ކްރިސްޓިއަނުން ކޮންމެ އަހަރެއްގެ ފަހުކޮޅު ފާހަގަކުރާ އެމީހުންގެ ހާއްސަ ދުވަސް "ކްރިސްމަސް ޑޭ" ފާޙަގަ ކުރުމާއި ދެކޮޅަށް މާލެއަތޮޅު ތުލުސްދޫ ކައުންސިލުން ތެދުވެއްޖެއެވެ.
އެކަމާއި ދެކޮޅަށް ތުލުސްދޫ ކައުންސިލުން ނެރުނު ނޫސް ބަޔާނެއްގައި ވިދާޅުވެފައި ވަނީ، ކްރިސްމަސް ފާހަގަ ކުރުމުގެ ގޮތުން އެރަށުގެ ބައެއް ސަރަހައްދުތަކުގައި، އިސްތިހާރު ތަތް ކުރުމާއި އަދި އެހެނިހެން ކަންކަން ވެސް ހިނގަމުން ދާކަމަށެވެ.
އެހެން ނަމަވެސް ރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމް ގައުމެއް ކަމުން ރާއްޖޭގެ އެއްވެސް ރަށެއްގައި އެފަދަ ކަމެއް ހިންގުމަކީ ގާނޫނީ ގޮތުން މަނާކަމެއް ކަމަށް އެބަޔާނުގައި ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން އެކައުންސިލަށް މިހާތަނަށް ލިބިފައިވާ މައުލޫމާތުން ކްރިސްމަސް ފާހަގަކުރުމުގެ ގޮތުން އެރަށުގެ ބައެއް ތަންތަނުގައި އެދުވަހުގެ ހަފްލާ ބޭއްވުމަށް ބަޔަކު ތައްޔާރު ވަމުން އަންނަކަން އެނގިފައިވާ ކަމަށެވެ. އެފަދަަ އަމަލެއް ހިންގާ ކަން ކައުންސިލަށް އެނގިއްޖެނަމަ ކައުންސިލުން އެކަމެއް ހުއްޓުވާނެ ކަމަށް އެބަޔާނުގައި ވަނީ ވިދާޅުވެފައެވެ.
އަދި ކުރިޔާލައި އެއީ މަނާ ކަމެއް ކަަމަށް އެންގިފައި ވަނިކޮށް ކްރިސްމަސް ފާހަގަ ކޮށްފި ނަމަ، ލިބިދާނެ އެއްވެސް ގެއްލުމަކަށް އެކައުންސިލުން ޒިންމާ ނުނަގާނެ ކަމަށްވެސް ތުލުސްދޫ ކައުންސިލްގެ ބަޔާނުގައި ވަނީ ވިދާޅުވެފައެވެ.
ތުލުސްދޫ ކައުންސިލުން ކްރިސްމަސް ފާހަގަކުރުން މަނާ ކުރި އިރު އެރަށަކީ ލޯކަލް ޓުއަރިޒަމް އިންތިހާ އަށް އޮތް ރަށެއްކަން ފާހަގަކޮށް ބައެއް ފަރާތްތަކުން ދަނީ ކައުންސިލާއި ދެކޮޅަށް އަޑުއުފުލަމުންނެވެ. އެހެން ނަމަވެސް ރާއްޖޭގެ ީމީހުން ދިރިއުޅޭ ރަށެއްގައި އިިސްލާމް ދީން ނޫން އެހެން ދީނެއްގެ ހަރަކާތެއް ކުރިއަށް ގެންދިއުމަކީ މަނާކަމެކެވެ.
ދެން ރިސޯޓު ތަކުގަ ފަ ހަގަ ކުރަނިޔޯ ??
ރިސޯރޓްތަކުގައި ކުރިސްމަސް ފާހަގަ ކުރުން ހުއްދަ ދޭ ގާނުނެއް ނެތް މިއީ ހަމަ ސީދާ ރިސޯރޓް އޯނަރުންގެ އެދުމުގެ މަތިން ނެރުނު އިންޒާރެއް މިއީ ދީންވެރިވެގެން ކުރާ ކަމެއް ނޫން ، ރާއްޖޭ ހުރިހާ ދީނީ އިލްމުވެރިން ތިބެނީ ރިސޯރޓް އޯނަރުންނަށް ވިކިފައި އެހެންވެ ރިސޯރޓް ތަކުގެ ބަނގުރާ ވިއްކުން ހުއްދަ ކޮއްގެން އެ ތިބެނީ ، އިސްލާމް ދީނުގައި ރިސޯރޓަކާ އެހެން ރަށަކާ ތަފާތެއް ނޫން.
ސާބަހޭ ތިހެން ވާންޖެހޭނެ
އަނީސް އަކީ މޭން އެކޭ
މުޅި ދުނިޔެއިންވެސް ކްރިސްމަސް ފާހަގަ ކުރުން ހުއްޓުވާލަންވީނު؟
އިސްލާމްދީނަކީ ﷲސވތ މާތްދީން އެއީ ދިންނެވުމުގެ މަގު. މިދުނިޔޭގަ މުސްލިމުން އުޅެން އޮތީ ކާފިރުންނާވެސް އެކު. ޢެނަސާރާއިންގެ އީދު އެބައިމީހުން ފާހަގަ ކުރުމަކުން އެކަމަށް މުސްލިމަކު ވާގިވެރިނުވާހާހިނދަކު އެމުސްލިމްމީހާ ދީނުންބޭރުވާނެމަގެއް ނެތް. ތުލުސްދޫގަ ތިބި މުސްލިމް އަހުންނާއުހުތުންގެ އަޅުކަމާއި ނިޔަތަށް ބުރުނާރާގޮތަށް އެބައިމީހުން ޒިނޭކޮށް ރާބުއިމަށް ހަދާވިއްކާފަހުރި ހޮޓަލަކުން އެމީހުންގެ އީދެއް ފާހަގަކުރުމަކުން މައްސަލައެއްނެތް. މޮޅަށްދެނެވޮޑިގެންވަނީ ﷲ. ނަމަނަމަ މުސްލިމަކު މިކަމަށް ވާގިވެރި ނުވާތި. އެމީހުންނަށް ހިދުމަތްދޭން އައިރުމުސްލިމަކު ބަހައްޓާ.
ހަމައެކަނި އެކަމެން ނޫން...
އީދު ކުޅިވަރު ވެސް ހުއްޓުވި..
ހަމަ އެކަނި ކުޅިވަރު ހުއްޓުވި ކިއުންސިލް.. އަދި މިކައުސިލް އަކީ ތުލުސްދޫ ތަރައްގީ ކުރަށް އުޅޭ ބައެއް ނޫން...ކަން ކަން ހުއްޓުވައް އުޅޭ ބައެއް..
އަންނި ބޭނުންވާ ކަންތައްތައް މިވަނީ، ރަށް ރަށުގައި ގެސްޓް ހައުސް ނޭޅިގެން ތެޅި މަ ރުވީ އަންނި، ދުވަސް ކޮޅަކުން ފަށާނީ ދެން ރަށް ރަށުގައި ފައްޅި އަޅަން،