އިޓަލީގެ މަޝްހޫރު ސިޓީއެއް ކަމަށް ވެނިސްގެ ކުރިން ރާއްޖޭގެ ވެރިކަން ކުރާ މާލެ އަޑިއަށް ހިނގައިދާނެ ކަމަށް ނަން މަޝްހޫރު ސައިޓަކުން ބުނެފިއެވެ.

މަޝްހޫރު ވެބްސައިޓް ކަމަށްވާ "ދަޓްރެވެލްސް" ސައިޓުގައި، ވެނިސްގެ ކުރިން އަޑިއަށްދާނެ ކަމަށް ލަފާ ކޮށް ނަން ހާމަ ކޮށްފަައިވަނީ 20 ސިޓީ އެކެވެ. ރާއްޖެ ހިމެނިފައިވަނީ އެ ލިސްޓުގެ 4 ވަނާގައެވެ.

ވެނިސް އަކީ މީގެ ކުރިންވެސް ފެންބޮޑުވުމުގެ އެކި ކަހަލަ ހާދިސާތައް ދިމާވެފައިވާ ސިޓީއެކެވެ. އެގޮތުން ފެންބޮޑުވުމާއި ކުރިމަތި ވުމުން އެ ސިޓީގެ ބައެއް ވިޔަފާރިތައްވެސް ވަނީ މެދު ކަނޑާފައެވެ. އާއްމު ގޮތެއްގައި ވެނިސް އަށް ދިމާވަނީ މޫސުމީ ވިއްސާރައިގެ ގެއްލުންތަކެވެ.

އެ ސައިޓުގެ 4 ވަނައިގައި އަޅުގަނޑުމެންގެ މި ކުޑަ ރާއްޖޭގެ ވެރިކަން ކުރާ މާލެ ހިމެނިފައިވާ އިރު މިހާރު ގިނަ ބައެއްގެ ނަޒަރު ވަނީ މިކަމަށް ހުއްޓިފައެވެ. އެ ސައިޓުގައި ބުނެފައިވަނީ ކަނޑުގެ ލޮނުގަނޑު އުފުލިއްޖެނަމަ ރާއްޖެ ކަހަލަ ކުޑަ ތަނަކަށް ބޮޑު ގެއްލުމެއް ވެ އަޑިއަށްވެސް ހިނގައިދާނެ ކަމަށެވެ.

"ކަނޑުގެ ލޮނުގަނޑު އުފުލަން ފަށައިފިނަމަ، ރާއްޖެ ކަހަލަ ކުދި ޖަޒީރާ ގައުމުތައް އެންމެ އަވަހަށް އަޑިއަށް ދިއުމުގެ ފުރުސަތު ބޮޑު" އެ ވެބްސައިޓްގައި ބުނެފައިވެއެވެ.

އެ ސައިޓުގެ އެއްވަނައިގައި އޮތީ އެމެރިކާގެ ނިއު އޯލިންސްއެވެ. އޭގެ ފަހުން އޮތީ ނައިޖީރިއާގެ ލަގޮސްއެވެ.

ވެނިސް އަކީ ދުނިޔޭގެ އެކި ގައުމުތަކުގެ ފަތުރުވެރިން ހަނީ މޫން އަށް ޒިޔާރަތް ކުރާ ހިތްގައިމު މަންޒަރުތައް ފެނިގެންދާ ރީތި ކަން ލިބިފައިވާ ސިޓީއެކެވެ. ރާއްޖޭގައިވެސް ގިނަ ބަޔަކު އަންނަނީ ވެނިސް އަށް ދިއުމުގެ އުއްމީދުތައް ގެންގުޅެމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ކަންޖޫސީ

    ކަނޑުގެ ލޮނުގަނޑު އުފުލިއްޖެނަމަ، ކަނޑުގެ ލޮނުގަނޑަށްވުރެ އަޑީގައި ވާ ގައުމުތައް އަޑިއަށް ދާނެ ކަމަށްވެސް ބެލެވޭ.

    16
    3
  2. ޢެޑްމުންޑޯ

    ކަނޑުގެ ލޮނުގަޑަކުން މާލެއަށް ގެއްލުމެއްނެތް ، ގެއްލުންވަނީ ވާރޭވެހި ފެންބޮޑުވެގެން ، މިއީ ސަރުކާރުން ޞެނުންނަމަ ދުފާފައި ކުޅެއްޖަހާލާހާ ފަސޭހައިން ހައްލުކުރެވިދާނެކަމެއް ، ފެންބޮޑުވާ ހުރިހާ މަގެއްވެސް ނިމެނީ މޫދަށް ، ވީމާ މޫދަށް ފެންހިންދާ ހޮޅި އެޅީމާ އެހައްލުވީ

  3. ވާޑު

    ކެނެރޫންގެ ރޭވުމަކާ ހާދަ ވައްތަރޭ! މީގެ ކުރިންވެސް އޭނާވަނީ އެހަކަލަ ވާހަކައެއް ދައްކާފައި އަދި ގައުމު ދޫކޮށް އެހެން ގައުމުތަކަށް ހިޖްރަ ކުރަން ނަސޭހަތްދީފައި. އަދި އޭނާވެސް އެހެން ގައުމަކުން ތިން ލައްކަ ދިވެހީން އުޅޭނެ ބިމެއްވެސް ހޯދަން މަސައްކަތްވެސް ކުރާނެކަމަށް ބުނި. މިއީ ރޭވުމަކުން ގައުމު އެހެން ބަޔަކަށް ދޭން ވިސްނި ވިސްނުމެއް. އަނެއްކާވެސް ހަމަ އޭތި އިއާދަވާން އުޅޭހެން ހީވޭއެބަ. އަޑިޔަށް ދާނެ ދުވަހެއް އެބައޮތް ހަމަކަށަވަރުންވެސް. ތިހެން ދައްކާ ވާހަކައަކަށް ބިރުގަތުމަށްވުރެ އެދުވަހަށް ތައްޔާރުވެ ތިބޭ މީހުންނަކީ ތާ އަބަދަށް ހިކިފަސްތަނުގައި އުޅޭނެ ނަސީބުވެރިން.

  4. ކަމުގިސް

    ﷲ ގެ ރަހުމަތްފުަލު ހަދާންނެތޭ މީހުން ތިޔާފަދަ ލަވަ ކިޔާނެ.

    14
  5. ޙަސަނު

    ޙަސްބިޔަﷲ ވަ ނިޢުމަލް ވަކީލް !

  6. Anonymous

    ޣަރަަަޤުވުމާއި ގުޅިފައިވަނީ މީސްތަކުންގެ ޢަމަލުތައް.

  7. ހުސޭނުބޭ

    ކަލޯމެން ގޮވޫ 2012 ވަނަ އަހަރު ޑިސެމްބަރުގައި ދުނިޔެ ޤިޔާމަތްވާނެއޭވެސް! ތިހާ ހަމްދަރުދީވަންޏާ ވެނިސްއިން އަހަރެމެންނަށް ގެވަޅުދޭންވީނު!