އާޖެންޓީނާގެ އިތުބާރު ފޯވާޑް އަދި ޕެރިސް ސެއިންޓް-ޖާމެން (ޕީއެސްޖީ) އަށް ކުޅެމުން އަނަނަ މައުރޯ އިކާޑީ ރާއްޖެއަށް ޒިޔާރަތްކޮށްފިއެވެ.

އިކާޑީ ރާއްޖެއަށް ޒިޔާރަތް ކޮށްފައި ވަނީ އާއިލާ އާއި އެކު އާ އަހަރު ފެށުން ފާހަގަ ކޮށް ޗުއްޓީ ހޭދަކޮށްލުމަށެވެ. އޭނާ މިހާރު ހުރީ ބަގްލިއޯނީ ރިސޯޓުގައެވެ.

އިކާޑީ އަންނަނީ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އަންނަ ފޮޓޯތައް އިންސްޓަގްރާމުގައި ހިއްސާކުރަމުންނެވެ.

އިކާޑީ ޕީއެސްޖީ އަށް ބަދަލުވީ މިދިޔަ ހޫނު މޫސުމުގައި ލޯނެއްގެ ދަށުން އިޓަލީގެ އިންޓަމިލާނުގައި ހުރެފައެވެ. އިކާޑީ އަންނަނީ ޕީއެސްޖީގައި މޮޅު ކުޅުމެއް ދައްކަމުންނެވެ. އެގޮތުން މިހާތަނަށް ކުޅުނު 18 މެޗުގައި 14 ގޯލެއް އޭނާ ވަނީ ކާމިޔާބުކޮށްދީފައެވެ.

ބޭރުގެ މަޝްހޫރު ތަރިންގެ މެދުގައި ރާއްޖެ ވަނީ މަގުބޫލް މަންޒިލަކަށްވެފައެވެ. އެގޮޮތުން އެންމެ ނުފޫޒުގަދަ ސެލެބްރެޓީ ޝެފް ގޯޑަން ރާމްސީ އާއި، ބޮލީވުޑްގެ ދިވެހިން ދަންނަ މަގުބޫލު ބައެއް މޫނުތައްވެސް ރާއްޖެއަށް ޒިޔާރަތްކޮށްފައި ވެއެވެ.