މާލޭގައި މީހުން ދިރިއުޅޭ ތަންތަނުގެ ކުލި ސަރުކާރުން ކޮންޓްރޯލް ކުރުން އެދި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ޕެޓިޝަނެއްގައި ސޮއި ކުރުން މިއަދު ކުރިއަށް ގެންދަން މާލޭގައި ކުއްޔަށް ތަންތަން ހިފައިގެން ދިރިއުޅޭ މީހުން ދާދިފަހުން އުފެއްދި ޖަމިއްޔާއެއް ކަމަށްވާ މާލޭ ޓެނަންޓްސް ޔޫނިއަން (އެމްޓީޔޫ) އިން ނިންމައިފިއެވެ.

އެމްޓީޔޫ އިން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ޕެޓިޝަންގައި ސޮއި ކުރުން އޮންނާނީ މިއަދު ހަވީރު 16:00 އިން އިން 18:00 އަށް އަލިމަސް ކާނިވާ ސަރަހައްދުގައި ކަމަށް އެމްޓީޔޫ އިން ބުނެއެވެ.

އެޖަމިއްޔާ އިން ބުނީ ޕެޓިޝަންގައި ސޮއި ކުރަން ބޭނުންވާ ފަރާތްތަކުންނާއި ކުލި ކޮންޓްރޯލް ކުރުމާއި ބެހޭ ގޮތުން ވާހަކަ ދައްކަން ބޭނުންވާ ފަރާތްތަކުން މިއަދު ކާނިވާ ސަރަހައްދަށް ވަޑައިގަތުމަށް އެދޭކަމަށެވެ.

މާލޭގައި ކުއްޔަށް ދިރިއުޅޭ ކޮންމެ މީހަކަށް ވެސް އެމްޓީޔޫގައި ބައިވެރިވެ، އެ މީހެއްގެ ތަކުލީފުތަށް ހިއްސާ ކުރުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށް ވެސް އެމްޓީޔޫ އިން ކުރިން ނެރުނު ބަޔާނެއްގައި ބުނެފައި ވެއެވެ.

އެތައް ޒަމާންތަކެއް ވަންދެން މާލޭގައި ކުއްޔަށް ދިރިއުޅެމުން އައި މީހުންގެ ވޭނާއި ތުރާތައް ހިއްސާ ކުރުމަށާއި އަދި ކުއްޔަށް ދިރިއުޅޭ މީހުންގެ އަޑަށް ރަސްމީ ސިފައެއް ހޯދުމުގެ އިތުރުން މާލޭގައި ކުއްޔަށް ދިރިއުޅޭ މީހުންގެ ހައްގުތަށްއް ހިމާޔަތްކޮށް، ދިފާއު ކުރުމާއި މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަނީ ވެސް އެމްޓީޔޫގެ މަޤުޞަދެކެވެ.

"މި ޔޫނިއަނުން ކުރިޔަށް އޮތްތާނގައި ގިނަގުނަ ޚިދުމަތްތަކެއް ދިނުމަށް ދަނީ ރޭވެމުންނެވެ. މިގޮތުން އެއް ގެއިން އަނެއް ގެ އަށް ބަދަލުވާއިރު ދިމާވާ މައްސަލަތަކުގައި އެހީތެރިކަމާއި، ކޮންޓްރެކްޓް ހެދުމާއި އަދި އެހެނިހެން މައްސަލަތަކުގައި ވަކީލުންގެ އެހީތެރިކަމާއި އަދި ހޯމް އިންޝޫރަންސް ފަދަ ޚިދުމަތްތަށް ލިބޭނޭ ގޮތް ކުރިޔަށް އޮތްތާނގައި ހަދާދިނުމަށް ވަނީ ރޭވިފަ އެވެ." އެމްޓީޔޫ އިން ކުރިން ނެރުނު ބަޔާނެއްގައި ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

37 ކޮމެންޓް

  1. ޑައެލޯގް

    ކުލި ކޮންޓްރޯލް ކުރުން ރަގަޅު އެކަ މަކު ސަރުކާރުން ޢި މާރާތް ކުރާފަރާތްތަަކަށް ވެދެނީ ކޮންއެހީއެއްތޯ ޓެކްސްތައް ނަގާ ބޭންކް އިންޓްރެސްޓް އެހާބޮޑު ގާކުޑި އުކަން ބާޖުފީނަގާ ޑީވޯޓާކުރަން ފީއެހާބޮޑު

    58
    9
    • ހާލަތު

      ޢިމާރާތްކުރާ ފަރާތްތަކުގެ ވާހަކަ ދައްކާއިރު ބޮޑެތި ކުންފުނިތަކުން ހުޅުމާލޭގެގަ ދަޢުލަތުގެ ބިމުގަ ލަގްޒަރީ ފުލެޓުއަޅާ 5 މިލިއަން ހަމިލިޔަނަށް ވިއްކާއިރު ގަރާޖެއް ހާ ހިސާބު ނުލިބޭ ތިރީ ގަ ހުންނަ ގަރާޖުވެސް ދެނީ މަހަލު ފަސްހާހަށއ ކުއްޔަށް ނޫނީ ބިޑުކޮށްގެން އެންމެ މަތިން މަގާ މީހަކަށް.. އަދި ހިތަށް އެރިވަރަކަށް މެއިންޓެއިނަންސް ފީ ގެނަމުގަ މަހުކުލި ވެސް ނަގާ ބައެއް ތަންތަނުން މަހަކު 4000 ނޫނީ 3000 ހާސްވެސް ނަގާ.. މިކަންކަން ކޮންޓްރޯލްކޮށް ވަކި ވަރަކަށް ވުރެއް އަގު މަތި ފުލެޓުތަކާއެކު ޖަރާޖުދިނުންވެސް ލާޒިންކުރަންޖެހޭ..

      6
      1
  2. މެކް

    ޚިދުމަތާ ތަކެތީގެ އަގުވެސް ކޮންޓްރޯލް ކުރޭ

    53
    2
  3. ކާފަބޭ2019

    ބެންކުންނަގާލޯނުގެ އިންޓުރަސްޓު ކުޑަނުވެކުލި ކުޑައެއް ނުކުރެވޭނެ ފުރަތަކަމަކަށް އިންޓުރަސްޓު ކުރަންޕެޓިޝަނެއް ހުށައަޅާބަލަ ތަޅާނެވަރަކަށްތަޅާ ކާނެވަރަކަށްކައިފަ ފަޚުރުވެރިކަމާއެކު ބިލިޔަން ބިޔަނުންފައިދާވާކަމަށްގޮވާއިރު އިންޓުރަސްޓު ކުޑަނުކުރެވެންވީކީއްވެތޯ؟؟؟؟؟؟

    14
  4. ހެހެ

    ސަރުކާރުން އިމާރާތް ކުރާ ފްލެޓުތަކުގެ އަގު ކުޑަ ނުކުރެވޭތަ.

    48
  5. ކުލި

    ފީކުޑަކުރަން ތިބިމީހު ނޭފީބޮޑުކޮށްގެން އުޅެނީވެސް ދެން ކިހިނެއްތަ ފީކުޑަކުރާ ށޭކިޔާފަ ކައުންސިލް ވޯޓަށް ރަށްޔަތުން ގުނބޯ ހަށްދަން ނޫނެބަލަ މަޖިލީހަކުންވެސް ތިކަމެއް ނުވާނެ އެތާ އެތާތިބި ރަތްލާޖެހި މޑޕ މީހުނާއި އެމީހުންގެ އާއިލާތަކަ ކީވެވެސް އޭގެމީހުން ދެންކިހިނެއް ކުލި ކޮންޓްރޯލް ކުރާނީ މަމީ ވަގު މަމީ ވަގު ރައީސް

  6. ނިޒާމު

    ކައުންސިލް އިންތިހާބު ކާރިކޮށް އަނެއްކާ އަނެއް ކުޅިގަނޑު ވޯޓުދޭން ތިބ ރާްޖެތެރޭ މާލޭގަ ދިރިއުޅޭކުދިންގެ ބޮލައް ޗިޕްޖެހުން ކޮންމެހެން ނުޖެހޭ އެ މީހަކު ކުއްޔައްދޭން ބޭނުންނުވާ ކއްޔެއްގައި މާލޭގަ ދިރިއުޅެން އަންނާކައް ތީހަމަ ފޭރުންކަހަލަ ކަމެއްނޫން.. މާލޭ މީހުންގެ ބޯހިޔާވަހިކަމަށޭކިޔައި ވިލިމާލޭންވެސް ރާއްޖެތެރެއަށް އަދި ހުޅުމާލެއިންވެސް ރާއްޖެތެރެ އައް ހުރިހާތަނެއް ވޯޓައް ބަހައިފަ މީކިހާބޮޑުވެއްޖެކަ މެއް ދެންކޮން ބަރުލަމ މާނީ އެކޭކިޔައިގެން ބަޖެޓުން ބޮޑު ބައެއްކާލަނީ..

    5
    1
  7. ދަތްދޫނި

    ސަރުކާރުން ބެންކް ތަކާއި މަސްވަރާ ކޮއްގެން ގެދޮރު ހަދަން ދޫކުރާ ލޯނުއަކީ އިންޓރެސްޓް އެންމެ ކުޑަ ކޮށް ދޫކުުރާ ލޯނު ކަމުގައި ހަދާ އެ އިމާރާތް ކުރާ ފަރާތާއި ސަރުކާާރާއި ނުވަތަ ބެންކް އާއި އިމާރާތުގެ ވެރި ފަރާތާއި ކުއްޔާއި ބެހޭ ގޮތުން އެއްބަސް ވުމެއް ހެދިއްޖެ ނަމަ ކުލި ކޮންޓްރޯލް ކުރެވިދާނެ ކަމަށް ދެކެން.ޕ

  8. ވިސްނާ

    ޢެހެންވީމާ ގެދޮރު ހަދަން ދޭލޯނު ވެސް ޖެހޭނެ ކުޑަކުރަން....އަދި ގެދޮރު އިމާރަތްކުރަން ބެންކުން ދީފަހުރި
    100ޕަސަންޓު ފައިދާ ޖައްސާފަ ހުރި ލޯނުތައްވެސް ޖެހޭނެ ކިޑަކުރަން އެހެންނޫނީ ގޭގެ ވެރިފަރާތުން ޖެހޭނީ ފޫނުބެއްދިގެން ބެންކަށްގެ ދޫކޮށްލަން......

    9
    1
  9. ހަސަންބެ

    މިހާރު ލޯނައް ދައްކަން ޖެހޭ އިންޓަރެސްޓް ވެސް ކުޑަ ކުރޭ. ކުލި ބޮޑު ކުރަންޖެހެނީ ލޯނައއ އެހާ ބޮޑު އެއްޗެއް ދައްކަން ޖެހޭތީ

    10
    2
  10. ާފަތޭ

    ހުޅު މާލޭގަ އުޅޭ މީހުންގެ ވާހަކައެއްނެތް، ވ. ބޭއިންސާފު.

    5
    1
  11. ޓަގޭ

    ކޮންމެހެން ޕެޓިޝަން ހަދައިގެން ދަންނަވަން ޖެހޭތަ؟ ތިޔަތާ ތިބީ ރައްޔިތުންގެ ހައްގުގައި ވަކާލާތުކުރުމަށް ރައްޔިތުންގެ ވޯޓުން ހޮވާފައި ބައިތިއްބާފައި ތިބި ރައްޔިތުންގެ ޚާދިމުން..ސޮއި ކުރިއަސް ނުކުރިއަސް ޖެހޭނެ އެކަން ކޮށްދޭން

    10
    2
  12. ޝައުކަތު

    ލޯނު އަދާކޮށް ނިމިފައިވާ އިމާރާތްތަކުގެ ކުލި ކޮންޓްރޯލް ކުރަންވީ. ދެފަރާތަށްވެސް ގެއްލުމެއް ނުވާނެ އޭރަށް.

    7
    2
  13. Anonymous

    ތިޔަކަން ވެއްޖެޔާ ކިތަން މެހާވެސް ރަގަޅު.
    ސަރުކާރު ފުލެޓުތަކުގެ އަގު ކުޑަކުރަން ގޮވާލަން މާލޭ މީހުންބުނިއަގެއްދީގެން. އެ މީހުންް އިއްޒަތުގަ ލަންޑަނުގަ.

  14. Anonymous

    ނަސީދުބުނި ރިސޯއްޓުކުދިން އަންހެނުންކައިރިއައް ނިދަންފޮނުވާވާހަކަ. އަހަރެންގެ ފިރިމީހާ ވަޒީފާއަދާކުރަނީ މާލޭގަ އަހަރެމެން އުޅެނީރަށުގަ ދަރިންކޮޅު ބޮޑުވާއިވެ ސް ރަށައް އާދެވެނީ އަހަރީޗުއްޓީއައް. ސަރުކާރުބަންދައް ލިބެނީ 1 ނޫނީ 2 ނޫނީ 3 ދުވަ ސް މީގެތެރެއިން 1 ވަނަ ދުވަ ސް ރަށައް އަންނަން ކަޑުމަތީ 2 ވަނަދުވަ ސް އަބިދަރިންކައިރީ 3 ވަނަދުވަ ސް މާލެދާން ކަޑުމަތީ. ރި ސޯއްޓުކުދިންނަމަ މަހަކު 4 ދުވަ ސް 2މަހުންނަގާނަމަ 8ދުވަ ސް. އަހަރެމެންގެ ފިރިންވެ ސް ބޭނުންވޭ ރަށައް އަންނާން.ފިރިންކައިރިއަށް ގޮއްށަ ހުރެވޭވަރެއްނޫން ނިދާލާފަ ފާހާނަކޮއްލަން 500ރ. ކޮންމެ ސްމީހަކު ނަ ސީދަށާ އަލީވަހީދައް އަންހާލަބަލަ މިމެ ސެޖް. ވަރައް ފޫހިވެއްޖެ އެދެ މީހުންދެކެ. މިކަ މައްވެސް ވިސްނާލާ.

    6
    1
  15. ކުޑަގޮލާ

    ގެދޮރުއިމާރާތް ކުރުމައް ބޭނުންކުރާ ތަކެތީގެ އަގުތައްކޮންޓްރޯލް ކުރުމައް އެދި މަޖިލީހައް ޕެޓިޝަންހުށައަޅަން ވެސްޖެހޭނެ. ތިމާމެންގެ އަމިއްލައެދުންފުނީމަ އެނިމުކީނޫން. 20 30 މިލިއަން ރުފިޔާ ބެންކްލޯން ވެސް ފައްސޭހަކަމާއެކު ލިބޭނެގޮތް ހަދާދިނުމައްވެސް ޕެޓިޝަންހުށައަޅާދޭންވާނެ. އަދިއިންޓްރެސްޓްގެ ގޮތުގަ ބެންކައްދައްކަންޖެހޭވަރާ ލޯންއިކުއިޓީ ވެސްކުޑަ ކުރަން ޕެޓިޝަންހުށައަޅާދޭންވާނެ. މިކަންކަން ކުޑަވީވަރަކަށް ކުލިވެސް ކުޑަކޮށްދޭން މިތިބީ ތައްޔާރައް. ތަނެއްގެ ވެރިފަރާތް ފަޅާގެންދާވަރުވެގެން ތަނެއް އިމާރާތް ކޮށްފަ ދެރުފިޔާބަޔައް ތަންކުއްޔައް ދީގެން ދެކޮޅުޖެހޭނެނަމަ ކުލިކުޑަކޮށްނުދޭކަށް އެއްވެސްހާލެއްގަ ބޭނުމެއްނުވޭ. އެވެސް ވިޔަފާރީގެ އުސޫލުން ކުރާކަމެއް. އެއްވެސް ފައިދާއެއްނުކުރާ ތާކުންތާކުނުޖެހޭ ކަމެއް އެއްވެސްމީހަކު ކުރަންއުޅޭނީ މޮޔައެއްނު؟

  16. ނޫސްކިޔާމީހާ

    ރަށްރަށުގަ ވަރަށް އާދައިގެ ކޮޓަރިއެއް 1ދުވަހަށް -/500ރުފިޔާ އަށް މިވެސް ކުޑަކުރަންޖެހޭ ކޮޓްތުރޯލް ކުލީގަ މާލެ އެކަޏެއް ނޫން. ލޯނުނަގައިގެން ގެހަދަނީ %11.75 ޕަސެން އިންޓްރެސްޓް އަދި ކުއްޔަށްދޭ ތަން ދޫކޮށްފަ ދާއިރު އެއްކޮށް ހަލާކުކޮށްލާފަ ދަނީ ހަދަން އެހާ އަގުބޮޑު. ޙަމަ ކުއްޔަށްދޭ މީހުން ތަކްލީފް އުފުލަނީ . ދެކޮޅަށްވެސް ވާހަކަ ދައްކަމާ

    7
    2
  17. ޛސޖސހ

    ކުލި ކޮންޓްރޯލް ކުރަންޏާ މެޓީރިއަލްގެ އަގުހެޔޮވާންޖެހޭ. ލޯންގެ އިންޓްރެސްޓް ކުޑަކުރަންޖެހޭ. އަޅުނޑު ގެހަދާން 5 މިލިޔަން ނެގީމާ ރިޓާންގަ އެޗް.ޑީ.އެފް.ސީ އަށް 12.5 މިލިޔަން ދައްކަންޖެހޭ. މީ ރިސޯޓު އޯމަރުންނަށްވެސް ލޯނު ދޫކުރާ އިންޓްރެސްޓް ގަ އާދައިގެ މީހުންނަށް ގެހަދަންވެސް ލޯނު މިދެނީ. ދެންކިހިނެއްތޯ ކުލިކުދަކުރަނީ. މަޖްލީހުން ގޮތެއް ނިމޭއިރު މިހުރިހާކަމަކަށް ހައްލު އަންނަންޖެހޭ.

    6
    1
  18. ާއަހުމަދު

    ސަރުކާރުން ކުއްޔަށް ދޭތަންތަން އެންމެބޮޑު އަގު ހުށހަޅާ މީހަކަށް އަމިއްލަމީހާ ސަރުކާރުން ބުނާ އަގަކަށް ހަމަހަ ކަމުގެ މިށަލެއް!

  19. ސުސް

    ރަނގަޅު ވިސްނުމެއް.ކުލީގެ އަގު ކޮންޓްލޯލް ކުރަންޖެހޭ...

    3
    5
  20. މާލެ

    މާލޭމީހުން ރާއްޖެތެރެއިންދާމީހު ފެލާލަނީ އެއްމެ ކޮޓަރިގަނޑެއް ސިޠިންގ ރޫމެއްލައިފިޔާ 15000ރފިޔާ 50000ރުފިޔާ އެޑުވާނސް މީފުކެއްބޮޑުވަރު އެކަމަކު ރާއްޖެތެރެއައް އެބޭފުޅުން ވަޑާގެއްނެވީމަ މަހަކައް 1000ރ ކީމަވެސް ތިބެނީބޮޑުވެފަ މީދެން ކިހާބޮޑުބުސީބާތެއް

    7
    3
    • ޙަހަހަހ

      ދޮންކަލޯ މާލޭ މީހުނެއް ނޫން ފެލަނީ. އައްޑޫ ހުވަދޫ މީހުން މާލޭ މީހުންގެ ބިންކޮޅު ތިރީސް ސާޅީސް އަހަރަށް ނަގައިގެން އިމާރާތް ކޮށްފަ އަތޮޅުތެރޭ މީހުނަށް ކިއްޔަށްދެނީ. ވާނުވާ ނޭނގި އަންގަތަޅާ ރާއްޖެތެރޭ މަދުކޮހުންވެސް އުޅޭތީ ހިތާމަކުރަން.

      1
      2
    • ނީބުމަ

      ތިޔަހަދަނީ ކަނޑައެޅިގެން ދޮގު. މިހާރު ރާއްޖެތެރޭ ރަށްރަށުގަ ޢޭސީ ކޮޓަރިއެއްވެސް ދެނީ 550 ރ އަށް. އެނޫން ކޮޓަރިއެއް 350 ރ އަށް.

  21. ނޮޅިފިސް

    މާލޭގަ އިމާރާތްކޮށްފަހުރި %99 ތަންތަނަކީ ދިވެހި ސަރުކާރުގެ ހިއްސާއޮތް ބޭންކުތަކުން ނުވަތަ ސަރުކާރުގެ ލޯނު އެހީގެ ތެރެއިން ހެދިފަ ހުރި ގެދޮރުވެރިކަން. މިހެންމިކަން އޮތީމާ އިންސާނީ އަދި އަސާސީ ޚިދުމަތެއްގެ އަގު ކޮންޓްރޯލް ކުރެވެންޖެހޭނެ. އަދި ސަރުކާރުގެ ބޯހިޔާވެހިކަން ފޯރުކޮށްދޭ ނިޒާމުގެ ތެރޭއިން ފުލެޓްލިބި ރެންޓުކޮށްގެން އުޅޭ މީހުންގެ އަތުން އެތަންތަން ވަގުތުން ނިގުޅައިގަނެވެންޖެހޭ ނޯންތޯ؟ ދަންނަވަންތޯ

  22. ސަމް

    ރެންޓް ކޮންޓްރޯލް ކުރުމަކީ އިގްތިސާދީ ގޮތުން ރަގަޅުކަމެއް ނޫން. ކުލިތައް މަތި ނުވާނެ ގޮތަކަށް ކަންކަން ރާވަންވީ. މިސާލަކަށް ބޭންކު އިންޓްރަސްޓް ކުޑަކުރަންވީ، ކޮސްޓް އޮފް ކޮންސްޓްރަކްޝަން ކުޑަ ކުރުމަށް ބައެއް ފީތައް ތިރިކުރަންވީ. މާލޭގެ ގެދޮރަށް އޮތް ޑިމާންޑް ދަށް ކުރަން އެހެން ރަށްތަކުގައި އިގްތިސާދީ މަސައްކަތްތައް ފުޅާ ކުރަންވީ. ކޮމިއުނިސްޓް ވިސްނުމުގައި ދިވެހިން ތިއްބަސް ދެރަކަމަކީ މަސައްކަތް ކުރަން ފަސްޖެހެމާއި ކުރާ މަސައްކަތާ ނުބައްދަލު އުޖޫރަ ކިއުމާ ތިމާ އަށް ކަންކަން ސަރުކާރުން ކޮށްދޭންޖެހޭނޭ ހީކުރާ ރައްޔިތުން ގިނަވަމުން ދިއުން.

  23. ާފާތުން

    ރާއްޖެރެމީހުން މާލެ އައިސް މިތާދިރިއުޅެން ފައްޓަނީ މީހަކު ބުނެގެންތަ ނޫނީ ސަރުކާރުން ބުނެގެންތަ. އެމީހެއް ރަށުގަތިބެބަލަ. އޭރަށް ކުލިދޭކަށްނުޖެހޭނެ. ކިހާބޮޑު ނޮހޮރުއްޕާނެއް މީ????????????????

    5
    8
    • ލޮލް

      އޭރުން ކޮބާ ފާތުމަގެ ހާލަކީ

      5
      2
      • ބީވާ

        މިހާރު ފާތުމަ އެއް ނޫނޭ. މިހާރު ހުރީ އަމިއްލަ އަށް އެދިގެން އަލުން އިނދެގެން އައިސް ހުރި ފަސްޓް ލޭޑީ އެކޭ.

    • ގަމާރު ފާތުމަ

      މުޅި ދިވެހި ދައުލަތުގެ ބަޖެޓުން ހަރަދު ކޮށްގެން އަސާސީ ހިދުމަތް ލިބޭ ހަމަ އެކަނި ތަނަކީ މާލެއަށް ހެދީމަ އެ އޮތީ އަންނާށޭ ވަރަށް ރީތިކޮށް ބުނެވިފަ

      4
      4
  24. Anonymous

    ރަނގަޅު ފެންވަރެއްގެ ހިދުމަތްލިބޭ ސިއްހީނިޒާމެއް އަތޮޅުތެރޭގައި ގާއިމްކުރަނިކޮށް ތިކަން ނިމުނީ، މާލެޔަކަށް ތިބުނާހާ މީހުންތަކެއް އައިސްގެން ކުލިބޮޑޮވުމުގެ މައްސަލަތަށް އިތުރެއް ނުވާނެ. ޢަމިއްލަ ރަށުގައި އުޅޭމީހުން ގިނަވާވަރަކަށް މާލެޔަށް އޮންނަ ޑިމާންޑުމަޑުމަޑުން ކުޑަވެ ކުލި ދައްވާނެ

    9
    1
  25. ސަންފާދިޔެގެ ޝިނާޒް / ހިތަދޫ

    އާއްމު ރައްޔިތުންގެ ގެތަކުގެ ކުލި ކޮންޓްރޯލް ކުރަން ޕެޓިޝަން ހަދާކަށް ނުޖެހޭ.
    ސަރުކާރުން ފްލެޓްތައްދޭ އަގުވެސް ބޮޑު. އެއަދަދު ކުޑަކުރަން ޕެޓިޝަން ހުޝަހަޅަންވީ.
    ރިސޯޓްތަކުގައިވެސް ރޫމްތައް ވިއްކަނީ ބޭނުން އަގަކު. ވީމާ އާއްމު ފަރުދުންނަށްވެސް ބޭނުން އަގަކު އެމީހެއްގެ އަމިއްލަ ގޯތީގައި ހަދާފައި ހުންނަތަނެއް ބޭނުން އަގަކު ކުއްޔަށް ދެވިދާނެ.

    2
    1
  26. ސަންފާދިޔެގެ ޝިނާޒް / ހިތަދޫ

    ތިއީ ވަރަށް ތާކުންތާކު ނުޖެހޭ ވާހަކައެއް.
    މާލޭގައި މީހަކު ހަދާފައި ހުރި ތަނެއް އޭނާ ބޭނުން އަގަކަށް ދެވޭނެ. އަގު ބޮޑިއްޔާ ނުހިފީމަ ނިމުނީ.
    ކުލި ދެއްކޭނެ ވަރު ނެތިއްޔާ އައްޑޫ މީހުން އައްޑުއަށް އައިމަ ނިމުނީ. ވަކި ބަޔަކު ބޭނުން އަގަކަށް ކުލި ދަށްކޮށްގެން ތިތާ އުޅެވޭގޮތް ހަދާކަށްނުޖެހޭ. އަމިއްލަ ރަށުގައި ނުއުޅެވެންޖެހޭ ސަބަބެއްވެސް ނެތް. އެތައްހާސް މީހުންނެއް އައްޑޫގައި އެބައުޅޭ ހަމަޖެހިލައިގެން.
    ދެން ވަކިބަޔަކަށްޓަކައި ކުއްޔާއި ކުޅޭކަށް ނުޖެހޭ.

  27. ލަދުކުޑޭ

    އަހަރެން ބޭނުން އައިފޯނުގެ އަގު ކޮންޓްރޯލުކުރަން

  28. ނަންނުގަތި

    ކުލި ކޮންޓްރޯލް ކުރުމަކީ ކުރަންވާވަރު ގެ ކަމެެއް ނޫން. އެއީ އަހަރަމެން ގޯތި ގެދޮރު ހަދަނީކި އެއް ރުފިޔާ ދެރުފިޔާ ދީގެނެއް ނޫން. އެތަކެއް މިލިއަނެއް ދީގެން. އެހެން ވީމަކާއެއް އަގުހެވެއް ނުކުރެވޭނެ. އަދި ނުވިތާކައް ކޮމްމެ އަހަރަކު މީރާ އައް އެހާ ބައިވަރު ފައިސާ ވެސް ދޭން ޖެހޭ. ތިމާއައް އަތުޖެހޭ ވަރައް ވުރެއް އަގުބޮޑިއްޔާ ދިރިއުޅެން ދާނީ ތިމާގެ ފެންވަރުން. އަގު ބޮޑެތި ޓީވީއާ ޑިޝްވޮޝަރާއި ކޮންމެ ކޮޓަރިއެގާ އަދި ބަދިގެއާއި ސިޓިންރޫމް ގައި އޭސީ ހުންނަ ތަނަކަށް ނޫން. ދެން އޮތް ގޮތަކީ ސަރުކާރުން އިމާރާތް ކުރަން ބޭނުންވާ ތަކެތީގެ އަގު ކުޑަ ކުރުން. އެހެން ނޫނިއްޔާ ސަރުކާރުން ގޯތި ގެދޮރު އަޅާ އަގު ކުޑަކޮށް ކުއްޔައް ދިނުން.

    1
    1
  29. މާ ކައުޅު

    ނުކަނޑާނެ ކުރިއަކަށް... އިސްވެރިންގެ ތަންތަން ނުއަގުގަ ދީފަ ހުންނަނީ....

  30. ަސދަސދ

    ތީގައި ސޮއިކޮށްފައި އަންނަތަނުން ގެއިން ނިކުންނަން ބުނެފިއްޔާ ؟

  31. ހަސަން

    އެހެންވީމަ ރައީސް ޔާމީން ހިކިމަތު އަމަލުން ސޯސަލް ހައުސިން ގެ ޔުނިޓްތަކެއް އަޅުއްވަން ފެއްޓެވީ. ކުލި ކޮންޓްރޯލް ކުރުމަށްޓަކައި ސަރުކާރުން އިހުނަށްވުރެ ބޮޑަށް މަސަތްކަތް ކުރަން ޖެހޭއެބަ. ރާއްޖޭގެ އުތުރާއި ދެކުނުގައި މާލެއެކޭ އެއްފެންވަރު ސިޓީ ގާއިމްކުރަން އެބަޖެހޭ މިކަން ހައްލުކުރުމަށްޓަކައި.