ހަ ރަށެއްގައި ބައިނަލްއަގުވާމީ ފެންވަރުގެ އިންޑޯ ބެޑްމިންޓަން ހޯލެއް އެޅުމަށް ބަޔަކު ހޯދަން އިއުލާން ކޮށްފިއެވެ.

މިނިސްޓަރ އޮފް ޔޫތް އެންޑް ސްޕޯޓްސް އަހުމަދު މަހުލޫފު ކުރެއްވި ޓްވިޓެއްގައި ވިދާޅުވެފައިވަނީ ރައީސް ޞާލިހުގެ ސަރުކާރުން ރާއްޖޭގައި ބެޑްމިންޓަން ކުރިއެރުވުމަށް ބުރަ މަސައްކަތެއް ކުރައްވާ ކަމަށެވެ. އެގޮތުން އައްޑުގައި ގާއިމު ކޮށްފައިވާ އިންޑޯ ބެޑްމިންޓަން ހޯލުގެ އިތުރުން 6 ރަށެއްގައި ކޯޓު ގާއިމު ކުރުމަށް ނިންމާފައިވާ ކަމަށްވެސް މިނިސްޓަރ ކުރެއްވި ޓްވިޓުގައި ވިދާޅުވިއެވެ.

އެ ރަށްތަކުގެ ތެރޭގައި ހިމެނެނީ ހދ. ކުޅުދުއްފުށި، ޅ. ނައިފަރު، ލ. ގަން، ދ. ކުޑަހުވަދޫ، ގދ. ތިނަދޫގެ އިތުރުން ޏ. ފުވައްމުލަކެވެ.

ކޮންމެ މަޝްރޫއެއްގެ ބިޑް ސެކިއުރިޓީގެ ގޮތުގައި 40،000 ރުފިޔާ ދައްކަން ޖެހޭނެ ކަމަށް އިއުލާނުގައިވެއެވެ. ބިޑް ސެކިއުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާލާ ތާރީހުން ފެށިގެން 148 ދުވަހުގެ މުއްދަތު ކަމަށް އެ އިއުލާނުގައި ވެއެވެ. ބިޑް ހުޅުވުން އޮންނާނީ އަންނަ ޖެނުއަރީ މަހުގެ ނުވަތަ ދުވަހުގެ ހެނދުނު 11:00 ގައި ފިނޭންސް މިނިސްޓްރީގެ ނޭޝަނަލް ޓެންޑާގެ ޖަލްސާ ކުރާ މާލަމުގައެވެ.

އައްޑޫ ސިޓީ ހިތަދޫގައި ގާއިމު ކޮށްފައިވާ އިންޑޯ ބެޑްމިންޓަން ހޯލުގައި ދާދި ފަހުން ވަނީ ސާކްގެ 21 އަހަރުން ދަށުގެ ބެޑްމިންޓަން މުބާރާތެއްވެސް ބާއްވާފައެވެ. ބެޑްމިންޓަނަކީ ރާއްޖޭގެ އެކި ހިސާބުތަކުގައި ގިނަ ފަރާތްތަކެއް ފޯރިއާއި އެކު ކުޅެމުން އަންނަ ދުވަސްވީ ކުޅިވަރެކެވެ.