މުކްތަބަ ސަލަފިއްޔާ އަކީ ހަރުކަށި ފިކުރު ގެންގުޅޭ އެންމެނާއި ދެކޮޅު ބައެއް ކަމަށް އެފަރާތުން ހާމަކޮށްފިއެވެ.

އެކަން ހާމަކޮށްފައި ވަނީ އެފިކުރުގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މުކްތަބަ ސަލަފިއްޔާފެ ޝެއިހް މުހައްމަދު ހަސަން އެވެ. ޝެއިހް މުހައްމަދު ހަސަން ވިދާޅުވީ މުކްތަބާ ސަލަފިއްޔާގެ އެއްވެސް އިލްމުވެރިއަކީ، ދީނީ ގޮތުން ހަރުކަށި ފިކުރުގެ މީހެއް ކަަމަށް ބުނެވެން ނޯންނާނެ ކަމަށެވެ. އަދި އޭނާ ވަނީ އޭނާގެ އިތުރުން ދެ އިލްމުވެރިޔަކު ސަސްޕެންޑް ކުރުމާއި ގުޅިގެން ސޯޝަލް މީޑިއާގައި ހަރުކަށި ފިކުރު ފަތުރަމުން ދާކަމަށް ބުނެ ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް އަދި، އާންމުންގެ ބަޔަކަށް އިނގިލި ދިއްކޮށްފައެވެ.

އެގޮތުން 2009 ވަނަ އަހަރު، އެއްވެސް ބަޔަކު ހަރުކަށި ފިކުރަކީ ކޮބައިކަން އަދި އެކަމުގެ އެއްވެސް ވިސްނުމެއް ނެތި އޮއްވައި ހަރުކަށި ފިކުރަކީ ކޮބައިކަން އަދި އެކަން ދެނެގަންނާނެ ގޮތާއި އެހެނިހެން މައުލޫމާތު ހިމެނޭ ލީފްލެޓެއް ބަހައިފައި ވާނޭ ކަމަށާއި، އެޖަމިއްޔާ އަށްވުރެ އިތުރަށް ހަރުކަށި ފިކުރާއި ދެކޮޅަށް މަސައްކަތް ކޮށްފައިވާ އެއްވެސް ބަޔަކުވެސް ނުތިބޭނެ ކަމަށް ވަނީ ވިދާޅުވެފައެވެ.

ޝެއިހް މުހައްމަދު ވަނީ ޑރ. އިޔާޒް އަކީ "ހަވާރިޖެއް" ކަމަށް ތުހުމަތު ކުރައްވާފައެވެ.

މިކަމާއި ގުޅިގެން ޑރ. އިޔާޒް ވަނީ އެޖަމިއްޔާ އަކީ ދީނީ މިންގަނޑުތަކަށް ފެތޭ ޖަމިއްޔާއެއް ނޫން ކަމަށާއި، އެ ޖަމިއްޔާއިން އިސްލާމް ދީނުގައި އޮންނަ ގޮތަށް ރުޖޫއަ ވުމަށް އިލްތިމާސްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

30 ކޮމެންޓް

  1. Anonymous

    ތިޔަ ތާކުނެތް ދީނީ އިލްމުގެ ކަންފުޅެއްވެސް ހުރި މީހަކު. މުޅިންވެސް ވަހުސީ ފާސި ދު ބަޔެއް ތިޔަތިބީ ސަރުކާރުން ބުނެގެން ދީނީ އިލްމުވެރިންނާއި ދެކޮޅަށް ނުކުމެ.

    48
    22
  2. ނޫސްކިޔާމީހާ

    ތިޔަވިދާޅުވި ވާހަކަ ކަންކުރާގޮތާ ދިމާނުވޭ.

    33
    8
  3. ރޮނޑާ

    ހަރުކަށިފިކުރާ ދެކޮޅު ބައެއް ނޫން ތީކީ. ދީނީ އިލްމު ފަތުރަން މަސައްކަތްކުރާ އިލްމުވެރިންނަށް ހަޑިހުތުރު އެއްޗިހި ގޮވައި ރީނދޫބައިގަނޑުގެ ނިވަލުގަ އުޅުނު ނުބައި ބައިގަނޑެއް ތީ. ހަމަ ރަނގަޅަށް ތިވީ.

    52
    13
    • އޭ ރޮނޑާ

      ވެރިޔާ އާއި ދެކޮޅުވީމަ ދޯ ކަލޭމެނަށް ދީނީ ވަނީ؟ ކޮންމެ ވެރިއެއް ކޮންމެ އިރަކު އަޔަސް ދެކޮޅެއް ނުވެވޭނެ ޝަރީއަތުގަ އޮތްގޮތަށް ނޫނީ. މިތާ ތިބި ސޭކުންނޭ ބުނާ މިީހުން ތިބީ މުޒާހަރާކޮށް، ޕޯޑިއަމްގަ ހަޅޭއްލަވާ އައިއެސް ދިދަ ހިފައިގެން ހިނގުން ބާއްވާ ހަދާފަ...މީ އެންމެނަށް ފެނި އިނގޭ ކަންތައްތައް. މިސްކިތްތަކުގައި ކުރީގެ އިމާމުންގެ ފޮތްފޮތް ކިޔަވައިދޭން ފެށީ ކޮންބައެއްކަން އެނގޭތަ؟ މާފަހުން ސަލަފު ޖަމިއްޔާ އެކަން ފަށައިގެން ކިޔަވައިދޭން ފެށުއިރު ކޮބާ އެ ޢަޤީދާ ފޮތްތަކުގައި ވެރިންނާ ދެކޮޅަށް ނުނުކުމެވޭނެކަން އޮންނަ ބާބުތައް؟ އެއްފަރާތުން ޚަވާރިޖީ ފިކުރު އޮވެ އަނެއް ފަރާތުން ދީނީކަން ދައްކާ ބައެއް ދެންތިބީ، އެމީހުނަށް ވަރަށް އަސަރު ކޮށްފިއެއްނު ފަތިފުށް ކިޔައިދިނީމަ.

  4. Anonymous

    މުހައްމަދު ހަސަނަކީ ހައްދު ފަހަނަ އެޅި މީސްތަކުން މަންހަޖުން ބޭރުކޮއް ތަކްފީރު ކުރާ މުރުޖިޔާ ބައިގަނޑެއް. މުސްލިމުން މެދުގައި ފަސާދަކުރާ ބައެއް.

    44
    11
  5. ދިވެއްސެއް

    ލާދީނީ މީހުންގެ ކްރެޑިޓް ހޯދަން އުޅުން ނޫންކަމެއް ތިޔަކުން ފާހަގައެއް ނުވޭ. މާދަމާ ގެރި މޯދީއަށް މިރާއްޖޭގެ ވެރިކަން ލިބިއްޖެއްޔާ މިމީހުން ބުނާނެ ތިމަންމެންނަކީ ދުވަހަކުވެސް ގެރިމަސް ކޭބައެއް ނޫނޭ. ގެރިކަތިލުމާ ތިމަންމެން ދެކޮޅޭ ބޭބީ ނާސަރީން ފެށިގެން.

    51
    9
    • ާއައްޑޫ އަލިބެއްޔާ

      ޚެކެކެ..ހީހީ ހަލާކު
      ސަޅި ކޮމެންްޓެއް. ޢެން ޔޫ އާރ ޓްރޫ

      10
      4
  6. ޞަބީ

    އެހެން ޢިލްމުވެރިންނާއި ދިމާލަށް ޚަވާރިޖަށް ގޮވީމަ މިހާރު އެނގިއްޖެ ހަމަ އެއްގޮތަކަށް ވެސް ހަރުކަށި ނޫންކަން

    15
    5
  7. އަބޭ

    ތިއީ އަބޫ ބަކުރު އަލް މާލްދީފީ. އަހަރެން ސުވާލު ކުރީމަ ބުނީ އައިއެސް ބަރާބަރޭ. މިހާރު ހުއްދަ ބާތިލް ކުރީމަ އެއުޅެނީ.

    15
    7
    • އަބޭ

      ތި ދޮގު ބުހުތާނަށް ޖަވާބުދާރީ ވާން އެދުވަހަކަށް ތައްޔާރުވޭ. އެއީ އަބޫ އަނަސް. ދަސްކުރޭ. ދުވަހަކުވެސް ނުބުނާނެ ކަމެއްގެ ވާހަކަ ތި ލިޔުނީ. މަށައް އިނގޭތީ މިބުނީ. އޭނާގެ މައްޗަށް ހާދަ ދޮގަކާއި ނުހައްޤު އިލްޒާމް އަޅުވައޭ މިއުޅޭ ބައިގަނޑުގެ ފަތިފުށް ކިޔައިދޭތީ. ހައިރާންވަން ކަލޭމެންގެ ނުބައިނުލަފާ ކަމުން. ތީ ހަމަ ހަރުކަށި މީހުންނަކީ.

      5
      1
  8. ވާރުލު

    ކޮބާ އެންމެފަހުން ޢިލްމެވެރިން ޢިލްމްވެރިންނާ ތަޅާފޮޅުވަން އެޖެއްސީ މީދެން ޤައުމުހަލާކުވުމުގެ ކޮޅުމަތި މިކަމައްބިރުވެތިވޭ މިފެންނަނީ ވަރައްނުބައިފާލެއް މިކަމުންސަލާމަތްވުމައް އެންމެންއަތުގުޅާ

    17
    3
  9. ދައްތަ

    އަޅުގަނޑު ނުދެނަހުރިން ދީނީ ޢިލްމުވެރިންނަކީ ތިފަދަ ގޮތަކަށް މީހުންނާ ޖައްސާލައިގެން އުޅޭ ބައެއްްކަމެއް ނަޝީދު ބުނެގެންދޯ ތިޔައުޅެނީ އެއް ޢިލްމުވެރިޔަކު އަނެއް ޢިލްމުވެރިޔަކާ ޖައްސާލައިގެން

    20
    6
  10. ލޮލާލޯ

    ދެން އެއްވެސް މަކްތަބެއް 4އް ތަބެއް ނުބަހައްޓާނެ. މިއީ މޯދީގެ ލޮލުން ހިތްވަރު ލިބިގެން މުސްލިމުން މިބިމުން ފޮހެލަން އޮޕަރޭޝަންތައް ޖައްސާފަ މިއޮތީ. އިންޑިއާ އިން މުސްލިމުންނަށް އަނިޔާކޮށް މުޒާހަރާގެ ތެރެއަށް ބަޑި ޖަހަން ފެށުމުން ރާއްޖޭގެ އަސްކަރިއްޔާ އިން ވެސް ހަރުކައްޓޭ މަޑުކައްޓޭ ކިޔަމުން ނިކުތީ. ދީނޭ ކިޔާ އެކަކުވެސް ނުބަހައްޓާނެ ހަމަ މޯދީގެ ހަރުކަށި ފިކުރު ރާއްޖޭގެ ވެރިކަމުގަ އޮތް ގަންޖާލޯ ޕާޓީގަ ވެސް އޮތީ.

    10
    3
  11. ޖުލައި

    މި އެސްއެސް މީހުންގެ މަސައްކަތަކީ ޢިލްމުވެރިން ބަދުނާމުކޮށް ދޮގު ވާހަކަތައް ފެތުރުން ، މީ ކަމުދާ ބައެއް ނޫން

    18
    7
    • ޖޫނު

      ދެލޯކަނުވެ ޙައްޤު އަޑުނީވެންޏާ ކަލޭމެންގެ ޝޭޚުން މީޑިއާއަށް އަރާ އެހެންމީހުން ބަދުނާމުކޮށް ދޮގު ވާހަކަ ދައްކާކަމެއް ނުވިސްނޭނެ! ދެން މަކީއްކުރާނީ ދޯ؟

      3
      2
  12. ދދދދދދ

    އެމްޑީޕީ ލާދީނީ ފިކުރާ ދެކޮޅު ކޮންމެ ފިކުރަކީ ކަލޭމެން ގާތު ގަރުކަށި މީހުން. ތެދެއް ތިބުނީ "ހަކރުަށި" މީހުނާ ކަލޭމެން ދެކޮޅު. ތީ އިލްމުވެރިންނަށް ނުފޮރުއްޕާން ކުރަން ނަޝީދު ގެންގުޅޭ ބައިގަނޑެއް. މިއުޅޭ މިލަ ޓުވިޓަރޭގެ ވާހަކަވެސް ތިދެއްކީ ނަޝީދު ވިދިގަނެގެންއުޅޭ މީހަކަށްވާތީ. ކަލޭމެންނަކީ ދީނީ އިލްމުވެރިން ކަމެއް މި ގައުމުގެ ބަޔަކު ނުދަނޭ.

    11
    5
  13. ގަންޖާބޯ

    ތިބުނީ ހަމަ ތެދެއް. ހުއްދަ ބާޠިލު ކުރީވެސް މި ނޫސްކޮންފަރެންސެއް ބޭއްވީވެސް ހަމަ ރާވައިގެން ހިންގާ ކުޅިގަނޑެއް. މިމީހުންގެ އަނގައިން އެމީހުން ބޭނުންވާ ވާހަކަތައް ދައްކުވައިގެން އިލްމުވެރިންގެމައްޗަށް ޖެހިގަންނަން ވެގެން ތައްޔާރުކުރާ ހިބަރުވަދެއް. މަތިމައްޗަށް ނޫސްކޮންފަރެންސް ދިނަސް ކަލޭމެންތީ ހައްދުފަހަނައެޅި ބަޔަކަށް ނޫނީ ނުވާނެ. ތި "ދަންނަކަލޭފާނު" ހަޑިހުތުރުބަހުން އިލްމުވެރިންނާ ދިމާއަށްލިޔެފަ ހުންނަ އެއްޗެހި ކުރިން މަ ދެކެނީ. މިހާރު ތި "އިލްމުވރިޔާ"ވެސް އެނގުނީތާ. ކަލޭ އުފާކޮށްބަލަ. ބަޔަކު ނުވެސް ދަންނަ މީހަކު މަޝްހޫރުވީނު. ނަޝީދު ދޭނެތާ ބޯކޮށް މިފަހަރު.

    11
    3
  14. އަބުލްހަސަނު

    ކަލޭ ތީ ވަލިއްޔުލްއަމްރުތަ؟ ހާކިމާތަ؟ އިސް ފަނޑިތާރުރަ؟ މީހުންގެމައްޗަށް ބަޣާވާތް ކަނޑައެޅުމަކީ ފަރުދުންނަށް އޮތް ހައްގެއްތަ؟ ކަލޭގެ "ނަންނާކަލާނގެ" އިސްތިއުފާ ދިންކަމެއް ކަލެއަކަށް ނޭނގޭތަ؟ އައިސިސްއަކީ އެމެރިކާ އާއި ޔަހޫދީން މުސްލިމުންގެ ނަމުގަ އުފައްދައިގެން އުޅޭ ޔަހޫދީ ޖަމާއަތެއްކަން ކަލެއަކަށް ނޭނގޭތަ؟ އެބައިގަނޑުތެރެއަށް ވަހުޝީ މީހުން ވައްދައި މުސްލިމު ގައުމުތަކަށް ހަތިތާރު ދީފަ ފޮނުވާފަ ދެން އެމީހުނާ ހަނގުރާމައަށޭ ކިޔާފަ މުސްލިމު ގައުމުތަކަށް އަރައިގަންނަން އެމެރިކާއިން އރރާވާ ރޭވުން ކަލެއަށް ނޭނގެނީ އިރާގަށް ވީގޮތްވެސް ކަލެއަށް ނޭނގޭތީރަ؟ ކޯޗެއް އެނގެނީ؟ ވާނުވާ ނޭނގެންޏާ މައިތިރިވެ ހުންނަންވީނު.

    11
    3
  15. ސައްޕޭ

    ގެރި މޯދީ މިއުޅެނީ ލާދީނީ ލައްވާ މިޤައުމުގައި ފިތުނަފަސާދަ އުފައްދާފައި އިންޑިއާ ގައި އެހިގާ ކަންތައް މިތަނުގައި ފައްޓަން، --- އިޒުރޭލުން ބޭނުންވާ ގޮތަށް ގެރިމޯދީ ކަންތައްކުރަމުން އެގެންދަނީ ---

    1
    1
  16. ސައްޕޭ

    ލާދީނީ އަންނި ވަގުތުން ހައްޔަރުކުރޭ، މިގޮލާ މިއުޅެނީ މިޤައުމު ހަލާކުކުރަން،

    2
    1
  17. ހަމަނުޖެހޭ

    ސަރުކާރުން ބުނެގެން؟ އެކަމު ހަމައެސަރުކާރުން މީނަގެ ހުއްދަ ހިފެހެއްޓީވެސް. ހާދަ ކޮހެކޭ ޖޭ.އެސް ފިކުރުގެ މީހުން މިގޮވަނީ ދޯ. މުޅި މިނިސްޓްރީގެ ޖޭ.އެސް އާއި އަދާލަތުގެ ވަކިހިއްޕާފަ. ތީ ވަހުޝީ މީހުން ވާޙަކަދައްކާގޮތް ކޮއްކޯ

  18. އަލްތޯ

    މަކްތަބާ ސަލަފީ ކިޔާގެން މިއުޅޭ މީހުންނަކީ ޔަހޫދީންނާ އިގެރޭސިން އަތުން ފަންޑު ހޯދައިގެން އިސްލާމްދީނަށް އުޅޭ މީހުންގެ މެދުގައި ހިލާފްތައް އުފައްދާ ބައިބައިވުން އުފެއްދުމަށް ހާއްސަގޮތަކަަށް ޓްރެއިނިންގ ދެވި ހާއްސަ މަސައްކަތެއް ކުރާ ބައެއް. މިމީހުންނަށް ރަގަޅު އެއްްވެސް ދީނީ ބައެއް ނުތިބޭނެ މިމީހުން 5 މީހުން ފިޔަވާ. ދެން ކިޔާނެ ދީނީ ބޮޑެތި 5 ނޫނީ 4 އިސްލާމިކް އިލްމްވެރިއެއްގެ ނަން. އަވަސް އަވަހަށް ލަންކާ މަގުން އިގެރޭސިވިލާތަށް ގޮސް އެމީހުން އަތުން ލާރި ނަގާ އެމީހުން ބުނާ ގޮތަކަށް ފަތުވާ ދެމުން އަންނާނީ. ނަޝީދުގެ ޕާޓްނަރުން މުޅިން ވެސް ރާއްޖޭގައި އޮތް އިސްލާމީ އަހްވަންތަކަން ހަލާކު ކުރަން އުޅޭ ޔަހޫދީންނަށް ފުރުސަތު ފަހިކޮށްދޭން އުޅޭ ބައެއް. މިގްރޫޕް ރާވައިގެން މިހާރު ރާއްޖެއަށް އިރާނުގައި އޮތް ޝިޔައީ ދީން ގެންނަން ފޫގަޅާގެން އުޅޭ

    3
    3
    • ކކކ

      ދިވެހިރާއްޖޭގެ އައިސިސް

  19. Anonymous

    މި މިރުޖިޔާ މުހައްމަދު ހަސަން ކައްޒާބު އަކީ ދިރިއުޅުމައްޓަކައި އެއްވެސް މަސައްކަތެއް އަތުން ފައިން ކުރާ މީހެއް ނޫން. ކޮންތާކުން ލާރިހޯދަނީ. މާލޭގަ ބޮޑެތި އެޕާރޓް މަންޓް ހިފައިގެން އަނބި ދަރީން ގoވައިގެން އުޅުމަކީ ވަރައް ބޮޑު ޚަރަދު ހިނގާ ކަމެއް. މިމީހުންނައް ޔޫކޭ އިންނާއި ތަންތަނުގެ ތިބި މުރުޖިޔާ މީހުން ފަންޑު ކުރޭ. ސަރުކާރުން ބަލަން އެބަ ޖެހޭ މިބައިގަނޑު ލާރި ހޯދާ ގoތް

    2
    2
  20. ޔސރ

    "ޝެއިހް މުހައްމަދު ވަނީ ޑރ. އިޔާޒް އަކީ "ހަވާރިޖެއް" ކަމަށް ތުހުމަތު ކުރައްވާފައެވެ"

    އޭ ޚަބަރު ލިޔުނު ކުއްޖާ، މިއީ ކަނޑައެޅިގެން ދޮގެއް، ނޫސްވރިކަމުގެ ނަމުގަ ދޮގު ނަހައްދަވާ.
    ޝޭޚް މުހައްމަދު އުސާމާ ބިން ލާދިންއާ މެދު ޢިލްމުވެރިން ދައްކަވާފަ ހުރި ވާހަކަ ތައް ގެންނަމުން ޒިކުރު ކުރީ އަލް އައްލާމާ ސާލިހު ފައުޒާން ގެ ބަސްކޮޅެއް:" އުސާމާ ބިން ލާދިން އަކީ ހައްގު ޖިހާދު ކުރާ މީހެއް ކަމަށް ދެކި އެކަން ރަނގަޅު ކޮށް ސަޕޯޓު ކުރަން ޔާ އެފަދަ މީހަކީ ޚަވާރިޖުން ތެރެއިން ވާ މީހެކޭ" މިފަދަ ގޮތަކަށް.
    އެކަމު ޚަބަރުގަ ތި ލިޔުނީ އިޔާޒުއަށް ޚަވާރިޖެއް ކަމުގެ ތުހުމަތު ކުރިއޭ

    10
    1
  21. ހަރުކަށި ޫ

    މީ ކަނޑައެޅިގެން ރޯ ބުހުތާނު ދޮގެއް! މީ 5ވަކި ސްކޫލް ހަދައިގެން ދަރިން ސްކޫލަށް ނުފޮނުވާ މަކްތަބާ ކިޔާތަނެއް ހަދައިގެން ޅަދަރިންގެ ސިނކުޑިޔަށް ސަވާރުވާ ފިތުނަވެރި ބައެއް! މީ ސަރުކާރުން ރޯދަ މަހު ފުރަތަމ ދުވަަސް އިޢުލާން ކުރުމުން ހަނދު ނުފެންނަ ކަމަށް ބުނެ މީނަ ފަތުވާ ދީގެން މަދުބަޔަކު ނަމަވެސް ވަނީ ރޯދަ ދޫކޮށްފަ. ދެން ކޮބާ ހަރުކަށި ނުވެވިފަ؟ ހަމަ ހަޤީޤަތުފަވެސް މި މީހުން ހިންގާ މަކްތަބާއަށް ދާ ކުޑަކުދިންގެ ސިކުނޑި ވަނީ ދޮވެލާފަ. މި މީހުން ފިޔަވާ ދެން އެންމެނަކީ ޖާހިލު ޢިލްމުވެރިން އަދި މި މީހުން ކިޔާނީ ޝެއިޚްއެއް ނޫން އުސްތާޒު. މި މީހުން އަޅާނީ ތާކިހާ ލީޑަރ އުޅެނީ ލަންޑަންގަ ނަމަވެސް ދުވަސްކޮޅު ކޮޅުން ރާއްޖެ އަންނާނެ ނަމަކީ އަބޫ ޚަދީޖާ އަދި މި ގްރޫޕު މީހުން ދަންނަ އަދި ތަބާވާ ޝެއިޚުން އެއީ މި މީހުން ފިޔަވާ ގިނަ ދިވެހިން ދަން މީހުނެއްނޫން އަދި އެނގޭތެ ގޭގެއަށް ގޮސް މިމީހުން ދަރުސްވެސްދޭނެ. ކަނޑައެޅިގެން ދޭދޭ ޢިލްމުވެރިންގެ މެދުގައި ފިތުނަ އުފައްދަމުން ދުވާ ގަރޫޕެއް. ޕޯސްޓް ތަންކޮޅެއް ދިގުވިއަސް މީތި ޖަހާލަ ދެއްވާތީ.

    8
    2
  22. ރޯނު އެދުރު

    މާ ތާހި ރުވީސް އަޅުގަނޑުމެންނަކީ ހު ރިހާ ޝޭހުންނާއި އަޅައިގަނެގެން އެމީހުންނަށް އެއްޗެހިގޮވަމުން ދުވާ ބައިގަޑެކޭ ބުނިއްޔާ.....

    5
    1
  23. ޕުއްޕުޚާން

    މުފްތީ މެންކަށް ފުރައްސާރަ ކުރި ހިސާބުން ކަލޭމެންގެ އަގު ބޮޑުތަނުން ވެއްޓިއްޖެ؛ މުފްތީ މެންކުގެ ވާހަކަތައް ވިސްނާ އަޑުއަހައިފިއްޔާ އެގޭނެ އެނަޔަކީ ހެޔޮލަފާ މީހެއްކަން ލޮޖިކަލީ ވިސްނަާ މީހަކަށްވެސް ވަރަށް ފަސޭހައިން އިންސާނާގެ ތަބީއަތާއި ފިތުރަތާ ގުޅޭ ވާހަކަތައް ބަލާގަންނަން ފަސޭހަވާނެ އޭނަގެ މޫނަށް ބަލާލާ މީހަކަށް އޭނަގެމޫނުން އިމާންތެރިކަން ފެނިގެންދާނެ ހެޔޮލަފާ މީހުންގެ ހައިބަތު ފެންނާނެ އަޅުގަނޑު ދިވެހިންނަށް ދަންނަވާލަން ރޯނު އެދުރުންނަށް ނުވެ ހެޔޮ ސިކުނޑިން ވިސްނާ ބުއްދިގަބޫލް ކުރާ ހަމަތައް މަކާރިމުލް އަޚްލާގް އިފަހަށްޓާށްޓާށެވެ އިތުރަށް އިތުރަށް އެގެންބޭނުންނަމަ މާތް ނަބިއްޔާގެ ދިރިއުޅުއްވުމާ ބެހޭ މައުލޫމާތު ހޯދާ އެކަލޭގެ ފާނު ފޮލޯ ކުރާށެވެ . މުޅި ރާއްޖޭގައިތިބީ މަގުފުރެދިފާ ވާ މީހުންނޭ ބުނެފިނަމަ ސިކުނޑި އެކަމާ އިންކާރުކުރާނެ . ހިތްތިރިކަމާ އޯގާތެރި ކަން ބޭނުންކުރައްވައިގެން މުޅި ދުނިޔެ ފަތަހަ ކުރެއްވި މާތް ސާހިބާ އަށް ފުރަށްސާރަ ކުރެވުނު ހިނދު އެމްޑީ އެން އާ އިދިކޮޅަށް ތެދުވުމުގެ ހިތްވަރު ތިބުނާ މޮޅު ސަލަފިއްޔާގެ ރޯނު އެދުރުންގެ ޓީމަށް ނުލިބުނީ ކީއްވެތަ ދިވެހިން ވިސްނާ ހޭވެރިވޭ އިސްލާމީ ވަޙްދަތު ނަގާލިޔަނުދީ ބައިބާވެ މުސްލިމުންނާއި މުސްލިމުން ދެކޮޅުވެރިކުރުމަކީ ހުޅަނގުގެ އެންމެބޮޑ ުއުންމީދު ކެނެރީގޭ އެޖެންޓް އެކަމުގެ ނާޖާއިޒު ފައިދާ ނަގަން ގައުމު ދޫ ކޮށްނުލާ .''ކީރިތި ރަސޫލާ ގައި ތިބައި މީހުންނަށް ރިވެތި ވެގެންވާ ނަމޫނާ އެއްވެއެވެ'' ވަރުގަދަ ބާރަކާ އެކީ ހިފަހަށްޓާށެވެ

    2
    4
  24. ބަރޯ

    ހަރުކަށި ނޫންނަމަ ތި ސައިޒުގެ ތުނބުޅިޔަކުން ކީއްކުރަނީ ؟
    ރީތި ތުނބުޅިއެއް ބެހެއްޓީމާ ސާފުތާހިރުވެފައި ރީތިވާނެ. އިސްލާމްދީން އެކަމަށް ބާރުއަޅާ.
    ކީއްވެ ޕާކިސްތާނު ހެދުންލައިގެން ތިއުޅެނީ ؟

    1
    6
  25. ޢާއިޝާ

    މޮޅު ވާހަކަ. ތިއީ ދީން ވިއްކާފަ އަމިއްލަ ފައިދާއަށް ހުރިހާ ކަމެއް. ތިމާމެންގެ ދަރީން ދަރުމަވަންތަ ސްކޫލުގައި ކިޔަވައިދެނީ، ޢަރަބިއްޔާ ސްކޫލުގައި އެސެމްބްލީގައި ލަވަޖަހާ ކިޔަން ޖެހޭތީ.