އަންހެނާ ދިމާލަށް ބުރުގާ ނާޅާ ނޫޅެވޭނެ ބުނެ މަރުގެ އިންޒާރު ދިން ޓެކްސީ ޑްރައިވަރެއްގެ މައްސަލަ ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ.

"ވަގުތު" އަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މަރުގެ އިންޒާރު ދިން ޓެކްސީ ޑްރައިވަރެއްގެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށާއި އެކަން ތަހުގީގު ކުރަމުން ގެންދާ ކަމަށެވެ. މަރުގެ އިންޒާރު ދިން ޑްރައިވަރު ހައްޔަރު ކުރި ކަމެއް ފުލުހުން ކަށަވަރެއް ނުކޮށްދިނެވެ.

މަރުގެ އިންޒާރު ދިން ކަމަށް ބުނާ ޑްރައިވަރު ބިޑި އަޅުވައިގެން ފުލުހުންގެ ހައްޔަރަށް ގެންދާ ފޮޓޯތަކެއް މީސްމީޑިއާގައި ދަނީ ދައުރުވަމުންނެވެ.

ރާއްޖޭ ބައެއް މީޑިއާތަކުން މަންޒަރު ދުއް މީހަކާއި ހަވާލާދީ ބުނި ގޮތުގައި ސައިކަލެއްގައި އަންހެނަކު ދުއްވާފައި ދަނިކޮށް، ޓެކްސީގައި ދިޔަ ޑްރައިވަރަކު އެ އަންހެންމީހާއާ އަރާ ހަމަކުރުމަށް ފަހު މަރުގެ އިންޒާރުދިނެވެ. އޭނާ ކިޔައިދިން ގޮތުގައި މަރުގެ އިންޒާރު ދިނީ "ބުރުގާ ނާޅާ، ތިހެން މިގައުމުގައި ނޫޅެވޭނެ" ކަމަށް ބުނެ އެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ﷲ ތަޢާލާގެ މަގަށް ގޮވާލަންޖެހޭނީ ހެޔޮ ނަސޭހަތްދީ ހިކުމަތްތެރިކަމާއެކު.

  2. ރަނގަޅޭ ބުނީ....މިބުނީ އޭނާ ރަނގަލަށޭ އެކަން އެބުނީ..

  3. އެހެން އިންޒާރު ނުދެވޭނެދޯ މަރާކައް ބުރުގާ އަޅަންވީ ސަބަބު ދީނުގަ އޮންނަ ގޮތައް ބުނެދޭން އިގޭނަމަ ބުނެދިނީމަ އެނިމުނީނު އެޅުމާ ނޭޅުން އެއީ އޭނަގެ ކަމެއްނު

  4. މިކަން ވައްތަރީ ބޮޑު ގޭސްގަޑަކާއި.