފަވާނެ.........

  52
  14
  • ހހހހހ

   އެއީ ދޯ ޝަމީމަށް ހަސަދަ ބާލާ ސަބަބަކީ ކެކެކެ.

   13
   3
 9. ސައްތާރުދަރި

  އަބްދުއްލަޠީފް ދަރިއަށްވުރެ "ކުނިމޫނު"، ދޫނުބައި،.ފިތުނަ އުފެއްދުމުގައި ކުރިއަރާ ތިބި މީހުންވެސް އުޅޭތަ؟ ކަންނެލިއޮޑިއަކީވެސް ދޫނުބައި،.ފިތުނަވެރި އެއްޗެއް. އެކަމަކު މިހާ "ކުނިމޫނު" އެއް ނޫން އޭނަވެސް. ކަލޭ ތިކީހާ ސިފައެއް ކަލޭ ކިބައިން އެބަފެނޭ. ތިގޮވެނީ ގުދޯގުދޯ.

  24
  21
  • .........

   ތެދެއް. ތިބުނާ މުހައްމަދު ހުސޭނަކާ މިމީހާއަކާ ތަފާތެއް ނެތް ނުބައިނުލަފާ ކަމުގަ.

   6
   4
 10. Anonymous

  ޑރ އިޔާޒް އެ ވިދާޅުވީ ވަރައް ބޮޑު ތެދެއް. މަކްތަބާ މުރުޖިއްޔާ އަކީ އެސް އެސް ފިކުރުގެ މުރުޖިޔާއިން. މި ބައިގަނޑަކީ މީސްތަކުން މަންހަޖުން ބޭރުކޮއް މީސްތަކުންނައް ތަކްފީރު ކުރަމުންދާ ހައްދު ފަހަނަ އެޅި ޖަމާއަތެއް. މި ޖަމާއަތް އުވާލަން ސަރުކާރައް ގޮވާލަން

  32
  15
 11. ސޮދަގާތް

  ލާދީނީމީހުން ފިތާޗިސްޗިސް ކުރަނީ އިލްމްވެރިންގެ ދުލުން ތިފަދަ ބަސްތައް ނެރެވޭތޯ މިހާރު އެމީހުން ހިނިތުން ވާގޮތް ކިރިޔާ އަދި ތިވަނީ

  32
  3
 12. ީއިޔާޒުގެ އަންހެނުން

  އެ ޓުވީޓު ދޮގު ނުކު ރެއްވީ ކީއްވެ؟

  23
  1
 13. ޙާލަތު

  މުޙައްމަދު ޙަސަނާމެދު ދިވެހިން ސަމާލުވާން ޖެހޭ... އެއީ އެނޫން މީހުންނަކީ ޚަވާރިޖުން ކަމަށްބުނާ މީހެއް.

  9
  5
  • ގަނޑިޔާ!!!

   ޖިހާދަށް ގޮވާ ޖަމިއްޔަތުއްސަލަފުގެ ތިބުނާ ޝޭޚުންނާއި ސަލާމް ނުކުރާތީ ހާދަ އަސަރުކޮށް ހިތާމަ ކުރާ ޖަމާޢަތެކޭ މި ފެންނަނީ...ތީ ހަމަ ޚަވާރިޖީ ފިކުރު މިތަނަށް ފަތުރާ ބައެއް. މަދީނާއިން ކިޔަވައިގެން އައިސް ވެރިޔާއާއި ދެކޮޅަށް މުޒާހަރާކޮށް ޕޯޑިއަމްތަކުގައި އަޑުގަދަކުރަނީ ކޮން ބައެއްކަން އާންމުންނަށް ސާފު...އިސްލާމްދީނުގެ އަސްލުތަކުން އަސްލެއްއެއީ ވެރިޔާއަށް ކިޔަމަންވުން، ކިރިޔާ ކަމެއްވާއިރަށް ނުކުންނާނެ ތިބައިގަނޑު، އެކަމް ދަރުސްތަކުގައި އިމާމް އަޙްމަދު ބިން ޙަމްބަލްގެ ނަން ޒިކުރުކުރާނެ، އެކަމު އެ އިމާމްގެ އަޤީދާއެއް ނުހިފެހެއްޓޭ....ތަނެއްގަ މީހަކު ބަޑިއެއް ޖަހާއިރަށް އެވީ ޖިހާދަށް ދާން، ނުބަލާނެ ކޮންބައެއްތޯ، ވެރިޔާ ހުއްދަދޭތޯ، މައްމަ ރޮއްވާފަ، އަނބިން ދަރިން ހަރަދު ނުހޯދާ، ލޯނެއް އޮތިއްޔާ އޮތީ، އިމިގުރޭޝަނާ ޕޮލިހަށް އޮޅުވާލަން ޝޭވްކޮށްގެން ފައިކުރި ދިގުކޮށްގެން ދެކޮޅު ޓިކެޓު ނަގައިގެން ވަގަށް ދަނީ. އެކަމު ނޭންގޭ ޖިހާދަކީ ޢަޅުކަމެއް ކަމެއް...ތިކަހަލަ ބަޔަކާ ސަލާމްކޮށް ހީ ހަދާނީ ތިފިކުރުގެ މީހުން. އާންމުންނަށް މިހާރު ސާފުވޭ އެބަ މިހާރު ކޮން ބައެއްކަން ހަރުކަށީ އަސްލު، ނޭއްގޭ މީހުނަށް އޮތީ ކުރީގެ ހަޤީޤީ ޢިލްމުވެރިންގެ ފޮތްތަށް ކިޔެވުން، އޭރުން ސާފުވާނެ. ވަރަށް ސަލާން.

 14. ޢަފްލާ

  ޑރ އިޔާޒުމެން އަބދުވެސް މަސައްކަތް ކުރަނީ އާރާއި ބާރު ލިބޭނެ ގޮތަކައް ނަޝީދަކީ ލާދީނީ މީހެއްކަން އެނގިހުރެ 2ވަނަ ފަހަރައް އެމްޑީޕީ އައްވެރިކަން ހޯދަ ދިނީ ދެން މިކިޔެނީ ކީކޭތަ؟ ޓަބެރެއްނުން މަބެރެއްނުން ކާކުގެ ބެރެއް އެންމެފަހިން ފިރުޢައުނުގެ ބެރަކައް މިބެރު މިވީ

  10
  1
 15. ހުސޭނުބޭ

  އިޔާޒު ކަލޭ މައިތިރިވޭ! ރުޅި އިސްނުކޮށް ތިކަމުގެ ފޯރި ކެޑެންދެން ކެތްކުރޭ!

  21
  4
 16. ލައްގަނޑު

  ތިސޭކުންގެ ކަންތައް މިހާރުމާބޮޑުވެއްޖެ ތީހހަމަ ފޭކުންތަކެއް ތިތާގަ ނޭ ގޭނެ ދޮގުހަދާމީހެއް ތެދުހަދާމީހެއް އެއީ އަސްލެއްނޫން އެއީހަމަފޭކުން އެއީމިރާއްގޭގައި މަދުބައެއް އެމީން ނަކީ މުސްލިމުންގެ ތެރެއިންވެސް އާދަޔާޙިލާފު ނުބައި ބައެއް މިހެންބުނަން ޖެހުނުސަބަބަކީ އެމީހުގެ ނިއްކުރީގައި އެވާލައްގަނޑު މިދިވެހި ރާގޭގެ ގިނަމީހުން މޫނުގައި ނެތުން މިދިވެހި ރާއްޖޭގެ ގިނަބަޔަކީ ނަމާދު ނުކުރާމީހުންތަ އަހަރެންގެ ހިތުގައި އެވެސްމީހަކަށް ހަސަދަ ވެރިވެގެން ބުނިއެއްޗެއްނޫންމީކީ ލޯކުރިމަތީގަ ފެއްނަމުން ދާމައްޒަރެ އް ވީމަހަމަބުނެލީ އެ ލައްގަ ނޑުނުހުނަ މީހުނަކީ ނަމަދު ނުކުރާމީހުނޭ ބުނެވިދާނެތަ ﷲ އީ ހުރިހައިކަމެއް އެންމެ މޮޅަށްދެނެވޮޑިގެންވާ ކުޅަނދުން ވަން ރަސްކާލާންގެއެވެ.

  7
  2
 17. ސައްޙަ

  ޢިލްމުވެރިން ބުއްދި އިސްކުރައްވަންވެއްޖެ. ޔަހޫދީ ފިކުރުން ވިސްނަމުންދާބަޔެއްގެ ދަންތުރައިގައި ނުޖެހިވޭތޯ ބައްލަވާ. ތިޔަ އަރާރުމާއި ހުޅުގަނޑު ރޯކޮށްފައި އެ އަނދާތަން ބަލަން ބަޔަކު ހީލަހީލާ އެބަތިބިކަން ހަނދުމަފުޅު ކުރައްވާ!

  13
  4
 18. މުޙައްމަދު ފިކުރީ

  މިއަދު ޕްރެސްގަ ބައިވެރިވި ޢިލްމުވެރިންގެ ތެރޭގައި ތިމާދެކޭގޮތްނޫން ގޮތަކަށް ޚިޔާލު/ފިކުރުހުންނަ މީހުންނަށް މަލާމާތާއި ޖެއްސުންކޮށް ސަލާމްގޮވީމަ ޖަވާބުނުދޭ ބޭފުޅުން ތިއްބެވި. މިއީ ތަޖްރިބާ ކޮށްފައިވާކަމެއް. ކޮންމެހެން އިޔާޒު އެދައްކާ ވާހަކައަށް ތާއިދުކުރުމުގެ ނިޔަތުގަނޫން ޙަޤީޤަތްވާނީ ހަމަ ޙަޤީޤަތަށް. އިޔާޒަކީ އެކަހަކަ ބޭފުޅެއްނޫން

  11
  2
 19. މުހައްމަދު އަހްމަދު

  ޑރ އިޔާޒަކީ ވެސް އިބޫ މެންނާއެކު ބައިވެރިވެރިވާ އޭގެ މީހެއް

  12
  3
 20. މަކްތަބާކު

  މަކްތަބާ ސޯޓާއި.... . މަކްތަބާ މައިކާލޯހަދައިގެން ތިޔަ އުޅެނީ ރާއްޖޭގެ ދީނީ އެއްބައިވަންތަކަން ހަލާކު ކުރަން ... ތިޔަ މަކްތަބާ ސޯޓާއިން މަކްތަބާ ޖުއްބާ ނެތަސް އަހަރެމެންނައް ދީން އޮޅުންފިލުވިދާނެ އިތުބާރުކުރެވޭ އިލްމީ އިލްމުވެރީން އެބަތިބި....

  18
  3
 21. އެދުރު

  އެސްއެސް ފިކުރަކީ ވެސް ބޮޑު ފިތުނައެއް ،އެމީހުންގެ ނަޒަރުގައި ދެން ތިބި ހުރިހާ މުސްލިމުންނަކީ ބިދުޢަވެރީން ނުވަތަ ޚަވާރިޖުން. ޢިލްމުވެރިންގެ އަގުވެއްޓުމުގައި ، ލާދީނީ މީހުންނަށް އެންމެ ބޮޑު އެހީތެރިކަމެއް ދެނީ މި މީހުން ، މި މީހުންގެ ޓްވީޓްތައް އެންމެ ގިނައިން ރިޓްވީޓްކުރަނީ ވެސް ސެކިއުލާ ވިސްނުމުގެ މީހުން... ޑޮޓް މީހުން އެންމެން ކާފަރު ކުރާ ގޮތަށް މި އެސްއެސް ފިކުރުގެ މީހުންގެ ކަމަކީ މުސްލިމުން މަންހަޖުން ބޭރުކޮށް ބިދުޢަވެރިކުރުން

  14
  2
 22. ޙަސަނު

  މަކްތަބާ ސަލަފިއްޔާ މީ ކުއްލިޔަކަށް ކޮންތާކުން ނުކުތް ބައެއް މީގެ ކުރިން މިބައިގަނޑުގެ އަޑެއްވެސް ނުއިވޭ

  18
  3
  • ކޮސް

   ސަލަފީ.އެމްވީ ޖަހާލާ ބަލާލަބަލަ. އިސްތިހާރުވާން ޓީވީއަށް ނާރާތީ އާންމުންނަށް ނޭންގެނީ. މިޤައުމުގަ ތިބި ހަރުކަށި ފިކުރާ ދެކޮޅު މަދީނާއިން ކިޔެވިި ކުދިންކޮޅެއް. ދެންތިބީ އިޚްވާނުލްމުސްލިމޫންގެ މޫ ހުސް. އެމީހުންގެ އަޑި ބަލާލީމަ އެނގޭނީ.

 23. އިންސާނާ

  ކަލޯ ރުޅިގަދަނުވޭ ކަލޯއަކީ ޝޭހެއްނަމަ އެނގެންވާނެތާ ރުޅިއަުމަކީ ކިހާވަރުގެކަމެއްކަން އެހެންވީމާ ރުޅިމަޑުކޮށް ހަގީގަތާ ކުރިމަތިލާ ކުރެވިފަހުރި ގޯސްކަންތަކައް ﷲ ގެ ހަޒްރަތުގަ ތައުބޭ މުސްތަގުބަލުގަ ރަނގަޅައްކަންތައްކުރުމައް އަޒުމްކަނޑައަޅާ

  8
  2
 24. Anonymous

  އެއީހައްދުފަހަނަ އަޅާފައިވާ ބައެއްހެން ހީވޭ

  8
  4
 25. Anonymous

  އިލްމުވެރިންނައް ފާޑުކިޔުމަކީ ހައްދުފަހަނަ އެޅީކީއެއްނޫންތަ ......މިމީހުންނަކައް އެއްވެސް އިލްމުވެރިއެއް ކަމަކުނުދޭ.....ނުކިޔަވާ މޮޅުވެގެން އުޅޭބައެއްމީ......އިޔާޒް އަށާއި ހުރިހާ އިލްމުވެރިންނައް މާތްﷲ ސާބިތުކަންދެއްވާށި އާމީން

  9
  5
 26. ހުސޭނާ

  އޭ ޭ ޭ ޚަވާރިޖުންގެ އިމާމާ ާ ާ ކަލޭ އަމިއްލައަށްނަމަވެސް ކަލެއާ އެއްކޮޅަށް މިތާ އެއްޗެއް ލިޔެލަން ވެއްޖެނު. ކަކަކެކެކެ

 27. ޚިޔާލު

  ޢިލުމުވެރިންނާއި އިލްމުވރެިން މިފަދަ ގޮތަކަށް ކޯޅުން މިއީ ނުރައްކާކަމެއް. ރަނގަޅު ގޮތުގެ ރުޅިއާއި ހަސަދަވެރިކަން ނުލައި ކަންކަމުގެ ރަނގަޅު ގޮތް ކިޔައިދިނުން މާރަނގަޅުވާނެ. ތިގޮތަށް ދެބައިމީހުންގެ އުނިސިފަތަކުގެ ވާހަކަ ދައްކާ ބަދުނާމުކޮށް ހެދީމާ އާންމުންނާއި އިލްމުވެރިންމާއި ވަކިތަފާތެއްކޮބާ؟ ހަޤީޤީ ޢިލްމުވރިން މިގޮތަކަށް ނޫޅޭނެ. ރާއްޖޭގެ ކަންކަން މިހާރު ދާގޮތަށް ބަލާފަ އިލްމުވެރިންގެ ކިބައިން މިފަދަ ސިފައެއް ފެނުނީމާ ވަރަށް މާޔޫސްވެއްޖެ. ޤައުމުގެ ހަމަޖެހުމާއި ސަލާމަތާއި ގުޅުންހުރިކަމެއް އިލްމުވެރިންނާއި ހިސާބަށް އަތުވެއްޖެނަމަ މިފަދަ ކަންކަން ދޫކޮށްލާ ދީނާ ޤައުމުގެ ޙައްގުގަ ހުރިހާ އިލްމުވެރިން އެއްގަލަކަށް އަރާނެއެކޭ ހިތެއް ނުބުނޭ.

  7
  2
 28. ޔަސޫ

  ތިޔަ ނޫސްކޮންފަރެންސަކީ މިތާއުޅޭ ސޫލާސިރާޖު ޝޭހުގެ އެދިލެއްވު މަކައް ބާއްވައިގެން އުޅޭ ޕާފޯ މަންސެއް.

  10
  2
 29. vaguthu

  Mee enmennah mashooru nulafaa SS jamaa athakakee... Mibimaimeehunnakee sheikh shmef sameeru men dheke v rulhi anna baeh... Vaguthu meehun mihaaaru mihaarah mi meehunge kanthathathatha dhirasaa kurey..meee v nurahkaatheri baeh...

  5
  2
 30. Anonymous

  މިމީހުން ނާދޭތެރޭ ސޭހުން ވަރައްވިސްނަންޖެހޭ އެބަ މިބައިމީހުންގެސަބަބުން އެތައްމުސްލިމުންނަކައް އަނިޔާލިބޭއެބަ.?

  3
  1
 31. Anonymous

  ހުރިހާއިލްމުވެރިންތައް ބަސްބުނަން ފެނޭ.
  މިރަށުގަވެސް ތިޔަކަހަލަގެބައެއް އުޅޭކަމައްފެނޭ.
  މިބައިމީހުން ކިޔަވަނީ ޔޫޓިޔުބުންނޯނޯނޯނޯނޯނޯނޯ.

 32. ހުސޭނު

  އިޔާޒު ކުރީ ތާއީދު. މަކުތަބާ ސަލަފިއްޔާގެ މުހައްމަދު ހުސޭނު ބިންލާދިން ހެދިގެން އެގޮތަށް އުޅެނީ. ތާކިހާ އަޅައިގެން. އެ ފިކުރު ފަތުރަން. މުސްލިމަކު ހަވާރިޖެއް ކަމަށް ބުނުމީ ހަރުކަށި މީހުން މީހުން ކާފަރު ކުރުން

  1
  3
 33. ޙަސަނުގެ ދަރި

  ޢިލްމްވެ ރިން ހަ ރުކަށި މީހުނާ ދެކޮޅަށް ތެދުވަން ވެއްޖެއޭ އިސްލާމިކްމިނިސްޓަ ރބުނީމަ މިގް ރޫޕް އަވަހަށް ހޮ ރުން ނުކުތީ ހަ ރުކަށި ބައެއްނޫން ކަން ދައްކަން ހެޔޮ ޢިލްމް ވެ ރިން އެހެންޢިލްމް ވެ ރިން ނަށް ފު ރައްސާ ރައެއް ނުކު ރާނެ މިމީހުން ފު ރަތަމަ ވެސް އެހެން ޢިލްމްވެޜިންބަދުނާމް ކު ރަން މިފެށީ އެހެންވީމަ އެބަ އެނގޭ މީ މާ ކަމުދާ ބައެއް ނޫންކަން

  1
  2
 34. ބުރި ގާޑިޔާ

  ތިމީހާއަކީ ދީނީ އަކުރެއް އެނގުނަސް ޝޭޚެއްގެ ދަރަޖަ ދެވޭވަރަށްވުރެ އަޚުލާޤީ ގޮތުން ދަށް ފަންތީގެ މީހެއް، މިމީހާގެ އުފަލަކަށް ވެފައިއޮންނަނީ އެއްބަޔަކު އަނެއްބަޔަކާއި ޖެއްސުމާއި މީހުންގެ މުޅަމަސްކެއުން، ދީނީ ދަރުސްދެނީ ކޮށްލާ ފިތުނަވެރި ޓުވީޓަކުން، ﷲ އަށް ބިރުވެތި ވުމަށާއި ކަލެއަށް ދަސްވެފަ ތިހިރަ އެއްޗެއްގެ ބޭނުން ހެޔޮގޮތުގައި ހިފުމަށާއި އަމިއްލަ ނަފުސު ތާހިރުކުރުމަށް އިލްތިމާސް ކުރަން

  170
  1
 35. މަޖާ

  އިސްލާމް ދީން އެއްމެ ރަނަގަޅަށް އެނގޭބަޔަކީ ދީނީ ޢިލްމުވެރީން. އެހެންވީމާ އެއްބަޔަކު އަނެއްބަޔެއްގެ އަބުރު ކަތިނުލާ އިސްލާމީ އުޞޫލުތަކުގެތެރއަށް ވަދެވަޑައިގަތުމަށް އެދެން.ތީގައި ނާޖާއިޒް ފައިދާ ނަގާނެ ކޮންމެވެސް ބަޔަކުތިބޭނެ. ޚިޔާލް ތަފާތުވީމާ އަރއިރުން ހެދުމަކީ ގޯސްކަމެއްކަން ވެސް އެނގިވަޑައިގަންނަވާނީ ވެސް ހަމަދީނީ ޢިލްމުވެރީން ނަށް .

  2
  1
 36. އަސްލު

  ބައިގަޑުތަށް ގިނަވެއްޖެ. ކޯޅުންތަށް އިންތިހާ. އެންމެންވެސް ބުނަނީ ތިމަންނަމެއްނޭ ހަޤުގެމަގުގަ މިތިބީ، އެބައިގަޑަކީ ހަވާރިޖުންނޭ، މިބައިގަޑަކީ މަންހަޖުން ބޭރުވެފައިވާ ބައެކޭ، އެއުރެން ތިބީ ހައްދުފަހަނަ އަޅައިފައޭ ކިޔަމުން ގޮވަމުންދަނީ، އެންމެންވެސް ދަޢުވާ ކުރަނީ ސަލަފިއްޔަތަށް. ކޮންމެ ބައިގަޑަކަށްވެސް ނިސްބަތްވާގޮތަށް ނަމެއްދީފައިވޭ. އެނަމުގެ ކުރިއަށް ނުވަތަ ފަހަތަށް ސަލަފިއްޔަތަށް ނިސްބަތްވާހެން ނަންތައް ދެމުންދޭ. ހުރި ހިތާމައެއްގެ ބޮޑުކަމާއެވެ.