ޙަޤީޤީ މުއުމިނުންގެ ސިފައަކީ ބާރު ލިބުމުން މުޖުތަމަޢު ފަސާދަކުރުމަށް މަގުފަހި ކުރުމުގެ ބަދަލުގައި ހެޔޮ ކަންތައްތަކަށް އަމުރުކޮށް ނުބައި ކަންތައްތައް ހުއްޓުވަން މަސައްކަތް ކުރުން ކަމަށް ސަރުކާރަށް ތާއިދުކުރާ ދީނީ އިލްމުވެރިޔާ އައްޝައިހް އިލްޔާސް ހުސައިން ވިދާޅުވެއްޖެއެވެ.

މެލޭޝިއާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގެ މަގާމެއް ވެސް އަދާކުރައްވަމުން ގެންދަވާ އިލްޔާސް ކުރެއްވި ޓްވީޓެއްގައި މިހެން ވިދާޅުވީ 2020 ވަނަ އަހަރު ފެށުން ފާހަގަ ކުރުމަށް މާލޭގައި ކުލަގަދަ މިއުޒިކް ޝޯވ އެއް ބާއްވަން ނިންމުމުން ކަމަށް ބެލެވެއެވެ.

އިލްޔާސްގެ ޓްވީޓްގައި ވަނީ އަލް-ހައްޖު ސޫރަތުގެ 41 ވަނަ އާޔަތާއި އެ އާޔަތުގެ މާނަ ވެސް ހިމަނުއްވާފައެވެ. އެއާޔަތުގެ މާނައިގައި ވަނީ "އެއުރެންނީ، ބިމުގައި ތިމަންރަސްކަލާނގެ އެއުރެން ބާރުވެރިކުރައްވައިފިނަމަ، ނަމާދު قائم ކޮށް، زكاة ދީ، ހެޔޮކަންތަކަށް أمر ކޮށް، ނުބައިކަންތައް ނަހީކޮށްއުޅޭ މީހުންނެވެ. ކަންކަމުގެ ނިމުންވަނީ اللَّه އަށެވެ."

އިލްޔާސް އަކީ މިހާރު ވެސް މީސް މީޑިއާގައި ރައީސް ޞާލިހަށް ތާއިދުކޮށް ވަރަށް ގިނައިން ވާހަކަފުޅު ދައްކަވާ ބޭފުޅެކެވެ. ރިޔާސީ އިންތިޚާބުގެ ކެމްޕޭންގައި ވެސް އިލްޔާސް ވިދާޅުވެފައި ވަނީ ރައީސް ޞާލިހަކީ ރަސޫލާ ދުޢާ ދެއްވެވި ފަދަ ބޭފުޅެއް ކަމަށެވެ.

އާއަހަރުގެ ޝޯވ ބައެއް އިލްމުވެރިން ދެކުޅު ހެދުންތަކުގެ ސަބަބުން ކެންސަލް ކުރަން ނިންމި ކަމަށް އަޑުފެތުރިފައި ވަނިކޮށް ސަރުކާރުން ވަނީ ޝޯވ ބާއްވާނެ ކަން ރަސްމީކޮށް އިއުލާން ކޮށްފައެވެ. އެއާއިއެކު އިލްމުވެރިން ގެންދަވަނީ މީސް މީޑިއާގައި ނުރުހުން ފާޅުކުރައްވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

17 ކޮމެންޓް

  1. ޖައުފަރު

    ބަލަގަ ކާފަރެއް ރައީސްމީހާއަށް އަމުރުކުރުމުގެ ފުރުޞަތު ހޯދަދިނުމުގާ ބައިވެރިވި އެކެއް ތިމީހާއަކީ މި ރާއްޖޭގެ ހުންގާނު ކަސިޔާރުކުރުވި ލާދީނީ ބައިގަނޑެކޭ ކަލެއެކޭ ކުޑަވެސް ތަފާތެއް ނޯންނާނެ

    49
  2. ޖިންނި

    މުއުމިނުންނޭކިޔާފަ ވާހަކަ ދައްކަން ހެޔޮވާވަރު މީހެއް ނޫން ތީކީ

    47
  3. މުފައްކިރު

    ހިތްހަމަނުޖެހުނީމާ ސަރުކާރު ގޯސްކޮށް ކަރުގެފަލަ ނާރަށް ބާރުކޮށް ހަޅޭލަވާ ދުވި ދުވުމުގެ ހަނދާންކޮށް ރަގަޅުވާނީ ކުރެވުނު ކޮސް ކަންތައްތަކުން ރައްޔަތުންގެ ކިބައިން މާފަށް އެދުން. މާމޮޅުވެގެން ޓްވީޓް ކުރިޔަސް އެއަށް ބޯލަބާނެ ބަލާނެ ބަޔަކު މިއަދަކު ނެތް.

    52
  4. ޔޫތު

    ޝެއިޚް އިލްޔާސްގެ ވާހަކަފުޅަށް ތާއީދުކުރަން. ހައްގު ބަސް ބުނު މުގައި ވަކި ކޮޅަކަށް ބުރަވުމ މެއް ނެތް. ބަޔަކު ރަނގަޅު ކަ މެއް ކޮށްފިނަ މަ އެކަން ބަލައިގަނެ ހިތްވަރުދޭންޖެހޭ އަދި ހަ މައެހެން މެ ބަޔަކު ނުބައި ކަ މެއް ކުރާނަ މަ އެކަން މަނާކޮށް އެ މަގު ބަންދުކުރުން މަސައްކަތް ކުރަން ޖެހޭ. މުސްލި މުންގެ އުސޫލަކީ އެއީ

    7
    30
    • ކަންނެލިއޮޑި

      އޭނަ ކިބައިން އަހަރުމެނަށް ފެންނަނީ މުނާފިގުންގެ ސިފަ. އޭނަ ދައްކާ ވާހަކައަކު އެއްވެސް އިޚްލާސްތެރިކަމެއް ނެތް. ބޮޑާކަމާއި ކިބުރުވެރިކަން ފެންނަނީ.

      35
      3
  5. ދޮންބެ

    މުއުމިނުން ސެކިއުލާރ ވިސްނުމުގެ މީހުންނާ ބައިޢަތެއް ވެސް ނުހިފާނެ. މުއުމިނަކު ލާދީނީ މީހުންނަށް ހިމާޔަތްދޭ މީހަކަށް ރަސޫލާ ދުޢާދެއްނެވި ފަދަ މީހެކޭ ކިޔާ ރައްޔިތުންނަށް އޮޅުވައެއްވެސް ނުލާނެ. މުއުމިނުން ދީން ނުވިއްކާނެ.

    42
  6. ާަާަަައަސްލު

    ދުވާލަކު ގޮތަކައް ވާހަކަދައްކާނީ މުނާފިގުން..ތިޔައްވުރެނުލަފާބައެއްކޮބާ..

    38
  7. ކޮތަރުބިސް

    އިލްޔާސް ﷲދެއްވާފަވާ ދީނީތައުލީމާ ވާހަކަދެއްކުމުގެ ގާބިލުކަމާ ދޫފަސޭހަކަން އެހެން މީހުންނައް ނާޖާއިޒް ފައިދާ ހޯދަދިނުމަށާ އަމިއްލަ މަންފާއެއްހާސިލުކުރުމައް ބޭނުން ނުކުރުމައް ނަސޭހައްތެރިވަން އެގޮތައް އެކަން ކުރުމުން ގިޔާމައްދުވަހުން ހުއަޒާބުގެބޮޑުކަން އަޅުގަނޑައްވުރެންބޮޑައް ބޭފުޅާޔައް އެނގިވަޑައިންނަވާނެކަމައް ދެކެން ﷲ ބައްލަވައިވޮޑިގަންނަވަނީ ހިތައް މޫނުމައްޗައް ގެންނަސިފަޔާ ދައްކާވާހަކައިން ވާނުވާނޭނގި އޮޅިވަޑާއިގަންނަވާނީ އަހަރެމެން އިންސާނުން

    22
    1
  8. ވިސްނާލުމަށް އެދެމޭ

    ާރަސޫލާ ދުއާ ދެއްވިފަދަ ބޭފުޅަކު ރަސޫލާއަށް ފުރައްސާރަ ކުރީ މަ ހަނުހުންނާނެތަ....

    25
  9. ކިނބޫ

    މިއުޒިކް އޭނަ ދައްކާ ވާހަކައެއް ނޫން އެއީ. އެމީހުންގެ ލަފައާއެކު ކުރިއަށްދާ ކަންކަން ހައްތަހާވެސް މިފެންނަނީ. އެމީހުން ބުނޭނު އަޑުއަހާނޭ. އެމީހުންގެ އަޑުއަހައިގެން ހުރިހާ ކަމެއް ކުރަނީ. ނޫހުން ސުރުޚީ ނުލިބޭތާ ގިނަ ދުވަސްވީކަމުގެ އިހްސާސްވީ އޭނައަށް ކުރެވުނީ. އެއީ ވީ ކަމަކީ.

    13
    1
  10. ހުސޭނުބޭ

    ތި ބޭފުޅާއަކީ މުންކަރާތްތަކަށް އަމުރުކޮށް ފަސާދަކޮށް އިސްލާމްދީނަށް ފުރައްސާރަކުރާ މީހުންނަށް ބާރު ހޯދާދެން މަސައްކަތްކުރި އެކަކު! އަދި ނުވިތާކަށް އިސްލާމްދީނަށް ހަޖޫޖަހާ އެ މަސައްކަތުގެ ކުލި ރައީސް އޮފީހުން ދެމުންދާއިރުވެސް ފަސާދަކުރާ މީހާގެ ދިފާޢުގައި ހުރި އެކަކު! މަނިކުފާނު ލަދު އެއީ ކޮން އެއްޗެއްކަން ދަންނަމުތޯ! ލަދު އެއީ ކޮން އެއްޗެއްކަން އެނގިނުލައްވަންޏާ އޮފިޝަލް ޕާސްޕޯޓް އެއީ ކޮން އެއްޗެއްކަން އެނގިލައްވާތޯ!

    20
  11. ބާބޫ

    މި މުޖްތަމައު ފަސާދަ ކުރަން އެހީވީ ބޭފުޅުން ދެން ދައްކަވާނެ ވާހަކައެއް ނުއޮންނާނެ، އަޑުއަހާނެ ބަޔަކު ނުތިބޭނެ!

    17
  12. ޢަފްލާ

    މަނިކުފާނަކީ މިގައުމުގަ މިހިނގާ ހުރިހާ ކަމެއްގެ ޒިންމާ އުފުލަން ޖެހޭ މީހިންގެ ތެރެއިން ދެވަނަ މީހާ އެއީ ދީނީ ތަޢުލީމު އުނގެނި ހުރެ އެއައް ޢަމަލު ނުކުރުމާއި ލާދީނީ ބަޔަކު ނުވަތަ މީހަކު ވެރިކަމައް އިސްކުރަން ރައްޔިތުންނައް ބާރު އެޅި މީހަކައް ވާތީ ﷲ އަކްބަރް

    14
  13. އަބުދުއްލާ

    ސޭކު މުއުމިނުންނޭ ބުނެނިސްބަތްމިކުރަނީ ކޮންބަޔަކައްބާ މުއުމިނުންނޭ ބުނާއިރު ފުރިހަމަ މުއުުމިނުންގެސިފަ ބަޔާންކޮއްދެއްވާފަ އެއައްފަހު ތިބުނާ މުއުމިނުންނަކީ އެސިފަ ހުރިބަޔެއްތޯބައްލަވާ ތިޔަކަހަލަ ނުކުޅެދޭޝެޔްޚުން ގިނަވެގެންގޮސް މިޤައުމުގެކަންތައް މިހިސާބައްމިދިޔައީ

  14. ޖިމް

    އިލްޔާސް އަކީ ތިމާ ހިތްރުހޭ ސަރުކާރަކަށް ފޫޅު ކެނޑޭގޮތަށް ވާހަކަ ދައްކަވާ ބޭފުޅެއް. ރ. ޔާމީން ސަރުކާރުގައި އެމަނިކްފާނު ދިވެހިރާއްޖޭގެ ދީނަށް ބުރޫއަރާފަދަ އެއްވެސް ކަމަކަށް ހިތްވަރު ނުދޭނެ.މިސަރުކާރު އެހެންތޯ؟ ދީނޭ ބުނާއިރު އެމީހަކު ވާނީ ހަރުކަށި ފިކުރުގެ މީހަކަށް. އިލްޔާސް ނިކަން ވިސްނަވާފަ ވާހަކަ ދައްކަބައްލަވާ. މިސަރުކާރުގެ ބޮނޑުންނަށް ނިސްބަތް ވީ މީހުން ލިޔެފައި އޮތް އިސްލާމްދީނާ ދެކޮޅު ރިޕޯރޓަށް ޗުއްޕުވެސް ބުނެލަން ނުކެރިފަ ތިހިރީ ލިބުނު އާރާއި ބާރުގެ ބޮޑުކަމެއްފިޔަވައި ދެން އެހެން ކޮންކަމެއްތޯ. ތީ ދޯ ދީނީ ޢިލްމުވެރީންގެ މަޤާމަކީ. މިރާއްޖޭގައި ތިގޮތަށް ބަސްބުނެލަން ތިބި ބައެއްބޭފުޅުންގެ ދޫ ބަންދު ވާގޮތަށް ކުރިޔާ ލާވައިގެން މަޤާމް ތައް ދީފަ ގަނެފަ ތިތިބީ.މިހާރު ހުސް އެމީހުން.

  15. ސޮނިފުހޭ

    ޢީލްޔާސް އަށް ކެރަފާ އާއިލާ ނޭގުނީމަ އިތުބާރު ގެއްލިއްޖެ ދެން ބުރޯ ދަރުސްނުދީ އިބޫ އާއި އަންނި ކުރާ ކަމަކަށް އަތް ޖަހާ

  16. އައިޝ

    ފިބޭފުޅާކޭއް ވެގެންތޯ މެޑީއެން ނެރުނުމީހު ނާއި އެއްކަށް ތިހުން ނަވަނީ