މާފުށީ ޖަލު ފުރިގެން ބައެއް ގައިދީން ފުލުހުންގެ ބަންދުގައި ބައިތިއްބާފައި ތިބި މައްސަލައަށް ހައްލެއް ހޯދުމަށް ޕްރޮސެކިއުޓަރ ޖެނެރައަލް އޮފީހުން އެޓާނީ ޖެނެރަލް އޮފީހާއި، ހޯމް މިނިސްޓްރީއާއެކު މަޝްވަރާތައް ފަށައިފިއެވެ.

އެކަން ހާމަކޮށް، ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވީ، ޖަލު ހުކުމްތައް އެހެން އަދަބުތަކަށް ބަދަލުކުރެވިދާނެ ހާލަތުގައި އެކަން ކުރުމުގެ އިހްތިޔާރު ގާނޫނުލް އުގޫބާތުން ދަށުންކޯޓަށް ލިބިދީފައިވާ ކަމަށެވެ. އަދި ޖަލުތައް ފުރޭ މައްސަލައަށް މުވައްސަސާތައް ގުޅިގެން ހައްލެއް ހޯދަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ނަމަވެސް މި ހާލަތްތައް އޮންނާނީ ވަކި ކުށްތަކެއްގައި ބަންދުކުރެވޭ މީހުންނަށެވެ.

https://twitter.com/HuShameem/status/1209375258714591232?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1209375258714591232&ref_url=https%3A%2F%2Fmihaaru.com%2Fnews%2F66720

ގާނޫނުލް އުގޫބާތު ބުނާގޮތުން ޖަލު ހުކުމުގެ އަދަބު ގޭ ބަންދަށް ނުވަތަ ޖޫރިމަނާ އަށް ނުވަތަ މުޖްތަމައަށް ހިދުމަތް ކުރުން ފަދަ އަދަބަކަށް ބަދަލު ކުރެވިދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ޢީސަ

    މިދެން ބޮޑު ޖޯކެއް

  2. ސމީ

    މި.ގޮލާ އެބަ އުޅޭތަ

  3. ޢާއިޝާ

    ސައިތޯނު އެރީ، އަނގަ ހާވެފަ!

  4. މިއަދު

    ތިއީ ކުރަންވެއްޖެކަމެއް ބޮޑު ޢަދަދުން ޖުރިމަނާކޮއްލުމުން ތައުލަތަށް ލިބޭ މާލީ ގެއްލުން ކުޑަވާނެ

  5. ރައްޔިތުން

    ބޮޑެތި ރަށްތަކުގައި ހަނޑޫ ދަނޑުތަކުގެ މަސައްކަތް ކުރުވަން އެމީހުން އެރަށްރަށަށް ފޮނުވުމުގެ އަވަސް ޕްލޭން އެއް ހަދަންވީ