ގިނަ އަހަރުތަކެއް ވަންދެން ޖަމާކުރެވިފައިވާ ކުނީގެ ސަބަބުން، ކ. ތިލަފުށީގެ "ތިލަފުށި ޑިސްޕޯސަލް ސައިޓް" ފުރި، ޖާގައިގެ ދަތިކަން އިންތިހާއަށް ބޮޑުވެފައިވާކަމަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) އިން ބުނެފިއެވެ.
ވެމްކޯއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ތިލަފުށީގައި ހިންގަމުންދާ "ތިލަފުށި ޑިސްޕޯސަލް ސައިޓް" ސަރަހައްދަކީ، ރާއްޖޭގައި އުފެދޭ ކުނީގެ ބޮޑު އިންސައްތައެއް ޖަމާކުރަމުންދާ ސަރަހައްދެެއް ކަމށާއި، އަދި މިސަރަހައްދުގައި ޖަމާވެފައިވާ ކުނި ރައްކާތެރި ގޮތުގައި މެނޭޖްކުރުމަށް މިކޯޕަރޭޝަންއިން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުން ކަމަށެވެ.
ވެމްކޯ އިން ބުނީ، އެ ކުންފުނިން ތިލަފުށީގައި ބޭނުންކުރަމުންދާ އެކި ވެހިކަލްތައް މަރާމާތުކުރުމާއި، އަޕްގްރޭޑްކުރުމުގެ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އަދި ވެމްކޯ ތިލަފުށި ސައިޓާއި އިންވެގެން އޮންނަ ސަރަހައްދުގެ ބަނދަރާއި، ތޮށިގަނޑު މަރާމާތު ކުރުމުގެ މަސައްކަތްތަކެއް ވެސް ކުރަމުންދާ ކަމަށް ވެމްކޯއުން ނެރުނު ބަޔާނުގައި ވެއެވެ.
"މީގެ ސަބަބުން، މިކޯޕަރޭޝަންއިން ކުނި ހުސްކުރުމަށް ބޭނުންކުރަމުންދާ ގިނަ ވެހިކަލްތަކަށް އެސަރަހައްދުގައި ހަރަކާތްތެރިވުމަށް ވަނީ ދަތިތަކާއި ކުރިމަތިވެފައެވެ". ވެމްކޯގެ ބަޔާނުގައި ވެއެވެ.
ވެމްކޯއިން ބުނީ، މިމަރާމާތަކީ ކުރު މުއްދަތެއްގެ ތެރޭގައި ނިންމުމަށް ކަނޑައެޅި މަސައްކަތެއް ނަމަވެސް، މޫސުން ތަންނުދިނުމާއި، ވެހިކަލްތަކަށް ލިބިފައިވާ ގެއްލުންތަކާއި، މިކޯޕަރޭޝަންއަށް ލިބެންޖެހޭ ވެހިކަލް އަދި މެޝިނަރީސްތައް ވަގުތަށް ނުލިބުމުގެ ސަބަބުން، ތިލަފުށީގައި ދެމުންގެންދާ ހިދުމަތްތައް އެންމެ ފުރިހަމައަށް ފޯރުކޮށްދިނުމުގައި ބޮޑެތި ދަތިތަކާއި ކުރިމަތިލާން ޖެހިފައިވާކަމަށެވެ.
މީ ގެ އިތުރުން، ވެމްކޯއިން ބުނީ، ތިލަފުށި ޑިސްޕޯސަލް ސައިޓަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަކީ ވެސް، މަސައްކަތްތައް ނިންމުމަށް ދިމާވެފައިވާ ބޮޑު ގޮންޖެހުމެއް ކަމަށެވެ.
"މިމަސައްކަތްތައް ކުރަމުންދާ ދަނޑިވަޅުގައި، ތިލަފުށިން ހިދުމަތް ލިބިގަންނަ ކަސްޓަމަރުންނަށް ބުރޫނާރާނެ ފަދަ ގޮތަކަށް ހިދުމަތްތައް ރޭވެމުންދާ ވާހަކަ މިފުރުސަތުގައި ފާހަނގަކުރަމެވެ". ވެމްކޯގެ ބަޔާނުގައި ވެއެވެ.
އަދި ކުނި ނެގުމުގެ މަސައްކަތްތައް އަވަސްކުރުމުގެ ގޮތުން، ތިލަފުށީގެ އޮޕަރޭޝަނަށް ޝިފްޓްއެއް އިތުރުކޮށް، ތިލަފުށީގައި ބޭނުންކުރުމަށް އިތުރު ވެހިކަލްތައް ކުއްޔަށް ނެގުމުގެ މަސައްކަތް ކުރަމުންދާވާހަކަ ދާކަމަށް ވެމްކޯއިން ބުންޏެވެ.
ސާބަހޭ ހިތްފަސޭހަ މާލެއަކަށް ވުމު ގެ ކޮޅުމަތި މިފެންނަނީ....ކުނިތަކުން ފުރާލަދޭނަން މާލެ.....ރިޔާސީ ވައުދެ...ސަޅިދޯ....
މި ސަރުކާރުގައި ކުންޏަކީ އެއިން އާމްދަނީ ލިބޭ ފައިދާހުރި އެއްޗެއްގެގޮތުގައިނޫންތޯ ބުނެފައޮތީ! މިހާރު ކުންޏަކީ މައްސަލައެއް އޮންނާނެ އެއްޗެއްނޫނެވެ. ވެމްކޯއިން އޮޅުވާލަނީކަމަށް ވާނީ
ސާބަސް! އަވަހަށް މުއިއްޒުކޮށްލާ! "ޝޭޝް" "ފިނިޝް" "ނިމުނީ"
ނޭނގޭ ބަޔަކަށް ނޭނގޭނެތާ!!!!!!! ބޮއެ ބޮއެހަލާކު!