އައްޑޫ ސިޓީ ހިތަދޫގެ ގެއަކަށް ވައްކަން ކުރަން ވަތް ބަޔަކު އުމުރުން ދުވަސްވީ މީހަކަށް ހަމަލާދީފިއެވެ.

ފުލުހުން ވިދާޅުވީ މި ހާދިސާ ހިނގާފައި ވަނީ ރޭ ފަތިހު 04:00 ހާއިރު ކަމަށެވެ.

މި ހާދިސާގައި އުމުރުން ދުވަސްވީ މީހާއަށް ހަމަލާދީ އަނިޔާކޮށްފައި ވަނީ މޫނު ނިވާކޮށްގެން ތިބި ދެ ފިރިހެނުން ވެގެންނެވެ. އެމީހުން އޭނާއަށް ހަމަލާ ދިނީ، ވައްކަން ކުރަން އެގެޔަށް ވަދެ އުޅެނިކޮށް އުމުރުން ދުވަސްވީ މީހާއަށް ފެނުމުން އޭނާ ހަޅޭލަވައިގަތުމުންނެވެ.

މި ހާދިސާގައި އުމުރުން ދުވަސްވީ މީހާގެ ގައިގައި ތަޅައިގަތުމަށްފަހު ވައްކަން ކުރަން އެގެޔަށް ވަތް ދެމީހުން ފިލައިގެން ދިޔަ މައްސަލަ މިހާރު ފުލުހުންނަށް ވަނީ ހުށަހަޅާފައެވެ.

މި ހާދިސާގައި އުމުރުން ދުވަސްވީ މީހާއަށް އެ ދެމީހުން ވެގެން ހަމަލާ ދިން ނަމަވެސް އޭނާއަކަށް ބޮޑު އަނިޔާއެއް ލިބިފައެއް ނުވެއެވެ.

ފުލުހުން މިހާރު ދަނީ މި މައްސަލަ އިތުރަށް ބަލައި ތަހުޤީޤު ކުރަމުންނެވެ. ނަމަވެސް މިހާތަނަށް މި މައްސަލަ އާއި ގުޅިގެން މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

އައްޑޫގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވައްކަމުގެ މައްސަލަތަ ފަހަކަށް އައިސް އިތުރު ވެފައިވާކަން ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޖަމީ

    ތިއައްޑޫ ވެއްޖެ އެއްނޫން ދައުލަތައް ނަގަން ހުރިހާ ތާކުންތާކު ޖެހޭ މީހުންކޮޅު އުޅޭނީ މާލޭގައި މާލޭމީހުނާއި އިނދެގެން ހިހޫތަނުން ކާލައިގެން މީދޮގެއްތޯ..

    6
    3