ޕީޕީއެމް އަށް ބާޒެއް ނުވަތަ ސިންގާއެއް ބޭނުންވާ ކަމަށް ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

އުމަރު މިހެން ވިދާޅުވީ "ސީއެންއެމް" ގެ ޕްރޮގްރާމެއްގައި މިރޭ ވާހަކަފުޅު ދައްކަވަމުންނެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލަށް ލުމުން ޕީޕީއެމްގެ ހަރަކާތްތައް ކުރިއަށްދާ ގޮތާއި ބެހޭ ގޮތުން ސުވާލު ކުރުމުން އުމަރު ވިދާޅުވީ މިހާރަށް ވުރެ ވުރެ ވަރުގަދައަށް އިދިކޮޅު ހަރަކާތްތައް ހިންގުމަށް ޕީޕީއެމްގެ މެންބަރުން ގޮވައިގެން ކުރިއަށްދާނެ "ބާޒެއް ނުވަތަ ސިންގާއެއް" ޕީޕީއެމްއަށް ބޭނުންވާ ކަމަށެވެ.

އުމަރު މިހެން ވިދާޅުވިއިރު ޔާމީން ޖަލަށް ލާން ޙުކުމް ކުރުމުގެ 12 ވަރަކަށް ގަޑިއިރު ކުރިން ބޭއްވި ޕީޕީއެމްގެ އެއްވުމެއްގައި ޔާމީން ވަނީ އެމަނިކުފާނު ޖަލަށްލައިފި ނަމަ ޕީޕީއެމް އާއި ޕީއެންސީ ހިމެނޭ އިދިކޮޅު ކޯލިޝަނަށް ސަވާރުވާން އަންނަ "މިނިކާ ބާޒުތަކަށް" ފުރުސަތު ނުދެއްވުމަށް އެދިވަޑައިގެންފައެވެ.

"އަޅުގަނޑު މިތާ ނެތުމަކުންނެއް އަޅުގަނޑު ޕާޓީގެ މައްޗަށް މިނިކާ ބާޒުތަކެއް ސަވާރުވިޔަ ނުދެއްވަށްޗޭ. އެއީ އެއްގޮތަކަށްވެސް ޖާގަ ދީގެން ވާނެ ކަމެއް ނޫން،" ޔާމީން ވިދާޅުވިއެވެ.

އުމަރު މިރޭ ވިދާޅުވީ އިދިކޮޅު ޕާޓީގެ ލީޑަރު ޖަލަށް ލުމުން "އެއާކޯނެއްގެ ދަށުގައި ތިބެ ލީޑަރު ދޫކޮށްލުމަށް ގޮވާލުމަށްވުރެ ހަރަކާތްތައް ވަރުގަދަވާން ޖެހޭނެ." ކަމަށެވެ.

"އަޅުގަނޑުމެން 2009 ވަނަ އަހަރު ޑީއާރްޕީ އާއި ހަވާލުވިއިރު ޑީއާރްޕީ އަކީ މުޒާހަރާ ކުރަން ދަންނަ ޕާޓީއެއް ވެސް ނޫން ނަމަވެސް ތިން އަހަރު ވެގެން ދިޔައިރު ސަރުކާރު ކޮށި އަރާވަރު އަޅުގަނޑުމެން ކޮށްލިން. އެންމެފަހުން ރައީސް ނަޝީދަށް ޖެހިވަޑައިގެންނެވީ އިސްތިއުފާ ދެއްވަން." އުމަރު ވިދާޅުވިއެވެ.

އުމަރު މިރޭ ވެސް ވިދާޅުވީ 2023 ވަނަ އަހަރު އޮންނަ ރިޔާސީ އިންތިޚާބުގައި އޭނާ ވާދަކުރައްވާނެ ކަމަށެވެ. އުމަރު ވިދާޅުވީ އުއްމީދު ކުރައްވަނީ ޕީޕީއެމްގެ ޓިކެޓްގައި ވާދަކުރުމުގެ ފުރުސަތު ލިބޭނެ ކަމަށް ކަމަށާއި ނަމަވެސް އެފުރުސަތު ނުލިބުނު ނަމަވެސް ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނަން ކަމަށެވެ. ފަހަރެއްގައި ސިޔާސީ ޕާޓީއެއް އުފައްދަވައިގެން ވެސް އިންތިޚާބުގައި ވާދަކުރައްވާފާނަން ކަމަށް އުމަރު ވިދާޅުވިއެވެ.

އުމަރު ވިދާޅުވީ އޭނާގެ ވެރިކަމެއްގައި ރާއްޖެއަށް ދިމާވެފައިވާ ހުރިހާ މައްސަލައެއްގެ ހައްލު ހޯއްދަވައި ދެއްވާނަން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

28 ކޮމެންޓް

  1. ޑުޓާޓެ

    ހައްލަކީ އުމަރު
    މަށަށް ސަޅި އުމަރުގެ ކުއްވެރިން ސައިޒް ކުރާ ސިޔާސަތު . ގައުމު އަމާން މާހައުލަކަށް ހަދަން އުމަރަށް މަ ވޯޓް ދޭނަން

    40
    20
  2. އައިޝާ

    އެހެން ވިޔަސް ތި ބާޒު ބޭނުމެއް ނޫން

    47
    11
  3. ވިސްނާލުމަށް އެދެމޭ

    ހޯހޯހޯ...ފިލާތިބެ މިނިކާ ބާޒެ ނޫނީ ސިން ގާއެއް ޕޕމ އަށް ބޭނުމެނުވޭ...އުމަރު ފޮނިވާހަކަ މިހާރު ދެންނުދައްކާ...ރޔާމީންވެސް ވަރަށް އާދޭސްކުރި އެއްމެ ފަހުވަ ގުތުވެސް ތިޔަ ބާޒުތައް ފިލާނުތިބެ ޕޕމ ގުޅޭށޭ ގައުމު ސަލާމަތްކުރަން...އިންޑިޔާ ސިފައިން މި ގައުމުން ފޮނުވަން އެއްމެބޮޑު މުޒާހަރާއެކުރާނެޔޭ ބުނެފަ ދެންއޮތީ ފިލާ އިންޑިޔާ ސިފައިން މިއަދު އުމަރު ގެ ސަބްމެރިން ގެ ތެރޭ ގަނެތްކަމަށްވެސްނޭ ގެ...މިހާރުވެސް ޕޕމ މިދަނީ ކައުންސިލް އިންތިހާބަށް ތައްޔާރުވުމަށް ކެންޕޭނުކުރަމުން އުމަރު ގެ އެއްވެސް އެއްބާރުލުމެ މިއިންކަމަކަށްިބޭތަ...ރޔާމީނައްޓަކާ ޕޕމ އައްޓަކާ ކޮންކަމެ އުމަރަށް ކޮއްދެވުނީ...ރޔާމީން ޖަލަށްލުމަކީ ހަމައެކަނި މޑޕ ބޭނުންވިކަމެނޫން..އުމަރުމެން އެއްމެން ބޭނުންވިގޮތް...ރޔާމީން ޖަލަށްލާފަ ޕާޓީ ޖަހައި ގެން ދިއުމަށް ރާވައި ގެން އެއްމެންތިބީ....އުމަރު ޕޕމ އަށް ބިންހެލުމެގެނެސް ޕާޓީ ގެ ހުސް ތޮށި ގަޑު ދީފަދިޔާމަ ޕޕމ ކޮޅައްޖެހީ ރޔާމީން...ހަދާނަށް ގެނެސްބަލަ އެދުވަހު ކަންކުރި ގޮތް މައުމޫނާ ދެމީހުން. ޕޕމ ގެ ވެރިކަން ފޭރުނުއިރުވެސް އުމަރުކޮބާ އެދުވަހު ހައް ގުބަސް ނުބުނެވޭ މިނިކާ ބާޒެ މިއަދު މިނިކާން ޕޕމ އަށް ބޭނުމެނުވޭ...

    45
    8
  4. ކިނބޫ

    ޕީޕީއެންއާ ނުބެހި ތިބޭފުޅާ ކެމްޕޭން ކުރިއަށް ގެންދަވާ.

    51
    5
  5. Anonymous

    ހަހަހަ ބޭނުމީ ސިންގާއެއް ތަ އިންސާނެއްތަ! ހަހަ.

    5
    1
  6. އަހުމަދު

    އުމަރު ނަސީރު ބެސްޓު މަރުހަބާ..

    5
    12
  7. Anonymous

    ރަންނަމާރި އަޅާފަ މިއޮތީ

    10
    2
  8. ޖާބެ

    ޢުމަރުމެން އަދިވެސް ސިޔާސީ ގޮތިން ތަސައްރަފް ނުފުދޭ ޕީ.ޕީ.އެމް އަކުން ފީ.އެން.ސީ އަކުން އެމް.އާރް.އެމް އަކުން ޖެޕީ އަކުން އުމަރަކައް ނަާޒިމަކައް އަދި ކިއެއްތަ ސެކިޔޯރިޓީ ބެކް ގްރައުންޑް ހުރިމީހަކައް ޖާ ގައެއް ނުލިބޭނެ.

    8
    1
  9. އައިސް

    އުމަރާ ބާޒަކަސް ސިންގާޔަކަސް އުމަރު ވާނީ ހަމަ އުމަރަށް ސިންގާ ވާނީ ހަމަ ސިންގާޔަ ބާޒުވާނީ ހަމަ ބާޒަށް އުަމަރަށް މަހުޖަނު ބައްލަވާހުވަފެ ން ބެއްލެވީމަ ކުރިޔަކައް ނުދެވޭނެޔޭ ތިހެން ފިލާހުރެގެން ނެތް ވެރިކަމެއް ނުކުރެވޭނެ އި ގޭ ތޯ ހިތްވަރެއް ހުރިއްޔާމު ރައީސްޔާމީންގެ ދިފާއު ގައި ނިކުން ނަވައިގެ ން އެމަނިކުފާނުގެ ސަޕޯޓަރުގެ ލޯބިފަހަރެ އް ގާލިބުން އެކަށީގެ ން ވެޔޭއި ގޭ ތޯ ފުރަތަމަ ފާއިތުވި ދުވަސް ތަކާމެދު ވިނާލުމަކީ ވަރަށްމުހިމު ކަމަކާކުރިމަތި ލާއިރު އެއީ ކިހާވަރެއްގެ ކަމެއްކަން ރަ ގަޅަށްބެއް ލެވުމަށް ފަހު ރަ ގަޅުގޮތެއް ނިންމަވާނެކަމަށް އުމީ ދުކުރަމެވެ. ވސލމ

  10. ގައުމު ދެކެ ލޯބިވާ

    ޕީ ޕީ އެމް އިން ރައީސް ޔާމީން ނުން މީހަކަށް ޖާގައެއް ނެތް.ސޮރީ

    10
    2
  11. ޢަންސާރު

    ޢުމަރުގެ ސިޔާސަތުން ހިންދޫވިތާ ސަރުކާރުގެ އަޅު ލާދީނީ ސަރުކާރު ނެތިކޮށް ދިވެހި ރާއްޖެ ދިވެހިންނަށް ހޯދައިދެވޭނެ.މަ ތާއިދު

  12. އަލްޖިބްރާ

    ސަރުކާރު ކޮށިއެރުވީކީ ނޫން ! ކަލޭ ބަޣާވާތް ކުރީ ! ކަލޭ ހަރުގަޑު ބަހައްޓައިގެން ފާރުމަތިން އަރަން އުޅުނު މައްސަލަ އަދި ނުނިމޭ ! ކަލޭ މިހާރު ތިވިސްނަނީ ޔާމީނު ނެތީމަ އެޕާރޓީ ހަލުވާލަން ! ދުވަސްކޮޅަކުން ތިޔަ ޕީ.ޕީ.އެމް ވެސް ޑީ.އާރު.ޕީ އޮތް ހާލަތަށް ވެއްޓޭނެ ! އެތަން ބަލަން ކަލޭ ހުރޭ !

    6
    2
  13. ހުސޭނުބޭ

    އެކަމަކު ސިންގާއެއްގެ ކެހެރިގަނޑު އޮޅައިގެން އޮންނަ ހިމާރެއް ޕީޕީއެމަކަށް ބޭނުމެއްނުވާނެ! އެނގޭދޯ މި ބުނި އެއްޗެއް!

    6
    2
  14. ?ޖާބިރު.

    އުމަރާ ކަލޭ ނުވޭ ބާޒަކައްވެސް ްްްްްްްްްްްް އަދި ސިންގާ އަކައްވެސް. ބޭކާރު އަގަ ތަޅާ މީހެއް. އެއްވެސް ޕާޓީ އަކުން ބަލައި ގަންނައް މީ ހެއްނޫން. ކަލޭ ޕީޕީ އެމުން ޗާސް ލިބުނަނސް ކަލޭ ރައީސަކައް ނުހޮވޭނެ. ކަލެ އައް ތާއޒިދު ކުރާ މީހަކު މިރާއްޖެ އަކު ނެތް.ކަލެ އައް ފެންނައް ހުވަފެން ގޯސް.

    7
    1
  15. Anonymous

    ތިދިންނަސޭހަތުން އިސްލާމްދީންދެކޮޅު. ހެޔޮނުވާނެ ތިކަހަލަ ނަސޭހަތްދޭން. ކަލޭދިޔަތަނެ އްވިއްޔާހަލާކް.

    3
    1
  16. ކަމަނަ

    އުމަރަކީ ވަރައް ނުބައި މީހެއް އެއުޅެނީގާސިމް މޮޔަވީމަ އޭނަގެބޮލައް އެރެންވެގެއް.

    6
    2
  17. އިންސާނާ

    އުމަރާ ކަލޭމެން މޮޅެއް ލިބިދާނެކަމައް ބަލައިގެން ތިބޭނެކަނެއްނެއް މިހާރު މިސަރުކާރާ ކޯލިށަން ހަދައިގެންތިބިމީހުންނާ ސަރުކާރުން ކުރާލާދީނީ ކަންތަކައް ބަހެއްނުބުނެ ތހިބިމީހުންނާ އެމްޑީޕީއާ ރިއާސީއިންތިހާބުގަ ވަދާކުރާދުވަސް އެއީ ރައްޔިތުން ކަލޭމެންނައް ވޯޓުނުދީ އެމްޑީޕީއައް ވޯޓު ދޭދުވަހައްވެސް ވެދާނެ

    3
    1
  18. މަގޭވޯޓު

    އަޅުގަނޑު ތާއީދު ކުރާނީ ހުރިހާ ލާދީނީ ބައިގަނޑު މައިތިރި ކުރާނެ ކަމުގެ އުންމީދުގެ ސިގްނަލެއް ދެއްވާ ލީޑަރަކަށް

    4
    2
  19. ހަރުގަނޑޭހަރުގަނޑެ

    މީނަ މިއުޅެނީ ޕީ،ޕީ،އެމް ތެރޭގައި ކޮންމެވެސް ބައިބަިވުމެއް އުފައްދައިގެން ނަމަވެސް ރައީސްޔާމީންގެ މަގާމަށް ދެމިގަނެވޭނެ ހޮރެއްލޯވަޅެއް ހެދޭތޯ!
    ނަމަނަމަ މީނަ ކައިރި ނުކުރާތި، މީނަޔަކީ އެތައްކަމަކަށް ކުރިމަތިލައިގެންވެސް ގޭދޮށު މީހުންގެ ވޯޓްކޮޅުވެސް ނުލިބުނު މީހެއް،
    ރައްޔިތުން ބަލައިނުގަތް މީހެއް...

  20. Anonymous

    ތިދިންނަސޭހަތުން އިސްލާމްދީންދެކޮޅު. ހެޔޮނުވާނެ ތިކަހަލަ ނަސޭހަތްދޭން. ކަލޭދިޔަތަނެ އްވި އްޔާހަލާކް.

    1
    1
  21. ާައަސްލަމް

    ސިންގާއެއް ރާއްޖެ އެތެރެ ކުރަންވީނު ޕީޕީއެމްގެ ރައީސް ޔާމީން ކެމްފެއިން ޖަގަހަކަިރީ ބަނދެފަބާވަން ވަރަށްމީހުންދާނެ

    2
    5
  22. ދިވެހިމިީހަާ

    ގައުމަށް ރައިސް ޔާމީން ގެނައި ކުރި އެރުން ފެންނައިރު ޔާމީން އާ ބައިވެރިވެ ބައިއަތު ހިފަން އުމަރު ފަސްޖެހުނީ އަމިއްލަ އެދުން ބޮޑުވީމަ މިހާރުއެއުޅެނީ ދަނޑިވަޅުގެ ބޭނުންހިފާ ފައިދާ ނެގޭތޯ އެއާ އެކުވެސް މަބުނާނީ ޔާމީނަށްފަހު ދެން އެންމެ ގަޓް ހުރީ އުމަރުގެއޭ އިންސާފާ ކުށްމަދު ކުރަން އުމަރު އޯކޭ ތަރައްގީ ގެންނަން ހަމަ ބޭނުމީ ޔާމީން

    • މަންދީރި

      ގައުމަށް ގެނައި ކުރިއެރުމޭ. އެހެޔޮދޯ ގައުމުގެ ސަލާމަތްނުވާވަރަށް ދަރުވާލާފަ ވިއަސް. ކަލޭމެންގެ ވިސްނުން ތިހުންނަނީ ޕުއްޕުލާފަ ފޮހެލީމަ ނިމުނީކަމަށް ވިސްނާ އުސޫލުން. އެކަމަކު ކިހިނެއް އެ ރަނގަޅުވާނީ މުސްލިމުންނަށްވީތީ ނުދޮވެ.

      1
      1
  23. އިބޫބޭ

    އުމަރަކީ ގޮތު ގައި ހުންނަވާ ހަރުދަނާ ބޭފުޅެއް. މަ ތާއީދު. ރައީސް ޔާމީން ގެ ކަރަށް އަދީބު ގެ އަތް ފޯރުވުނީ ރޔ ޢުމަރު ގެ ބާރު ކަނޑުވައިލަ ދިނީމަ. މިއީ ހަ ގީ ގަތް.

    1
    2
  24. ހަސަނާބެ

    އުމަރަކީ ރާއްޖޭގައި ސިޔާސީ ޕާޓީ އުފެދުނީއްސުރެން އެއްގޮތެއްގައި ހުރި ހަމައެކަނި މީހާ.... ދެން ތިބީ އަމިއްލަ އެދުމައިގެން ހަތާ ފަޅާފަ ތިބި މީހުން... މަށަށް އުމަރުގެ އެންމެ ކަމުދާ ކަމަކީ ކަނދުރާއެއް ބޮލެއް ބަލާ ނުލާ ގޭންގް ތައް ކޮންޓްރޯލް ކޮށްލިގޮތް.... ރައީށް ޔާމީން މިހާރު ހިތަށް އަރާނެ އުމަރުގު ބަސް އެދުވަހު އެހުންނަމައޭ...

  25. ހަސަނާބެ

    ހީ ހޭސް ދި އެބިލިޓީ ޓު މޭކް ނޭޝަން ސްޓޭބަލް.

  26. މިއޯމަ

    އަސްލަމް މަދަންނަމީހެއް ކަލޭތީ ކަލޭމަސައްކަތް ކުރާނީއަބަދުވެސް 3 ވަނައަނބެއް ހޯދަން އަލމ ހީކުރާނެ ގިނަމީހުނާ އިނުމަކީ ލިބޭވަރަށް ބޮޑުކާމިޔާ ބެއްކަމަށް ނޫން އެއީ ވެސްހެދޭ ކޯލިޝަނެ އް ކަމަށް މަދެކެނީ އެހެން ވީމަނޫންތަ އައްޗިވަނީ ވސލ

  27. ޙަރުގަނޑު

    ޥެރިކަމާ ހަދާ ހޭބަލިވެފަ ހުރި ގޮލައެއް