އެޖެންޑާ 19 ގެ ދަށުން އަނބިމީހާ ކައިރިއަށް ނިދަން ދެވޭނެ ގޮތަކީ ވަޒީފާ އިން ވަކިކުރުމުން ފޮށިތަންމަތި ހިފައިގެން ދިއުންތޯ ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ސުވާލު ކުރައްވައިފިއެވެ.

ޝަހީމް މިހެން ވިދާޅުވީ ތްރީ އޭ އިން ހިންގަމުން ގެންދާ ހޮނޑާފުށި ރިސޯޓުން ސާވިސް ޗާޖްގެ ގޮތުގައި 11 ޑޮލަރު ދިންކަން ހާމަކުރި ކަމަށް ބުނެ އެ ރިސޯޓްގެ މުވައްޒަފަކު ވަޒީފާ އިން ވަކިކޮށް ރޭ ދަންވަރު ރިސޯޓުން ބޭލުމުންނެވެ. ތްރީ އޭ ކުންފުންޏަކީ ރައީސް އޮފީހުގެ މިނިސްޓަރ އަލީ ޝިހާމާއި އެމްޑީޕީގައި މިހާރު ވެސް އިސްކޮށް ހަރަކާތްތެރިވާ ރައްޔިތުން މަޖިލީހުގެ ކުރީގެ މެންބަރު އަހްމަދު ހަމްޒާ އާއިލާ ކުންފުންޏެވެ.

ޝަހީމް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެޖެންޑާ 19 އަށް ވޯޓް ދިނީމަ ރިސޯޓް މުވައްޒަފުންނަށް އަނބިމީހާ ކައިރިއަށް ދެވޭނެ އޭ ބުނި އަޑުވެސް އިވުނު ކަމަށެވެ. "އެޖެންޑާ 19 އަށް ވޯޓު ދިނީމަ ރިސޯޓް މުވައްޒަފުންނަށް ނިދަން އަނބިމީހާ ކައިރިއަށް ދެވޭނެ އޭ ބުނި އަޑުވެސް އިވުނު. މިއީތަ އެގޮތަކީ؟ މި ކުއްޖާގެ ޙައްޤުތައް ހިމާޔަތް ކުރަން ޖެހޭ. ޓްއަރިޒަމް މިނިސްޓަރ އަލީ ވަހީދު މިކަމަށް ފިޔަވަޅު އަޅުއްވާ." ޝަހީމް ވިދާޅުވިއެވެ.

ރިސޯޓްތަކުގައި މަސައްކަތް ކުރަމުންދާ ފިރިން ނިދަން ގެއަށް ގެނެސްދިނުމަކީ އެޖެންޑާ 19ގެ އަމާޒެއްކަމަށް މަޖިލިސް އިންތިޚާބުގެ ކެމްޕޭންގައި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ތަކުރާރުކޮށް ވިދާޅުވެފައެވެ.

މާޗް މަހު ލ.އަތޮޅު މާވަށުގައި އޮތް އެމްޑީޕީގެ ކެމްޕޭން ޖަލްސާއެއްގައި ނަޝީދު ވިދާޅުވީ އެޖެންޑާ 19 ގެ އަމާޒަކީ ފިރިން ރަށަށް ގެނެސްދިނުން ކަމަށެވެ.

"ރިސޯޓްތަކުގައި މަސައްކަތް ކުރާ ކުދިން ރަށަށް މި އާދެވެނީ ކޮންމެ ތިން މަހުން ހަތަރު މަހުން އެއްފަހަރު. އަނބިން ދަރިންނާއެކު އެކަނި ބިކަވެފައި ރަށްރަށުގައި މި ތިބެނީ. އެޖެންޑާ 19ގެ އަނެއް އަމާޒަކީ ފިރިހެން ގެއަށް ގެނެސްދޭނަމޭ އަޅުގަނޑުމެން" ނަޝީދު ވިދާޅުވިއެވެ.

ހޮނޑާފުށީގައި ވަޒީފާ އަދާކުރަމުން ގެންދިޔަ ތ. އަތޮޅަށް ނިސްބަތްވާ އަހުމަދު ޝިމްހާޒް ނަމަކަށްކިޔާ ޒުވާނާ ރޭ "ވަގުތު" އަށް މަޢުލޫމާތު ދެމުން ބުނެފައިވަނީ، ވަޒީފާއިން ވަކި ކުރުމަށްފަހު އޭނާ ރިސޯޓުން ބާލާފައިވާ ކަމަށެވެ.

ޝިމްހާޒް ބުނިގޮތުގައި އޭނާ ވަޒީފާ އިން ވަކިކުރުމަށްފަހު ރިސޯޓުން ފުރުވާލީ، ހދ. އަތޮޅު ހަނިމާދޫ އިން ގެސްޓް ހައުސް އެއް ހަމަޖައްސައިދޭނެ ކަމަށް ބުނެ ކަމަށެވެ. ނަމަވެސް ހަނިމާދޫއަށް އޭނާ ގެންދިޔަ ރިސޯޓުގެ ލޯންޗް، އެ ރަށަށް އޭނާ ދޫކޮށްލާފައި ދިޔައީ ކަމަށާއި، އޭގެފަހުން އެއްވެސް އެހީތެރިކަމެއް ރިސޯޓުން ވެފައި ނުވާ ކަމަށް އޭނާ ބުންޏެވެ.

ޝިމްހާޒަށް ރާއްޖޭގެ އަމިއްލަ ކުންފުންޏަކުން މިހާރު ވަނީ ވަޒީފާއެއް ހުށަހަޅާފައެވެ.

ކިޔުންތެރިންގެ ހިޔާލު

27 ކޮމެންޓް

  1. ޢަފްލާ

    ޢެޖެންޖާ 19 ގެ ދަށުން މިގައުމުގަ މިހިނގާ ކަންތައްތަކުން ޢިބްރަތް ލިބި 3ވަނަ ފަހަރައް ކަށި ޖެހިޔަ ނުދެމާ ތޯ

    128
    • ކެކެކެ

      ހަހަހަ ސަޅި ސުވާލެއް.

  2. އެލަކުސަ

    މީމިކަމުގެ ފެށުން ސަރުކާކުންފުނި ތަކުގެ މުވައްޒަފުންވެސް މިގޮތައް އަންބިދަރިން ކައިރިއައް ފޮނުވަދޭނެ އެކަން ނިމުމުން ދެން ޖިހޭނީ ސިވިލް ސާވިސް މުވައްޒަފު ންނާ ހަމަ އެޖެންޑާ ނަވާރަ ތަފާތުވާނެ

    67
  3. ާައަސްލަމް

    އެޖެނޑާ 19 އަދިވެސް ޖެހޭނެ. ކޮން ސާވިސް ޗާޖް ގެ ވާހަކަ އެ އް ދަށްކާކަށް ތިހިރީ އަންހެނުން ކަ އިރި އަށް ނިދަން ފޮނުވާފަ ސިމްހާޒް ހިތްހަމަ ޖެހޭވަރަށް އަންހެނުން ކަ އިރީ ނިދާފަ ހޮނޑާފުށި މެނޭޖަރ ގުޅާފަ ވަޒީފާއަށް ނިކުމެ

    14
    46
  4. ޢައްޑު

    ނަޗީދަކީނަޝީދުމުނާފިޤު

    52
    1
  5. ހ

    ލައްބަ އެޖެންޑާ 19 ތަފާތުވާނެ، ހުރިހާކަމެއް އިދިފުށަށް، މިހާރު ބައިތުއްމާލުގަ ލޯ ލާރިއެއް އޮތްހެނެއްހިޔެއްނުވޭ، މި މީހުން ބުނެފިތަ އޭގެ އިދިކޮޅަށް ހުރިހާކަމެއް ހުންނާނީ ނިމިފަ

    90
  6. ކޮރަލް

    ދައުވާކުރަން ފެނެ އެވެ. އަދި 3 މަހުގެ މުސާރވެސް ހޯދަން ވީ އެވެ.

    57
  7. ދަންސޫރަ

    ތިހިރީ ރާކަނިމަސްކާ އެޖެންޑާ 19 ދަށުން ރަށަށް ފޮނުވާފަ

    39
    1
  8. ފާއިޒް

    ކަލޯ ހުންނާނި ރާކަނި މަސް ކެވިފަ ..މިސޮރުވެސް ވޯޓް ދީފަ ވާނީ އެޖެންޑާ 19 އަށް ...ދެން އަވަހަށް ރަށައްގޮސް އަންހެނުން ކައިރީ މަޑުން ހުރޭ...

    37
    3
  9. ނަގޫރޯޅި

    އާދެ، ތީ 19ގެ ދަށުން ހައްގު މިންވަރު

    43
  10. Anonymous

    ލާދީނީ ހަރުކަށި ސަރުކާރުން ލަދު ކޮބާ. މިއީ ލާދީނީ އެޖެންޑާ 19 ގައި އަނބިދަރީން ކައިރިޔައް ދާން ޖެހޭ ގޮތަކީ

    39
    1
  11. ޑިމޮކްރަސީ

    ޢެޖެންޑާ 19 އެހެންވީމަ އޭ ސަޅިވަނީ ޖަޒީރާ ރާއްޖޭގަ އުޅޭގޮތަށް އުޅެންޖެހޭނި

    35
  12. ނަގޫރޯޅި

    މާދަމާ ވޯޓެއް ނެގިޔަސް ރިސޯޓު ބޯއީސް އަދި މުޅި އައްޑޫ މޑޕ %99. އެއީ ކުލަޔައް ބަލައިގެން އުޅެން އާދަވެފަތިބީމަ ވާގޮތެއް.
    މީހިތުން ވަރައް ވިސްނޭބަޔެއް އެކަމު ހުސްފޮނި

    45
  13. ރިޟުވާނު

    ވޯޓުފޭރިގެން މި ވެރިކަން ގެނައިފަހުން 2018 ނޮވެމްބަރ 17 އިން 2019 ޑިސެމްބަރ 29 އާ ހަމަޔަށް އެކި ވަޒީފަތަކުން ކަނޑާ އެއްލައިލި ދވެހިންގެ ޢަދަދު 723. ގޮތް ނޭގޭ މަރު 28. ދިވެހިން އަޅެ ހޭއަރާބަލަ!

    35
    1
  14. Anonymous

    މިގައުމުގައި މިއޮތީ 88 ގެ ބާގީންގެ އަނިޔާވެރިކަން.

    37
  15. ފިލާވާޅު

    ކޮބާތަ އެ ހިސާނުމެން ، އަލީ ހުސޭނުމެން މިހާރު އިންސާފު އޯކޭތޯ

    38
  16. ސަންގޯރު

    ތަފާތުކަންކަން، ވިލާރިސޯޓް ތަކުގެެބާާނީ. އަލީވަހީދު ސާވިސްޗަރޖް ރަގަޅުކަމަށްބުނެ ދޮގުހަބަރެ އް ވި އްސާލުމާ އި
    އެކު ސޭޓް އެކަންރަގަޅޭބުނެ ވަގުތުން ވިލާގެ
    ޕޮލެސީ ޖެނު އަރީ 1 ކުންފެށިގެން ބަދަލުކުރަންނިންމާފި. 8ދުވަސް އޮފު ދެންލިބޭނީ 6 މަސް މަސަ އްކަތް ކުރުމުން، ހަފްތާ އަކު 1 ދުވަހު އޮފްޑޭ ނަގަ އިގެން ރިސޯޓްގަ ހުންނަން މަޖުބޫރު، ކިހާފަސޭ ދެން ކޮންމެރެ އަކު އަބިމީހާ ގާތު ނިދަން، ސްޓަރފުންނަށް ބޭނުންގޮތެ އްް ހަދަނީ. ބަލާނެ ވުޒާރާ އެއ އްނެތް، އެއ އްޗެ އް ބުނާ އިރަށް ދަންވަރު ރަށުން ފޮނުވާލާ

    27
    2
  17. ހިޔާލު1

    މުވައ އްޒަފުގެ ކާރާމާތް ގެ އްލުވަ އިލަ އި އޭނާ ދޫކޮށްލުމުގެ ކުށުގެ ޒިންމާ ނަގަންޖެހޭނީ ކޮންފަރާތަކުންތޯ.

    26
  18. ޖަހާންގީރު

    އަންނިގެ އެޖެންޑާ 19 ތިހިރަގެން ފެންނަނީ

    29
  19. ސަގަރު

    ކަލޯ ބޯތިހިރީ ކިހިނެއް.

    15
    4
  20. ޒާ

    މީ މަސަރުކާރުގެ ދޯހަޅިކަމުން ރައްޔިތުމީހާއަށް ލިބޭ އަނިޔާ؟ ކޮބާތޯ އެމީހާގެ ކުށަކީ؟ ވަޒީފާއާއި ބެހޭ ޤާނޫނުގެ ކޮންތަނެއްގައިތޯ އެފަދަ މަޢުލޫމާތެއް ހާމަ ކުރުމަކީ ވަޒީފާއިން ވަކިކުރެވޭނެ ކަމެކޭ އޮތީ؟ ވަޒީފާއާއިބެހޭ ޓްރައިބިއުނަލުން މިފަދަ މައްސަލަތައް އިންސާފުން ބަލަން ޖެހޭނެ.

    27
  21. ވާނުވާ

    މީ ކުރިންވެސް ބުނާ ވާހަކަ. މުވައްޒަފުން ސަރވިސް ޗާޖްގެ ވާހަކަ ފޭކް އައިޑީގަ ދައްކަނި މިހެން ވެގެން. ކޮންމެވެސް ކަމެއް ބޮލުގަ އަޅުވާފަ ވަޒީފާއިން ކަނޑާލާނެތީ. ރައީސް އޮފީހުގެ މިނިސްޓަރަކާއި އަދި ކުރިން ރައްޔިތުންގެ ހައްގުގައި ވަކާލާތު ކުރި މަޖްލިސް މެމްބަރެއްގެ ރިސޯޓުން މުއައްޒަފުން ގެ ސަރވިސް ޗާޖުން ވައްކަން ކޮށް ހަރާން ލާރިން މުއްސަނދިވުން މީ ކިހާ ބޮޑު ލަދެއް؟

  22. ހަމަދާން

    އެޖެންޑާ 19 ގެ ދަށުން އިންކަމްޓެކުސް ނަގަން ދިމާކުރިއިރު ކުލި ކޮންޓުރޯލު ނުކުރީމަ ކުލިބޮޑުކޮއްލީމަ ދެން އެންމެން މިގޮތައް އަނބިދަރީންކާރިއައް ނިދަން ދާންޖެހިފަ އޮންނާނީ.. މިމީހުންނަކީ އެއްގޮތަކައްވެސް ހަގީގީ ދިރާސާއާއި ތަޖުރިބާގެ އަލީގަ ކަމެއް ކުރާބަޔެއް ނޫން.. އިންޑިޔާ މީހުންނައަ ހުރިހާމޮޅެއް ހޯދަދޭން މަސައްކަތް ކުރަނީ.. ޗައިނާގެ ލޯނުދައަކަން އިންޑިޔާއަތުން އަދި އެޔައަވުރެ ބޮޑުލޯނަކާއި އިންޓުރަސްޓުދީފަ އިންޑިޔާއައް ލާރިގަނޑު.. އެއީ އެއްވެސް ސަބަބަކާ ނުލާ..

  23. ސާކިރު

    ޢިންސާފުހޯދާތި އިންސާފަކީ ސިޔާސީމީހުންނަ އް އެކަނި އޮންނަ އެއ އްޗަކަ އް ވަނީވެފާ... ޜަ އްޔިތުންނަ އް އެބަ އެގެންޖެހޭ...

  24. ހިތާމަ

    އަނެއްފަހަރު ވޯޓުދޭން ތައްޔާރުތަ؟ އެޖެންޑާ 19ގައިވަނީ، އަނބިދަރިންނާ ދުރަށްދާން. ތީ ތިރީއޭގެ މަހުޖަނުންގެ ރަށްތައްދޯ. ސަރުކާރަށްވެސް އެތައްމިލިޔަން ޑޮލަރު ދައްކަން އެބައޮތް. އަދި ތިކަހަލަ ދެރަމީހަކަށް ދޭނެ އެއްޗެއް އޮންނާނެތަ؟

  25. ާއައްޑޫ އަލިބެއްޔާ

    ތިކަމަކާ އެޖެންޑާ19 އަކާ ގުޅުމެއް ނެތް. ޥަޒީފާ އާ ބެހޭ ޓްރައިބިއުނަލަށް ދޭ. ޙުރިހާ އެންމެން ރުހޭ ގޮތަށް ޢޭ19 ނުހިންގޭނެ ދޯ. ޥިށް ޔޫ އޯލް ދަ ބެސްޓް.

    2
    11
  26. އައިސް

    ހަރުކައްޓާ މަޑުކައް ޓަކީކޮބައިތޯ އަނިޔާ ވެރިކަމާ އޯގާވެރިކަ މަކީކޮބައިތޯ ރަހުމާއި ހަންދަރުދީއަކީ ނިކަމެ ތިރަށްޔަތުމީހާގެ ދަރި ތެދުވެރިވީމަތޯ ނޫނީ ލާދީނީ މޑޕ ގ ެ ކޯލިޝަންގެވަގު ސަރުކާރުން ކާރާ ގުޅުންހުރި ފައިސާފައިސަފައިސާ ވެރީންގެ ސިއްރުތައް ފަޅާއަރާފަޅާއަރާތީތޯ ހަނދާކުރާތި ތިކޯލި ޝަނުގެ ފައިސާ ފައިސާފައިސާ ވެރިން ތިދައްކާ ބޮޑުމައްޒަރު ބަލާންނިކަމެތި ރަށް ޔަތުން އެބަތިބީމުއޭ އިނގޭތޯ ހަނދާނެތީ ތޯ މުއްސަދި ފައިސާ ފައިސާފައިސާފައިސާ ވެރީ ނިކަމެތި ރަށްޔަ ތުންކުރިމައްޗަށް އަރާންޖެތެރޭގެ ނިކަމެތީން ކުރާމަސައްކަތުގެ ހައްޤު މިންވަރު ހޯދަ ންމަސައްކަތް ކުރުމަ ކީކުށެއްތޯ ނޫނީ ބޮޑު ފާފައެތޯ މޑނ ރިޕޯޓުނެރުނުމީހުނާ ދެކޮޅަށް ނުތެދުވެ ނިކަމެ ދަރީން ކުރާބުރަމަސައްކަތުގެ ހައްޤު ލާރިކޮޅު ފޭރިގަތީމަ އެދަރިޔަކަ ހައްގުވާ ލާރިހޯދަން އިސްނަގާދަރީން ވަޒީފާއިން ވަކިކޮށް އަނިޔާވެރި ގޮތަކަށްރަށުންބޭރުކޮއް ލި ފައިސާފައިސާފައި ފައިސާ ވެރިމިނިސް ޓަރުންގެ ދިފާއުގައި އިމްރާން ޤަސިމް ތެދުވުމީ ސުންނަތެއްތޯ ރާއްޖެތެރޭގައި ނިކަމެ ރައްޔަތުން ތިބިކަން އެނގެނީ ވޯޓުހޯދަން ވީމަތޯ ނިކަމެތި ރަށްޔަ ތުންގެ ވޯޓުތައް އޮޅު ވާލާފަ އަންދާލާފަ ވެރިކަން ފޭރިގަނެގެން ތިނުބައި ނުލަފާ ޖާހިލު ޖައްބާރު ޖަނަވާރު ލާދީނީ މޑޕގެ ކޯލިޝަން ސަރުކާރުގެ ފައިސާ ފައިސާފައިސާފައިސާ ވެރި ވަގުން ވެރީން ނާއިމިސްޓަރުންގެ ޖީބުތައް ވަގުފައިސާ އިން ފުރާލައި ދެން ހުރިލާރިޔެއް އެކިތަން ތަނަށްލާފޮރުވާފަ ކެވުނުވަރު ގިނނަ ކަމުން އެކަމުގެ ބިރު ހިތުގައި އޮތީމަ ކުރި ޔާލާރާވާ ފިލާތިބުމަށް ޓަކައި ބޭރުން ގެގަނެ އަނބިދަރީ ގޮވައިގެން ޖައްވަށް ފަޒާޔަށް ފައިސާފައިސާފައިސާ ވަގުއޯގާ ވެރީންނާއި މިނިސްޓަރުން މަހުޖަނުން އުނދުހެ މުންކުރާ އޯގާވެރިކަމުގެ މަންޒަރު ބަލަން މިނި ކަމެތި ރަށްޔަތުން އެބަތިބީމު އިނގޭތޯ ތިިިވަގުންތައް ކައިބޮވެ ތިލަނީ ހަލާުލުއެއް ޗެހި ތޯ ތިމާމެންގެ އަނބި ދަރީންނަ ހަރާން އެއްޗެހި ކާންދީ ބޯންދީ އަލިފާނުގެ ފޭރާން ލައްވާ އެއީ ކިހާވަރެއްގެ ބިރުހުރި ނުރަށްކާތެރި ކަމެއް ކަންއިޚުސާސް ނުކުރެވޭއިރު ރަށްޔަ ތުންގެ ނިކަމެތިކަން އިޚުސާސް ކުރެވޭނެތޯ