މެލޭޝިއާގައި މިމަހުގެ 24 ވަނަ ދުވަހު ނިޔާވި ދިވެއްސަކު މާލެ ގެނެސްފިއެވެ.

އޭނާ ނިޔާވި ސަބަބެއް އަދި އެއްވެސް ފަރާތަކުން ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް ބައެއް ފަރާތަކުން މައުލޫމާތު ދީފައިވާ ގޮތުގައި ނިޔާވެފައި ވަނީ ހަކުރު ބަލި ހުންނަ މީހެކެވެ. އެހެންކަމުން ބެލެވެނީ ހަކުރުގެ މައްސަލައެއް ދިމާވެގެން އޭނާ ނިޔާވީ ކަމަށް ކަމުގައި ގާތް މީހުން މައުލޫމާތު ދީފައި ވެއެވެ،

މެލޭޝިއާގައި ނިޔާވެފައި ވަނީ ގ. މިއަލަނިއާގެ، ޝިނާން ޔޫސުފް، 44 އެވެ.

އޭނާގެ ކަށު ނަމާދު އޮތީ މިރޭ އިޝާނަމާ ދަށްފަހު އާސަހަރާ މިސްކިތުގައެވެ. ޝިޔާން މެލޭޝިއާ އަށް ގޮސް އުޅުނީ ވިޔަފާރި ދަތުރެއްގައި ކަމަށް ވެއެވެ.

މެލޭޝިއާގައި ހުންނަ ރާއްޖޭގެ ފޮރިން މިނިސްޓްރީން ކުރިން ވިދާޅުވީ މެލޭޝިއާގައި ދިވެއްސަކު ނިޔާވެގެން އުޅޭ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި އެކަން ބަލަމުން އަންނަ ކަމަށެވެ.

މެލޭޝިއާ އަކީ އެންމެ ގިނައިން ދިވެހިން ދަތުރު ކުރާ އެއް ގައުމެވެ.