ހައިކޯޓުގެ އިސް ފަނޑިޔާރު، ޝުޖާއު އުސްމާން އަށް މަރުގެ އިންޒާރު ދީފައި ވަނީ ވެރިކަން ކުރާ ޕާޓީ އެމްޑީޕީގެ މެމްބަރެއް ކަމަށް "ރާއްޖެ އެމްވީ" އިން ބުނެފިއެވެ.

ރާއްޖެ ޓީވީގެ އޮންލައިން ނޫސް ރާއްޖެއެމްވީ އިން ބުނެފައި ވަނީ އިސް ފަނޑިޔާރަށް މަރުގެ އިންޒާރު ދިނީ އަލީ މުރުތަލާ (50 އ.) ކަމަށެވެ.

އިސް ފަނޑިޔާރަށް މަރުގެ އިންޒާރު ދިން މީހާ ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

މުރުތަލާ ފަނޑިޔާރު ޝުޖާއު އަށް އިންޒާރު ދީފައި ވަނީ ޗުއްޓީ އަކަށް ކ. މާފުއްޓަށް ވަޑައިގެން އުޅުއްވަނިކޮށެވެ. މިއާއިއެކު ހައިކޯޓުން ވަނީ މި މައްސަލަ ވަރަށް ސީރިއަސް ކަމެއްގެ ގޮތުގައި ބަލައިދިނުމަށް ފުލުހުންނަށާއި ކަމާބެހޭ އެހެނިހެން ފަރާތްތަކަށްވެސް ހުށަހަޅާފައެވެ.

މިކަމާއި ގުޅޭގޮތުން ހައިކޯޓުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ޝުޖާއު އުސްމާނަށް އިއްޔެ މަރުގެ އިންޒާރު ދިން މައްސަލަ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ. އަދި އެއްވެސް މީހެއްގެ ފުރާނައަށް ގެއްލުން ދިނުމާއި މަރުގެ އިންޒާރު ދިނުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށްވެސް ހައިކޯޓުގެ ބަޔާނުގައި ބުނެފައި ވެއެވެ.

"ހައިކޯޓުން ދެކޭ ގޮތުގައި އެއްވެސް މީހެއްގެ ހަށިގަނޑާ ފުރާނައަށް ގެއްލުން ދިނުމާއި މަރުގެ އިންޒާރު ދިނުމަކީ އެއްވެސް ސިފައެއްގައި ބަލައިގަނެވޭނެ ކަމެއް ނޫނެވެ." ހައިކޯޓުން ނެރުނު ބަޔާނުގައި ވެއެވެ.

މަރުގެ އިންޒާރު ދިން މުރުތަލާ ވަނީ ފަނޑިޔާރު ޝުޖާއު މާފުށީ މެޖިސްޓްރޭޓު ކޯޓުގެ މުވައްޒަފުންތަކަކާ އެއްކޮށް ކޮފީއެއްގައި އިންނަވަނިކޮށް އެތަނަށް ގޮހެވެ. މުރުތަލާ ވަނީ ފަނޑީޔާރު ޝުޖާއު އަށް ހަމަލާދީ މަރާލާނެ ކަމަށް ބުނެފައެވެ.

ފަނޑިޔާރު ޝުޖާއު އަށް ހަމަލާދޭން އުޅުނު މައްސަލައެއް މީގެ ދެއަހަރު ކުރިން ވެސް ފުލުހުން ތަޙްޤީޤު ކޮށްފައިވެއެވެ.

ފަނޑިޔާރު ޝުޖާއުއަކީ ހައި ކޯޓު ފަނޑިޔާރު ކަމަށް 2015 ގައި އައްޔަން ކުރުމުގެ ކުރިން ކްރިމިނަލް ކޯޓުގެ ފަނޑިޔާރެކެވެ. އޭގެކުރިން އޭނާ ހުންނެވީ މެޖިސްޓްރޭޓަކަށެވެ. އޭނާ ހައިކޯޓުގެ އިސް ފަނޑިޔާރު ކަމަށް އައްޔަން ކުރީ 2018 ވަނަ އަހަރުގެ އޮގަސްޓް މަހުއެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ޅބ

    ތިޔަކަހަލަ ކަންކަން ކުރާނީ އެއްކަލަ ފަނަރަސަތޭކަ މީހުންގެ ތެރެއިން ހަރުކަށި ވިސްނުމުގެ މީހަކަށް ވާނީ، ގުންޑާއަކު ނުކުރާނެ ތިކަހަލަ ކަމެއް، އޭނާ މާދަމާއުޅޭނީ އިހަށްވެސް އުޅުނުގޮތަށް!

    16
  2. ހުސޭނުބޭ

    އެހެންވިއްޔާ ރާއްޖޭގެ އެއްވެސް މުއައްސަސާއަކުން ތިކަމެއް ނުބެލޭނެ! ޒީރޯ ޓޮލަރެންސް ރައީސަކީ ދެލޯކަނު ދެކަންފަތް ބީރު ރައީސެއް!

    22
  3. އުނޭސް

    ކޮބާ ރައީސް ޔާމިން އަށް ދިންއިންޒާރާ ގުޅުގެން އެޅި ފިޔަވަޅު.؟

    23
  4. ހުސެން

    ހަރުކަށި މީހުން މި ފެންނަނީ މުޅީން އެމްޑީޕީ ،މީހުން މަރާ މީހުން ކަމަށް ތުހުމަތު ކުރެވޭ މީހުން.މީހުން މަރަން ކޮންޓްރެކްޓު ހަވާލުކުރާ ކަމަށް ތުހުމަތު ކުރެވޭ މީހުންނާއި އެމްޑީއެން އެލްޖީބީޓީ މިހުރިހާ ކަމެއް ހުއްޓޭނީ އެމްޑީޕީ އަށް .އެސް އެސް ވެސް ހުއްޓެނީ އާނިޔާ ގެ އުގުން ގޮސް އެމްޑީޕީއަށް ،މިއީ ބޮޑު ގޭސް އެމްޑީޕީ އިން އަބުރާ ހުޅަނގުން ޖަހާ ޓެރަރިޒަމް ބެރު ގެ އަޑޫގަދަވެގެން މިއުޅެނީ .ކަންބޮޑުނުވޭ އެމްޑީޕީ ގޭނެނީ ހުސްވެދާނެ ގޭނިގޮސް

    20
    1
  5. މަލިކު ރުވާ

    ތިޔަކަހަލަ ހުރިހާކަމެއްގެ އަޑީގާތިބޭނީ މމުނާފިޤް ހަރުކަށި ފިކުރުގެ ލާދީނީ ޕާޓީއައްނިސްބަތްވާމީހުން

    17
  6. ލާދީނީ

    އަވަހައް ފަނޑިޔާރު ޢިސްތިޢުފާދެއްވާ ދެންނޯންނާނެ އެހެންގޮތެއް ތިއޮތީ އަވަލާފަ މާދަމާ މަނިކުފާނުގެ ސުލޫކީމައްސަލައެއް ކަންނޭންގެ ހުށަހެޅޭނީ

    19
  7. ކިނބޫ

    މިގައުމުގައި ހައްދުފަހަނަޅާފަ ތިބޭ ބަޔަކީ ރީނދޫ ބާގައި މީހުން. އެނޫން ބަޔަކު ނުކުރާނެ ތިކަހަލަ ކަންކަމެއް.

    20
  8. މަހޭ

    އެމްޑީޕީ ކަން ބުނީމަ ވ ހިތްހަމަ ޖެހިއްޖެ ދޯ މާދަން ވެސް ކަމެއް ހިގައިފިއްޔާމް ކޮންޕާޓީ އެއްތޯ ކޮން ނަސްލެތޯ ބަލައްޗޭ މަށައް ދެރައީ އޭނަ މަންމަ ބައްޕަ ޕާޓީވެސް ކައޭމެން ނުބަލާތީ

    3
    1
  9. ?ރޮނޑާ

    އިންސާނުންނައް ފުރާނަ އައް ގެއްލުންދީ ފުރާނަ އާއި ކުޅެލުމުގެ ބާރެއް ލިބިގެނެއްނުވޭ. " ފުރާނަ " މިބަސް ދިވެހިން ބޭނުން ކުރަނީ " އަރަބި ބަހުގައި އޮންނަ روح ގެ މާނައި ގައި. پسالو ناگ عن‌ااروح‌ قل هوا من امر ربی މާނައީ އެބައި މީބުން ފުރާނަ އާއި ބެހޭގޮތުން ކަލޭގެ ފާނާއި ސުވާލު ކުރާނެއެވެ. ކަލޭގެފާނު އެބައިމީހުންނައް ދަންނަވާށެއެވެ.ފުރާނަ އެޢީ ކޮން އެއްޗެއް ކަން ދެނެވޮޑިގެންވަނީ ﷲ އެވެ.

  10. علي وحيد

    ފަނޑިޔާރުއަށް އިންޒާރު ދިނީ އެމްޑީޕީ މީހެއް ⚖️ ދީނީޢިލްމުވެރިޔާ ޑރ. އަފުރާސީމު އަވަހާރަ ކޮށްލީ އެމްޑީޕީ އަށް ނިސްބަތްވާ މީހެއް ހަރުކަށި ފިކުރު ކޮންތާކު

  11. ކަލޯ

    އެމް.އެމް. ޕީ އާރުސީގެ ފައިސާ އަށް ޚިޔާަތް ތެރި ވިމީހުންގެ މަތިން ހަމައެކަނި ޔާމީން ދުވަސްދުއްވާލީމަ ހުރިހާ މީހުންގެ މައްސަލަ ނިމުނީތޯ.މިއީތޯ ހަމަ އިންސާފު އަކީ މިހެން ބާވަރު މިވެސް ހަމައެކަހަލަ މައްސަލައެއް.