އާ އަހަރު ފާހަގަ ކުރުމުގެ ނަމުގައި ނާޗަރަންގީ ޝޯވތައް ބާއްވާ، ﷲ ހަރާމް ކުރެއްވި ބުއިންތައް ބޮއެގެން މަސްތުވެ، ފާހިޝް އަމަލުތައް ހިންގުމަށް ފުރުސަތު ދިނުމަކީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށާއި މިކަން ކުރާ މީހުންނާއި ކުރުވާ މީހުންނާއި ހުއްދަދޭ ފަރާތްތައް ކުށުގައި ހަމަހަމަ ކަމަށް ދީނީ އިލްމުވެރިޔާ ޑރ.މުހައްމަދު އިޔާޒް ވިދާޅުވެއްޖެއެވެ.

އިޔާޒް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ "އާއަހަރު ފާހަގަ ކުރުމުގެ ނަމުގައި ނާޗަރަންގީ ޝޯވތައް ބާއްވާ، ﷲ ހަރާމް ކުރެއްވި ބުއިންތައް ބޮއެގެން މަސްތުވެ، ފާހިޝް އަމަލުތައް ހިންގުމަށް ފުރުސަތު ދިނުމަކީ ކޮށްގެންވާނެ ކަމެއް ނޫނެވެ. މިކަން ކުރާ މީހުންނާއި ކުރުވާ މީހުންނާއި ހުއްދަދޭ ފަރާތްތައް ކުށުގައި ހަމަހަމައެވެ."

އިޔާޒް ވިދާޅުވީ ﷲ ގެ ނިއުމަތްތައް ގިނަގުނަ ކަމަށާއި ރެޔާއި ދުވާލަކީ ވެސް ﷲ ގެ ނިއުމަތްތަކުގެ ތެރެއިން ނިއުމަތެއް ކަމަށެވެ. ވީމާ އުފަލެއް ލިބުނަސް އަދި ހިތާމައެއް ކުރިމަތިވިޔަސް މިކަންތައް މަތިން ހަނދާން ނައްތާލައިގެން ނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. 2004 ގެ ސުނާމީ ހާދިސާ އިން އިބުރަތް ހާސިލްކުރަން ޖެހޭ ކަމަށް ވެސް އިޔާޒް ވިދާޅުވިއެވެ.

އާއަހަރު ފާހަގަ ކުރުމަށް ފާހިޝް އަމަލުތަކަށް އަރައިގަތުމުގެ ގޯސްކަން ވިސްނައި ދިނުމަށް އިޔާޒްގެ އިތުރުން އެހެން ބައެއް އިލްމުވެރިން ވެސް ގެންދަވަނީ މީސް މީޑިއާގައި ތަފާތު ލިޔުންތައް ލިޔުއްވަމުންނެވެ.

އަންނަ ބުދަ ދުވަހު 2020 ވަނަ އަހަރު ފެށޭއިރު އާއަހަރު ފެށުން ފާހަގަ ކުރަން ފާއިތުވި އަހަރުތަކުގައި ރާއްޖޭގައި ވެސް ކުލަގަދަ ހަފްލާތައް ބާއްވާފައި ވެއެވެ. މިއަހަރު ވެސް އާއަހަރު ފާހަގަ ކުރުމުގެ ގޮތުން ތަފާތު ހަރަކާތްތައް އެކި ފަރާތްތަކުން ގެންދަނީ އިންތިޒާމް ކުރަމުންނެވެ.

ރާއްޖޭގައި އާއަަހަރު ފާހަގަ ކުރުމުގެ ހަރަކާތްތައް އެންމެ ކުލަގަދަކޮށް ކުރިއަށް ގެންދާނީ ރިސޯޓްތަކުގައެވެ. އޭގެ އިތުރުން ގެސްޓްހައުސްތައް ގިނައިން ހަދާފައި ހުރި ރަށްރަށުގައި ވެސް ވަރަށް ކުލަގަދަކޮށް އާއަހަރު ފެށުން ފާހަގަ ކުރާނެ ކަމަށް ބެލެވެއެވެ. އެކަމުގެ ތައްޔާރީތައް އެރަށްރަށުން ވަމުން އެބައާދެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ދިވެހިމިީހަާ

    އަޅެ ފަހެ މީހަކު ކޮސްވެދާނެ އެދުވަސް ފާހަގަކުރަނީ ނަސާރާއިން އެމީހުންގެ 3 ކައުވަންތަ ކަލާންގެ އުފަންދުވަސް ގެ ގޮތުގައި އެމީހުން ގަބުޫލު ކުރާ ގޮތުގައި ސަލާމް ލެއްވި އީސާގެފާނަކީ ﷲއާ ސަލާމްލެއްވި މަރްޔަމްގެ ފާނުގެ ބައިއެއް ނަސާރާ އިންވަނީ އީސާގެފާނާއި އެކަލޭގެ ފާނުގެ ހެޔޮލަފާ މަންމާފުޅާ ބެހޭގޮތުން ބުހުތާނު ދޮގުތައްހަދާ އީސާގެ ފާނަކީ ކަލާންގެ ކަމަށް ގަބޫލު ކޮށްފައި . މުސްލިމުން އެދުވަސް ފާހަގަ ކުރުމަކީ ﷲގެ މަތިވެރިކަމާ އެއްކައުވަންތަ ކަމާ ދެކޮޅަށް ކުރެވޭ ކަމަކަށްވާތީ އެދުވަސް ފާހަގަ ކޮށްގެންނުވާނެ ﷲއީ އެއްކައުވަންތަ އެފަދަ ދެވަނައެއްނުވަާ އިލާހު އެކަލާންގެ އަށް ބައިވެރިއަކު ވެސް ދަރިއަކުވެސް ނުވޭ އެއީ ހުސްތޯހިރު ވަންތަ ފެށުމެއްނުވާ އަދި ނިމުމެއްނުވާ ރަސްވަންތަ ރަސްކަލާންގެ

    24
    2
  2. ޕުއްޕުޚާން

    ނަސާރާއިން ގެ ދޮގު ގައި ދިވެހިން ބައިވެރިނުވޭ އެމީހުން އެފާގަކުރަނީ އެމީހުންގެ ކަލާންގެ ކަމަށް ގަބޫލު ކުރާ ފަރާތުގެ އުފަންދުވަސް ﷲއީ އަޒީޒްވަންތަ ހަކީމްވަންތަ އެއްވެސް ފަރާތަކަށް ބޭނުންވެ ވޮޑިގެން ނުވާ ރަސްކަލާންގެ

    19
  3. ޝޭރްްނީ

    މިިރަށުުވެސްް ބާއްްވާނެެ ޝަައްްކުުނެެތީހޭ ނުުލާހިިކުު ގިިނަ ގެސްްޓްްހަައުުސްް އޮޮވޭޭވިިއްޔާާ ސޯޯ ސޭޭޑްް

    9
    4
    • މޭރްނީ

      ހުއްޓުވަން ވީނު.. ގައިމު މީހުންގެ ހައްގުތަކަށް އަރައިގަންނަ މީހުން ރައްޔިތުން ނިކުމެ ހުއްޓުވާފަ އެބަހުރި.. ﷲ ގެ ހައްގަކަށް އަރައިގަތީމަ ހުއްޓުވާން މާ އައުލާކަން ބޮޑު..

      1
      1