ނ. ހެނބެދޫ ސްކޫލްގައި ދީނީ ޝޯކްޝޮޕެއް ބާއްވަން ހުއްދަ ނުލިބޭނެކަން އަންގަފައިވަނިކޮށް، އެ ސްކޫލްގައި ރޭ މިއުޒިކް ޝޯވއެއް ބާއްވައިފިއެވެ.

ހެނބަދޫ ސްކޫލްގައި ދީނީ ވޯކްޝޮޕެއް ބާއްވަން ނިންމައި، އެކަމުގެ ހުއްދައަށް އެދި ސްކޫލަށް ސިޓީ ހުށަހަޅާފައި ވަނީ އެރަށުގެ ދީނީ ޖަމިއްޔާއެއްކަމަށްވާ، ހެނބަދޫ އިސްލާމިކް އެސޯސިއޭޝަން (ހިއާ)ގެ ފަރާތުންނެވެ.

އެކަން ހާމަކޮށް "ނިދާއު"ނޫހަށް އެ ޖަމިއްޔާ އޮފިޝަލަކު ވިދާޅުވީ، ސުކޫލު ބަންދާ ދިމާކޮށް، ހެނބަދޫގެ ރައްޔިތުންނަށް އަމާޒުކޮށްގެން ”ހިއާ ހަފްތާ“ގެ ނަމުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ވޯކްޝޮޕަށް ސުކޫލު ހޯލު ހޯދުމަށް އެދި ސިޓީ ހުށަހަޅާފައިވަނީ 26 ނޮވެމްބަރ 2019ގައި ކަމަށެވެ.

ހިއަ އެސޯސިއޭޝަނުން ސްކޫލަށް ފޮނުވި ސިޓީގައި ވަނީ ”ހިއާ ހަފްތާ“ގެ ނަމުގައި، ދީނީ ތަފާތު ޕްރޮގުރާމްތަކާއި ދަރުސްތަކުގެ މައްޗަށް އެކުލެވޭ މި ޕްރޮގުރާމަކީ، 23 ޑިސެމްބަރ 2019 އިން ފެށިގެން 27 ޑިސެމްބަރ 2019ގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޕްރޮގްރާމެއް ކަމަށެވެ. އެ އޮފިޝަލް އެ ނޫހަށް ބުނީ، އެ ސިޓީގައިވަނީ މި ޕްރޮގުރާމް ކުރިއަށް ގެންދިއުމަށް އެ މުއްދަތުގެ ނިޔަލަށް، ސުކޫލުގެ މައި ހޯލު ދޫކޮށްދެއްވުން އެދިފައި ވާނެ ކަމަށެވެ.

އެ ސިޓީގެ ޖަވާބުގައި ސްކޫލުން ބުނެފައި ވަނީ، ކޮންމެ އަހަރެއްގެ ޑިސެމްބަރ މަހަކީ، ކުރިއަށް އޮތް އަހަރަށް ސުކޫލު ތައްޔާރުކުރުމުގެ ގޮތުން އެކިއެކި މަރާމާތުތައް ކުރަމުން އަންނަ މަހަކަށްވެފައި، ސަރުކާރުގެ މުއައްސަސާތަކުގެ ބޭނުންތަކުގެ އިތުރުން، އިތުރު ބޭނުމަކަށް ސުކޫލު ދޫނުކުރަން ނިންމާފައިވާކަމަށެވެ.

މިގޮތަށް ސްކޫލުން އަންގާފައިވަނިކޮށް، ރޭ އެރަށު ސްކޫލްގައި މިއުޒިކް ޝޯވއެއް ވަނީ ބާއްވާފައެވެ.

އެ ޖަމިއްޔާގެ އޮފިޝަލް ބުނީ، އެ ޝޯވ އެ މީހުންނަށް ބޭއްވުނީ ކޮރަޕްޝަންގެ ތެރެއިންކަމަށެވެ.

"މި ޝޯ ބޭއްވުމަށް އަމިއްލަ ފަރާތަކަށް ސުކޫލު ދޫކޮށްފައިވަނީ، މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ އުޞޫލުތަކާ ޚިލާފަށް، ބާރާއި ނުފޫޒުގެ ތެރެއިން، ކޮރަޕްޝަނަށް މަގުފަހިވާގޮތަށް". އެ އޮފިޝަލާއި ހަވާލާދީ އެ ނޫހުގައި ވެއެވެ.

އަދި އެ ޝޯވ ބާއްވަން ހުއްދަ ދީފައި ވަނީ، އެ ވޯކްޝޮޕް ބާއްވަން ހުއްދަ އެދުނު ފަހުންނެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. Anonymous

    ނުދޭނެނު ހެނބަދޫ މީހުން އެމްޑީޕީ ސައިޒް ކުރީ ވޯޓްން

    28
    1
  2. ހުސޭނުބޭ

    އެޑިއުކޭޝަން މިނިސްޓަރުވެސް ލާދީނީ ވެގެން ލާދީނީ ސަރުކާރެއް ހިންގޭނީ! މި ސަރުކާރަށް ވޯޓުދިން އެނބަދޫ ގަމާރުންނަށް ވަރަށް ސަލާމް!

    33
    3
  3. އަލިބެ

    ބިރެއް ނެތި މަޖާކުރާ ސަރުކާރު

    41
    2
  4. ހަމަހަމަ

    ތިވަރަކުން ނިމިގެން ނުވާނެ. ކޮރަޕްޓު ސްކޫލަށް ފިޔަވަޅު އަޅަން ޖެހޭނެ.

    25
    1
  5. ލައިޝަމް

    ލާދީނީ ސަރުކާރު.... ވޯޓް ދީގެން ހޮވުނީމަ އުޅޭވައްތަރުން އެމްޑީޕީން ވަކިވާން ފޯމްނަގަން މިޖެހެނީ...