ވޭތުވެދިޔަ ފަސް އަހަރުގެ ތެރޭގައި ވައްކަމުގެ އެންމެ ގިނަ މައްސަލަތައް ހުށަހެޅިފައިވާ އަހަރަކީ 2019 ވަނަ އަހަރު ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުން އާންމުކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިއަހަރު އެކަނިވެސް ވަނީ ވައްކަމުގެ 4500 އަށްވުރެ ގިނަ މައްސަލަ ހުށަހަޅާފައެވެ. މިއީ މިދިޔަ 2018 ވަނަ އަރާއި އަޅާބަލާއިރު 1200 އިތުރު އަދަދެކެވެ.
ވޭތުވެދިޔަ ފަސް އަހަރުގެ ތެރޭގައި ދެން އެންމެ ގިނައިން ވައްކަމުގެ މައްސަލަތައް ހުށަހަޅާފައި ވަނީ 2015 ވަނަ އަހަރު އެވެ. އެ އަހަރު 4000 އަށްވުރެ ގިނަ މައްސަލަ ވަނީ ހުށަހަޅާފައެވެ.

2019 ވަނަ އަހަރަކީ މިދިޔަ ފަސް އަހަރުގެ ތެރޭގައި އެންމެ ވައްކަން ގިނަވީ އަހަރު ކަމަށް ފުލުހުން ވިދާޅުވެފައިވާއިރު، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވައްކަމާއި ފޭރުމުގެ އެކި މައްސަލަތައް ދަނީ ފެންމަތިވަމުންނެވެ. އަދި ފާއިތުވެދިޔަ ދުވަސްތަކުގައި ވެސް އެފަދަ ގިނަ މައްސަލަތައް ފުލުހުންނަށް ހުށަހަޅާފައި ވެއެވެ.

މިއަހަރު ވައްކަން ކުރުމުގެ މައްސަލަތައް ހުށަހެޅުނު މިންވަރު އެތައް ގުނައެއް އިތުރުވެގެން ގޮސްފައިވާއިރު، ދާދިފަހުން ފޭރުމުގެ ޢަމަލެއްގެ ތެރެއިން ހުޅުމާލޭގައި ޑްރައިވަރެއްގެ ކަރަށް ވަޅި ހަރައި މަރާލާފައި ވެސް ވެއެވެ. މީގެ އިތުރުން މީގެ ދެ ދުވަސްކުރިން ފޭރުމުގެ އަމަލެއްގެ ތެރެއިން މީހެއްގެ އަތަށް ތޫނު އެއްޗެއް ހަރާލާފައި ވެއެވެ. ހަމަ އެހެންމެ ބޭންކަކުން ގިނަ އަދަދެއްގެ ފައިސާ ނަގައިގެން ދިޔަ މީހަކު ރަހީނުކޮށް ކާރަކަށް އަރުވައިގެން ހުޅުމާލެއަށް ގެންގޮސް ފައިސާ ފޭރުނު މައްސަލައެއްވެސް ފުލުހުން މިހާރު ތަހުޤީޤު ކުރަމުން ދެއެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

  1. އަންނި

    ވައްކަމާ ފޭރުމާ ދީން ވީދުމާ މިއީ އެޖެންޑާ 19 އަގެ ގުންޑާއިންގެ ރޭވުން...

    26
    • Anonymous

      ވެރިކަމުގެ މުލުގައި ތިބީ ވެސް ވަގުން މީ އަދި ފެށުން ފުރަތަމަ އަހަރު އަދި ކުރިއަށް 4 އަހަރު. ރައްޔިތުން ކުޑަކަކޫމައްްޗަން ތިރިކުރަނެ

  2. ހުސޭނުބޭ

    ތިއީ ހައިރާންވާންވީ ކަމެއްނޫން! އަހަރެމެންގެ ރައީސަކީވެސް ބޮޑު ވަގެއް! އިންތިޚާބު ދުވަސްވަރު އެކައުންޓަށް އެތައް މިލިއަނެއް ޖަމާކުރި! 32 ބިލިއަން ދިރުވާލިއިރު ރައްޔިތުންނަށް ކޮށްދިން ކަމެއް ހަރާމް!

    18
    1
  3. އައްޑޫ މީހާ

    ވައްކަން ގިނަވާނެ ވޭތުވެދިޔަ ޔާމީންގެ ސަރުކާރުގައި ރައްޔިތުންގެ ޖީބު ހުރީ ތަނަވަސްކޮށް މިހާރު މި ސަރުކާރު އައިފަހުން ރައްޔިތުން އަނގައާއި އަތާއި ދިމާނުވޭ ދެން ވައްކަމާއި ފޭރުން އިތުރުވާނެ މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށްވެސް އޭރު ކުރާނެ މަަސައްކަތްއޮވޭ ފައިސާހޯދަން މަގުއޮވޭ މިހާރު އެކަމެއްނެތް ރައްޔިތުން ބަނޑަށްޖެހެނީ އެމް.ޑީ.ޕީ މީހުން ގަބޫލު ނިކުރާނެ ހަގީގަތް ފެންނަން އޮތަސް އަދި މިފެށޭ 2020 ގެ ތަސައްވުރު އޮތީ ވައްކަމާއި ފޭރުމާއި މަކަރާއި ހީލަތް ހެދުން އިތުރުވެގެން ދާނެކަމަށް ބެލެވޭ

    21
  4. 19 ނަވާރަ

    އެޖެންޑާ 19 ގެ ދަށުން ވައްކަން ކުރުމުގެ ގާބިލް ކަން ލިބިފައިވާ ވަގުން 2019 ގައި ވަނީ ރާއްޖޭގައި އުފެދިފަ. ދެން ލަންކާގައި ހުރޭ. ވަރަށް ވެދުން

    16
    1
  5. ޙަސަނު

    ވޯޓް ވަގުވީމާ ގިނަވެއޭ ވަގުންނާއި ގަންޖާއާއި ފޭރުމާއި މުރުތައްދުންނާއި

    17
    1
  6. ރައްޔިތުމީހުން

    އުހު.. މިވީ ކިހިނެއް؟

    14
  7. ކުޑަބޯ

    ބޮޑެތި ވަގުން ވެރިކަމަށްއެރީމަ ވާނެގޮތް ތިފެންނަނީ އަދިވެސް ފެންނާނެ ބަލަންތިބޭ!!!!

    18
  8. ގައުމު

    ކުދި ކުށޭ ކިޔާފަ ދޫކުރެވުނު ވަރު މަދީ

    14
  9. ވަތަނީ

    ވައްކަން އެކަންޏެއް ނޫނެވެ ހުރިހާ ނުބައި ނުލަފާ ކަން
    ވެސް ދެން ދަނީ އިތުރުވަމުން ފަސާދަ ވަމުންނެވެ
    ފސާއާއި މަކަރާއި ހީލަތުގެ ސަރުކާރެއް ދިވެހިންނަށް ހޯދުނީ އޮޅުމަކުންނެވެ މިހާލަތުން އަރައިގަތުމުގެ ހިއްވަރު
    ދިވެހިންގެ ހުންނާނެއެވެ އިންސާ ﷲ.

    20
  10. އަސީ

    މުޅިޔަކުންގޯހެއއއްނޫން ޖަލުފުރިގެނޭކިޔާފަ ދޫކޮއްލީ ބޮޑެތިކުއްވެރިން

    16
  11. އ. ޖ. އ

    މިދިޔަ 5 އަހަރު ތެރޭ ނާގާބިލުކަމުން ރިކޯޑް ނުކުރެވުނީމަ ވީގޮތް ތީ...

  12. ވަގުތު ހޭޓަރ

    ކޮބާ އެންމެ ބޮޑު ވައްކަމުގެ ވާހަކަ

  13. ާައަސްލަމް

    އެޖެންޑާ 19 އޮންނާނީ ވަށްކަމާ ފޭރުމާ މީހުންގެ މުދާ ނަހަމަ ގޮތުގަ ދައުލަތަށް ނެގުމާ ރާބުއިމާ ޒިނޭކުރުމާ ރޭޕްކުރުމާ ފާޑު ފާޑުގެ ނަން ބޭބުންނުންކޮއްގެން ރަށްޔިތުންނަށްލިބޭ މަދުލާރިކޮޅުން ޓެކްސް ނަގައިގެން ސަރުކާރު ހިންގުން

  14. ކކ

    ފުލުހުން އުޅެނީ އެހެން ކަމަކާ ، އަވަދި ނެތި އިސްޓިކާ ޖެހުމުގަ އަދި ޓްރެފިކް ޕޯސްޓް ޖަހާ ޖޫރިމަނާ ކުރުމުގަ ރައްޔިތުންގެ ހިމާޔަތުގަ އެއްކަމެއްވެސް ނުކުރޭ.

  15. މޖ

    ދެން ބުނަންވީނު އަހަރު 98% ހާސިލް ވެއްޖެއޭ