ރިސޯޓްތަކުގެ މުވައްޒަފުންނަށް މުސާރަ އާއި ސާވިސްޗާޖް ކަނޑައަޅަނީ މިނިސްޓަރ ނޫން ކަމަށް، ޖުމްހޫރީ ޕާޓީގެ ލީޑަރު، ގާސިމް އިމްރާހީމް ވިދާޅުވެއްޖެއެވެ.

ގާސިމް މިގޮތަށް ވިދާޅުވީ، ޖުމްހޫރީ ޕާޓީގެ ރައީސް އަދި ޓޫރިޒަމް މިނިސްޓަރ، ސާވިސް ޗާޖާއި ގުޅޭގޮތުން ދެއްކެވި ވާހަކަފުޅުތަކަށް ގިނަ ބައެއްގެ ނުރުހުންވުމާއި ފާޑުކިޔުން އަމާޒުވެފައިވާ މި ދަނޑިވަޅުގައި އެމަނިކުފާނު ދިފާޢުކުރައްވަމުން ކުރެއްވި ޓްވީޓެއްގައެވެ.

އެ ޓްވީޓުގައި ގާސިމް ވިދާޅުވީ، މިނިސްޓަރ އަލި ވަހީދަކީ ޤާބިލް، ހިންގުންތެރި ވަޒީރެއް ކަމަށެވެ. އަދި ޓޫރިޒަމް އިންޑަސްޓްރީ އަށް ވިޔަސް، މުވައްޒަފުންނާއި ބެހޭ ކަމެއް ވިޔަސް އެމަނިކުފާނު ކުރައްވާނީ ޤާނޫނީ ގޮތުން ކުރެވެން އޮތް ކަމެއް، އެ އޮތްގޮތަކަށް ކަން ޔަޤީން ކުރެވޭ ކަމަށް ގާސިމް ވިދާޅުވިއެވެ.

"ޖުމްހޫރީ ޕާޓީގެ ރައީސް، އަދި ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދަކީ ޤާބިލް ހިންގުންތެރި ވަޒީރެއް. ޓޫރިޒަމް އިންޑަސްޓްރީ އަށް، ވިޔަސް މުވައްޒަފުންނާ ބެހޭ ކަމެއް ވިޔަސް އެކަމެއް ކުރައްވާނީ ޤާނޫނީ ގޮތުން ކުރެއްވެން އޮތް ކަމެއް އޮތް ގޮތަކަށްކަން ޔަޤީން. މުސާރަ އާއި ސާވިސް ކަނޑައަޅަނީ މިނިސްޓަރެއް ނޫން،" ގާސިމް ކުރެއްވި ޓްވީޓުގައި ވެއެވެ.

ގާސިމް، އަލީ ވަހީދު ދިފާޢުކުރައްވާ ވާހަކަ ދައްކަވާފައި މިވަނީ، ރިސޯޓުތަކުގެ މުވައްޒަފުންނަށް ލިބެމުން އަންނަ ސާވިސް ޗާޖް ރަނގަޅު ކަމަށް އަލީ ވަހީދު ދާދި ފަހުން ވިދާޅުވުމުން، ގިނަ ބަޔަކު މިނިސްޓަރ އަލީ ވަހީދުގެ އިސްތިއުފާއަށް ވެސް ގޮވާލަމުންދާ ދަނޑިވަޅެއްގައެވެ.

ސާވިސް ޗާޖާއި ބެހޭ ގޮތުން މިނިސްޓަރ އަލީ ވަހީދު ދެއްކެވި ވާހަކަތަކާއި ގުޅިގެން ގިނަ ބަޔަކު ނުރުހުން ފާޅުކުރަން ފެށުމުން، އެމަނިކުފާނު ވަނީ އެކަމަށް މަޢާފަށްވެސް އެދިވަޑައިގެންފައެވެ. އަދި ޓޫރިޒަމް މިނިސްޓްރީ އިން ވަނީ އަލީ ވަހީދު ދެއްކި ވާހަކަތަކުގެ ތަރުޖަމާ ބަޔާންކޮށް، ނޫސްބަޔާނެއް ވެސް ނެރެފައި ވެއެވެ.

އަލީ ވަހީދު ދެއްކެވި ވާހަކަފުޅު ދިފާޢުކުރައްވަމުން ގާސިމް މިރޭ ޓްވީޓެއް ކުރެއްވިއިރު، ގާސިމްގެ ރިސޯޓުތަކުން މުވައްޒަފުންނަށް ސާވިސްޗާޖު ނުދޭ މައްސަލައެއް ދާދިފަހުން ފެންމަތިވެފައި ވެއެވެ. ގާސިމްގެ ރިސޯޓެއްގައި މަސައްކަތްކުރަމުން އަންނަ ބައެއް މުވައްޒަފުން ބުނާގޮތުގައި، ސާވިސް ޗާޖު ނުދޭ ސަބަބެއް އަންގާފައިވެސް ނުވާ ކަމަށެވެ. އެހެންކަމުން އެކަމާއި މެދު އެ މުވައްޒަފުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ގާސިމްގެ ރިސޯޓުތަކަކީ ރާއްޖޭގައި އެންމެ ކުޑަކޮށް ސާވިސް ޗާޖުދޭ ސިރޯޓުތަކުގެ ތެރޭގައި ހިމެނޭ ރިސޯޓުތަކެކެވެ. މީގެ ކުރިންވެސް ތަކުރާރުކޮށް، ގާސިމްގެ ބައެއް ރިސޯޓުތަކުން މުވައްޒަފުންނަށް ސާވިސް ޗާޖު ނުދޭ މައްސަލަ ފެންމަތިވެ މުވައްޒަފުން ނުރުހުން ފާޅުކޮށްފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

24 ކޮމެންޓް

  1. ސަންތިމަރިޔަބު

    މޮޔަފުޅުވީތޯ؟ ކާކުތޯބުނީ ރިސޯޓް މުވައްޒަފުން ގެ ސާރވިސް ޗާޖު ކަޑައަޅަނީ މިނިސްޓަރޭ . ސަފީހުން (ދެއުޅި އެއްނުވާ މީހުން) ދައުލަތެއްގެ އިސް މަގާމުތަކަށް އިސްކުރެވިއްޖެނަމަ ދެން ގިޔާމަތައް އިންތިޒާރު ކުރާށޭ! މުއުމިނެއްގެ ގަޔަށް އެއްހަރަކުން ދެފަރު ކަށްޓެއް ނުޖެހޭނެ!
    ހަމަހިނިއަންނަނީ

    39
  2. ޢަހު

    ޚާކުތަ ބުނީ މިނިސްޓަރޭ.. އެހންވިއްޔާ ބޭކާރު ވާހަކަ ގިނަ ނުކުރީމަ ވީނު. ކަލޭ އެކަނ ކުރާން ހުރި މީހާ އަނެއްކާ ބޭނިގަތީދޯ

    28
  3. އަލީ

    ސާވިސްޗާޖެ ނަގާ ކަމަށް ވަންޏާދޭންޖެހޭނެ. އިންޑަސްޓްރީގެ ބެސްޓް ޕްރެކްޓިސް މިހާރު ހަދާން ނެތް ދެއްތޮ؟

    31
  4. ލޭބަރު

    އެއީ ތެދެއް ދޭންޖެހޭ މިންވަރު ކަނޑައަޅަނީ މީނަ، ގެސްޓުން އަތުން 10% ސާވިސް ޗާޖަށޭ ކިޔާފަ ލާރި ނަގަނީ، ސްޓާފުންނަށް 3% މީނަގެ ޖީބަށް 7% ، މީހުންގެ ހައްގުން އަޗާތަޅާއިރު ލަދެއް ނުގަނޭ

    35
  5. ހަރުކަށި ސަރުކާރު

    ވަޙީދުގެ ދިފާޢުގައި ނުކުތަސް ނުނިކުތަސް މިނިސްޓަރ ވާހަކަދެއްކީ ޙަޤީޤަތް އެނގިގެންނޫން ވާހަކަ ދައްކަންއެނގޭތީ ހިތުހުރި ވާހަކައެއްދެއްކީ ދިފާޢުގައި ނުކުންނަނީ މަޤާމުދެކެބިރުން

    30
  6. ޖާސިމް

    އެހެން ވެއްޖެއްޔާ ނޭނގޭ ވާހަކަ ނުދައްކާ ،އަނގަ މަޑުން ލައިގެން ހުރުމަށް އެދެން. އެހެން ނޫނީ އިސްތިއުފާ ދީފަ ފޯއް ވިއްކަން ދޭ. ރޯނު އެދުރު ނުހެދި

    27
    1
  7. ޖުއޭ

    ގާސިމް ކަލޭ ނުކުމެބަލަ ނަހުލާގެ ދިފާއުގައި ތީ ގައުމުގެ ހަލާކު

    32
  8. ?ޖާބިރު.

    ގާސިމޫ۔ ކަލޭގެ ރިސޯޓު ތަކުގައި މަސަައްކަތް ކުރާ މުވައްޒަފުންނައް ދޭންވާ ސަރވިސްޗާޖު ނުދީ ކަލޭމެން އަމިއްލަ އައް އެބޭނުންކުރަނީ. ސަރވިސްޗާޖުއަކީ މަސައްކަތް ކުރާ މުވައްޒަފުންގެ ހައްގެއް. ކަލެ އާއި ބެހޭ އެއްޗެއް ނޫން. ސާރވިސްޗާޖު ދޭން ކަޑަ އަޅައިފައި އޮންނަ ގޮތައް ނުދީ އެފައިސާ ކަލޭ ބޭނުންކުރާތީ މައްސަލައަކައް ވެގެން މިއުޅެނީ ކަލޭ ތީ .ފަގީރުންގެ ހައްގު ފޭރޭ މީ ބަހީލު ސައުދާގަރު.ސަރުކާރުން ކަލޭ ހިންގާ ޖަރީމާ ހުއްޓުވަންޖެހޭ.

    29
    • ހޮނޑާ ބެ

      އެހެން ވެ ޔޭ މިބުނަނީ މީީ ހުސް ވަގުންގެ ސަރުކާރެކޭ

      11
  9. ރިސޯޓު ރޫމްބޯއި

    ސަރވިސްޗާޖް ރަނގަޅުތޯ ނޫންތޯ ކަނޑައަޅަނީ މިނިސްޓަރުތަ؟ މިހާރު ލިބޭވަރު ރަނގަޅޭ ގިނައޭ ބުނަން އެއީ ކާކު؟ އޭނަ ކައިރީ ބުނޭ ރިސޯޓު މުވައްޒަފުންނާ ނުބެހި ހުންނާށޭ. އާދޭސް ކޮށްގެން އެންމެން ލައްވާ ޓްވީޓް ކުރުވާނެ ކަމެއް ނެތް.

    24
    1
  10. އީޖާބޭރާއްޖެ

    ރައްޔަތުން ބާރުވެރިކުރުވަން ކައުންސިލްތަކައް ބާރުދޭވާހަކަ އެއީ ހޮޅިވާހަކަ ކައުންސިލް އިންތިހާބައް ޖަހާ ސްޓަންޓެއް އެހާރައްޔަތުން ދެކެ ލޯބިވަންޏާ ކީއްވެގެންތޯ ތިޔަރިސޯޓްތައް ރައްޔަތުންގެ ނަމުގައި ހިންގަން ސަރުކާރު ހިއްސާ ވާގޮތައް ދޫނުކުރަނީ ސަރުކާރުން ވިޔަފާރި އެއް ނުކުރާނޭ ކިޔާފައި ފުލެޓްގެ ނަމުގައި އެހިންގަނީ ގެސްޓްހައުސް މުޅިރާއްޖޭގައި ގައުމުހިންގަނީ ރައްޔަތުން އަތުން ނަގާ ޖީއެސްޓީގެ ނަމުގައި ޖިޒީން މީރައްޔަތުން އަޅުވެތިކުރަން ފަސޭހަކަމާއެކު ވޯޓްހޯދަން

    20
  11. ނުރަބޯ

    ސާވިސްޗާޖަކީ ކަނޑައަޅާފައޮތް އެއްޗެއް. އެ ދޭން ކަނޑައަޅާފައޮތް މިންވަރަށް ކަލެއަށް ނުދެވޭތީ މައްސަލައަކީ.

    19
  12. ނަގޫރޯޅި

    ކަމެއް ގޯސްވީމަ އޭނަޔެއް ނޫން ބެހޭކަމެއް ނޫން. އެކަމު ރަނގަޅައް ދަންޔާ ސަރުކާރުގެ މޮޅުކަމުން، މިނިސްޜަރުގެ ހިނގުންތެރިކަމުން، މެންބަރުގެ ހެޔޮފުޅުކަމުން.

    17
  13. ފުނަދޫ

    ގާސިމު ކަލޭމޮޅުވާހަކަ ދައްކާނެކަމެއްނެތް ކަލޭގެރިސޯތުތައް އޯވަބުކުވެފަ އޮއްނައިރުވެސް އަހަރުމެއްނައް ކަލޭތިދިއްލަނީ 100 ދޮލަރުގަނޑު ސައުވިސްޗާޖޭކިއައިގެން އަނގަތޮރުފަނީ ވޯތުނުލިބިދާނެތީ ހަދާހާދޮގު

    15
    1
  14. ބުނަން.....

    މިފަހަރު ތިޔަބުނާ އައްޔަކު ދިފާއުކުރަން ތިޔަނުކުންނަނީ ހަމަސީދާ ގަމާރުން! އެހެންޏާފަހެ އަލީ އެވަނީ ކުށެއްކުރެވުނީމާ އެކަމަށް މާފަށްވެސް އެދިފައި! ދެން ފަހަރަކު ގޮލަޔަކު ނުކުމެ ކިއްލިއޭ، ދުފާއެއްޗެއްސޭ، އަޑަފިކޮޅޭ ކިޠާކަށް މީ ކޮން ސަކަރާތެއް؟
    އޭ ބަލަގަ ކޮޔާވަޑި
    ************
    ބޭހާއި ނުކުޅޭތި ބަޑި
    ************
    ނޭނގިހުއްޓާ އަނދާދާނޭ
    ގޭމަކޮޔާއެ ފިހިދާނޭ

    11
    1
  15. މޮޔަެބެ

    ކަރާ ފަޅަން މިހާރު ގެންގުޅޭ އެއްޗަކީ ބުރުމާ އަށް ވީމަ ކަރާ ރާއްޖޭގައި ގިނަވެއެވެ

    13
  16. Anonymous

    އަލީވަހީދު ކަނޑަނާޅާ ކަމެއްވެއްޖިއްޔާ ފޮނިކަނޑަށް ސަރުކާރުން އެކަމުގެ ތެރެއަށް ބޭނިގަނެ ރައްޔިތުން ގުނބޯ ހެއްދީ ކީއްކުރަން. ގާސިމަކީ ދިވެހިރައްޔިތުންގެ ޖީއެސްޓީން ވިޔަފާރިކުރާ މީހެއް. ގާސިމުގެ މުދަލަކީ ދިވެހިރައްޔިތުންގެ މުދާ.. އަނގަނުތަޅާ މަޑުން ހުރޭ. ތިހުރިހާ މުދާ ދިވެހިރައްޔިތުން ކަލޭ އަތުން އަދިނަގާނެ.

    15
  17. އައިސް

    ޤާބިލްހިންގުތެރި ވަޒީރެއް ވީމަ ވައްކަން ކުރިކަމަކަށް ނުވޭތަ ހަރާން އެއްޗެ ހިކެޔަސްބުޔަސް އެނު ވޭތަހަރާން އެއްޗަކަށް ހާދަ ވަރެއް އަރާފަ އެބަހުރިޔޭދޯ ހޮރުން ކަށިޖާހާސޮރު ތިއީ ފިރުއައުނު އާހާދަގުޅޭ ސިފައެކޭ ތިއުޅެނީ ކަލޯ ހިނބަރު ގެ އާއިލާ ބަޑަށްޖެގެންތަ ތިތެނީޅެ

  18. ހުބާ

    ޢަލީ ވަހީދު ދެކެ ހިތާވެގެން އުޅޭ މީހެއް މި ގާސިމްެަކީ

  19. އެދުރު

    އޭ ގާސިމޫ ރައްޔިތުންގެ އަތުން ނަގާ ޖީއެސްޓީން ވިޔަފާރިކޮށް މުއްސަނދިވާނެކަމެއްނެތް. އެފައިސާ މިހާރު ދައްކާ. މާ މުއްސަނދިވެގެން މިއުޅެނީ ހުސް ހަރާމް ފައިސާއިން.. ކުނިވެ ފުޅައަޅާފަ އޮންނަ ދުވަހުން ކަލޭ ކައިރިއަށް ދާނެމީހަކުވެސް ނެތިދާނެތީ ބިރެއް ނުގަނޭތަ؟

  20. ފިނރުޓޭ

    ބަލަގަ މި އަލީ ވަޙީދާ އަލްހާނު ފަހުމީ އެމްޑީޕީ އާ ގުޅުނީ ކިހިނެތްކަން ދަންނަ ވަރަށް ގިނަ މީހުން އުޅޭ! ދެން މިހާރު މާ ތެދުވެރި އަމާނާތްތެރި ބަޔަކަށް ވެގެން އުޅޭނެ ކަމެއް ނެތް! ޕޯޑިއަމް ތަކަށް އަރާ ބައިސާ ވާހަކަ ދައްކަން އެނގޭނީ ތި މީސްމީހުންނަށް!

  21. ކޮރަލް

    ސާވިސް ޗާޖް ވާހަކަ ދައްކާ ނަމަ ރިސޯޓް އޯނަރުން ރުޅި އަންނާނެ އެވެ.

  22. މުފައްކިރު.

    ސާވިސް ޗާޖް ހިފަހައްޓާ މުވައްޒަފުން ނަށް އޭގެދަތިކަން ކުރިމަތި ކުރުވާ އޯނަރ ޢަލީ ވަޙީދުގެ ދިފާޢުގަ ނިކުތީމަ އޭގެ މާނައަކީ ސާވިސް ޗާޖަށް އެއްވެސް ބަދަލެއް ނާންނާނެކަން. ވީމާ ރިޒޯޓް ކުދިން ކައުންސިލް އިންތިޚާބުގަ އެމް ޑީ ޕީ އަދި ޖުމްހޫރީ ޕާރޓީ އަށް ވޯޓް ދިނުމުގަ މިނުކުތާ އަށް ސަމާލުވެ ލައްވާ.

  23. އަހުން

    ގާސިމުގެ ރެސޯޓުތަކުންނަގާ ސާރވިސް ޗާރޖު ހަރަދު ކުރަނީ ސުޕީޑު ލޯންޗުތަކުގެ ތެލަށް ބާކީބައި އަނބިގޮއްޔެގެ ފެމެލީއަށް ސުޓާފުންނަކަށް ނެތް .