އައްޑޫ ސިޓީ ޕޯޓްސް ސަރަޙައްދު ރާއްޖޭ ވިޔަފާރީގެ މައި ހަބަކަށް ހެދުމާއި ގުޅޭގޮތުން މަޝްވަރާކޮށްފިއެވެ.

އައްޑޫ ޑިވެލޮޕްމަންޓް ކޮމިޓީން އިސްނަގައިގެން މި މަޝްވަރާތައް ކުރިޔަށް ގެންގޮސްފައިވަނީ އިކޮނޮމިކް މިނިސްޓްރީގައެވެ. މި މަޝްވަރާތަކުގައި އިކޮނިމިކް މިނިސްޓަރ މުޙައްމަދު ފައްޔާޒް ވަނީ ބައިވެރިވެ ވަޑައިގެންފައެވެ.

މިކަމާއި ގުޅޭގޮތުން އައްޑޫ ޑިވެލޮޕްމަންޓް ކޮމިޓީގެ ނައިބު ރައީސް، އަހުމަދު ޝަރީފް މިއަދު ކުރި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ، އައްޑޫ ޑިވެލޮޕްމަންޓް ކޮމިޓީން މިއަދު މިނިސްޓަރ ފައްޔާޒާއި ބައްދަލުކުރައްވައި، އައްޑޫ ޕޯޓް ސަރަޙައްދު ވިޔަފާރި ބޮޑު ބާޒާރަކަށް ބަދަލުކުރެވޭނެ ގޮތްތަކާއި ބެހޭގޮތުން މަޝްވަރާ ކުރެވުނު ކަމަށެވެ.

"..މިއަދު ކުރެވުނު މަޝްވަރާގެ ތެރެއިން އައްޑޫ ޕޯޓްގެ ސަރަޙައްދު ވިޔަފާރި ބޮޑު ބާޒާރަކަށް ބަދަލު ކުރެވޭނެ ގޮތަކަށް، ދެކުނުގެ އެތެރޭގެ ސީ ޓްރާންސްޕޯޓް ސިސްޓަމް ޤާއުމްކުރުމަށް މަޝްވަރާ ކުރެވުނު،" ޝަރީފްގެ ޓްވީޓުގައި ވެއެވެ.

ޝަރީފް ވިދާޅުވެފައިވާ ގޮތުގައި އައްޑޫ ޕޯޓްސް ސަރަޙައްދު ވިޔަފާރި ހަބަކަށް ހެދުމުން ބޭރުން އައްޑޫ ސިޓީއަށް ގެންދާ މުދާތައް އިތުރުވެގެންދާނެ ކަމަށާއި، އެކަމުގެ ސަބަބުން ތަކެތީގެ އަގުވެސް ހެޔޮވާނެ ކަމަށެވެ.

މިއަދު އިކޮނޮމިކް މިނިސްޓްރީގައި ކުރިޔަށްގެންދިޔަ މަޝްވަރާގެ ތެރެއިން، އައްޑޫ ސިޓީ ޕޯސްޓްސް ހުންނަ ސަރަޙައްދުން ވިޔަފާރިވެރިންގެ މުދާ ބެހެއްޓުމަށް ވެއާހައުސް ދޫކުރެވޭނެ ގޮތްތައް ހަމަޖައްސައިދިނުމަށް އެދިފައިވާނެ ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.

އައްޑޫ ޑިވެލޮޕްމަންޓް ކޮމިޓީން އަންނަނީ އައްޑޫ ސިޓީއަށް ދިމާވެފައިވާ ދަތިތަކާއި އެނޫންވެސް މައްސަލަތައް ސަރުކާރުގެ ކަމާއި ބެހޭ އިދާރާތަކުގެ ސަމާލުކަމަށް ގެނެސް އެކަންކަން ހައްލު ކުރުމުގެ މަސައްކަތް ކުރަމުންނެވެ.

ފޮޓޯ: ޓްވީޓާ / އަހުމަދު ޝަރީފް

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ލޯބިވާ ވަޠަން

    މީ ކޮން ޚައްސިއްޔަތެއް އޮތް ކޮން ބަޔަކު އެކުލަވާލައިގެން އުޅޭ ކޮމިޓީއެއްބާ؟މިރުޒާގުމެން ގެންގުޅޭ މުވައްޒަފުންނާށް މުސާރަ ނުދެވޭއިރު އައްޑޫ ތަރައްގީ ކުރަން ނިކުތީމަ ހިނި އަންނަނީ. ތީ ކޮން ކެޕޭސިޓީއެއް ހުރި ބައެއްބާ؟

    7
    2
  2. ާއަހުމަދު

    އައްޑޫ ސިންގަޕޫރަކަށް ހަދަންވެސް މަށްވަރާ ކުރރވިދާނެ މަށްވަރާކުރާތާ ފަންސާސް އަހަރުވަނީ އަމިއްލަ އެއާޕޯޓައް އޮވެ ތަރައްގީ ނުވެގެން އުޅެމީ މަށްވަރާ ކުރެވޭލެއް މަދުކަމުން

    6
    1
  3. ާއަލީ ހަސަން

    ވޯޓާއި ކައިރިވުމުން ޖަހަމުން ގެންދާ މަޅިފަތި، ﷲ އިންސާނުންނަށް ހަމަ ބުއްދި ދެއްވި އިރު ސީނު އަތޮޅުގެ މީހުނަށް ހީވަނީ ދެއްވީއަކީ ބުއްދީގެ ދެބާކުޅަ އެއްބާހެން،

  4. ލޯކަލް އޮތޯރިޓީ

    ކައުންސިލު އިންތިޚާބަށް މައި ހަބު ހުޅުވަނީ

  5. ކަންދިކަމަނާ

    މިނިސްޓަރ ފައްޔާޒު ވަނީ މާފިޔާގެ ބައެއް ގޭންގުތަކާއެކު ރާއްޖެއިން ބޭރުގައި ބައްދަލުކޮށްފަ ކަމަށް މިއިވޭ އަޑުތަކުން އެގޭ. އަދި އައްޑޫ ޕޯރޓް ވިޔަފާރީގެ މައި ހަބަކަށް ހަދަން މިއުޅެނީއެކަމަށް މަގުފަހިކުރުމަށް ކަމުގައި މިހާރު އެބަ ވިސްނޭ. ބޯގަންވިލާ އިން ރާއްޖޭގައި ފަތުރާނީ ލާދީނީ.