ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން – ފޮޓޯ: ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން – ފޮޓޯ: ރައީސް އޮފީސް

ރައީސް ޔާމީން އިންތިހާބުގައި ވާދަކުރުމާއި މެދު އިދިކޮޅުގެ ރާގު އެކި ގޮތަށް އިވެން ފަށައިފިއެވެ. އެގޮތުން ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީން ވާދަ ކުރައްވާނަމަ އެމަނިކުފާނާމެދު ކުރެވޭ ކޮރަޕްޝަން ތުހުމަތުތަކުން ބަރީއަވާން ޖެހޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވެފައިވާއިރު ރިޔާސީ އިންތިހާބު މިނިވަން، އިންސާފުވެރި އިންތިހާބަކަށްވާނީ އަބްދުﷲ ޔާމީންގެ ނަން ނެތި އިންތިހާބު ބޭއްވިގެންކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އަމީތު ވަނީ ވިދާޅުވެފައެވެ.

ރޭ ރާއްޖެޓީވީން ގެނެސްދިން ފަލަ ސުރުޚީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ރޮޒައިނާ ވިދާޅުވީ ކުރިއަށް އޮތީ ރިޔާސީ އިންތިޚާބު ކަމަށާއި "ރައީސް ޔާމީން އެ އިންތިޚާބުގައި ވާދަ ކުރެއްވުމަށް ފޫގަޅުއްވައިގެން ހުންނެވިއިރު ބޯމަތީގައި ވަނީ ބިލިއަނުން ބިލިއަނުން ކޮރަޕްޝަންގެ ތުހުމަތުތައް" ކަމަށެވެ.

ރޮޒައިނާ ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބު މިނިވަންވާނީ އެކޮރަޕްޝަންތަކުގެ ތުހުމަތު ތަކުން އެމަނިކުފާނު ބަރީއަ ވެވިގެން ކަމަށެވެ.

"އެކަންކަން އެހެން ހުއްޓައި ފެނަކައިގެ ކުރީގެ އެމްޑީ އަހުމަދު ޝަރީފް އިލެކްޝަންސް ކޮމިޝަންގެ ރައީސަކަށް ވުމުން އަދި އިންތިޚާބު މިނިވަން ނުވާނެ" ރޮޒައިނާ ވިދާޅުވިއެވެ.

"އަދުލުވެރި އިންތިޚާބެއް މިހާރު މިޤައުމުގައި ބާއްވާކަމުގައި ވަންޏާ ރައީސް ޔާމީން ކެންޑިޑޭޓަކަށް ނުކުންނަވާއިރު އެމަނިކުފާނަށް ކުރެވިފައި މިހިރަ ހުރިހާ ކޮރަޕްޝަންތަކުން އެމަނިކުފާނު ބަރީއަވާން އެބަޖެހޭ" ރޮޒައިނާ ވިދާޅުވިއެވެ.

ރޮޒައިނާ މިހެން ވިދާޅުވެފައިވާއިރު ރިޔާސީ އިންތިހާބު މިނިވަން، އިންސާފުވެރި އިންތިހާބަކަށްވާނީ އަބްދުﷲ ޔާމީންގެ ނަން ނެތި އިންތިހާބު ބޭއްވިގެންކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އަމީތު ވަނީ ވިދާޅުވެފައެވެ.

އަމީތު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރިޔާސީ އިންތިހާބު އިންސާފުވެރި އިންތިހާބަކަށް ވެގެންދާނީ ވޯޓު ކަރުދާސްކޮޅުގައި އަބްދުﷲ ޔާމީންގެ ނަން ނެތި އިންތިހާބު ބޭއްވިގެންކަމަށެވެ. އަދި އެއީ މިވަގުތަށްވެސް، ފަހަށްވެސް ތަނަވަސްވާންޖެހޭ މާހައުލުކަމަށް އަމީތު ވިދާޅުވި އެވެ.

އަމީތު އެގޮތަށް ވިދާޅުވިއިރު ރިޔާސީ އިންތިހާބު ބޭއްވޭނެ ފަދަ މާހައުލެއް މިވަގުތަށް އެބަ އޮތް ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސްގެ ވަނީ ވިދާޅުވެފައެވެ. ޝަރީފް ވިދާޅުވީ ރިޔާސީ އިންތިހާބު ފަސް ކުރުމާ ގުޅޭ ގޮތުން އެއްވެސް ކަހަލަ ވާހަކައެއް ނުދެކެވޭ ކަމަށެވެ.

ރިޔާސީ އިންތިހާބާ ގުޅޭ މައުލޫމާތު ދިނުމަށް އެ ކޮމިޝަނުން ކުރިއަށް ގެންދާ ބައްދަލުވުންތަށް އިދިކޮޅު ފަރާތް ތަކުން އެއްބާރުލުން ނުދިނުމާއި ގުޅޭ ގޮތުން "ވަގުތު" އަށް މައުލޫމާތު ދެއްވަމުން ޕީޕީއެމް ގެ ނައިބު ރައިސް އަދި ފޮނަދޫ ދާއިރާގެ މެންބަރު އަބުދްލް ރަހީމް ވިދާޅުވީ އިދިކޮޅުފަރާތްތަކުން ރިޔާސީ އިންތިހާބު ބާއްވަން ބޭނުންނުވާ ކަމަށެވެ.

"އަސްލު ހަގީގަތުގައި އެބޭފުޅުން ރިޔާސީ އިންތިހާބު ބާއްވަން ބޭނުމެއް ނުވޭ, އެއީ އެބޭފުޅުނަށް އެނގޭ އިންތިހާބުގައި ވާއްދަކޮށްފިއްޔާ ބޮޑު ތަނުން ބަލި ވާނެކަން, އެބޭފުޅުނަށް މިހާރު ރައްޔިތުންގެ ތާއީދު ގެއްލިއްޖެ" އަދުރޭ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

20 ކޮމެންޓް

  1. ބަލަ ރޮޒައިނާ ހައިރާންވެއްޖެ އެބުނާ ކޮރަޕްޝަން ބަލަ ރޮޒޭނާ މައުމޫނުގެ ސަރުކާރުގއި ޔުނިފޯމް އެޅި އޮފީސް ތަކުގެ ހުރިހާފެހުންވެސް ބައްޕާފުޅައް ދެން ނަހައްގުން ައުމޫނު އާއިލާގެ ބޭފުޅުންނައްދިންރިސޯޓްކޮބައި؟؟ ދެން މާފަނުކޮޅުލިބުނުގޯތި ބަދަލްގާ މިހާރު ރޮޒޭމެންގެ ބައޕާފުޅުމެން ފައިސާހޯދި ދިގައކަމެންކުރައްކަމެންއެގޭނީ ބައޕާފުޅަ ރޮޒޭ ބަލަ ލަދުގަންނައްޖެހޭ ރައްޔަތުންގެފައިސާގޮވާއިރު ލަދުގަންނަނަްޖެހޭތަ؟؟

  2. އަމިތު ރައީސް ކަމައް ރޮޒައިނާ ފަސްޓް ލޭޑީ ކަމައް ކުރިމަތި ލާންފެނެ.. ނޫނީ ރޮޒައިނާ ރައީސް ކަމައް އަމިތު ފަސްޓްލޭޑީ ކަމައް ކުރިމަތި ލާން...

  3. ރޮޒެއިނާ މެން ގާތު އަހާބަލަ އެމެންގެ ބަފާ މުއްސަނދިވެފައި ހުރީ އެއީ އޭނާ ތިރީ ކޮޅުން އުފުރި އެއްޗެހި ބޭނުންކޮށްގެން ތޭ ފުރަތަމަ ވެސް މާފަންނު ކޮޅުން ރައީސް މައުމޫނުގެ ވެރިކަމުގައި ވަގަށް މީހެއްގެ ގޯއްޗެއް ދަމައިގަނެގެން އެގޯތީގައި އޭނާ ވިޔަފާރި ކޮށްގެން މުއްސަނދިވީ އެފައިސާ އިން ރޮޒެއިނާ މެން ނަށް ކާންދީ ބޮޑުވީ ފުރަތަމަ ރޮޒެއިނާ މެން ކޮރަޕްޝަން ގެ މަގުން ނޫން ވައްކަން ކުރުމުގެ މަގުން ސަލާމަތް ވާންވީ. ޔަމަންގެ ރައީސް ގެ ވެރިކަން ވައްޓާލީ ވެސް ކޮރޕްޝަން އޭ ކިޔާ ރޯ ބުހުތާނު ދޮގު ހަަދައިގެން އެންމެ ފަހުން ކަން ނިމުނު އިރު ކޮރަޕްޝަނެއް ނެތް ޔަމަން ފުނޑު ފުނޑުވީ ދެން ލީބިޔާ އަށް ވެސް ވީ މިހެން. ދެން ގާތުގައި އޮތް ލަންކާ އަށް ވެސް ވީ މިހެން ކޮރަޕްޝަން އޭ ކިޔާ ރާޖަ ޕަކްސާގެ ވެރިކަން ވައްޓާލާ ވެރިކަމަށް އެރި މީހުންނަކީ އެއީ ފަސްމާމުލު ފަސް ވަގުން. މިހާރު ވެސް ރަންރީނދޫ ޓްވިޓަރޭ މެން އަދި އެންމެ ދެކުނު ވިންގްއިން ވެރިކަން ވައްޓާލަން ނިކުމެ ފޫގަޅާފައި އެތިބީ އެއީ ސީދާ ގަމުން ވައްކަން ކޮށްގެން މުއްސަނދިވި ވަގުންގެ ދަރިން. ރަންރީނދޫ ޓްވިޓަރޭ މެން އެއީ ފަސްމާމުލު ފަސްވަގުންގެ ދަރިން. އެމެން ވެސް ރައީސް އޮފީހުން ކުރީ ވައްކަން. އެމްޑީޕީގެ ވެރިކަން ވެއްޓުނު ތާ 5 އަހަރު ވަނީ އެކަމަކު މާލޭން އަގު ބޮޑެތި އެޕާރޓްމެންޓްސް ކުއްޔަށް އެމެން ހިފައިގެން މުޅިން ރެސްޓޯރެންޓް ތަކުން ދެ ބަނޑަށް މަޅާލައިގެން މާލޭން ފްލެޓްސް ތައް ގަނެގެން ކުއްޔަށް ދީގެން އެމން އުޅޭނީ އެމެން އެއްވެސް ވިޔަފާރި އެއް ނުކުރާއިރު އެއީ އެމެންގެ ތިރީ ކޮޅުން އުުފުރާ ފައި ހުރިއެއްޗެހި ވިއްކައިގެން ހޯދާ ފައިސާ އިންތޭ. އެމްޑީޕީގައި ތިބީ ސީދާ ވައްކަން ކޮށްގެން ކުށްވެސް ސާބިތުވެފައި ތިބި މީހުން. ކުރިނބީ އެއްޗެއް ހުންނާނެ ކަޅިއްޗެ މަމެން ކިޔަނީ އެ ބަދައްވަށް އެއީ ލެޕް ޓޮޕް ވަގަށް ނަގައިގެން އަރުވާލާފައިވާ މީހެއް ދޯ އޭނާ އާއި ހަވާލު ކުރީ އާސަންދަ. އާސަންދަ ދަވާލީ އެ ނަގޫ ކެނޑި ދޯ.

  4. ޔާމީނު ވެރިކަމަށް ކުރިމަތިލިއަސް ، ސައްހަ ވޯޓެއް ލައިފިނަމަ ބަލިވާނެ !

  5. އިބްލީހާވާދަކުރާނީ ޝައިތާނުން!

    • ކާކަށް ތި އިބިލީހަށް ގޮވަނީ. ޝައިޠާނާއާ ބައިއަތު ހިފައިގެން ހުރި އަންނިގެ ސަޕޯޓަރަކު އޭނަގެ ފަހަތުން ގޮސް ވެސްޓޭނެ ތަނެއް އެނގޭތަ؟

  6. ބަލަ، ކަލޭމެން ރ.ޓީވީގަ ކުރާ ތުހުމަތަކީ، ކަލޭމެން ހިތުހުރި ގޮތަކަށް ދޮގުހަދައިގެން ކުރާ ތުހުމަތު. އެމަނިކުފާނުގެ ނަން އޮތީ ސާފުކޮށް އެކަން ފެންނަން އެއޮތީ އޭ.ސީ.ސީގެ ރިޕޯޓުގައި. އިތުރަށް ކޮން އޮޅުވާލުމެއް އޮޅުވާލުމުގެ މަސައްކަތެއް މިހާރު ތިފެށީ.

  7. ކަލޭމެން ދޮގު ތުހުމަތު ނުކުރާ ތައްޔިތަކު މިގައުމުގަ އެބަހުރިތަ؟ މަހިތުން ނެތް. ދެން ޖެހޭނީ ބޭރުން މީހަކު ގެނެސްގެން މިގައުމުގެ ވެރިކަމަށް ކުރިމަތި ލައްވަންނު. އެއީވެސް ޔަގީން ކަމެއްނޫން. ވެރިކަމަށް ފައިހިއްލަހިއްލާ ހުއްޓަ ރ.ޓީވީން ކޮންމެވެސް ދޮގު ތުހުމަތެއްކޮށްފާނެ.

  8. ތުހުމަތަކީ، މިހާރު އަގެއްހުރި އެއްޗެއްނޫން. އެންމެންދަނޭ. އިދިކޮޅުގަތިބީ ދޮގުހެދުމާއި ފަސާދަ އުފެއްދުމަށް ކޮންމެފަދަ ވާހަކައެއްވެސް ދައްކަފާނެ ބައެއްކަން. ކަލޭމެން ﷲ އަށް ބިރުނުގަނެ ތިބެ ބޮޑެތި ދޮގުތައްހަދާކަން ރައްޔިތުންނަށް މިހާރުވަނީ ބޭޒާރުވެފަ. އަދި އަހަރެމެން ހަނދާނެއްނުނެތޭ ކަލޭތީވެސް، ޑީ.އާ.ޕީގެ މީހެއްކަންވެސް.

  9. ވެރިކަމަށް ކުރިމަތިލާ މީހާގެ ޝަރުތުތަށް ބަދަލުވީތަ؟ ގާނޫނު އަސާސީގަ އޮތް ޝަރުޠުތަކުގެ ތެރެއަކުނެތް، ތުހުމަތު ކުރެވޭ މީހަކު ވެރިކަމަށް ކުރިމަތި ނުލެވޭނެ ކަމަކަށް. ކަލޭމެން ހާސްވާނެކަމެއްނެތް. މިއަހަރުގެ ވޯޓުން ރައްޔިތުން ނިންމާނެ ރައްޔިތުން ބޭނުންވާ ގޮތެއް. ނިކަން ގަޓު ހުރިއްޔާ ބޭކާރު އަނގަނުތަޅާ ރިޔާސީ އިންތިހާބު ވާދަކޮށްލަބަލަ.

  10. ހާދަ ބިރެކޭދޯ ތިގަންނަނީ. ރައީސް ޔާމީނާ ވާދަކޮށްގެން ބަލިވާނެކަން އެނގެނީތަ؟

  11. މިހާރު އެބައެނގޭ ރައީސް ޔާމީނަކީ، މިގައުމުގެ އެންމެ ތާއީދު ބޮޑު ގާބިލް ބޭފުޅާކަން. މިމީހުންނަށް ރައީސް ޔާމީނާ ވާދަކޮށްލަން ނުކެރޭކަން މިހިރަ ފެންނަނީ. ހީވޭ ކަމެއްހެން.

  12. ކަލޭ އަންހެނެއްކަމަށް މަޤަބޫލު ކުރާނީ ބުރުގާއެޅީމަ، ކަލޭމެން އެބަޖެހޭ ތައުބާވެ ކުށުން ބާރިޢަވާން، އަދި ތިއަނގަ ނަރުބުރުހަކުން ނަމަވެސް ސާފުވެސް އެބަކުރަންޖެހޭ

  13. ރޮޒެއިނާ މެންނަކީ ފުރަތަމަ މުސްލިމް އަންހެނަކަށް ލެޖިޓިމަސީ ހަމަވާ މީހެއް ނޫން އައުރަ ނިވާ ނުކޮށް އާންމުންގެ ތެރެއަށް ބޮލުގެ އިސްތަށި ގަނޑު ސަންތި މަރިޔަނބު ހުންނަ ގޮތަށް ހެދިގެން އެރުމުން ހީވަނީ ހަންޑިން ޓީވީ އަށް އަރާ ވާހަކަ ދައްކާ ހެން ފުރަތަމަ ތަމެން މުސްލިމުން އުޅޭ ގޮތަށް އުޅެން ދަސްކުރެގަ އެއަށް ފަހުގައި ރައީސް ޔާމީންގެ ވާހަކަ ދައްކާނީ އިނގޭތޭ.

  14. ނެތެންނު ރައީސް ޔާމީން ނޫނީ ވާދަ ކުރާނެ އެހެން މީހަކު

  15. ތިއިންތިހާބް އިންސާފުވެރިވާނި ހަމައެކަނި މޑޕ އަށް ކާމިޔާބް ވީމަ

  16. އަމީތަކީ ބޮޑު މޮޔައެއް. އޭނަ މޮޔަކުރީ އެން.ޑީ.ޕީ އެކަމުގެ ޒިންމާ ނަގަންޖެހޭނީ އަމިތު އެކަނި.

  17. އިދިކޮޅޭމެންނަށް ދިވެހިރައްޔިތުން ވޯޓު ދޭންވީ ކޮން ސަބަބާހުރެބާ؟ އިދިކޮޅުގައި ނަގާކިޔަން ތިޔައުޅެނީ ކޮރަޕްޝަންގެ އައްޕަ ހިންގާ ކްރިމިނަލް ކަލްޓެއް. އެއަކީ ވަކި ކުލައަކަށް ނުބަލާ އެންމެހާ ދިވެހިން ޝާމިލްކޮށްގެން ގައުމަށް ފައިދާހުރި ގޮތެއްގައި ވެރިކަން ކުރުމުގެ ގާބިލް ކަން ހުރިބައެއްނޫނެވެ. މާޒީ ގައި އެމީހުން ވެރިކަން ކުރިގޮތްއެއީ އޭގެ ހެއްކެކެވެ. ރީނދޫ ވެރިކަން ނިމުނު އިރު ގައުމު އޮތީ ދަރާވިކިފައެވެ. އިގްތިސާދު އިނދަޖެހިފައެވެ. ސިއްޙީ ނިޒާމު ފޭލްވެފައެވެ. މުޅި ގައުމުގައި އޮތީ މުޒާހިރާކުރުމާ ހޯބޯލެވުމާ ފަސާދަ ޢާއްމުވެފައެވެ. ތަދުބޭހަކަށް ވެސް ޑޮލަރެއްނުލިބެއެވެ. އެހެންވީމާ ދިވެހިރައްޔިތުން ވިސްނަންވީ މިއަދު ވެސް ދިވެހިރާއްޖެ އޮތީ ހަމަ އެހެންތޯ ވިސްނާ ދެ ދައުރު އަޅާކިޔާ ލާފައި ރަނގަޅަށް ކަންތައް ކުރި ބަޔަކަށް ވޯޓުދިނީމާ އެނިމުނީއެވެ.

  18. ރުޒައިނާ މެން އަމީތު މެނަކީ މިއަދު ސިޔާސީ ހައްޕުނޑެވެ. އެމީހުން ރައީސް ޔާމީންގެ އިސްތަށިފުޅުގައި އެކިޒާތްޒާތުގެ ތުހުމަތުތައް އެޅުވުމުގެ ކުރިން އިހަށް ތިމާމެންގެ ފަސްބައި ގެ ސާފުނުސާފު ކަން ބަލާލުން ރަނގަޅުވާނެއެވެ....!!!