އިދިކޮޅު ކޯލީޝަނުން އަންނަ ލޯކަލް ކައުންސިލް އިންތިހާބަށާއި ކުރިއަށް އޮތް ރިޔާސީ އިންތިހާބާށް ތައްޔަރު ވުމުގެ ގޮތުން އަތޮޅު ތެރެއަށް ކުރާ ކޮންމެ ދަތުރެއްގައި އެތައް ސަތޭކަ ބަޔަކު އެޕާޓީތަކަށް ސޮއިކުރަމުންދާ ކަަމަށް ޕީއެންސީގެ ރައީސް އަދި ކުރީގެ ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

އަދުރޭ މިހެން ވިދާޅުވެފައި ވަނީ އިދިކޮޅުން ކުރާ ދަތުރުތަކާއި ގުޅޭގޮތުން މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ. އަދުރޭ ވިދާޅުވީ ރައީސް ޔާމީނު ވެރިކަމުގައި ހުންނެވި އިރަށްވުރެ އެމަނިކުފާނަށް އޮތް ތާއީދު މިހާރު އިތުރުވެފައިވާކަމަށެވެ. އަދި ރައީސް ޔާމީނު ޖަލަށް ލައި މިސަރުކާރުން ހިންގާފައިވާ ބޭއިންސާފީ އަމަލާއި އަތޮޅުތަކުގެ ރައްޔިތުން ތިބީ އިދިކޮޅަށް ކަމަށް އަދުރޭގެ ވަހާކަފުޅުގައި ވަނީ ފާހަގަކުރައްވާފައެވެ.

ރައީސް ޔާމީނަށް އޮތް ތާއިދު އިތުރުވެފައިވާ ކަމަށް ވިދާޅުވުމާއި ގުޅިގެން ނޫސްވެރިއަށް ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އަދުރޭ ވިދާޅުވީ އެކަން އެންމެ ބޮޑަށް ކަށަވަރުވެފައި ވަނީ މިހާރު އަތޮޅުތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ރައީސް ޔާމީނު ޖަލުގައި ބެހެއްޓުމާއި ދެކޮޅަށް ސޮއިކުރަމުންދާ ޕެޓިޝަނަށް ސޮއިކުރާ މީހުންގެ އަދަދު އިތުރުވަމުން ދާތީ ކަމަށެވެ. އެގޮތުން އެންމެ ފަހުން ކުޑަހުވަދޫ އަށް ކުރެވި ދަތުރުގައިވެސް 900 އަށްވުރެ ގިނަ ބަަޔަކު އެެރަށުން ޕެޓިޝަނުގައި ސޮއިކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެން ޕާޓީ އިން ކުރާ ކޮންމެ ދަތުރެެއްައިވެސް ޕާޓީއަށް އެތައް ސަތޭކަ ބަޔަކު ދަނީ ސޮއިކުރަމުން. ޖުމްލަ ގޮތެއްގައި އަޅުގަނޑުމެއް އިލްތިމާސް ނުކުރި ނަމަވެސް ރައްރަށުގައި ތިއްބެވި ސަޕޯޓަރުން އިސްނަންގަވައިގެން ޕާޓީއަށް ސަޕޯޓަރުން އިތުރުކުރުމުގެ މަސައްކަތް ދަނީ ކުރަމުން އެގޮތުން ކޮންމެ ދުވަހަކީވެސް އަޅުގަނޑުމެންގެ ޕާޓީއަށް މެންބަރުންތަކެއް ގުޅިވަޑައިގަންނަވާ ދުވަހެއް" އަދުރޭ ވިދާޅުވިއެވެ.

މި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އަދުރޭ ވިދާޅުވީ ޕާޓިތަކުގެ ލީޑަރޝިޕުންނާއި ސަޕޯޓަރުން ތިއްބެވީ ސާބިތުކަމާއި އެކު ރައިސް ޔާމީނުގެ ފަހަތްޕުޅުގައި ކަމަށެވެ. އަދި ރައީސް ޔާމީނު ފިޔަވައި އިތުރު އެއްވެސް ކެނޑިޑޭޓަކަށް ކުރިއަށް އޮތް އިންތިހާބުގައި ވާދަކުރެއްވުމުގެ ފުރުސަތު ނުދެއްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. އޭ.އެމް.އެފް.3

    ދުވަހަކަށް މަދުވެގެން 100މީހުން ޕީއެންސީ އަށް ވަންނަންޏާ ކެމްޕެއިންގެ މުއްދަތު އިތުރުކޮށް ވޯޓްލުންވެސް ލަސްކުރަންފެނޭ. ރަގަޅު ވާހަކަ ދައްކަވައްޗޭ. ވެރިކަމަށް އައިގޮތާއި އެފަހަރު ވޯޓަށް ހެދިގޮތް އަދި {ރައްޔިތުން ހަމަހިމޭނުންތިބެމެ} ފަސް އަހަރުގެ ދައުރެއް ހަމަކޮށްފައި ފޭބިއިރު ސޯޓުވެސް ބޭލިފައި އޮތްކަން ބަލަ ދިވެހި ރަށްޔިތުން ތިބީ ބަލަބަލައޭ. ޚީޔާނާތްތެރިން ވަފާތެރިވާނެތަ؟ ފައިސާ ފައިސާ ކާން ލިބުނީމާ ޙަލާލެއް ޙަރާމެއް ނުބަލާ އަރާމުކުރީނޫންބާ؟ ވެރިކަމަށް އަންނަން ތިޔަބުނާ ބަޔަކު ކަނަތައްކުރިގޮތް ދެނެވޮޑިގެންވާނީ ﷲ. ރަށްޔިތުންނަކަށް ނޭގޭ ހުރިހާކަމެއް. ވެރިކަމަކީ ވަކިފަރާތަކުން ދެއްވާ އަމާނާތެއް. ތެދުވެރިވިނަމަ ތިހެންވީސްބާ؟ ދެންވެސް އާޚިރަތަށްޓަކައި އިސްލާޙުވޭ. ނަރަކައިގެ ވޭންދެނިވި ޢަޒާބު މިހާރު ތިވާ ހޫނަށްވުރެ އެތަށްގުނައެއް އިތުރުވާނެ. ވީމާ އިތުރުފުޅު ނުހައްދަވާ.

    14
    10
    • ނިކް

      އަދުތޭ ހިސާބު ޖަހާގޮތް އެންމެންވެސް ދަނޭ.. ނޮޓްއަ ސަޕްރައިޒް

      4
      1
  2. ވައިޑީ

    ޕީޕީ ޢެމް ހަލާކުކުރީ ޢަދުރޭ އާއި ނިހާނު ، ކައުންސިލް އިންތިހާބު ކާމިޔާކުރުމަށްޓަކައި އަދުރޭ ތިކަމުން ދުރުގަހުންނަންޖެހޭ

    20
    3
  3. ?ޖާބިރު.

    މީނަ އަކީ ރޯނުފިލާ ހުރި ބޯގޯސްމީހެއް. މީނަ އައް ހީވަނީ ޑުރާމާ ކުޅެގެން ވޯޓު އިތުރު ވެދާނެހެން. އެއިރު ޑުރާމާ ކުޅެގެން ވޯޓުން ވައްކަން ކުރި އަސް އަބަދަކު އެކަމެއް ެެެެެެެެެެެެ އެގޮތަކައް ނުކުރެވޭނެ.

  4. ގަމާރު މީހުން

    ޕީ.ޕީ.އެމް ޕީ.އެން.ސީ ގެ ހަލާކު މީ

    5
    1
  5. ތުބުޅި ސުޖާ

    މިހެންކަމަށްވާނަމަ ތިޕާޓީގަތާ މުޅިދިވެހި ރައްޔިތުން މިހާރުތިބޭނީ، މަންމާފުޅު އަދުރޭގެ ހިސާބު ހަމަމޮޅީއޭ، އަހަރެންގެ މުސާރަވެސް އިތުރުވާނެކަހަލަ މޮޅު ކަލްކިޔުލޭޝަންއެއް ބުނެލަދީބަލަ