ހުޅުމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާ، ފިޔަވަތީގައި ދިރިއުޅެމުންދާ ތިން ކުއްޖަކު ފުރާޅުމަތީ ތިއްބާ ފެނިގެން ފުލުހުންގެ އެހީގައި އެތަނުން އެ ކުދިން ބާލުވައިފިއެވެ.

ފުލުހުން ވިދާޅުވީ، ފިޔަވަތީގައި އުޅޭ ތިން ކުއްޖަކު މިއަދު އެތަނުގެ ފުރާޅު މައްޗަށް އަރައިގެން އުޅޭކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ފުލުހުންނާއި ފިޔަވަތީގެ މުވައްޒަފުން ގުޅިގެން އެ ތިން ކުދިންވެސް ފުރާޅުމަތިން ބާލުވާފައިވާކަމަށެވެ.

މިކުދިން ފިޔަވަތި ފުރާޅުމަތިން ބާލުވާފައިވަނީ މިިރޭ 07:25 ހާއިރު ކަމަށް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން މައުލޫމާތުދިންގޮތުގައި، މިފަދަ ހާދިސާ ހިނގާފައިވީނަމަވެސް، ފިޔަވަތިން އެއްވެސް ކުއްޖަކު މިރޭ ފިލައިގެން ބޭރަށް ގޮސްފައެއް ނުވެއެވެ.

ފިޔަވަތީގައި އުޅޭ ކުދިން ދޭތެރެ ދޭތެރެެއިން ފުރާޅު މައްޗަށް އެރުމާއި، ފާރުމައްޗަށް އަރާ ތިބޭ މަންޒަރު ފެންނަ ވީޑިއޯތަކާއި ފޮޓޯތައް މީސް މީޑިއާގައި ދައުރުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. Anonymous

    ނުބެލެހެއްޓިގެން އުޅޭ އިރު އަދިވެސް އިތުރު ކުރުމުގެ ބޭނުމަކީ ކޮބާ

  2. ސޮނިފުހެޭ

    ލޯތްބާއި އޯގަތެރިކަން ލިބޭނަމަ އެކުދިން ފިލާކަށް ނޫޅޭނެ މުއައްސަސާގެ އިހުމާލް . އަހަރެން ނުބުނަން އަންނި ކިޔަނީ ރަނގަޅު ވާހަކައެކޭ ދީނީގޮތުން .އެކަމަކު ހަމައެކަނި ޖަޒުބާތު ހިހޫ ކޮށް ފިނި ކޮށްލުމަށް ޓަކައި ކުރާކަމަކަށް ހަދާފަ ދަރިން ހޯދާކަށް ނުވާނެ މަސްތުވާ ތަކެތި ބޭނުން ކުރަންޏާ ކަސްބީ އަންހެނުންނާ ފިރިހެނުން މަސްތުވެގެން އެހެން އުޅެންޏާ އަންނިބެ ބުނާ ގޮތް ހަދައިގެންވެސް ނުވަތަ އުގުނރި އެއް ޖަހައިގެން ވިޔަސް ކުޑަކުދިންގެ ހިޔާތަކަށް ބޯގިނަވިޔަ ނުދީ .ލޯތްބާއި އޯގާތެރިކަމުން މަހުރޫމް ވެގެން ބޮޑުވާކުދިންނަކަށް އިންސާނުންދެކެ ލޯބިވާކަށްނޭގޭނެ އެކުދިންވާނީ ކުށް ކުރާ ކުދިންނަށް .ބުއްޅަބެވެސް ތެދެއް ބުނެފިއްޔާ ވާނީ ތެދަކަށް ސައިތާނުވެސް [އިބިލިސް ]ވެސް އެއްތެދު ހެދިއެއްނު

    3
    1