އިލެކްޝަންސް ކޮމިޝަން (އީސީ)ގެ މެންބަރުން ހައިކޯޓުގެ ފަނޑިޔާރުންނާ ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން އޮތީ މިއަދު މެންދުރު ހައި ކޯޓުގައެވެ.

އިލެކްޝަން ކޮމިޝަނުން ވިދާޅުވިގޮތުގައި، މި ބައްދަލުކުރެއްވުމަކީ އަންނަ އަހަރު ކުރީކޮޅު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބާއި ގުޅޭގޮތުން މަަޝްވަރާ ކުރެއްވުމަށް ބޭއްވި ބައްދަލުކުރެއްވުމެކެވެ.

އިންތިހާބުތަކާއި ބެހޭ އާއްމު ގާނޫނުގެ ދަށުން، އިންތިހާބީ ޝަކުވާތަކުގެ މައްސަލަތައް ބެލުމުގެ އިހްތިސޯސް ލިބިފައިވަނީ ހައިކޯޓަށެވެ.

ލޯކަލް ކައުންސިލް އިންތިހާބު ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންނަ އަހަރުގެ އޭޕްރިލް މަހުގެ ހަތަރު ވަނަ ދުވަހުއެވެ.

ލޯކަލް ކައުންސިލް އިންތިހާބަށް ތައްޔާރީތައް އިލެކްޝަނުން ކޮމިޝަނުން ދަނީ ވަމުންނެވެ.

މިފަހަރު ކައުންސިލް އިންތިހާބުގައި 15 ރަށަކަށް ހަތް ކައުންސިލަރުން އިންތިހާބު ކުރާއިރު އެހެން ހުރި ފުވައްމުލަކު ސިޓީ ކައުންސިލަށް ހަ މެންބަރުން، އައްޑޫ ސިޓީ ކައުންސިލަށް 12 ކއުންސިލަރުން އަދި މާލެ 18 ކައުންސިލަރުން އިންތިހާބު ކުރާނެއެވެ. އެހެން ހުރިހާ ރަށަކަށް ވެސް އިންތިހާބު ކުރާނީ ފަސް ކައުންސިލަރުންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. Anonymous

    ޝަކުވާ އިންތިހާއަށް އަންނާނެތީއާއި މަކަރާ ހީލަތުން މޑޕ އަށް ކައުންސިލްތައްދީ ރައްޔިތުންގެ ޝަކުވާތަކަށް ސަރުކާރުން ބީރުކަންފަތެއްދީ ލާދީނިއްޔަތު ފަތުރަން ކޮށަ މަގުތައް ފުޅާކުރުމަށް ނަހަލާލު ފައިސާއިން ކައި ގައުމަށް ގައްދާރުވާ މީހުން ދެފައި އެއްތާ ނުޖަހާ ގަންނަ ސަކަރާތް.

  2. Anonymous

    ރައްޔިތުން އެންމެން މިފަހަރު ވޯޓްލާން ވާނެ. ވަކި އެޕެއްހަދާ ވޯޓްލާ މީހުންގެ އަދަދު ބަލަހައްޓަމުންގެންދިއުމަށް އިދިކޮޅުފަރާތްތަކަށް މުހިންމު. މި އިންތިހާބުގައިވެސް އީސީން ގަނޑުކޮށްވޯޓްލާނެ. ރިޔާސީ އިންތިހާބުގައި 50 ހާސްވޯޓް އީސީއަށް ރިޒަރވް ކުރިގޮތަށް މިފަހަރުވެސް ހަދާނެ. އެހެންވީމާ ރައްޔިތުން އެންމެން ވޯޓްލާންނުކުންނަންޖެހޭ.. ލާދީނީ ޝައިޠާނީ ބައިގަނޑަށް ނޫނެކޭ ބުނެވޭނީ ހުރިހާ ރައްޔިތުން ވޯޓްލާ އީސީން ވޯޓްލާން ފުރުސަތުނުދިނުމުން. ކުޑަފައިސާކޮޅަކަށް ޝައިޠާނާއަށް ނަފްސު ވިއްކާނުލާ.. މިގައުމުގައި ހަރާމް ފައިސާއިން ކައިގެން އިންޑިޔާއިން އެމްއޯއީ ހަދައިގެން އައިސް އިންޑިޔާގެ އުނގަށްވެއްޓިގެން މިތެޅޭ ބަލާވެރިކަމުން ސަލާމަތްވާން އެބަޖެހެ.

    10