ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަކީ މީގެ ކުރިންވެސް މަސްތުގެ ހާލަތުގައި ތިބުމަށް ތާއިދުކޮށް ވާހަކަދައްކަވާފައިވާ ކަން ފާހަގަކުރައްވައި މަޝްހޫރު ދީނީ އިލްމުވެރިޔާ އައްޝައިހް އަލީ ޒައިދު ވާހަކަދައްކަވައިފިއެވެ.

ޒައިދު މިހެން ވިދާޅުވެފައި ވަނީ ރައީސް ނަޝީދުގެ ފޭކް އައިޑީ ކަމަށް ބުނާ "އަލެކްސް އަހުމަދު"ގެ ޓްވިޓާ އެކައުންޓުން ޑރ. އިޔާޒަށް ރިހެބްލިޓޭޝަން ދޭން ޖެހޭ ކަމަށް ބުނެފައި އޮތުމުންނެވެ. އެ ޓްވީޓުގައި ބުނެފައި ވަނީ ޑރ. އިޔާޒަކީ ކަނޑައެޅިގެން ގައުމަށް ހުރި ނުރައްކަލެއް ކަމަށާއި، އޭނާ ފަތުރަމުން ދަނީ ފިތުނަވެރި ވާހަކތައް ކަމަށެވެ. އެހެން ކަމުން ޑރ. އިޔާޒް އަށް މިހާރަށްވުރެ ބޮޑަށް ސަމާލުކަން ދޭން ޖެހޭ ކަމަށާއި އަދި އިޔާޒް ރިހެބްލިޓޭޝަން ސެންޓަރަށް ފޮނުވައި ރިހެބްލިޓޭޓް ކުރަން ޖެހޭ ކަމަށް އެ ޓްވީޓުގައި ވަނީ ބުނެފައެވެ.

މިކަމާއި ގުޅިގެން މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް ވިދާޅުވީ ﷲގެ ހެޔޮ ރަހުމަތާއި ހަމައިން ނެއްޓޭ ހިނދުކޮޅެއް އޭނާ އަށް ނާންނަ ކަމަށާއި އެހެން ކަމުން ރިހެބްލިޓޭޝަން ސެންޓަރަށް ވަޑައިގަންނަވަން ޖެހެނީ ނަޝީދު ފަދަ ބޭފުޅުން ކަމަށެވެ. އަދި ލާދީނީ އަމަލުތަކާއި ދެކޮޅަށް ކުރަމުންދާ މަސައްކަތް ހުއްޓާ ނުލާނެ ކަމަށްވެސް ޑރ. އިޔާޒްގެ ޓްވީޓުގައި ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ޑރ. އިޔާޒްގެ ޓްވީޓުގައި ވިދާޅުވެފައި ވަނީ އޭނާ އަކީ އެއްވެސް އިރެއްގައި ބަޔަކު ހިންގާ ނިރުބުވެރި އަމަލަކަށް ހިތްވަރުދޭނެ ބޭފުޅެއް ނޫން ކަމަށާއި، އަދި އެކަމަށް ދުވަހަކުވެސް ބަދަލެއް ނާންނާނެ ކަމަށެވެ.

އިޔާޒްގެ އެ ޓްވީޓާއި ގުޅިގެން އަލީ ޒައިދު ވިދާޅުވީ، އެންމެން އަބަދަކު ހަމައިގައި ނުތިބޭނެ ކަމަށް އަޅުގަނޑުމެން ގަބޫލުކުރަން ވާނެ ކަަމަށެވެ.

"ބޯން ވާނެ ކަމަށާއި، ބޮވެން ޖެހޭނެ ކަމަށް ވަކާލާތު ކުރާ ބޭފުޅުން އަސްލު ރިހެބްލިޓޭޓް ކުރެވިގެން ނޫނީ ރާއްޖެއިން ފިތުނަ ނުކެނޑޭނެ. ބައެއް ފަހަރު ހަމައިން ނެއްޓޭ ގަޑީ ދީނީ ފަތުވާވެސް ދޭ އެބޭފުޅާ". އަލީ ޒައީދު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

20 ކޮމެންޓް

 1. Anonymous

  މިވަރު ވެގެން ދާއިރު ވެސް ކީއްވެތޯ މިނަޝީދު ބޭނުންހާ އެއްޗެއް ކިޔަން ދޫކޮށް ލެވިފައި މިހުންނަނީ.

  75
  7
  • ވިސްނޭ ދިވެހިން

   ކައެ އެކަމާ ވަރައް ކަޑަވޭދޯ. ދެން ހަޖަމްކޮއްލާ

   4
   59
   • ސިނޯނިމަސް

    ކަޑައަކީ ކައިބޮއެހަދަން ދާތަނެއް..

  • 🐠ރޮނޑާ

   ކަލޭވެސް މަވެސް މިހުންނަނީ ބޭނުންހާ އެއްޗެއް ކިޔަން ދޫކޮއްކެލެފައި. އެމީހެއްގެ ދޫ ރައްކާތެރި ކުރުމަކީ އެމީހެއްގެ އަމިއްލަ ޒިއްމާއެއް. ދުލައް ރައްކާތެރި ވާންޖެހޭ.

   20
   22
   • އަހަންމަދޭ

    އުޅޭނެ ގޮތަކަށް އުޅެން ދޫކޮށްލުމަކީ ލާދީނީ ފިކުރެއް. މުންކަރާތް މަނާކުރުމަށް މުސްލިމުންނަށް ވަނީ އަމުރު ކުރައްވާފަ. އަދި އުޅޭނެ ގޮތަކަށް އުޅެ މަގުފުރެދި ދިއުމަށް ދޫކޮށްލުމަކީ ނުރުއްސަވާ އަދި އާންމު ކޯފާއަކަށް ހުށަހޮޅިދާފަދަ ނުރައްކާތެރި އަމަލެއް. ވަކި މީހަކު ކުރާތީ ކޮންމެ ގޮތެއް ހެޔޮވެފަ ހުންނަނަމަ ތިހުރެވެނީ ވަރަށް ނިކަމެތި ހާލަތެއްގަ.

    22
  • ޝާހް، ރ.ވާދޫ

   ޝޭހް އިމްރާން ވަޒީފާގެ ދަހިވެތިކަމުގަ އަނގައިން ބުނަން ނުކެރި ފިތިފަ މިހުންނަނީ މިގައުގަ ތިބި ޝޭހުންނަށް މަލާމާތްކުރަންބާ؟

   53
   3
 2. ވިސްނޭ ދިވެހިން

  ކިތަންމެ ވަރަކައް ޒައިދުއާ އިޔާޒުއާ ދެމީހުން ނަށީދު ބަދުނާމު ކުރަން އުޅުނަސް އެކަމެއް ނުވާނެ. ދިވެހި ރައްޔިތުންނައް މިހާރު އިނގޭ ޒައިދު މެންނަކީ 5އަހަރުން 5އަހަރު ފިކުރު ބަދަލުވާ ސިޔާސީ ރަންޑިން ތަކެއްކަން. ދެންވެސް ހަމަ 2023 ގަ ހޮވާނީ ރައީސް ނަޞީދު.

  6
  82
  • ނޯ 22 ޑިސެމްބަރ

   ހޮވޭނީ ވަގުވޯޓުން

   58
   2
 3. ހަމަތެދެއް 21 ޑިސެމްބަރ 2019

  ހޮވޭނީ ވަގުވޯޓުން

  49
  4
  • ޝައިޚުލް ޓްވިޓަރޭ

   ބޭފުޅާ ހަމައިން ނައްޓާ ގަޑިތަކުގައިތޯ ލާދީނީން ދިފާއުކޮށް އެބައިގަނޑަށް ހިތްވަރު ދެވޭތޯ ގަދައަޅާ މަސައްކަތް ކުރައްވަނީ؟ ތީ ދީނީ ޝޭޚުންނެއް ނޫން. ތީ ފޭކު ޝޭޚުން. ފިތުނަވެރި ޝޭޚުން. ނަޝީދެކޭ ތިއެކޭ އެއްގަމަ. ދިވެހިން ނަފްރަތު ކުރޭ ކަލޭމެނަށް.

   11
   3
 4. ޢަންސާރު

  ކޯއްޗެއް ކަލެއްށް ވިސްނިގެން ވިސްނޭ ދިވެހިންނޯ...ގުއި ނުދޮންނަ ދިވެހިން ކެނެރީގެ ހިޔަޅަށް ތާއިދުކުރަނީ

  53
  4
 5. އިތާމުތް

  ދެން ބުނަންވީ ތިޔައީ މީހަކު ގޯސްމަގަކުން އުޅޭއިރު ރަނގަޅު މަގަށް އައުމަށް ދޭ ނަސޭހަތެކޭތަ؟ ތިޔައީވެސް ފިތުނަ ނޫން އެހެން އެއްޗަކަށް ނުވާނެ. ކަލޭމެން ތިޔަތިބީ ތި ނަޝީދު ލައްވާ ކަންކަން ކުރުވާ މީހާގެ ފަހަތުގައި. އެއީ ކަލޭމެންގެ އަނެއް ޝައިހު ބުނިހެން ރަސޫލާ ދުއާދެންނެވި ފަދަ ވެރިޔާ ނަމުގަ ވާހެން ސޯލިހު މީހާއެކުގަ. ވާނުވާ އެނގޭތަ؟ ކަލޭމެންނަށް ފެނި ރަށްޔިތުންނަށް ނުދައްކަން ތިއުޅެނީ ސޯލިހުގެ ކޯއްޗެއްތަ؟ އޭނާގެ ފުރިހަމަ ބާރުދަށުގައި ހިންގާ ޔަހޫދީ އަމަލްތަކުގެ ތެރެއިން އެއްކަމެއް ހުއްޓުވުނުތަ؟ ތިހެން ގެރިޒުވާބު ކުރަން މަށަށްވެސް އެނގޭ. ތިތައީ ދަންނަ މީހުން އެމީހުންގެ އިލްމުގެ އަލީގައި ދީނީ އަދަބުތަކުގެ ތެރެއިން ނަގާދޭ ފިލާވަޅެއްނޫން ކަން މިހާރު ސާފްމިވީ. މަށަށް މިޖެހެނީ ޝައިހް އަށް ނަސޭހަތްދޭން މިވަރު ވީމަ.

  18
  2
 6. މަރި

  ﷲ ހަނދުމަ ނެތް މީހުންނާ ތިބާ ގުޅުމަކީވެސް ފާފައެއް. ތިބާއަށް އެވެރިންގެ މަކަރުވެރި ރޭވުން އެގިތިބެ ގައުމު ހަލާކުގެ ތެރެއަށް ވައްޓާލީ ތިބާމެން. ހިތާމަހުރި

  24
 7. Anonymous

  ޝައިޚު ޒައިދު ކިޔާ މީހަކާއި، ޑރ. ޢިޔާޒު ކިޔާމީހަކާއި މިއީ 2އިލްމުވެރިންނޯ، މިމީހުން ރ.ނަޝީދު ޓީމު ވެރިކަމަށް ގެންނަން އަނގަބަހުންނާއި އަމަލުން ނުކުރާ މަސައްކަތެއްނެތް؟؟ އެހާ ވަރުއެރުވީ އެއީ ލާދީނީ ބައިގަނޑެއްކަމާއި ވެރިކަމަށް ކުފޫހަމަވާ ބައެއްނޫންކަން ހަމަ ނެއެގިތޯ؟؟މިހާރު އެކަންތައް ހާސލުވީމަ ކީކޭ ބޭކަލުން ތިކިޔަނީ، އުފަލުން އަތްޖަހަޖަހާ ތިބޭ👏👏👏 ޝައިޚު އިމްރާނުއާއި ޝައިޚު އިލްޔާސުވެސް އަމިއްލަ އެދުމުގެ ދަހިވެތިކަމުގާ ފަތަފަތާ އެތިބީ ނޫންތޯ ދޮތެ؟؟

  21
  4
 8. ސޮނިފުހޭ

  ކަލޯގަޔާ ނާހަމަ ތެދެއްތަ އެ އާބިދާގެ ސޮރުވެސް އަފިހުން ކައިގެން ދައްކާ ވާހަކަދޯ އިންނަ ކުރާ ވެސްބުނި އެސޮރު އިންނަކުރަޔަކަށް ވެގެން ބޮޑުގިފިލީގައި ފޫހަރައިގެން ވެސް އިނޯ ޕަކާސް

  2
  2
 9. މާލެ މީހާ

  އިޔާޒް އަދި ޒައިދު އެބަޖެހޭ 4 ހެކިން ގެނެސްގެން އައްނި ބޯކަމައް ހެކި ކޮއް ބުރީގަ ހައްދު ޖަހަން. ނޫނީ މި ދެމީހުންގެ އަނގައިގަ އެބަޖެހޭ ހައްދު ޖަހަން.

  7
  2
  • އެންމެ މާލެ މީހާ

   ރާއްޖޭގެ ގިނަމީހުންގެ ހާލަތަކީ ތީކަމުގަ ވެދާނެ. ހައްދުޖަހަން ވެއްޖެއްޔާ ނޫސްވެރިއެއް ސަލާމަތްވާނެ ހެނެއް ހިޔެއް ނުވެ..

 10. އޮޅުވާލިވޯޓް

  ހޮވޭނީވަގުވޯޓުން

 11. ސީނު

  އަދިކިރިޔާ ޝޭޚުން ނަށް ތި ވިސްނުނީ...

  8
  1
 12. ކާފަ

  އައިސިސް ޝެއިހް.. 70 ޕަސެންޓް މީހުން ރޯދަނުހިފާ ބަޔަކު އުޅޭރަށެކޭ ކިޔާގެން ދޮގުޖެދި ކައްޒާބް

  1
  2