މިހާރު ރާއްޖެގެ އެކި ކަންކޮޅުތަކަށް ވިއްސާރަކުރަމުން ދަނީ ރާއްޖެ ކައިރީގައި އުފެދިފައިވާ ކޮޅިގަނޑެއްގެ ސަބަބުން ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ވިދާޅުވެއްޖެއެވެ.
"ވަގުތު" އަށް މައުލޫމާތު ދެއްވަމުން މެޓް އޮފީހުގެ އޮފިޝަލަކު ވިދާޅުވީ އެ ކޮޅިގަނޑު އުފެދިފައި ވަނީ ރާއްޖޭގެ ހުޅަނގުގައި ކަމަށާއި، އަދި މިހާރު ކޮޅިގަނޑު ދަތުރު ކުރަމުންދަނީ ރާއްޖޭގެ ހުޅަނގު ދެކުނުން ދުރަށް ކަމަށެވެ. އެހެން ކަމުން މި ވިއްސާރަ ކުރިއަށް އޮތް ދެދުވަހެއްގެ ތެރޭގައި މަޑުވާނެ ކަމަށާއި، ކޮޅިގަނޑުގެ އަސަރު މާބޮޑަށް ރާއްޖެއަށް ނުކުރާނެ ކަމަށް ލަފާކުރެވޭ ކަމަށް އޭނާ ވިދާޅުވިއެވެ.
މެޓް އޮފީހުން ވިދާޅުވީ، ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭގައި ރާއްޖޭގެ އެކިހިސާބަށް ވިއްސާރަ ކުރުމާއެކު ގުގުރާނެ ކަމަށާއި ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހުން އެކަށީގެން ވާ ކަމަށެވެ.
ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ކަނޑުތައް އިތުރަށް ގަދަވުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން ވިދާޅުވިއެވެ. އަދި ކަނޑުތަކުގެ ރާޅުގެ އުސްމިން 3-6 ފޫޓަށް ދެމެދަށް ހުންނާނެ ކަމަށް ލަފާ ކުރެވޭކަމަށް މެޓް އޮފީހުން ވަނީ ވިދާޅުވެފައެވެ.
ކަނޑުދަތުރު ކުރުމުގައި މޫސުމަށް ސަމާލު ވުމަށާއި، ދަތުރެއް ކުރުމުގެ ކުރިން އެ އޮފީހަށް ގުޅައި ނުވަތަ އެ އޮފީހުގެ ވެބްސައިޓުން މޫސުން ކުރިއަށް ލަފާކުރާ ގޮތް ބެލުމަށް އެ އޮފީހުން ވަނީ އިލްތިމާސްކޮށްފައެވެ.
ހަ މަ ހުވާތަ ކޮޅިގަޑަކުންތަ ވިއްސާރަ އުފެދިގެން މިއުޅެނީ...ވިލާ އުފެދިގެންދޯ ވާރާ ވެހެނީ...އިރު އަރާތީ އަވިދެނީ....ހަނދުއަރާތީ ހަނދުވަރުގެ އަލިހުންނަނީ...މެޓއޮފީސް ހާދަ މޮޅޭ... މުޅިން އާ މައުލޫ މާތެތިދިނީ....
ތިކަން ނޭނގޭ ކުޑަކުއްޖަކުވެސް ނުހުންނާނެ.. ތިއެއް ނޫން ނޭނގިގެން މިއުޅެނީ މެޓް އޮފީހަށް ގުޅާފަ އަހާބަލަ އެ ކޮޅިގަނޑާ އެކޮޅިގަނޑުގަ ވާފެން ހެއްދެވީ ކޮންފަރާތަކުން ތޯ އަދި އެކޮޅިގަނޑުން މި ރާއްޖެއަށް ވާރޭ ވެއްސަވުމަށް އިރާދަ ކުރެއްވީ ފަހެ ކޮން ފަރާތަކުން ހޭ.
އަދި އަހާތި މިރާއްޖެއަށް މެދު ނުކެނޑި ކުރައްމުން މިދާ ވިއްސާރަ އާ މުސީބާތްތަކުން މިރާއްޖެ މިންޖުވާނީ ކިހިނެތް ތޯ އަދި އެކަމަށް އެދި ކުރާނެ ރަނގަޅު ދުޢާއެއް ވެސް އަހާލާތި.
އެއީ ޝޭޚު ބުނި އަމަލުތައް އިޞްލާހުކޮށް ތެދުވެރި ތައުބާ އަކުން ތައުބާ ވެއްޖެ ނަމަ މުޞީބާތްތަކުން ދުރު ކުރައްވާ ރޯދި ބަރަކާތް އިތުރު ކޮށްދެއްވާނެ ކަމަށް.
ދެން ބުނާތި ހިތް ބުރަ ނުކުރައްޗޭ ހަމަ އަހާލީއޭ.
އޯކޭ!
ދެން ތީ ޕައްލަމްބެ އަށްވެސް އެނގޭނެ ކަމެއް. ވާރޭ ވެހެނީ ވިއްސާރަވިލާ ހުރީމަކަން. މެޓް އޮފީހެއް ހަދައިގެން މޫސުން ލަފާކުރާނެ ކަމެއް ނެތް. އެއީ ހަމަ ބޭކާރު ފައިސާ. ލަފާކުރާ މޫސުމެއް ދިމާއެއް ނުވޭ.
ރާއްޖެމަތީ ކޮޅިގަނޑެއްގެ ސަބަބުން ވިއްސާރަވަމުން ދިއުން މިއީ ހަމަ އަބަދުވެސް އިވޭ ވާހަކަ.
މެޓް އޮފީހުން ނުބުންޏަސް އަހަރެމެންނަށް އެނގޭ ވާރޭ ވެހެނީ ވިއްސާރަ ވިލާއެއް ބޯމަތީ ހުރީމަކަން.