ޖުމްހޫރީ ޕާޓީގެ ލީޑަރު، ގާސިމް އިބްރާހީމްގެ ރިސޯޓުތަކުން މުވައްޒަފުންނަށް ސާވިސް ޗާޖު ނުދޭކަން ހާމަވެއްޖެއެވެ.

"ވަގުތު" އަށް އެނގިފައިވާ ގޮތުގައި ނިމިދިޔަ ނޮވެމްބަރު މަހުގެ ސާވިސް ޗާޖު، ގާސިމްގެ ރިސޯޓްތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް އަދިވެސް ނުލިބެއެވެ.

ގާސިމްގެ ރިސޯޓުތަކުގައި އަމަލު ކުރަމުންދާ އުސޫލަށް ބަލާއިރު، ކުރީ މަހުގެ ސާވިސްޗާޖު، ޖެހިގެން އަންނަ މަހުގެ 20 ވަނަ ދުވަހުގެ ކުރިން ދޭން ޖެހެއެވެ. އެހެންކަމުން ނޮވެމްބަރު މަހުގެ ސާވިސް ޗާޖު ނުދީ މިހާރު ވަނީ ހަފްތާއެއް ފަހަނައަޅައިގެން ގޮސްފައެވެ.

ގާސިމްގެ ރިސޯޓެއްގައި މަސައްކަތްކުރަމުން އަންނަ ބައެއް މުވައްޒަފުން ބުނާގޮތުގައި، ސާވިސް ޗާޖު ނުދޭ ސަބަބެއް އަންގާފައިވެސް ނުވާ ކަމަށެވެ. އެހެންކަމުން އެކަމާއި މެދު އެ މުވައްޒަފުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ގާސިމްގެ ރިސޯޓުތަކަކީ ރާއްޖޭގައި އެންމެ ކުޑަކޮށް ސާވިސް ޗާޖުދޭ ސިރޯޓުތަކުގެ ތެރޭގައި ހިމެނޭ ރިސޯޓުތަކެކެވެ. މީގެ ކުރިންވެސް ތަކުރާރުކޮށް، ގާސިމްގެ ބައެއް ރިސޯޓުތަކުން މުވައްޒަފުންނަށް ސާވިސް ޗާޖު ނުދޭ މައްސަލަ ފެންމަތިވެ މުވައްޒަފުން ނުރުހުން ފާޅުކޮށްފައި ވެއެވެ. ނަމަވެސް މިކަމާއި ގުޅިގެން ކަމާއި ބެހޭ ފަރާތަކުން އެއްޗެއް ބުނެފައެއް ނުވެއެވެ.

ބައެއް ރިސޯޓުތަކުން ސާވިސް ޗާޖުގެ ގޮތުގައި މުވައްޒަފުންނަށް ބޮޑެތި އަދަދުތައް ދެމުންދާއިރު އަނެއްބައި ރިސޯޓުތަކުން ސާވިސް ޗާޖް ދިނުމުގައި ބޮޑެތި އޮޅުވާލުންތަކެއް އުޅޭކަމަށް ބައެއް ރިސޯޓްތަކުގައި މަސައްކަތް ކުރާ މުވައްޒަފުން ބުނެއެވެ.

ރިސޯޓުތަކުން ދެމުން އަންނަ ސާވިސް ޗާޖާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ދާދި ފަހުން ވިދާޅުވެފައި ވަނީ، ރާއްޖޭގެ ރިސޯޓުތަކުން މުވައްޒަފުންނަށް ސާވިސް ޗާޖުގެ ގޮތުގައި ދެނީ ރަނގަޅު މިންވަރެއް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

19 ކޮމެންޓް

 1. އައިޝާ

  ރައްްޔިތުންގެ ހައްގޭ ކިޔަން ގާސިމް ލަދުގަންނަން ޖެހޭ

  83
  1
  • ޖާސިމް

   ގާސިމްގެ އެންމެ ބޮޑު ރިސޯޓް ސަން އައިލެންޑް ރިސޯޓަށް މަހެއްގެ މައްޗަށް ސާވިސް ޗާޖުގެ ގޮތުގައި ބޮލަކަށް 1000 ޑޮލަރ . ނަމަވެސް ހިތާމަ އަކީި ސުޓާފަކަށް ލިބެނީ 200 ޑޮލަރ. އަދި މިހާރު އޮފްޑޭއަށް ވެސް ނުދެވޭ ގޮތަށް ލީވް ފޮލިސީ އެެއް ތައްޔާރު ކުރާ ކަމަށް ހަބަރު އެބަ ލިބޭ.
   ވެރިކަމާ ހެދީ ހޭ ބަލި ނުވެ ސުޓާފުން ގެ ސާވިސް ޗާޖު ދިނިއްޔާ މާރަގަނޅު

   56
   2
  • ލޭބަރު

   25
 2. އަނދިރި ދައުލަތުގެ ރައީސް މުހަންމަދު ނަސީދު

  ކޮ ބާ 2008ގެ 9މަސް ދުވަހުގެ ސާވީސްޗާޖު އަދިވެސް ނުދޭ

  35
  1
 3. ބުރުމާ ގާސިމް

  ހައްހައްހައްހައްހާ..ނުލިބޭނެ ސާވިސް ޗާޖެއް އެއްވެސް މީހަކަށް.ހަމަ ތެޅިތެޅި ހުނބުޅު ފައިބާނީ..ކުނޫޒު ކައިރިން ނުފެއްނާތި...

  28
  5
 4. ކޮކީ

  މިވަރުގެ މީހެއް ތިންލައްކައެއްހާ މީހުންނާ ހަވާލުވާންވެގެންވެސް އެބައުޅޭ.

  37
  3
 5. ވިލާ ކިންގް

  ޕެރެޑައިސް އޯވަ ބުކް 110 % ގަ ދާއިރު ޑިސެމްބަރުގަ އަދި 250 ޑޮލަރު ނުޖެހޭ
  ލާރި ބަޑު އެޅިޔަސް މީ ބޮޑުވަރު ދޯ

  36
 6. ަރާއްޖޭ

  ލަންކާ ފުލައިޓް އިންޖީން ގަތީ ސާވިސްޗާޖް އަށް

  27
 7. ވިސްނާލުމަށް އެދެމޭ

  މުއައްޒިފުންނަ އެއްޗެނުދިނަސް ކުނޫޒުގަ އަތްޖަހަން ބޯގިނަކުރަން ލާރިދީގެން މީހުން އެއްކުރެވެއެއްނޫން..މަޑުކުރޭ މިފަހަރު ވެރިކަންލިކަބުނީމަ ތިހުރިހާކަމެ ހައްލުކޮއްދޭނެ...

  18
  1
 8. ދދދދދދ

  ގައުމު ފޭރިކާ ބޮޑު ވަގެއް.

  27
 9. ގާސިމް އިބްރާހިމް

  ގާސިމްގެ އެންމެ ބޮޑު ރިސޯޓް ސަން އައިލެންޑް ރިސޯޓަށް މަހެއްގެ މައްޗަށް ސާވިސް ޗާޖުގެ ގޮތުގައި ބޮލަކަށް 1000 ޑޮލަރ . ނަމަވެސް ހިތާމަ އަކީި ސުޓާފަކަށް ލިބެނީ 200 ޑޮލަރ. އަދި މިހާރު އޮފްޑޭއަށް ވެސް ނުދެވޭ ގޮތަށް ލީވް ފޮލިސީ އެެއް ތައްޔާރު ކުރާ ކަމަށް ހަބަރު އެބަ ލިބޭ.
  ވެރިކަމާ ހެދީ ހޭ ބަލި ނުވެ ސުޓާފުން ގެ ސާވިސް ޗާޖު ދިނިއްޔާ މާރަގަނޅު

  15
 10. ޤާސިމް

  11
 11. ޖާސިމް

 12. ޙ

 13. އެކަމަކު

  ޢަލީ ވަޙީދު ބުނި ހުރިހާ ރިސޯޓަކުންވެސް އެންމެ އެކަށޭނަ ސަރވިސް ޗާޖުދޭވާހަކަ.

  18
  2
 14. ހުސޭނުބޭ

  ޤާސިމް ކަހަލަ ފަޤީރުންނަކަށް ސާވިސްޗާޖު ދޭން ނުލިބޭނެ! ނިކަން ދެކިބަލަ ހަގު އަނބި އޭނައަށް ނޯކިރީ ކޮށްދޭން އުޅޭ ވަރު!

  18
 15. ޒަހީން

  ސާވިސްޗަރޖް ނުދޭގެސްޓުން ސަން ައަށް އަންނަނީ. ސްޓަރފް ބުލޮކުގަވެސް މިހާރުވެސް ގެސްޓުން ކީ އްކުރާނީ މަ އްސަލަޖަ އްސާ މީހަކު ހޭ އަރުވާލާނެ،

 16. ނުޖެހޭދޭކަށް!

  ނުޖެހޭދޭކަށް!

 17. ައަހުމަދު

  ޓޫރިޒަމް ދާއިރާގެ މުވައްޒަފުންގެ ބޭނުން ނުހަނު ގޮތުގައި ހިފާ މީހުންނާ ދޭތެރޭ ފިޔަވަޅު އަޅަން ޖެހޭ އަދި މުވައްޒަފުންގެ ހައްގުތައް ހިމާޔަތް ކުރަން ރަނގަޅު ޕޮލިސީއެއް އެކުލަވާލަންޖެހޭ