އަންނަ އަހަރު ނެގުމަށް ސަރުކާރުން ނިންމައިފައިވާ އިންކަމް ޓެކްސް ނަގަން ފެށުމުން މާލޭގެ ގެތަކަށް ދައްކަން ޖެހޭ ކުލި "އަތްނުފޯރާ ފަށަށް" ދާނެތީ ގިނަ ބަޔަކު ޝަކުވާ ކުރަން ފަށައިފިއެވެ.

ފުރަތަމަ މަޖިލީހަށް އިންކަމް ޓެކްސް ނެގުމުގެ ގާނޫނު ފާސްކުރުމަށް ފޮނުވި އިރު އޮތީ 40،000 ރުފިޔާ އަށްވުރެ ގިނައިން އާމްދަނީގެ ގޮތުގައި ލިބޭ ކޮންމެ މީހެއްގެ އަތުން ޓެކްސް ނެގުމަށެވެ. އެހެން ނަމަވެސް މަޖިލީހުން އެބިލު ފާސްކުރި އިރު އެ އަދަދު 60،000 ރުފިޔާ އަށްވުރެ ގިނައިން ލިބޭ މީހުންގެ އަތުން ނަގާ ގޮތަށް އޮތީ ހަމަޖެހިފައެވެ.

ކުލިބޮޑުވަނީ ކީއްވެ؟

އެއީ ގާތްގަނޑަކަށް މާލޭގެ ތިންކޮޓަރީގެ ބޮޑުމިނުގެ ތިން ފަންގިފިލާ ކުއްޔަށް ދޫކޮށްގެން އުޅޭ މީހަކަށްވެސް މަހަކު ލިބޭނެ މިންވަރެވެ. އެހެން ނަމަވެސް ބައެއް ގޭގޭގެ ފެންވަރާއި އެހެނިހެން ކަންކަމަށް ބަލައި ކުދި ތަންތަންކޮޅު ބޮޑު އަގުގައި ކުއްޔަށް ދީގެން އުޅޭ ފަރާތްތައްވެސް މަދެއް ނޫނެވެ.

މިހެން ބަލާއިރު މާލޭގެ ގިނަ ގެދޮރުވެރިންނަށް މަހަކު 60،000 ރުފިޔާ އަށްވުރެ އިތުރަށް ޖެހޭނެއެވެ. އެހެން ނަމަވެސް ޖީއެސްޓީ ނަގަން ފެށުމުން ތަކެތީގެ އަގު ވަކި އިންސައްތައަކަށް މައްޗަށް އުފުލުނު ފަދައިން، އިންކަމް ޓެކްސް ނަގަން ފަށައިފި ނަމަ ގެކުލިވެސް މައްޗަށް އުފުލިގެންދާނެއެވެ.

އިންކަމް ޓެކުހާއި މެދު އާންމުން ދެކެނީ ކިހިނެއް؟

މިކަމާއި ގުޅޭ ގޮތުން "ވަގުތު" އިން ވާނީ އާންމުންގެ ހިޔާލު ހޯދާފައެވެ. އޭގެ ތެރެއިން ގިނަ ބަޔަކު ބުނެފައި ވަނީ މިފަދަ ކަމެއްގެ ސަބަބުން ގެކުލީގެ ގޮތުގައި ދައްކަން ޖެހޭ ވަރު އިތުރުވެގެން ދާނެ ކަމަށާއި، އެއީ ރައްޔިތުންގެ އަތުން ހޯދާ އަނެއް ފައިސާގަނޑު ކަމަށެވެ.

"މިހާރުވެސް މަހު މުސާރައިން ކިރިޔާ ކުލި ދައްކާލައިގެން ދެކޮޅު ޖެހެނީ. ސަރުކާރަށް މިކަމުން ފައިދާވިޔަސް އަޅުގަނޑުމެން ނިކަމެތި ރައްޔިތުންނާއި މެދުވެސް ވިސްނާލުން މުހިންމު. މާލެއަށް ދިރިއުޅުން ބަދަލުކޮށްގެން ރަށުން ހެޔޮ އަގުގައި ކުރެވެން ހުންނަ ގިނަ ކަންކަމަށް ބޮޑެތި އަގު ދީގެން މި އުޅެނީ. ބައެއް މީހުންނަށް މިކަން އިހުސާސް ނުވެދާނެ" ވަގުތަށް ހިޔާލު ހުށަހެޅި ފަރާތަކުން ބުންޏެވެ.

މީގެ އިތުރުން އެފަރާތްތަކުން ބުނެފައި ވަނީ މިފަދަ ކަމެއް ކުރުމުގައި ސަރުކާރުން އާންމު ރައްޔިތުންނާއި މެދު ވިސްނައި އެފަރާތްތަކަށް ގެއްލުން ނުވާނޭހެން ކަންކަން ކުރުމަކީ މުހިންމު ކަމެއް ކަމަށެވެ.

"މިހާރުވެސް ނަގާ ޓެކްސްތައް ގިނަކަމުން އިނދަޖެހެނީ މިއޮއް. ޓެކްސް ނެގުމަކީވެސް ބޭނުންތެރި ކަމެއް. އެހެން ވިޔަސް ރައްޔިތު މީހާ އަށް ގެއްލުން ނުވާނޭހެން އެކަން ކުރަންވީ ދޯ. ސަރުކާރުން ހަމަ އޮޅުވާލައިގެން އަހަރުމެން މަސައްކަތުން ދާއޮހޮރުވައިގެން ހޯދާ ފައިސާކޮޅު ދަމައިގަންނަނީ" ވަގުތަށް ހިޔާލު ހުށަހެޅި އެހެން ފަރާތަކުން ބުންޏެވެ.

އިންކަމް ޓެކްސް ނެގުމަކީ ސަރުކާރުގެ ވައުދެއް:

އިންކަމް ޓްކުހެއް ނެގުމަކި މިސަރުކާރުން ވެރިކަމުގެ ކުރީކޮޅުގެ ވައުދެކެވެ. ރައީސް އިބްރާހިމް މުހައްމަދު ސާލިހް ވިދާޅުވެފައި ވަނީ، ރައްޔިތުން ގެދޮރުވެރިކުރުވުމާއި ބޮޑެތި ބަލިތަކަށް ސަލާން ޖެހުން ހުއްޓުވުމަށާއި ސާފު ބޯފެނާއި ނަރުދަމާގެ ހިދުމަތް ލިބުމަށާއި ފޯރުންތެރިކަން ކުޑަ އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ ދައުލަތަކުން ކުރަންޖެހޭ ކަމެއް ކަމަށެވެ.

ސަރުކާރުން އަންނަ އަހަރަށް ކަނޑައަޅާފައިވާ "ބޮޑު" ބަޖެޓުގައިވެސް ޓެކުހުން ލިބޭ ފައިދާގެ ބޮޑު އިންސައްތައެއް ހިމަނާފައި ވެއެވެ.

ވެރިކަން ކުރާ އެމްޑީޕީ އަކީ ފެށުނީއްސުރެ ހުރިހާ ކަމެއް އަތްފޯރާ ފަށަށް ތިރިކުރާނެ ކަމަށް ވައުދުވަމުން އައި ޕާޓީއެކެވެ.

ކިޔުންތެރިންގެ ހިޔާލު

17 ކޮމެންޓް

  1. ސަންފާދިޔެގެ ޝިނާޒް/ ސ.ހިތަދޫ

    ރަނގަޅު. އަމިއްލަޔަށް ހަދާފައި ހުރި ތަނެއްގައި އެހެން ބަޔަކު އުޅެންޖެހޭނީ ކުއްޔަށް އެއްބަސްވާނަމަ. އެހެން ނޫނީ އެހެންތަނެއް ހިފައިގެންދޭ.

    34
    19
  2. އައިޝާ

    60000ހަމަ ނުވާވަރައް ކުލި ކުޑަ ކުރަން ވީނު
    އޭރުން އިންކަމް ޓެކްސް ދައްކަން ނުޖެހޭނެ

    54
    5
    • ޑދ

      ކަންކަން ރަނގަޅަށް އެނގިގެން ވާހަކަ ދައްކަބަލަ. ޢިންކަމް ޓެކްސް ނެގުމުގެ ކުރިންވެސް ގެ ތަކުން ކުލި ލިބޭ ތަންތަނުން 15% ގަ އައީ ޓެކްސް ދައްކަމުން. މިހާރު އިންކަމް ޓެކްސްގެ ދަށުން ދެން ދައްކަންޖެހޭ ރޭޓް ތައް ކުޑަވެފަ ނެގޭވަރު ބިސްބަތުން ކުޑަވާނެ.

      3
      1
    • ޓްވިޓަރޭ

      ވާނުވާ ނޭގުނަސް ކޮމެންޓް ކޮއްފަ ބަހައްޓާ. އަހަރެމެން ދައްކަން ޖެހޭ ކުލި 25000 އެކަމަކު ގޭ ވެރިފަރާތުން އަންގައިފި 2500 އިތުރަށް ނަގާނެ ކަމަށް. ހުރިހާ އެޕާރޓްމަންޓެއް ގެ ކުލި އެއްކޮއްލީމަ ގޭވެރިފަރާތުން ޓެކްސް ދައްކަން ޖެހެޔޯ.

      1
      4
  3. މޯދީ

    ޖީއެސްޓީ ނަގަން ފެށީމަ ތި މޭލޭގެ ބިންވެރިން ކުލި ބޮޑުކޮށް ޖީއެސްޓީ ގެ ގޮތުގަ އެންމެ ލޯ ފައިސާ ފޮއްޗެއް ދިންތަ ޓެކުހުގެ ގޮތުގަ. ނުދޭ. ސަރުކާރަށް ނޭގެނީތަ ކުއްޔަށް ދީގެން ފައިސާ ނަގާ މީހުން. ޢެނގޭ ސާފުކޮށް. ޢެކަމަކު ސަރުކާރުން އުޅުނުތަ ޖީއެސްޓީ ފައިސާ ނަގަން ނޫނީ މި ބޮޑު ވިޔަފާރިތައް ޖީއެސްޓީ އަށް ރަޖިސްޓްރީ ކުރުވަން. ނޫޅޭ. ބުނަން މި އުޅެނީ މާލޭ މީހުންނާ ރަށްރަށުގެ މީހުންނަށް ކޮންމެ ސަރުކާެރެއް އޮތަސް މިނާނީ ދެ މިންގަނޑުންނޭ.

    33
    4
  4. މޮޔަބެ

    ސަރުކާރުގެ ވައުދު ފުއްދަން އެންމެގިނައިން ވޯޓްލީ މާލޭ މީހުން، ބަންޑާރަބިމުގައި އިމާރާތްކޮށް އެފަދަ ރަންތަން އަތޮޅުތެރޭ މީހުންނަށް ބޮޑްއަގުގައި ކުއްޔަށް ދީގެން ލިބޭ ބޮޑް ފައިސާގަޑުން މާލެ މީހުން އުޅެނީ އުދުހޭ ދިރިއުޅުމުގަ... ރާއްޖެ ތެރޭ މީހާ 2 ވަނަ ކުލާހުގެ ރައްޔިތެއްގޮތުގަ. އަތޮޅު ތެރޭގެ ބިމުގެ އެއްވެސް އަގެއް
    ވާތަނެއްކަމަށް ބެންކުންތަކުން ނުބަލާ ..ލޯނު ނުލިބޭ،،، އަސްލު ޓެކުހަކީ ވޭނެއް... ޓެކްސް ނުނަގާ ސަރުކާރުގެ ރިކަރަންޓް ޚަރަދު ކުޑަކޮށް ހިންގޭނެ، ވަރަށްބުރަ މަސައްކަތްކޮށްގެން ލިބޭ ފައިސާކޮޅު އެއްކޮށް ކުއްޔަށް . .ކުދިންނަށް ކާންދޭނެ ފައިސާ ނުހުރޭ.... ރަށުގަ ވަޒީފާނެތް، ސިއްހީ ނިޒާމާއި، ރަގަޅު ތައުލީމު ދެވޭނެ ނިޒާމެއްނެތް، ފެންވަރަންޖެހެނީ ނުތާހިރު ފެނުން، ބޯންޖެހެނީ ވަޅުފެން، ނުވަތަ ނަޖިހުން ތަަޢައްޔަރުވެފައިވާ ވާރޭފެން ... މިއީތޯ ދިރިއުޅުމަކީ... މާލޭގަ މިވޭނުގަ އުޅެން ބޭނުން ނޫނަސް
    މަޖުބޫރު. މާލެއިން އެންމެން ފާބާއިގެން ދާންވީތޯ، އެއީ ހައްލުކަމަށްވާނަމަ ސަރުކާރުގެ ބޭނުމެއްނެތް....

    30
    5
  5. ލޮލް

    ވަރުވަރުން ޓެކްސް އާއި ސްޓިކާ ޖަހައިގެން ލާރި ނަގަނީ. އެކަމަކު ތަރައްގީގަ ނުވަތަ ރައްޔިތުންނަށް ފަސޭހަ އެއްވެސް ކަމެއް މިހާތަނަކަށް ނުވޭ. އަދިވެސް ރައްޔިތުން ފެލާލެވޭތޯ އެ ބަލަނީ

    37
    1
  6. ޟިމޮ

    ތާހިރުވެއްޖެ ނު

    27
  7. ޝިމް

    ރައްޔިތުމީހާއަށް ރަނަގަޅަށް ކަންތައް ކުރަންޏާ ކުލި ކުޑަ ކޮށްދޭން ވީ އޭރުން ޓެކްސް ނުނެގޭނެ.

    19
    2
  8. މޯދީ

    މިފެންނަނީ މި ނާ ގާބިލް ވެރިކަމުގެ ނިމުމުގެ ފެށުން.

    37
    4
  9. ސޮރު

    އިންކަމް ޓެކްސް ވެސް އެއްމެފަހުން އާއްމު ރައްޔިތުމީހާގެ ޖީބުން! ކޮބާބާ އިންކަމް ގިނައިން ލިބޭމީހަކަށް މީގެން އައި ބަދަލެއް؟ މިނޫން ނިޒާމެއް ބޭނުންވޭ.

    32
  10. އެމްޑީޕީ ބުރޯ

    ކޮބާތަ މައްސަލައެއް؟ މިއީ ކެޕިޓަލްސިޓީއޭ! މިތަނަށް އަންނަންޖެހޭނީ ރާއްޖެތެރޭގެ މުއްސަންދި މަހުޖަނުން! ކުލިދައްކައިގެން އުޅެވޭވަރުގެ ތަނަވަސްކަން ހުރި ފައިސާވެރިން! ނުފޯރާ ފޮތިން ފޫގަޅައިގެންއުޅެން ބިކާރީން މިތަނައް އަންނާކައް ނުޖެހޭނެ! މިތަނަކީ ރާއްޖޭގަ ތިބި އޭ ގޮރޭޑް މީހުން އަންނަންޖެހޭތަނެއް! ދުނިޔޭގެ ތަރައްޤީ ޤައުމުތައް ނިކަން ބަލާބަލަ! ކެޕިޓަލްސިޓީގެ ކަންކަންއޮންނަގޮތް ކެޕިޓަލްސިޓީ ގަ އުޅުމުގެ ތަނަވަސްކަން ނެތްމީހުން މިތަނައް އައިސް މިތަން ގަޑުބަޑު ނުކިށްބަލަ!?

    4
    18
  11. ށުމަން

    ކެނެރީގެ ނަށިދު އަށް ބާރު ލިބޭ ކޮންމެ ފަހަރަކު ކޮންމެވެސް ޓެކުހެއް ރައްޔިތުން ގެ ބޮލަށް ލާޒިމް ކުރޭ. ރ.ޔާމިން އަށް ވެސް އޮތް ތި ޓެކްސް އެސްޓެބްލިޝް ކުރެވެން އެކަމު އެބޭފުޅާ ވިސްނެވީ ރައްޔިތުން ނަށް ތަކްލީފަކަށް ވާނެ ކޮންމެ ކަމެއް ނުކުރުން. ޢަހަރެމެން ޝުކުރު ވެރި ވާން ދަސް ކުރަން ޖެހޭ. ލޯކަލް އިންތިހާބް ގަ ރީދުލަށް ނޫނެކޭ ބުނާވަރުގެ ކަންތައް މިހިރީ

    14
  12. ޝްރޭ

    ސަރުކާރުން ބޭނުންވަނީ ރައްޔިތުން ހާލުގައި ޖައްސާ.އިއްތިސާދު ފުނޑާލަން.ރައްޔިތުން ފެލުން ނޫން ކޮންކަމެއް.

    11
  13. Anonymous

    އަދިވެސް ހޮވާ

    1
    1
  14. ޙުސްނާ

    ފުލެޓް ދޭނަމޭ ކިޔާފަ ވެސް ހުސްދޮގު ހެދީ ކޮންކެއް.ކުރެވުނީ ހަމަ ރައްޔތުން ފެލަނީ މީ އެއްވެސް ކަމެއް ވާނެ ބަޔެއް.ނޫން

  15. ގލޅ

    މޑޕ އަށް ކުރެވޭނެ އެއްކަމަކީ ޓްރަފިކު ޖޫރިމަނާއިން
    ލާރި ހޯދުމެވެ އަނެއްކަމަކީ އެކިވައްތަރު ވައްތަރުގެ ޓެސް
    ތައް ނެގުމެވެ ދެން ކުރާނެ އަނެއްކަމަކީ ރައްޔިތުންނަށް
    ލިބެމުން އަންނަ މުސާރަތަކާއި އިނާޔަތްތައް ކެނޑުމެވެ
    ދެންކުރާނެކަމަކީ ދައުލަތުގެ ހަރު މުދާތަކާއި ވަސީލަތްތައް
    ނުއަގުގައި ވިއްކުމެވެ މިއަށް ވުރެއިތުރު ކަމެއް އެމީހާއަށް
    ނުކުރެވޭނެއެވެ އެއީ އެފަ އޮއްޓަރެއް އެމީހާގެ ނެތީމައެވެ
    މިކަންވަނީ ދިވެހިން ތަޖުރިބާ ކޮށްފައެވެ.