މެލޭޝިއާގައި ދިވެއްސަކު ނިޔާވެފައި އޮއްވާ ފެނިއްޖެއެވެ.

އޮންލައިން ނޫސް "ސީއެންއެމް" ގައި ބުނެފައި ވަނީ ނިޔާވެފައި އޮއްވާ ފެނުނު މީހާގެ މައްސަލަ މެލޭޝިއާ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންކަމަށެވެ.

ރާއްޖޭގެ ފޮރިން މިނިސްޓްރީ އަށް ވެސް ވަނީ މެލޭޝިއާގައި ދިވެއްސަކު ނިޔާވެގެން އުޅޭކަމުގެ މައުލޫމާތު ލިބިފައެވެ. ނަމަވެސް އެ މިނިސްޓްރީން އަދި އެކަމާއި ގުޅޭ މައުލޫމާތެއް ހާމަކޮށްފައެއް ނުވެއެވެ.

ނިޔާވި މީހާ އާއި ބެހޭ ތަފްސީލެއް އަދި ލިބިފައެއް ނުވެއެވެ. ނަމަވެސް އޭނާއަކީ މާލެއަށް ނިސްބަތްވާ ޒުވާން ފިރިހެނެއް ކަމަށާއި އެއީ ހަކުރު ބަލި ހުންނަ މީހެއް ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

ނަމަވެސް އޭނާ ނިޔާވި ސަބަބެއް އަދި އެނގިފައެއް ނުވެއެވެ.