ސަރުކާރުން ހަރުކަށި ފިކުރާއި ނިރުބުވެރިކަމާއި ދެކޮޅަށް ކުރަމުން ގެންދާ މަސައްކަތްތައް ކާމިޔާބު ކަމަށް ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވެފައި ވަނީ ދައުލަތުގެ މީޑިއާ (ޕީއެސްއެމް) އަށް ދެއްވި ހާއްސަ ބަސްތީގަތުމެއްގައެވެ. މިނިސްޓަރ މާރިޔާ ވިދާޅުުވީ ސަރުކާރުން ނިރުބުވެރިކަމާއި ހަރުކަށި ފިކުރާއި ދެކޮޅަށް ކުރަމުންދާ މަސައްކަތްތައް ހުއްޓުވުމަށް ކުރަމުންދާ ހުރިހާ ކަމެއްވެސް ކާމިޔާބު ކަމަށެވެ. އަދި މިފަދަ މަސައްކަތެއް ކުރުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ ސަރުކާރުން އެފަދަ ކަންކަމާއިމެދު ދެކޭ ގޮތް ރައްޔިތުންނަށް އެންގުމުގެ އިތުރުން، އެމައްސަލައިގެ ސީރިއަސްކަން ރައްޔިތުންނަށް ތަސައްވަރުކޮށްދިނުންކަމަށް އެ ބަސްތީގަތުމުގައި މިނިސްޓަރ މާރިޔާ ވަނީ ވިދާޅުވެފައެވެ.

މި ކަންކަން ހައްލު ކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތަށް ރައްޔިތުންގެ އެއްބާރުލުން ބޭނުންވާކަން ފާހަގަ ކުރައްވައި އެކަމަނާ ވިދާޅުވީ މިފަދަ ސީރިއަސް މަސައްކަތްތަކެއް ކުރަމުން ގެންދިއުމަކީ ރައްޔިތުންގެ އެއްބާރުލުންވެސް މިކަމަށް ލިބިގެންދާނެ ކަމަށެވެ. އަދި ހަރުކަށި ފިކުރާއި، ނިރުބުވެރިކަމުގެ މައްސަލަތައް މުޖްތަމައުގައި ބޮޑުވެ ބިރުވެރިކަން އިތުރުވެގެން ދިއުމަކީ ރައްްޔިތުން ބޭނުންވާ ގޮތް ނޫންކަމަށް މާރިޔާ ވަނީ ވިދާޅުވެފައެވެ.

މިނިސްޓަރގެ ވާހަކަފުޅުގައި ވަނީ ދީނީ އިލްމުވެރިންގެ ފަރާތުން ލިބެމުންދާ އެއްބާރުލުން ފާހަގަކުރައްވައި އެފަރާތްތަކަށް ޝުކުރު އަދާކޮށްފައެވެ. އަދި އެފަރާތްތަކުން އަދިވެސް މަސައްކަތް ކުރަމުންދަނީ ސަރުކާރާއި ގުޅިގެން ކަމަށް އެކަމަނާ ވަނީ ވިދާޅުވެފައެވެ.

އަދި ހަރުކަށި ފިކުރު ނުވަތަ ނިރުބުވެރިކަމުގެ މައްސަލައެއް ފާހަގަވެއްޖެ ނަމަ ލަސްނުކޮށް އެފަދަ މައްސަލަތައް ކަމާބެހޭ އިދާރާތަކަށް އެންގުމަށް މާރިޔާ އެދިވަޑައިގަތެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ބޯހަލާކު

    ދީނައް ފުރައްސާރަކުރާ މީހުންނޯ..ވައިޔާޒްބިﷲް

  2. Anonymous

    އަރަތެއްތޯ

  3. ޖަޒީރާ

    ޑުރަގު ވިއްކުމާ ވިއަފާރިއައްއެތެރެކުރުމާ ފޭރުމާ ތޫނުވަޅިފަދަތަކެތި ބޭނުންކޮއް ގެއްލުންދޭ މީހުނާދެކޮޅައްވެސް ތިވަރުކާމިޔާބެއް ސަރުކާރުތަކައް ނުހޯދެނީ މިކަމުގަވެސްއެހާ ސީރިއަސްކަމެއްނެތީމަތޯ މިމަސްތެރޭ ކިތައްމީހުނައް އެޓޭކްކޮއް ޒަހަމްކަލީ މުޅިއަހަރައް ބަލާފިނަމަ އެއްވަރެއްވަނީ ނިރުބުއާ ޑުރަގާ ވަޅިޖެހުމާ

    10
  4. ޢަފްލާ

    ފޭރެމުން ކަރު ބުރިކުރަ މީހުން ވަނީ ގިނަ ދެން މިކިޔާ ކަވައެކޯ

  5. ގަސްކާނާ

    އޭ މިހިރަ މުސްކުޅި މާމަ ގަނޑާ! ހުވަފެން ނުބަލާ ހުއްޓާލާ!

  6. ޢާއިޝާ

    ނިރުބަވެރިކަން ކަމަނާ މާނަ ކުރާ ގޮތް ރަގަޅުނޫނީ ކަމަށް ފެނޭ، އެހެންވެ ކާމިޔާބޭ ތި ވިދާޅުވަނީ. މިހަރު ކިތައް މަރާމާރީ ކިތައް މަރުގެ ޙާދިޘާ ހިނގައިފިތޯ. މިކަންކަން ތިވިދާޅުވާ ނިރުބަވެރި ޢަމަލު ތަކުގެ ތެރޭގައި ނުހިމެނެނީ ތޯ. ސާބާާާސް

  7. މިއަދު

    ލާދީނިއްޔަތާއި މަސްތުވާތަކެތިއަދި ކުޑަކުދިން އިތުރުކުރަން ކުރާމަސައްކަތްވެސް ހަމައެހާކަމިޔަބުނޫންތޯ؟