ބައިނަލްއަޤުވާމީ މިންގަނޑުތަކާއި ޤާނޫނުތަކާއި ހިލާފު ކަމެއް އިންޑިއާ އާއި ޗައިނާ އިން ވެސް މުސްލިމުންނަށް ނުކުރާ ކަމަށް ދިވެހި ސަރުކާރުން ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް ހޫދު ވިދާޅުވީ އަޅުގަނޑުމެންނަކީ އެއްވެސް އިރެއްގައި ގައުމުތަކުގެ ދާހިލީ ކަންކަމާއި ބެހޭ ގޮތުން ބަސްބުނެ ހަދާ ބައެއް ނޫން ކަމަށެވެ.

ހޫދު އާއި ސުވާލު ކުރި ނޫސްވެރިޔާ ބުނީ އިންޑިއާ އަދި ޗައިނާގައި ބައިނަލްއަޤުވާމީ މިންގަނޑުތަކާއި ހައްޤުތަކާއި ހިލާފު ކަންތައްތައް ހިނގަމުންދާ ކަމަށް ބައިނަލްއަޤުވާމީ މީޑިއާގައި ވެސް ވާހަކަ ދެކެވެމުންދާ ކަމަށާއި ބައެއް ގައުމުތަކުން އެކަންކަން ކުށްވެރިވެސް ކުރަމުންދާ ކަމަށެވެ. މީގެ ކުރިން އިންޑިއާ އާއި ޗައިނާ އިން ވެސް ރާއްޖޭގެ ދާހިލީ ކަންކަމާއި މެދު ހިޔާލު ފާޅުކޮށްފައިވާ ކަމަށާއި އެހެންކަމުން އެގައުމުތަކުން ކުރަމުންދާ ކަންކަމާއި މެދު ރާއްޖެ އިން އެއްވެސް އެއްޗެއް ނުބުނަނީ ކީއްވެތޯ ނޫސްވެރިޔާ ސުވާލު ކުރިއެވެ.

ޖަވާބުގައި ހޫދު ވިދާޅުވީ އިންސާނީ ޙައްޤުތަކުގައި ރާއްޖެ އިން ބަލާ ކަންތައްތަކެއް ވެސް ހުންނާނެ ކަމަށެވެ.

"އިންޑިއާގައި ވެސް އެއުޅެނީ ދާހިލީ މައްސަލައެއް. އެހެންވެ އެކަންކަމާއި މެދު ބަސްނުބުނަނީ. އޭގެ ކޮންވާސްއަކީ ފަލަސްތީން އިޝޫގައި އަޅުގަނޑުމެންނަކީ އެކަމުގެ ކަންބޮޑުވުންތަކާއި މެދު އެންމެ ބޮޑަށް އަޑުއުފުލާ އެއް ގައުމަށް ވާނެ. އދ.ގައި ރައީސްގެ ތަޤުރީޤުގައި ބޮޑުތަނުން އޮންނާނެ ބުނެފައި އިސްރާއީލްގެ އަމަލުތައް ކުށްވެރިކުރާ ވާހަކަ. އިންސާނީ ޙައްޤުތަކުގައި އަޅުގަނޑުމެން ބަލާ ކަންތައްތަކެއް ވެސް ހުންނާނެ. ބައިނަލްއަޤުވާމީ ޤާނޫނުތަކާއި އދ.ގެ ރިޒޮލިއުޝަންތަކާއި މިގޮތައް ބައިވަރު ކަންކަން ހުންނާނެ އަޅުގަނޑުމެން އެއްޗެއް ބުނާއިރު. އެމިންގަނޑުތަކަށް ނުފެތޭތީ އަޅުގަނޑުމެން އެއްޗެއް ނުބުނަނީ." ހޫދު ވިދާޅުވިއެވެ.

ދިވެހި ސަރުކާރުން މިހެން ވިދާޅުވި ނަމަވެސް އިންޑިއާގައި މިހާރު އަމަލުކުރަން ފަށާފައިވާ ސިޓިޒަންޝިޕް ޤާނޫނަކީ އިންސާނީ އަސާސީ ޙައްޤުތަކާއި ހިލާފު، ތަފާތު ކުރުން އިންތިހާ ދަރަޖައަށް އޮތް ޤާނޫނެއް ކަމަށް އދ.ގެ އޮފިޝަލުންނާއި އިންސާނީ ޙައްޤުތަކުގެ ދިފާޢުގައި މަސައްކަތް ކުރާ ބައިނަލްއަޤުވާމީ އެތައް ޖަމިއްޔާ އަކުން ބުނެފައި ވެއެވެ.

އަދި ޗައިނާގައި ވެސް މުސްލިމުން ޑިޓެންޝަން ސެންޓަރުތަކުގައި ބަންދުކޮށްގެން އެތައް ޙައްޤަކުން މުސްލިމުން މަހްރޫމް ކުރަމުންދާ ކަމަށް އދ. އާއި އިންސާނީ ޙައްޤުތަކުގެ ދިފާޢުގައި މަސައްކަތް ކުރާ ބައިނަލްއަޤުވާމީ އެތައް ޖަމިއްޔާ އަކުން ގެންދަނީ ތަކުރާރުކޮށް ބުނަމުންނެވެ.

ރައީސް ޞާލިހްގެ ސަރުކާރަކީ އިންޑިއާ އާއިއެކު ހާއްސަ ގާތް ގުޅުމެއް ބާއްވަމުންދާ ގައުމެކެވެ.

ކިޔުންތެރިންގެ ހިޔާލު

42 ކޮމެންޓް

  1. ކަމަނަ

    ކުރިޔަސް ކަލޭމެންނަށް ނުފެންނާނެ.. ލާދީނީ ސަރުކާރޭ ބުންޏަސް ބުނާ މީހާ ގޯސް ވާނީ... ކަނު ބައެއް މަ ބުނަން....

    181
    4
    • ހހހހހ

      ހޫދުއަށް އެނގޭނީ ކޯންޗެއް.. ޔޫޑީއެޗްއާރް ނުވަތަ ޔުނިވަރސަލް ޑިކްލަރޭޝާން އޮން ހިޔުމަންރައިޓްސް ގެ އާޓިކަލް 51 ގައި ބުނެފައިވާނެ އެއްވެސް މީހެއްގެ ވަޒަންވެރިކަން ނިގުޅައިގަތުމާއި އެކަމަށް ގާނޫނެއް ހެދުމަކީ ބައިނަލްއަގްވާމީ ކުށެއްކަމަށް. ކޯންޗެއް ކިޔަން ތިއުޅެނީ.. ތިހެން އޮޅުވާލެވޭނީ މޑޕ ގެ ނުކިޔަވާތިބޭ ޖާހިލުންނަށް. އެންމެ ސަރޗްކޮށްލާ ޔޫޑީއެޗްއާރް ނަޗަނަލިޓީ ޖަހާލާ ފެންނާނެ.

      128
      2
      • ހާލާ

        އާޓިކަލް 15 ގައި އެވާހަކަ އިންނާނީ.

        27
        1
  2. ....

    ????
    ބޮޑު އުންދަގުލެއް މީ ... މި އެއްޗެހި ތަކުގެ ލޯތައް ކަނީތަ ނުފެއްނަން .... ކުޑަކުދިން އަންހެނުންނައްވެސް އެއޮއް ކޮއްލާ އަނިޔާ .... އިންޑިޔާ ސިފައިން ރާއްޖެ އަރާ އެހެން ހަދަން ފެށިޔަސް މި ެއެއްޗެހިތައް ބުނާނެ ހިލާފު ކަމެއް ނުކުރެޔޭ ..... ބަލަ މި ތިބެ ޖާހިލުންތަކާ ޗައިނާއިން އެއޮއް ޤުރުއާން ބަދަލު ކުރަނިއްޔޭ .... ކަލޭމެން ކަނީތަ ... މި ސަރުކާރު ބާލަންވެއްޖެ .....

    166
    3
  3. ބޯ ބުރާންތި

    އެލެކްސް އާ ކިނބޫ އެތިބީ އުފަލުން އަތްޖަހަން އިންޑިއާ ގެ މުސްލިމުން ކަރުނަ އަޅާ ރޯތީ މުސްލިމް އަންހެންކުދިން ރޭޕްކޮށް މަރާ ޒުވާން ފިރިހެނުން ކަތިލާ މުސްކުޅިންގެ އަތްފައި ކަނޑާ ކުޑަ ކުދިން ޔަތީމް ކުރާތީ އެމީހުންގެ އިންސާނީ ހައްގު ގެރިމޯދީ ދިރުވާލައިފި ފެންފޮދަކާވެސް ނުލާ އަފިހުންގާރީ ދެންއަތްޖަހާ

    126
    3
  4. ހަންޑި

    ކަލޯ ހޫދު. ފަލަސްތީނުގެ ދާޚިލީ ކަންކަމާ ބެހެވޭ. އިންޑިޔާއާގެ ދާޚިލީ ކަންކަމާ ނުބެހެވޭ. ތިއުޅެނީ ކޯއްޗެއްގެ ދަށުވެގެންތަ؟

    143
    1
  5. ރަމީޒްބެ

    ކޮން "ބޮޑުތަނުންނެއް" މިސަރުކާރުގެ ޒިންމާދާރު މަޤާމުތަކުގައި ތިބި މީހުން ވާހަކަދެއްކުންވެސް ހުންނަނީ ސިޔާސީ ހޮޅުއަށިތަކުގަ ވާހަކަދައްކާ އިޞޫލުންތަ! ރައީސް އޮފީހުގެ ނިއުސްކޮންފަރެންސް ވާންވާނީ އަޚްލާޤީ ގޮތުންނާ ޢިލްމީގޮތުން އަދި ބަސްތެރިކަމުގެ ގޮތުން ނިކަން އޮއްޓަރުހުރި ބަލާޣާތްތެރި ބަސްފުޅުތަކެއް ހިމެނިގެންދާ ބައްދަލުވުމަކަށް. ކޮން ބޮޑުތަނުންނެއް ކިޔާކަށްތައް.

    98
    1
  6. Anonymous

    މިސަރުކާރުގެ ފެންވަރު ފެނިއްޖެ. މުސްލިމަކަށް ވުމަަށްފަހު އޮންނާނީ ﷲގެ ފޮތާއި ރަސޫލާގެ ސުންނަތް. އެނޫން އެއްޗެހި އޮންނާނީ އޭގެ ފަހަށް. ލާދީނީއޭ ކިޔަނީ ހަމަ ކިޔަންވެގެން ބައިނަލް އަޤްވާމީ ޤާނޫނާއިވެސް އެދެޤައުމުން ޚިލާފު. މުސްލިމު ނަމެއް ކިޔަސް ﷲއާ ރަސޫލާ އެންގެވި ގޮތަށް ނޫޅޭ ބަޔަކަށް އަދި އެއްވެސް ދީނުގެ އެއްވެސް އަޞްލަކަށް އިންކާރުކޮށްފިނަމަ އެއީ މުސްލިމެއް ނޫން. ދީނުން ބޭރުވެފަ. އެއަށް ކިޔަނީ ކާފަރެކޭ.

    76
    1
  7. ހެއްރަބޭ

    މި ހޫދު މީ ދެލޯކަނު މީހެއްތަ ؟

    86
    1
  8. ޔުމްނާ

    ? ކަނީތަ ނޫނީ ބީރީތަ މި ސަރު ކާރު؟

    86
    2
  9. ޅޯމިރު

    ބޮޑުތަނުންނޭ! ކޮބާތަ ބޮޑުތަނަކީ ؟

    65
    1
  10. ސަމިި

    މީ ހަަ މަ ބޮޑު ޖޯކެއް .ކަހަލަ ސަރުކާރެއް. އިންޑިޔާއަށް . އެއްޗެއް .ބުނަން ނުކެރިގެން. ޗައިނާގެ. ނަންވެސް ހިމެނީދޯ. ކެނެރީ. ގޭ.މޯދީ

    34
  11. ވަގު

    ވޯޓުން ވަކަން ކޮށްގެން މާތްﷲ ގަންދީ ދޮގުހުވައެއް ކޮށްގެން އަމިއްލަޔަށް މަމީ ރައީސް ހެދިގެން އުޅެނީ ކާކުތަ

    32
  12. ވަގު

    ސަރުކާރޭ ކޮންތާކު އޮތް ކިހިނެއް އައި ކޮންބައެއްގެ ސަރުކާރެ އްތަ ގެރިމޯދީ މުސްލި މުންމަރާ ހުސްކުރަން ގާނޫން ފާސްކުރީ ޗައިނާއެއްނޫން ގަންޖާ މޯދީ ބައިގަނޑު ކުރާނުބައި ކަންތަކުގެ ތެރެޔަށް ޗައިނާވަށްދަ ން އުޅެނެ ކަމެނެތް ވަގުންގެ ސަރުކާރު

    26
  13. ނަމަ

    ކަނު ސަރުކާރު އެއްވީމަ ނުފެންނާނެ

    25
    • ابنة الحكمة

      ކަނު އަދި ބީރު ސަރުކާރު

      10
  14. ވަގު

    ތިލާދީނީ ބައިގަނޑު އުޅޭ ގޮތަކަށް ނޫޅޭނެ ބޭރުގެ ކާފަރުންވެސް ރައީސްޔާމީންގެ ވެރިކަމުގައި ބޭރުގައު މުތަކަށް ރާއްޖެހިފަން ގޮވީކޮން ބައެއްތަ ރާއްޖެބަދުނާމު ކުރަން ބޭރުގެ ނޫސްތަކުގައި ދޮގު ޚަބަރު ފެތުރި ބައިގަނޑެންނު ތީ ތިގުންޑާތައް ހަނދާން އެބަހުރިތަ މުޅިދިވެހިރާއްޖޭގައި ބޮޑުހުޅު ޖަހާ ރަށްޔަތުނަށް ބިރުދެއް ކިބައިގަނޑެނުތީ

    26
  15. ޔސރ

    ސުބުޙާނަﷲ، ޗައިނާއަކީ މުސްލިމުންނަށް އެންމެ ލާއިންސާނީ ކޮށް އަމަލު ކުރާ އެއް ގައުމު. ދެލޯ ކަނު ވެފަ ތަ މިކަލޭގެ

    23
    1
  16. ހަސަންބެ

    ތެދެއް އެމީހުންގެ ގަވައިދުގައި ނޯންނާނެ މުސްލިމުންނައް އެއްވެސް ހައްގެއް ދިނުމެއް.

    18
    1
  17. އެބުނާހެން

    ކުރަނީ ލާދީނީ ކަންތަކާއި އިންސާނިއްޔަތާ ޚިލާފު ކަންތައް. ޤާނޫނަކީ އަމިއްލައަތުން ހަދާއެއްޗެއް. ބޭނުން ވެއްޖެ ހިނދެއްގައި ބޭނުންވާ ގޮތަށް ބަދަލު ކުރެވޭ އެއްޗެއް.

    19
  18. ރިޒަ

    ނަމަކަށް ސޯލިހު ކިޔާ މީހަކު ރައީސްކަމަށް އިސްކޮށްގެން ދިވެރާއްޖޭގަ މިކުރާ ވެރިކަމަކީ ހައްގަށް އާއެކޭ ބުނަންނުކެރޭ ފިޑި ވެރިކަމެވެ.

    19
  19. ވަގު

    ކަލޭމެންގެ ގޮތްނޭގޭ ބަޔަކު މިހާރު މިރާއްޖެ ޔަކުނޫޅޭ ދިވެހީންގެ ހިތު ގައި ޗައިނާޔަށް ނަފުރަތު އުފެއްދުމަށް ޓަކައި ބޭރުގެ ނޫސް ތަކަށް ލާރިގަނޑު ދީގެންނަމަވެސް ޗައި ނާއޭ މުލިމުނޭ ކިޔައިގެން ކަލޭމެނަށް ހެދެން އޮތިއްޔާއޮތް ނުބައެއް ތިބައިގަނޑު ހަދާނެކަން ހަމަޔަގީން ތީކޮންބައެއް ތީމިދިވެހި ރާއްޖޭގެ ހަލާކު ތިބައި ގަނޑަށް ކެތްނުވާފަދަ ވޭންހުރި ބަލާއެއް ޖަށްސަވާފާންދޭވެ.

    18
    1
  20. ވަގު

    ބަޑި ބުރާސްފަތި އަލުން ޢިއާދަ ވަނީ ތޯ އަނެއްކާ ލުތުފީ ތޯ ކޮބާތަ 19 ދިވެހީން ޝަހީދުކޮށްލި ބައިގަނޑު މަރަށް މަރުހިފަން އެންމެ ފުރަތަމަ ލުތުފީ މަރާފައެއްނޫން ތޯ އެހެން މީހަކު މަރަން ޖެހޭނީ ތިބައިގަނޑު ތިތިބީ ހަމާގަ ތޯ

    17
  21. ބޭބެ

    ސަރުކާރުގެ ދެލޯ ސަލާމަތުން ހުރިނަމަ ނުވަތަ ސަރުކާރު ހިންގަން ތިބި ބައެެއްގެ ދެލޯ ކަނުނޫން ކަމުގައިވަނީނަމަ ކަށަވަރު ތިހެން ނުބުނާނެ މުޅިދުނިޔެ ބަލަން ތިއްބައި ފާޅުގަ އެދަނީ މުސްލިމުން މަރަމުން އެކަން ދޮގުކުރަން ދިވެހިސަރުކާރު މިއީ ކޮންބައެއް އަޖައިބް

    16
  22. އިޤާބު

    އަޅެ.. ދިވެހި ދައުލަތުގައި ލޯ، ކަންފަތް، ބުއްދި، ހުރިނަމަ ތިޔަހެން ބުނާނޭ މީހެއް ނުދިރުނީސް. އެކަމަކު ސަރުކާރުން އެ ބުނީތާ. އެ ނަފުސުންގެ ލޮލަށް ނުފެންނަނީކަން ނޭނގެ. އެ ބުއްދިއަށް ނުވިސްނެނީކަން ނޭނގެ. ވަރަށް ހިތާމަހުރިކަމެއް މިފަދަ ބަޔަކަށް ދައުލަތުގެ ބާރުތައް ލިބިގެންދިއުމީ.

    12
  23. ابنة الحكمة

    ދިވެހި ސަރުކާރު ހަރުކަށި ޢިބާރާތުން ކުށްވެރިކުރަން

    32
  24. ކޮތަރުބިސް

    އިންޑިއާ ޗައިނާ މިދެގައުމުގަ މުސްލިމިންނާދޭތެރޭ ހިންގާ ޖަރީމާތައް ކަލޯބަލާމިންގަނޑުތަކައް ނުފެތޭކަމައް ކަލޯބުނާއިރު ކަލޯގެ މައިންބަފައިންނާ ދޭތެރޭ ބަޔަކު އެފަދަޖަރީމާއެއް ހިންގާނަމަ އެޖަރީމާ ކަލޯ ފައްތާނީ ކޮން މިންގަނޑަކައްތަ؟ ލާދީނީ ކަލޭގެ

    13
    1
  25. އެންދެރި

    ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް ހޫދު ވިދާޅުވީ އަޅުގަނޑުމެންނަކީ އެއްވެސް އިރެއްގައި ގައުމުތަކުގެ ދާހިލީ ކަންކަމާއި ބެހޭ ގޮތުން ބަސްބުނެ ހަދާ ބައެއް ނޫން ކަމަށެވެ. ދާހިލީކަމްކަމޭ ބުނީމަ އެބަސް ބުނެވުނީ އެވެ. މިޒަމާނުގަ އިންޓަރނެޓް އިން ވަގުތުން ހަބަރުތައް ބަލާލެވެއެވެ. ހަގީގަތް ތައް އެހެރީ ފެންނާށެވެ.

    10
  26. ކުޑަކޮޔް

    ބަސްމޮށުންތެރިކަމުގެ އެއްވެސްވައްޓަފާޅިއެއްނެތީ ބޮޑުތަނުން ކަޔްވެސް ހުސްކޮއްފި ބައްތިރީސް ބިލިއަން

    12
  27. ޢަލީ

    ދެލޯ އަނދިރީތަ؟ މި ފޮޓޯއިންވެސް އެފެންނަނީ ކުޑަ މަންޒަރެއް. މީ އެމީހުންގެ ޤާނުނުގަ އޮންނަކަމެއްކަމަށްދޯ ތި ބުނަނީ.

    9
    1
  28. ؟؟؟؟؟؟؟

    ތިޔަވަރުގެ ތެދެއް ހަދަން ކެރުނީތީވެސް ހިތާމަކުރަން މީޑިޔާގެ ކުރިމަތީގަ ތިޔަ ވަރުގެ ދޮގެއް ހަދަން ކެރޭނީ ހަމަ އެވަރުގެ ޔަޤިންކަން އޮވެގެންތާ އެކަމަކު ދދުނިޔޭގެ މީޑއާތަކުން އަދެ ރާއްޖޭގެ މީޑއާތަކުން ފަތުރާ ޚަބަރުތަކާ ފެންނަ ވީޑިއޯތަކުން ތިޔަބުނާވާހަކަ ޤަބޫލްކުރެވޭ އެހެންތާވާނީ އިންޑިޔާގެ ހިޔަނީގަ އުޅެންބޭނުންވާ ބަޔަކަށް އެމީހުން ހިންގާ ޖަރީމާއެއް ނުފެންނާނެ ޔަހޫދީ ދައުލަތްތަކަށްވުރެ މުސްލިމުންނާ ދެކޮޅު އިންޑިޔާގެ ވެރިކަންކުރާ ބައިގަނޑު އެކަން އެންމެނަށް އެނގޭ މުސްލިމުންނާ ދެކޮޅަށް އެންމެ ހަރުކަށި އެންމެ އަނިޔާވެރި ބަސްބުނެ ޢަމަލްކުރާ ބަޔަކީ ތިޔަ އިންޑިއާ އެކަމަކު ރާއްޖޭގެ ވެރިކަންހިންގާ ލާދީނީ ބައިގަނޑަށް އެކަން ނުފެނުން އެހެންތާވާނީ އިހަށްދުވަހުވެސް ލާދީނީ އަންނި އިންޑިޔާއަށްގސް އެއައީ އެކަންކަން ރާވާން މަޝްވަރާދީފަ ވިއްޔާ އިންޑިޔާ އަކީ މުސްލިމުންގެ އަދުއްވެސް އެފަދަ ބަޔަކު ދިވެހި މުސްލިމް ރައްޔިޔުންނަށް ހެޔޮ އެދޭނެތަ؟ ޣައިރު މުސްލިމުން މުސްލިމުންނަށް ހެވެއްނޭދޭނެކަން އެ އޮތީ އެނގެން ﷲ ވެ ވަހީ ބަސްފުޅުން

    10
  29. Anonymous

    ހަނދާންވަނީ ބަަގަރާ ސޫރަތުގައި އެވާ އާޔަތް މަތިން. ޢެބައިމީހުންނަކައް ހައްގެއް ނުފެންނާނެ އަދި އަޑުވެސް ނީވޭނެ އަދި ހައްގު ބަހެއްވެސް ނުބުނެވޭނެ ކަމއް.

    15
  30. ޖަޒީރާ

    ގެރިއްގެސުވާލުކުރިނަ މަ އެގޭނެ ހިލާފުވީގާނޫނެއް އަދިކުޑަކުދިން މުސްކުޅިން ރޭޕް ކުރާގައު މެއްތޯ އަހާލިނަ މަ ބުނާނެ ތި މައްނަ މެން ބަލާ މިންގަޑައްވުރެ ދައްކަ މައް އެއީލެވެލް 2 ޔެލޯއޭ

    10
  31. ނަތަންޔާހޫ

    އެއީ ވަރަށް ބޮޑު ތެދެއް. ދެން ބަލާލަން ޖެހެނީ ބައިނަލްއަގުވާމީ މިންގަނޑަކީ ކޮބާތޯ؟ އެ މިންގަނޑު މި އޮތީ ފަލަސްތީނާއި ސީރިޔާއާއި އިރާގާއި ލީބިޔާއާއި ޔަމަނާއި މި ފަދަ އިސްލާމީ ބިންތަކުގައި. އެ މިންގަނޑަކީ ފެންބޮވައިގަނެގެން ގޮސް އަވަދިވާން ވީމާ މުސްލިމަކު ނަމަ އޭނާގެ އަމިއްލަ ލެއިން ނުވަތަ ކަތިލާފައި އޮތް ދަރިފުޅުގެ އަމިއްލަ ލެއިން ފެންބުއިން. ބަނޑުހައިވެގެން ގޮސް މަރުވެދާނެހެން ހީވީމާ މަގުމަތިން އިންސާނެއްގެ ގުނަވަނެއް ހޮވައިގެން އަވިން ހޫނުކޮށްލައިގެން ކެއުން. މި މިންގަނޑަށް ޗައިނާއާއި އިންޑިޔާ އެ ދަނީ ފެތެމުން. އަދުގެ ސިވެހި ސަރުކާރަށް ހާސް ފަށުން ޝުކުރިޔާ. މީ އޯގާތެރިކަމަކީ.

    7
    1
  32. މަށެއް ނޫން

    ރާއްޖޭގައި އިސްލާމް ދީން ނޫން އެހެން ދީނަކަށް އުޅޭ ޖަމާއަތެއް އޮތް ނަމަ ކިހާވަރެއް ކޮއްލާނަންތޯ؟

  33. އަހްމަދު

    މިމީހާގެނަމުންވެސް އެނގޭ ތެދެއްނަހަދާނެކަން ނަމުންވެސްމިހާރުއެއިންނަނީއެއްބައިކަނޑާފަ އަސްލުނަމަކީ އިބްރާހިމް ޔަހޫދު (ޔަހޫދީ) އެހެންވީމާ މިކަމަކާ މާބޮޑައްވިސްނާނެކަމެއްނެތް

    4
    2
  34. ބީޖީ

    އެއްގޮތަކަށްވެސް ނުކުރޭ. ގައު މުގެ ހަޒާނާ ޕާރޓީ ކުދިންނަށް ބަހާ ހުސް ކޮއްކަނީވެސް ގާނޫނާ ޚިލާފަކަށް ނޫން. ދެންކީކޭ ބުނާނީ. ހެޔޮވެރިކަން.

    9
    1
  35. މޮޔަޔާ

    މިކަލޭގެ ހިފާ ހައްޔަރު ކޮށްބަލަ.. އަހަރެމެން ގެ ލާރިކޮޅު ކާގެން ރޯމާ ދުވާލު ހަދަމުން ދާ ދޮގުތަކާ، އޮޅުވާލަން ތިކުރާކަނތަށް ނޭގެނީ އެއްނޫން .. ކަލޭހަމަތަ؟

    10
  36. ސައިންޓިސްޓު

    ރަނގަޅު ވާހަކައެއް.. ގާނޫނު އޮތީ މުސްލިމުންނަށް ހިތުހުރި ގޮތެއް ހަދަން....

  37. Anonymous

    މި ކަމާ ގުޅޭ ގޮތުން ޑރ އިޔާޒް އާއި މުސާރަ ނުލިބޭ މެލޭސިޔާ ވަޒީފާގައި ހުރި ސޭހު ގެ ބަހެއް ބޭނުން.! އެހެނަސް މި ލާދީނީ ބައިގަނޑައި އިދިކޮޅަށް ބަހެއް ބުނާކަށް ނުމެކެރޭނެކަން ކަށަވަރުވެ ޔަގީންވޭ.! އެއީ އެމްޑީ އެން އުވާލީމަ! މިސޭހުންނަކަށް ނޭނގޭނެ މި ލާދީނީ ބައިގަނޑާއި އެމްޑީ އެން އާއި އިތްގުޅުމެއް! އަދި މި ބައިގަނޑު ހިމާޔަތްކޮށްގެން މަތީ މަގާމްތަކުގައި ބައިތިއްބާފައި ތިބި ކަމެއް!

  38. ވިސްނާ

    އަޅެ ހޫދު ހޭބުއްދި ފިލާފަތަ ތިހިރީ....ތިހާ ދަށުދަރަޖައަށް ވެއްޓެކަށް ނުޖެހޭ......ނުފެނޭތަ ޗައިނާއިން މިހާރު ކުރަން ނިންމި ކަންތަށް....ﷲގެ ކަލާންފުޅު ބަދަލުކުރަން ބިރެއްނެތި އުޅޭތަން...އެވަރު ބައެގެ ފައިގަ ދޫލަން ތިއުޅެނީ....ޗީޗީޗީ މިޔޮއްކުރާވެރިކަމެއް

  39. މޫން

    ކަނު ބީރު މަންމަން ބައެކަނޭނގޭނެ އަބަދުވެސް ފެންނާނީ ލާދީނީކަންކަން