ސާވިސް ޗާޖަށް ރާއްޖޭގެ ރިސޯޓެއްގައި 11 ޑޮލަރު ދިންކަން ފަޅާއަރުވާލި ކަމަށް ބުނެ އެ ރިސޯޓުގެ މުވައްޒަފު ވަޒީފާއިން ވަކިކޮށްފިއެވެ.

ސާވިސް ޗާޖުގެ ގޮތުގައި މުވައްޒަފުންނަށް 11 ޑޮލަރު ދީފައި ވަނީ ހދ. އަތޮޅުގައި ހިންގާ ހަމައެކަނި ރިސޯޓު ކަމަށްވާ ހޮނޑާފުށި އައިލެންޑް ރިސޯޓްގައެވެ.

ތ. އަތޮޅަށް ނިސްބަތްވާ އަހުމަދު ޝިމްހާޒް ނަމަކަށްކިޔާ އެ ޒުވާނާ "ވަގުތު" އަށް މަޢުލޫމާތު ދެމުން ބުނެފައިވަނީ، ވަޒީފާއިން ވަކު ކުރުމަށްފަހު މިހާރު އޭނާ ރިސޯޓުން ބާލާފައިވާ ކަމަށެވެ. އޭނާ އަކީ ހޮނޑާފުށި ރިސޯޓުގެ ސެކިއުރިޓީ އޮފިސަރެއްގެ ވަޒީފާގައި ހުރި މީހެކެވެ. ކުއްލި ގޮތަކަށް އޭނާ ވަޒީފާއިން ވަކިކޮށްފައިވަނީ އެއްމަސް ދުވަހުގެ މުސާރަ ދިނުމަށްފަހުއެވެ. އޭނާއަށް މުސާރައިގެ ގޮތުގައި ރިސޯޓުން ދެމުން ދިޔައީ 4000 ރުފިޔާއެވެ.

ޝިމްހާޒް ބުނިގޮތުގައި އޭނާ ވަޒީފާ އިން ވަކިކުރުމަށްފަހު ރިސޯޓުން ފުރުވާލީ، ހދ. އަތޮޅު ހަނިމާދޫ އިން ގެސްޓް ހައުސް އެއް ހަމަޖައްސައިދޭނެ ކަމަށް ބުނެ ކަމަށެވެ. ނަމަވެސް ހަނިމާދޫއަށް އޭނާ ގެންދިޔަ ރިސޯޓުގެ ލޯންޗް، އެ ރަށަށް އޭނާ ދޫކޮށްލާފައި ދިޔައީ ކަމަށާއި، އޭގެފަހުން އެއްވެސް އެހީތެރިކަމެއް ރިސޯޓުން ވެފައި ނުވާ ކަމަށް އޭނާ ބުންޏެވެ.

ޝިމްހާޒް ބުނިގޮތުގައި ފޭސްބުކުގައި ހިންގާ ޕޭޖަކަށް، ހޮނޑާފުށި ރިސޯޓުން އެންމެ 11 ޑޮލަރު ދިން ކަމުގެ މަޢުލޫމާތު އޭނާ ޙިއްސާ ކުރިވަގުތު ނަގާފައިވާ ވީޑިއޯއެއް ރިސޯޓު މެނޭޖުމަންޓުގެ އަތުގައި އޮތްކަން، އެ ރިސޯޓުން އޭނާއަށް މިއަދު އެންގި ކަމަށެވެ. ވަޒީފާއިން ވަގުތުން ވަގުތަށް ވަކިކޮށް ރިސޯޓުން ބޭރުކޮށްލީ އޭގެ ފަހުން ކަމަށް އޭނާ ބުންޏެވެ.

ޝިމްހާޒް ބުނެފައިވާ ގޮތުގައި ވަޒީފާއިން ވަކިކޮށްލާފައިވަނީ، ރިސޯޓާއި ބެހޭ ގޮތުން ވާހަކަ ދެއްކުމަކީ މަނާ ކަމެއް ކަމަށް ބުނެ ކަމަށެވެ. ނަމަވެސް ވަޒީފާއިން ވަކިކުރަން މަސައްކަތް ކުރީ މަސަތްކަތަށް ފަރުވާކުޑަ ކަމަށް ލިޔެފައިވާ ސިޓީއެއްގައި ސޮއި ކުރުވުމަށްފަހު ކަމަށް އޭނާ ބުންޏެވެ.

ހޮނޑާފުށި އައިލެންޑް ރިސޯޓުން މައުލޫމާތު ދިން މުވައްޒަފަކު ބުނެފައިވާ ގޮތުގައި ނޮވެމްބަރު މަހުގެ ސާވިސް ޗާޖުގެ ގޮތުގައި އެ ރިސޯޓުން ކޮންމެ މުވައްޒަފަކަށް 11 ޑޮލަރު ދިން އިރު، އަބަދުވެސް ސާވިސްޗާޖު ދެނީ އެއްމަސް ފަހުން ކަމަށެވެ.

ހޮނޑާފުށި އައިލެންޑް ރިސޯޓަކީ މުޅި ރާއްޖެއަށް ބެލި ނަމަވެސް އެންމެ މަދުން ސާވިސް ޗާޖް ދޭ އެއް ރިސޯޓެވެ. ރިސޯޓްތަކުން މުވައްޒަފުންނަށް ސާވިސް ޗާޖް ދޭ މިންވަރު ހާމަކުރާ ވެބްސައިޓްގައި ވާގޮތުން ޖުލައިމަހު އެރިސޯޓުން ސާވިސް ޗާޖްގެ ގޮތުގައި ދިނީ 8 ޑޮލަރެވެ. ޖޫންމަހު ސާވިސް ޗާޖްގެ ގޮތުގައި 5 ޑޮލަރު ދިން އިރު އޮގަސްޓްމަހު ދިނީ 21 ޑޮލަރެވެ. ސެޕްޓެމްބަރ މަހު 40 ޑޮލަރު ސާވިސް ޗާޖްގެ ގޮތުގައި ދިން އިރު އޮކްޓޫބަރ މަހު 63 ޑޮލަރު ސާވިސް ޗާޖްގެ ގޮތުގައި ދިނެވެ.

ހޮނޑާފުށީގައި ޤާނޫނާއި ހިލާފު އަދަދަކަށް ބިދޭސީ މުވައްޒަފުން ވެސް ގެންގުޅެއެވެ. އެރިސޯޓްގައި 200 މުވައްޒަފުން އުޅޭއިރު ދިވެހިންގެ ނިސްބަތަކީ އެންމެ 20 އިންސައްތައެވެ.

ހަނިމާދޫގެ އުތުރުން ހަތް ކިލޯމީޓަރު ދުރުގައި އޮންނަ ހޮނޑާފުށި ރިސޯޓަކީ ތްރީ އޭ ކުންފުނިން ރާއްޖޭގައި ހުޅުވި ފަސްވަނަ ރިސޯޓެވެ. ތްރީ އޭ ކުންފުންޏަކީ ރައީސް އޮފީހުގެ މިނިސްޓަރ އަލީ ޝިޔާމްގެ އާއިލާ ކުންފުންޏެވެ.

ގިނަ ރިސޯޓްތަކުން ސާވިސް ޗާޖް ދިނުމުގައި އޮޅުވާލުންތައް ގެންގުޅޭ މައްސަލައަކީ ޒަމާންވީ ބޮޑު މައްސަލައެކެވެ. މުވައްޒަފުންނަށް ސާވިސް ޗާޖް ދިނުމުގެ ކަންކަން ރަނގަޅު ކަމަށް ޓްއަރިޒަމް މިނިސްޓަރ އަލީ ވަހީދު މިދިޔަ ބުރާސްފަތި ދުވަހު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

26 ކޮމެންޓް

  1. އަލީ

    ކޮބައިތޯ ވަޒީފާ އަދާ ކުރާ މީހުންގެ ހައްގު ރައްކާތެރިކޮށްދޭނެކަމަށް ބުނާ މުއައްސަސާ؟

    145
    4
  2. ޖާބެ

    ނުވާނެ ތިހިނެއް ފުރީޑަމް އޮފް ސްޕީޗް އަދި އިންސާފު އެއްމެ މަތީ ދަރަޖައިގަ ހިންގާ ވަލީޢުލްއަމްރެއް ހުރިއިރު ތިޔާހެނެއް ނުވާނެ.

    134
    3
  3. ޣފ

    ކޮބާ އެއްކަލަ އަލީވަހީދު

    130
    1
  4. އެލެކުސަ

    މިހާރު ތިފޮނުވާލީ އަނބިދަރިން ކައިރިއައް ރޭކުރަން އެޖެންޑާ ނަވާރަ ހަމަ ތަފާތުވާނެ ކޮންމެ މުވައްޒަފަކުވެސް އަންބިކައިރިއައް ފޮނުވާނީ ތިގޮތައް

    141
    4
  5. ޙަސީން

    އަދި އޮތީ ވީޑިއޯ އެއްތަ. ޢެސޮރު ވަށައިގެން ކެމެރާ ހަރުކޮށްފައިތަ ހުންނަނީ

    33
  6. އަލްޖިބްރާ

    މިރާއްޖޭގެ ރެސޯރޓް ތަކުގައި މަސައްކަތް ކުރާ ދިވެހިންނަށް ޖެހޭ ދަތުރު ! މިފަދަ ނޭއްގާނި ކަންތަށް ހިންގާއިރުވެސް ރެސޯރޓް ގައި ދެންތިބި ދިވެހިން ހަމަ ހެވިފަ ތިބީ ދޯ ؟ ދެން މިރާއްޖޭގައި ކަމެއް ރަގަޅުވާނެ ގޮތެއް ބުނެބަލަ ؟

    39
  7. ބުރޯ

    ބަލަގަ ވަޒީފާ އަކީ މީހަކަށް ނޯކިރީ ކޮށްދިނުން. ތިމާބޭނުންވާ ނޯކިރީގެ އުޖޫރަ ހޯދުން ވީއރު ނޯކަރަކާ ސާހިބަކާ ދެމެދު އޮންނަންޖެހޭ ޒާތީ މުއާމަލާތް ރައްކާތެރި ނުކުރެވޭ ފެންވަރުގެ މީހުން ގެންގުޅެގެންނުވާނެ. ބަލަގަ އެންމެންނަކީ ހަމަހަމ ބައެއްނޫން. ﷲ ގެ ވަހީ ބަސްފުޅުގަ ވަނީ އެއްބަޔަކު އަނެއްބައެއްގެ މައްޗަށް ތަފާތު ދަރަޖަ ތަކަކަށް އުފުއްލެވީމެވެ. ވީއިރު ހަމަހަމަ ވެވޭނީ ކޮންގޮތަކުން. އަމިއްލަޔަށް ބައްލަވާ އިންސާނާގެ ބަޔޮލޮޖިކަލް ހޮސްޕިޓަލަށްގޮސް ޓެސްޓް ހަދާއިރު ދެމީހެއްގެ ސެލް އެއްވަރަކަށް ހުރި އެކަކުވެސް އެބަހުރިބާ؟ ތަފާތު ދަރަޖައިގެ މުއްސަނދިން ތިބި އިރު ތަފާތުދަރަޖައިގެ ފަގީރުންވެސް އެބަތިބި މިއީ ﷲ ގެ ވަހީ ބަސްފުޅު.އެކަންގަބޫލުކޮށް ސާހިބުމީހާއަށް އަދަބު އިތުތިރާމް އަދާކުރުމުން މެނުވީ ސާހިބުމީހާ ނޯކަރަށް އިހުތިރާމް ދޭނެބާ ؟ އިހްތިރާމް ހޯދޭނީ އިހުތިރާމް ދީގެން

    4
    32
  8. އިންސާނާ

    ދަރިޔާ ތިކަމައް ކުރާނެ ކަމެއްނެތް މީހަމަ އޯގާތެރި ސަރުކާރެއް މިސަރުކާރުން ބުނާނީ ވަޒީފާއިން ވަކިކުރުމުން ރަނގަޅުވާނީ ވަކިކުރި މުވައްޒަފަށޭ އޭރުން އެމުވައްޒަފައް އަނބިދަރިންނާއިއެކު ގިނަވަގުތުހޭދަކުރަން ލިބޭނޭ ގިނަފަހަރު އަތުން ފޭހުނު އިލޮށި ހެރެނީ އަމިއްލަ ލޮލަށޭ ބުނެއުޅޭ

    27
    2
  9. Anonymous

    ދެރަނުވާތި. މާތްﷲ ކޮންމެ މީހަކުވެސް ދުނިޔެ އަށް ފޮނުއްވަނީ އެމީހެއްގެ ރިޒްޤާއި އެކު.
    އެއަށް ވުރެ ރަނގަޅު ގޮތެއް މިންވަރު ކުރައްވާނެ. އުއްމީދު ނަގާނުލާ. ޙައްޤު ބަސް އެއްވުމުގައި ފަސްނުޖެހޭ ދަރިއެއް. ޝުކުރިއްޔާ.

    47
  10. ކިޔުންތެރިޔާ

    ރިސޯޓު ބޯއީސް ކޮބާ ރަނގަޅަށްވެސް ރާކަނިމަސް ކެވިއްޖެއެއްނު؟ ދެންވެސް ޖެހޭނީ ހަމަ ރީނދޫ ބައިގަނޑު ބުނާ ބަޔަކަށް ވޯޓުދީގެން އަންނިބޭ ބުނާގޮތައް ހަދައިގެން ސައިޒުވެފަ ތިބޭން. އަދި ތިޔަހެން ގަދަވެލާފެ ނޫޅެވޭނެ. ކަލޭމެން ޔާމީން ނައްތާލަން ކުރި މަސައްކަތުގެ ހިތި ނަތީއްޖާ! އަހަރުން ހީކުރީ ކޮންމެ ދުވަހަކު ހަވީރު އަންހެނުންނާއި ދަރިން ކައިރިއަށް ކަލޯމެން ގޮސް ހަދާކަމަށް. އަދި ކަލޯމެންގެ އަންހެނުން ވިހޭ ދަރިންނަށް ޕިކަޕެއް ފުރެންދެން ގިފްޓު ޕާރުސެލްވެސް ލިބޭކަމަށް! އެކަމަކު ކަލޯމެން މިއަދު ގިސްލަ ގިސްލާފަ ތިދައްކާ ވާހަކަ ފެންނަންފެށީމަ މި އެނގުނީ ފޭ ނެތް ފަޔަކަށް ފެންފުރާލައިގެން ހަތަރު އުދަރެސް ފެނުޖައްސާލައިގެން ތިބި ބައެއްކަން ތިއީ! ދެން 5 އަހަރު ނިމެންދެން ތިގޮތުގަ ތިބޭތި މި ސަރުކާރަށް ވޯޓު ދީގެން. ލޮލް

    10
  11. އައިސް

    ގިނަރިސޯޓުތަކުން ސާވިސް ޗާޖް ދިނުމުގައި އޮޅުވާލުން ތައް ގެންގުޅޭ މައްސަލައަކީ ޒަމާން ވީ ބޮޑު ސިއްރެކެވެ.

    28
    1
  12. ނާރު

    ޢަހަ ހަމަ ކުރާކަމެއް ތީ. ޢަބަދުވެސް ފޭސްބްކް ޗެކުކޮއްކޮއް ތިބެނީ . ދެން ކުރާ ކަމަކީ އަމުރު. ޚުރުން. ހަނު ހުރުން މިހާރު އެންމެ ރަގަޅީ

    4
    1
  13. އައިސް

    ދަރިޔާ ވަޒީފާއި ވަކިކުރިޔަ ހާސްނުވާތި ކަރަލަށް ވެސް ދަޑުގަ އޮވޭނީ ވަކިމުއްދަތަކަށް ފަޅާދުވަސް އައީމަޖެހޭ ނީ ފަޅާފަ ފަނިގިރަން ތިއީ ޒުވާނުން އެމުސް ކުޅި ބައިގަނޑު އެއުޅެނީ ވަރު ވަރުފައިބައިގެން އެހެންވެ އެއުޅެނީ ބިރުން ދެންތިބި މުވައްޒިފުންނަށް ދައް ކާލިބިރެއް އެއީ މިފަހަރު ކައުންސިއިން ތިހާބުން މުސްކުޅިބަ އިގަނޑު ވޯޓުން ތަޅާ ބަލިކުރާތި ތިއީޒުވާނު ން ކަން އެމީހުނަށް އަންގާލާތި ތިޒުވާނުން ހިތްވަރާއެކު ނުކުމެ އެބައިގަނޑު މިފަހަރު ސައިޒުކުރަންވާނެ ﷲތިޒުވާނުން ކުރާބުރަ މަސައްކަތުގައި ބަރަކާ ތްލައްވައި ކާމިޔާބާއި ނަސްރުދެއްވާށި އާމީން

    6
    1
  14. ނޫކަށި

    ވަޒީފާއިން ވަކިކޮށް ރިސޯޓުން ބާލަފާނެ ތީބިރުން ފި ޑިވެފަ ހަނުތިބޭނީކީ ނޫން ތިއީޒުވާނުން ކަލޭމެން ކަލޭމެގެ ދިފާއުގަ ކުރަން ނުކުތް ކޮންމެ ކަމެއް ކަލޭމެންނަށް ކުރެވެން ޖެހޭނެ ކޮން ކަރަލެއް ބަރަބޮލެއް ފަޅޮލެއް ކިނބުލެއް އަންނިޔެއްތަ ތައޮންނާނީ..

    20
    2
  15. އެޖެން 19 އިންޑޔާ ގެ އަޅުވެތިކަމަށް

    200 މުވައްޒަފުން އުޅޭ އިރު 20 އިންސައްތަ ދިވެހިން. ބުނަން، މި ރާއްޖޭގެ ހުރިހާ ރިޒޯޓެއް މި ފެންވަރަށް ދާނެ އަދި. އެންމެ ގިނަ ދިވެހީން ގޮވައިގެން މަސައްކަތް ކުރަމުން އައި ބަނޑޮސް ރިޒޯޓުގެ ހާލަތުން ވަރަށް ރަނގަޅަށް އެކަން އެނގޭ. އަޅުގަނޑު މިދިޔަ އަހަރު ދިޔައިރު އުޅުނު އެއްވެސް ދިވެއްސެއް މިހާރަކު ނެތް. 3 ވަރަކަށް މީހުން ފިޔަވައި. ރެސްޓޯރަންޓް ތަކުގައި މުޅިންހެން ތިބީ އިންޑޔާ ،ފިލިޕީން މީހުން.

  16. ދަންސޫރަ

    ލިބޭމިންވަރަށް ސުކުރު ނުކުރީމަ ލިބޭނީ ތިކަހަލަ ލަނޑެއް 4000

    3
    43
    • ހިސެން

      އުއްމީދަކީ މިފަދަ ދުވަހެއް ކަލެޔައް ދިމާނުވުން.

  17. ރެއްކަބޭ

    ރިސޯޓތަކަކީ ދިވެހިން އަޅުންނަށް ހަދައިގެން ގެންގުޅޭބައެއް. ޔުނިވާސަލްގެ ރިސޯޓްތަކަކީ ހެދުނު ސަޔަށް ފާރޮށި ޖޯޑެއް ދީގެން އަޅުމަސައްކަތް ކުރުވިބައެއް.

  18. ނަގޫރޯޅި

    އަލީ ސިޔާމު، މޑޕ ހާޑްކޯ މީހުން ރައްޔިތުންނައް ހައް ގުމިންވަރު ހޯދޭ ގޮތު ގެ ކުޑަ މިސާލެއް. ބާރައް އަތްޖަހާ. މި ފަކީރު ތެދުބަސް ހާމަ ކުރީމަ ލިބުން އިނާމު، މީކުއްޖާ ގެ ހައް ގުގ ގަ ނުކުތްނާނެ މީހަކު ނެތް.

  19. Anonymous

    ބިރުދެއްކިޔަސް ދޭހާއެއްޗެއް ގަ ސޮއިނުކުރޭ!! އެއީ ގޯހެއް. އެއީ ކަލޯ ގެ ހައް ގެއް. ގަދަކަމުން ނުވަތަ ނުފޫޒާބާރުގެ ބޭނުން ނަހަމަ ގޮތު ގަހިފާ މަޖްބޫރު ކޮށް ގެން ސޮއިކުރުވީ ކަމު ގަ ވާނަމަ ދައުވާކުރެވޭނެ. ދައްމާހާބިރަކަށް ފަސްނުޖެހި އަމިއްލަ ފައިމައްޗައް ތެދުވެ ހިންދެމިލާ!! ރިޒޯޓް އޯނަރުންވީމައޭ ކިޔާފަ އެމީހުން ނަކަށްވެސް ހިތައްއެރިހާ ގޮތަކަށް ކަންތަކެއްނުކުރެވޭނެކަން އަން ގަދޭންޖެހޭނެ.. ހަ ގީ ގަތް ސާފުތެދުބަހުން ބުނެ މީޑިއާތަކަށް ވެސް މައުލޫމާތު ދީ. ނޫނީ ތިޔަކަހަލަ މަޖްބޫރުކުރުން ތަކަށްނިމުމެއް ނާންނާނެ

  20. ޢަފްލާ

    ހުރިހާ ކަމެއް ރަނގަޅު ކުރަން އައި ސަރުކާރު އިބޫ ސޯލިހަކީ މަކަރާއި ހީލަތުން ވެރިކަން ކުރާމީހެއް ހީވަނީ ބަންގާޅީއެއްހެން

  21. Anonymous

    ވިސްލް ބްލޯވަރ ގާނޫނު ތަންފީޒު ކުރެވެމުން ތިދަނީ.. ސަރުކާރު ފެއިލްވެފައި. ޖަލުތަކުގައި ޖާގަނެތް. ޑިޓެންޝަން ސެންޓަރތަކުގައި ޖާގަނެތް. މިއިން ކަމެއް ބަލާނެ މިނިވަން މުއައްސަސާއެއްނެތް.. ރައްޔިތުންގެ މުދާ ރޯމާ ދުވާލު ފޭރެނީ. މަގުތަށް ނާމާންވެއްޖެ. ބިރުވެރި ނުރައްކާތެރި ތާކަށް ދިވެހިރާއްޖެވެއްޖެ.

  22. މޯދީ

    ކޮރަޕްޝަން ފަޅާއަރުވާލާމީހާއަށް އަދިވެސް ހިމާޔަތެއްނެތް. ޒީރޯޓޮލޮރެންސް. މިކަމާ އަނގައިންބުނާނެ ބޮޑަކު ނުހުންނާނެ.

  23. އަލީ ވަހީދު

    ތިހާވަރުން ރިސޯޓް ހިންގަން ނޫޅެބަލަ. 2 ރުފިޔާ ފެންނައިރަށް ރސޯޓެއް ހުޅުވާނެ. ހެޔޮ މުސާރަ ނުދެވުނަކަސް. ނުފޯރާ ފޮތިން ފޫގެޅީމާ ވާނެގޮތް ތިވީ. ތިތަނަށް ދެން ވަޒީފާއަށްދާނޭ މީހަކުވެސް ނުވާނެ

  24. ބަލަ

    މިވެސް އިންސާފު ހޯދައިދޭން އައި ސަރުކާރެކޯ ސަހަލުވެރ8ކަމެއް ފެންނާނެބާ

  25. ޭައަހުމަދު

    ޙަމަޒާ އާއި ޝިޔާމް ލަދު ނުގަނޭތަ. ޢެއްޗެހި ލާގެން އުޅެން ކެރޭތަ. ދިވެހިންގެ ތެރޭގައި ތިޔަފަދަ އަނިޔާވެރި ވިޔަފާރިވެރިން އުޅޭތީ ލަދު ގަންނަން.