"ވަގުތު" ގައި މަސައްކަތް ކުރާނެ ނޫސްވެރިންނާއި އެސިސްޓެންޓް އެޑިޓަރުން ހޯދަން އިއުލާން ކޮށްފިއެވެ.

"ވަގުތު" އިން ކުރި އިއުލާނެއްގައި ބުނެފައި ވަނީ "ވަގުތު" ގައި އެކި ދާއިރާތަކުން ޚަބަރުތައް ލިޔާނެ ނޫސްވެރިންނާއި އެސިސްޓެންޓް އެޑިޓަރުންގެ ގޮތުގައި މަސައްކަތް ކުރާނެ މީހުން ބޭނުންވާ ކަމަށެވެ.

ނޫސްވެރިންނާއި އެސިސްޓެންޓް އެޑިޓަރުން ހޮވުމަށް ނިންމާފައި ވަނީ ތައުލީމީ ފެންވަރަށާއި، ނޫސްވެރިކަމުގެ ދާއިރާ އިން ނުވަތަ ނޫސްވެރިކަމާއި ގުޅުން ހުރި ދާއިރާ އަކުން ހޯދާފައިވާ ތަޖުރިބާއަށް ބެލުމަށް ފަހުއެވެ.

ހުރިހާ ވަޒީފާއެއްގެ މުސާރަ ވެސް ކަނޑައެޅުމަށް ހަމަޖެހިފައި ވަނީ ވަޒީފާ އަށް ކުރިމަތިލާ ފަރާތާއި މަޝްވަރާ ކުރުމަށް ފަހު ދެފަރާތް އެއްބަސްވާ ގޮތެއްގެ މަތިންނެވެ.

ވަޒީފާތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ އަންނަ މަހުގެ 05 ވަނަ ދުވަހުގެ ނިޔަލަށެވެ.

ވަޒީފާ އަށް ކުރިމަތިލާ ފަރާތްތަކުން ސީވީ އާއި ތައުލީމީ ސެޓްފިކެޓްތައް ފޮނުވާނީ [email protected] އީމެއިލް އަށެވެ. "ވަގުތު" އިން އިއުލާން ކޮށްފައިވާ ވަޒީފާތަކުގެ އިތުރު މައުލޫމާތު "ވަގުތު" ގެ ނަމްބަރު 7907173 ނަމްބަރު ފޯނުން ލިބިވަޑައިގަންނަވާނެއެވެ.

"ވަގުތު" އަކީ ރާއްޖޭގައި އެންމެ ގިނަ ދިވެހިން ޒިޔާރަތްކުރާ އެއް ވެބްސައިޓެވެ. ދުވާލަކު އެވްރެޖްކޮށް ދޮޅުލައްކަ އަށް ވުރެ ގިނަ މީހުން "ވަގުތު" ވެބްސައިޓަށް ޒިޔާރަތް ކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ސަލީމް

    އަދި ވަރަށް މުހިންމު ކުށްބަސް އަސްލާހު ކުރާނެ މީހުްވެސް ތބުން

  2. އަނަސް ތަކުރުފާނު

    ވަޒީފާއެއް ވަރަށް ބޭނުން. ވަރަށް ހާލުގަ މިއުޅެނީ.