އައިޖީީއެޗުން ދެމުންގެންދާ ލެބޯޓްރީގެ ހިދުމަތްތަކުގެ ތެރެއިން މައިކްރޯ ބަޔޮލިޖީީީ ލެބްގެ ޓެސްޓުތައް ހެދުން އޮޓޮމޭޓްކޮށް ކުރިއަށްވުރެ އަވަހަށް ޓެސްޓުތަކުގެ ނަތީޖާ ލިބޭގޮތް ހަދައިފިއެވެ.

މިދިޔަ ހަފްތާގައި އެކަމަށް ހާއްސަ ތިން މެޝިނެއް ވަނީ އައިޖީީއެމްއެޗްގައި ބަހައްޓާފައެވެ. އެސްޓީއޯގެ އެހީގެ ދަށުން ބެހެއްޓި މި މެޝިންތަކުގެ އަގު ފަސް މިލިއަނަށް އަރާނެކަމަށް އެސްޓީއޯއިން ބުންޏެެވެ. މިއީ އިންޑިއާގެ އިތުރުން ސާރކް ގައުމެއްގައި މިފަދަ މެޝިންތަކެއް ބެހެއްޓުނު ފުރަތަމަ ގައުމެވެ.

އައިޖީއެމްއެޗްގެ ސީނިއާ ކޮންސަލްޓަންޓް އިން ކެތޮލޮޖީ ޑރ.މިލްޒާ އަބްދުލް މުހުސިން ވިދާޅުވީ, އެ ހޮސްޕިޓަލްގެ ލެބޯޓްރީގައި ބެހެއްޓުނު މި ތިން މެޝިންގެ ސަބަބުން ކުރިއަށްވުރެ އަވަހަށް ރިޕޯޓްތައް ލިބި, އެ ރިޕޯޓްތަކުގެ ނަތީޖާ ކުރިއަށްވުރެ އަވަސްވާނެ ކަމަށެވެ.

އައިޖީއެމްއެޗްގައި އަލަށް ބެހެއްޓި ބައެއް މެޝިންތަކާއި ބެހޭ ގޮތުން ޑރ.މިލްޒާ ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ – ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް
އައިޖީއެމްއެޗްގައި އަލަށް ބެހެއްޓި ބައެއް މެޝިންތަކާއި ބެހޭ ގޮތުން ޑރ.މިލްޒާ ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ – ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް

އަައިޖީއެމްއެޗްގެ ޗީފް ލެބޯޓްރީ ޓެކްނީޝަން ފާތިމަތު ރީޝާ ވިދާޅުވީ، މީގެ ކުރިން ބްލަޑް ކަލްޗާ ރިޕޯޓެއް ލިބޭނީ ތިން ދުވަހުން ކަމަށާއި، ނަމަވެސް މެޝިންތައް އޮޓޮމޭޓްވުމާއެކު އެކަން އަވަސްވެގެންދާނެ ކަމަށެވެ.

"ކުރިން އޯގަނިޒަމްއެއް އައިޑެންޓިފައި ކުރަން 24 ގަޑިއިރު އެޓްލީސްޓް ހޭދަވާނެ، ފުރަތަމަ ލެބަށް ސާމްޕަލް ލިބޭތަނާ، ނަމަވެސް މި މެޝިނާއެކު ކުޑަ މިނިޓް ކޮޅެއްގެ ތެރޭގައި އަޅުގަނޑުމެންނަށް އައިޑެންޓިފައި ކުރެވޭނެ"، ރީޝާ ވިދާޅުވިއެވެ.

މީގެ ކުރިން މައިކްރޯ ބަޔޮލޮޖީއަށް ހާއްސަ މި ޕްރޮސެސް ކުރިއަށް ދަނީ މެނުއަލްކޮށެވެ. މިހާރުވެސް އެ ސާމްޕަލް ގްރޯ ކުރަން ޖެހޭ ބައި ކުރިއަށް ދާނީ މެނުއަލްކޮށެވެ. ނަމަވެސް ދެން ހުރި ހުރިހާ ބައިތަކެއް ކުރިއަށް ދާނީ އޮޓޮމޭޓްކޮށްފައެވެ. "ކޮން ބެކްޓީރިއާއެއްކަން އައިޑެންޓިފައި ކުރުމާއި، ނޫނީ ކޮން ފަންގަސްއެއްކަމާއި، އަދި އޭތި ސެންސިޓިވް ވަނީ ކޮން އެންޓިބަޔޮޓިކްއަކަށްކަން، އެ ޕްރޮސެސް ވަރަށް އަވަސްވެގެންދާނެ". ޑރ.މިލްޒާ ވިދާޅުވިއެވެ.

އައިޖީއެމްއެޗްގައި އަލަށް ބެހެއްޓި ބައެއް މެޝިންތަކާއި ބެހޭ ގޮތުން ރީޝާ ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ – ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް
އައިޖީއެމްއެޗްގައި އަލަށް ބެހެއްޓި ބައެއް މެޝިންތަކާއި ބެހޭ ގޮތުން ރީޝާ ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ – ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް

އަައިޖީއެމްއެޗްގެ ސީނިއާ ލެބޯޓްރީ ޓެކްނީޝަން މުސްތަފާ ޖަލީލް، މި މެޝިންތަކަކީ މީގެ ކުރިން ދެނެނުގަނެވޭ ބެކްޓީރިއާތައް ވެސް ދެނެގަނެވޭނެ ގާބިލްކަން ލިބިފައިވާ މެޝިންތަކެއް ކަމަށެވެ.

"ކުރީގެ އަޅުގަނޑުމެންގެ އިންނާނީ 12 ޓު 15 ވަރަކަށް، މިހާރު މީގައި އިންނާނީ އޯލްމޯސްޓް 20 އެންޓިބަޔޮޓިކްސް. ދެން ކުރީގައި އަޅުގަނޑުމެން ފަންގަސް ހުރިއްޔާ އެބަހުރިހޭ ނޫން ހޭ ބުނާނީ އަދި ކޮންފަންގަސްއެއްކަން އިންނާނީ. ނަމަވެސް މިހާރު އެންޓިފަންގަސްއެެއް ރިޕޯޓްކުރެވޭނެ. އަދި ފަންގަސް ރެސްޕޮންޑް ކުރާނީ ކޮން އެންޓިބަޔޮޓިކަކަށްކަން ވެސް އެނގޭނެ. އެއީ މައިކްރޯ ބަޔޮލޮޖީ ސެކްޝަނަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް". ރީޝާ ވިދާޅުވިއެވެ.

މިލްޒާ ވިދާޅުވީ، އެ ލެބަކީ މިހާރު ނޭޝަނަލް އެންޓި ބަޔޮޓިކް ރެފަރެންސް ލެބަށް ވާތީވެ އެއަށް ބޭނުންވާ ސްޓެޓިކްސްތައް މަހުން މަހަށް ހަދަންވެސް މި މެޝިންތަކުގެ އެހީގައި ފަސޭހަވެގެންދާނެކަަމަށެވެ.

އައިޖީއެމްއެޗްގައި އަލަށް ބެހެއްޓި ބައެއް މެޝިންތަކާއި ބެހޭ ގޮތުން މުސްތަފާ ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ – ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް
އައިޖީއެމްއެޗްގައި އަލަށް ބެހެއްޓި ބައެއް މެޝިންތަކާއި ބެހޭ ގޮތުން ވިޝާމް ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ – ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް

އެސްޓީއޯގެ މެނޭޖަރ އަބްދުﷲ ވިޝާމް ވިދާޅުވީ، އެސްޓީއޯއިން ބަލަނީ އެ މެޝިންތަކުގެ އެންމެ އެދެވޭ ބޭނުން އައިޖީއެމްއެޗްއިން ކުރުމާއެކު ރައްޔިތުންނަށް އޭގެން ފަައިދާ ކުރުން ކަމަށެވެ.

"އަޅުގަނޑުމެން ޔަގީންކަން މި އަރުވަނީ އައިޖީއެމްއެޗްއަށް މި މެޝިން ރަން ކުރުމަށް ބޭނުންވާ ކޮންސިޔުމާރސް ގަވާއިދުން މެދުކުޑުމެއް ނެތި ލިބޭނެ އިންތިޒާމް އެސްޓީއޯގެ ފަރާތުން ހަމަޖައްސާނަމޭ". ވިޝާމް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ޙަފްޞާ / މާލެ

    ވަޅުލާ ހަފުސްކޮށްލާފައޮތް ރާއްޖޭގެ ޞިއްޙީދާއިރާއަށް ލިބިފައިވާ ކުރިއެރުންތައް އަލުންވެސް ވަޅުވައްދާ ހަފުސްއަރުވާލާނޭ ބަޔަކަށް ފުރުޞަތު ނުދެމާތޯ؟

  2. ހަމަ

    ރައީސް ޔާމީން ލިބެނީ އެކަމަކު ދައްކަން 06 މަސް ވަންދެން ކިޔު އެއްގަ

  3. ނަޢީމާ

    ދިވެހިރައްޖޭގެ އެއްވެސް ރައްޔިތަކު ހީވެސްކޮށްފައިނެތް ކުރިއެރުަމާއި ތަރައްޤީ ހުރިހާ ދާއިރާތަކުން މިދަނީ ފެންނަމުން! މިގޮތުގައި މިކަން މިގޮތުގައި ދަމަހައްޓާނީތޯ ނުވަތަ މިކަން ފަހަތަށް އަނެއްކާވެސް ސޮއްސުވާލާނީތޯ؟ ގޮތް ނިންމާނީ ދިވެހި ރައްޔިތުން!

  4. ބުއްޅަބޭ

    އިންޑިޔާ ރުޅިބާލަނީ މިހިރަ މިހިރަ ކަންތަކުން މިގައުމު ކުރިޔަށް ދާތީ!

  5. ފައިޒް

    ތިކަމެއް ނޭނގުނު ސްކޭން އެޕޮއިންޓް މެންޓެއް ލިބެން ދެ ހަފްތާ ނެގީމަ އެއީ ބޮޑުވަރު...

  6. ޞިއްދީޤުބޭ

    ހަމަ ވަރަށް ރަގަޅަށް މިބުނަނީ ، ރައީސް ޔާމީން 2018 ގައި ފެއިލްވެއްޖެނަމަ ދިވެހިރާއްޖެ ފެއިލްވީ! ދިވެހިން ކަރުނައަޅާ ރޯންޖެހޭނެ!