އުމްރާގެ އަޅުކަން އަދާކުރުމަށް މައްކާގައި ހުއްޓާ ހާލުބޮޑުވި ދިވެހި އަންހެން މީހާ ރާއްޖެ ގެންނަން ބޭނުންވާ 38000 ރުފިޔާ ލިބިއްޖެ ކަމަށް އޭނާގެ އާއިލާ އިން ބުނެފިއެވެ.

އުމްރާ އަށް ގޮސް ހުއްޓާ ހާލުދެރަވީ ތ. ގުރައިދޫ، ކީރަންމާގެ ހައްވާ އަލީ އެވެ. އޭނާ އަކީ ޔަލަމްލަމް ޕްރައިވެޓް ލިމިޓެޑްގެ ހަވާލުގައި އުމްރާއަށް ދިޔަ މީހެކެވެ.

ހައްވާ އަލީ އަށް އަނިޔާވީ މިމަހުގެ 16 ވަނަ ދުވަހުގެރޭ މަދީނާ އިން އައިސް ދެވަނަ އުމްރާގެ ސައުޔު ކުރުން ފުރިހަމަކުރުމަށް ފަހު ހޮޓަލަށް ދިޔުމަށް ހިނގައިގަތްތަނާ ވެއްޓިގެންނެވެ. ވެއްޓުމުގެ ސަބަބުން ހައްވާގެ ފައިގެ އުކުޅުވަޅުގެ ކަށިގަނޑުގައި ރެނދެއްލާފައިވާ ކަމަށް ޑޮކްޓަރުންނާ ހަވާލާދީ އެ ޔަލަމްލަމް ގްރޫޕުން ވަނީ

އޭނާ މާލެ ގެނައުމަށް އެހީ ހޯދުމަށް އާއިލާ އިން ފެށި މަސައްކަތުގައި 38000 ރުފިޔާ ވަނީ ތިން ދުވަހުގެ ތެރޭގައި ލިބިފައިވާ ކަމަށް އާއިލާ އިން ބުނެއެވެ. މިމަހުގެ 25 ވަނަ ދުވަހު ހައްވަ މާލެ ގެނެވޭނެ ކަމަށް ވެސް އާއިލާ އިން ބުނެއެވެ. އެހެންކަމުން އިތުރަށް އެހީގެ ފައިސާ ޓްރާންސްފާ ނުކުރަން އާއިލާ އިން އެދެއެވެ.

ހައްވަ ރާއްޖެ ގެނައުމަށް ސަރުކާރުން އެހީވާނެ ކަމަށް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވަނީ އިއްޔެ ވިދާޅުވެފައެވެ. މިނިސްޓަރު އަބްދުﷲ ޝާހިދު އިއްޔެ ވިދާޅުވީ ސައުދީގައި ހުންނަ ރާއްޖޭގެ ސަފީރު، ހައްވާ އާއި އޭނާގެ އާއިލާއާ ބައްދަލު ކޮށްފައިވާ ކަމަށާއި އޭނާ ރާއްޖެ ގެނައުމަށް ކަންކަމުގައި އެމްބަސީން އެހީވަމުން އަންނަ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އިންސާނާ

    މީނަމޫނާ އާއިލާއެއް މިރާއްޖޭގަ ރަނގަޅުމީހުން އެބަތިބިލަމުގެ އަލިގަދަ ހެއްކެއް އެހީތެރިކަމައް އެދޭ ހުރިހާމީހުންވެސް މިއާއިލާ ނަމޫނައަކަށް ބެލުމައް ނަސޭހައްތެރިވަން

    14