އިދިކޮޅު ޕީޕީއެމް-ޕީއެންސީ ކޯލިޝަންގައި ޕާޓީ ހިންގޭ ވަރުގެ ބާޒާއި ސިންގާ އެބަތިބި ކަމަށް ޕީއެންސީގެ ރައީސް އަބްދުރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

އަދުރޭ މިގޮތަށް ވިދާޅުވެފައި ވަނީ، އިދިކޮޅުން މިރޭ ލ. މާވަށުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

އިދިކޮޅުގައި ޕާޓީ ހިންގޭ ވަރުގެ ބާޒާއި ސިންގާ އެބަތިބި ކަމަށް އަދުރޭ ވިދާޅުވެފައި މިވަނީ، އިދިކޮޅުގެ ލީޑާޝިޕަށް ވަރުގަދަ ބާޒެއް ނުވަތަ ސިންގާއެއް ބޭނުންވާ ކަމަށް، ކުރީގެ ހޯމް މިނިސްޓަރ، އުމަރު ނަސީރު ވިދާޅުވެފައިވާ ދަނޑިވަޅެއްގައެވެ.

އަދުރޭ މިރޭ ވިދާޅުވީ، ރައީސް ޔާމީން ޖަލަށް ވަޑައިގެންނެވުމުގެ ކުރިން ކުރެއްވި އިލްތިމާސަށް އަމަލު ކުރަން ޖެހޭ ކަމަށެވެ. އެގޮތުން ދިމާވާ ގޮތަކުން ޕާޓީ އާއި ދުރުގައި އެމަނިކުފާނު ހުންނަވަން ޖެހިވަޑައިގަތް ނަމަވެސް، އިދިކޮޅަށް މިނިކާ ބާޒުތައް ގަދަވިޔަ ނުދިނުމަށް ކުރެއްވި އިލްތިމާސާއި އެއްގޮތަށް އަމަލު ކޮށްދެއްވާނެ ކަމަށް އަދުރޭ ވަނީ ވިދާޅުވެފައެވެ.

"އެމަނިކުފާނު ވިދާޅުވި، ފަހަރުގައި ދިމާވާގޮތަކުން ވަގުތީގޮތުން އަޅުގަނޑުމެންދާ ދުރުގައި ދުވަސްކޮޅަކު އެމަނިކުފާނަށް ހުންނަން ޖެހިވަޑައިގެންނެވި ނަމަވެސް ޕީޕީއެމް ޕީއެންސީގެ މައްޗަށް މިނިކާ ބާޒުތަކެއް ގަދަވި ދިޔަ ދީގެން ނުވާނެޔޭ. އެހެންވީމާ އަޅުގަނޑުމެން މި ދެޕާޓީގެ ލީޑަޝިޕުން މިތިބީ މި ދެންނެވިފަދަ ބާޒުތަކަށް ފުރުސަތު ދޭ ގޮތަކަށް ނޫން،" އަދުރޭ ވިދާޅުވިއެވެ.

އުމަރު ދެއްކި ވާހަކަފުޅަށް އިޝާރާތްކުރައްވަމުން އަދުރޭ ވިދާޅުވީ، ޕީޕީއެމް-ޕީއެންސީ ކޯލިޝަނަށް ބާޒާއި ސިންގާ ބޭނުންވާ ކަމަށް ބައެއް ބޭފުޅުން ބުނަމުންދާ ކަމަށާއި، ނަމަވެސް އެ ޕާޓީތައް ބެލެހެއްޓޭނެ ވަރުގެ ބާޒާއި ސިންގާ، އިދިކޮޅުގައި އެބަތިބި ކަމަށެވެ.

އުމަރަށް ރައްދު ދެއްވަމުން އަދުރޭ އިތުރަށް ވިދާޅުވީ، ސިޔާސީ ގޮތުން އަރާނެ އޮޑިއެއް ނުވަތަ ވަންނާނެ ޖަގަހައެއް ނެތް ހާލުގައި، ޕީޕީއެމް އާއި ޕީއެންސީ އާއި ބެހިވަޑައިގަންނާނެ ކަމެއް ނެތް ކަމަށެވެ.

އިދިކޮޅަށް ޕާޓީ ހިންގާނެ ލީޑަރެއް ބޭނުން ނުވާ ކަމަށް މިރޭ އަދުރޭ ވިދާޅުވެފައި ވާއިރު، ދ. ކުޑަހުވަދޫގައި މީގެ ކުރިން ބޭއްވި ޖަލްސާއެއްގައި އަދުރޭ ވިދާޅުވެފައި ވަނީ، އިދިކޮޅު ޕީޕީއެމް-ޕީއެންސީން 2023 ވަނަ އަހަރު ނެރޭނެ ކެންޑިޑޭޓަކީ ކުރީގެ ރައީސް، އަބްދުﷲ ޔާމީން ކަމަށާއި، އިތުރު ފަރާތަކަށް އެ ފުރުސަތެއް ނެތް ކަމަށެވެ.

އެ ޖަލްސާގައި އަދުރޭ ވިދާޅުވީ، އިދިކޮޅު ޕީޕީއެމް-ޕީއެންސީ ކޯލިޝަން ބައިބައިކޮށް، 2023 ވަނަ އަހަރުގެ ރިޔާސީ ޓިކެޓު ހޯދުމަށް ބަޔަކު މަސައްކަތް ކުރަމުންދާ ކަމަށެވެ. ނަމަވެސް އެފުރުސަތު ރައީސް ޔާމީން ފިޔަވައި އިތުރު ބޭފުޅަކަށް ނޯންނާނެ ކަމަށާއި، އެހެންކަމުން އެފަރާތްތަކުގެ މަސައްކަތް ކާމިޔާބު ނުވާނެ ކަމަށް އަދުރޭ ވަނީ ވިދާޅުވެފައެވެ.

އިދިކޮޅު ކޯލިޝަން އިން 2023 ވަނަ އަހަރު ނެރޭނެ ރިޔާސީ ކެންޑިޑޭޓަކީ ރައީސް ޔާމީން ކަމަށް އަދުރޭ ވިދާޅުވިއިރު، އެމަނިކުފާނު ގެންދަވަނީ މަނީ ލޯންޑްރިންގެ މައްސަލައެއްގައި ފަސް އަހަރުގެ ޖަލު ޙުކުމެއް ތަންފީޒު ކުރައްވަމުންނެވެ. ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑްރިންގެ ދަޢުވާ ސާބިތުވެ، ޖަލަށްލާފައި ވަނީ މިދިޔަ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހުއެވެ.

އިދިކޮޅު ފަރާތްތަކުން ބުނަމުން ދަނީ ރައީސް ޔާމީނަށް ކޮށްފައިވަނީ "ސިޔާސީ" ޙުކުމެއް ކަމަށާއި، އެހެންކަމުން އެއީ ބާތިލް ޙުކުމެއް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. އަ ބު ހަރީ

    ސަބުމެރީނެ އް ނެތޭ އް ނޫން

  2. ކޮލާޖް

    އަދުރޭ އުމަރުނަސީރު ވަތްތަނެ އްހަލާކް.ވިސްނަ އިގެން އުޅޭތި.

    8
    3
  3. Anonymous

    ޙަމަރަގަޅަ އް ތިބުނީ. އިށީންނާނެގަލެ އްލިބި އްޖެޔާ އޭނާދާނީ އެގަލަކަ އް ސީލާފަ. އޭނާސީލިޔަނުދޭތި. ޥިސްނަ އިގެން އުޅޭތި.

    7
    1
  4. އުމަރުމަނިކު

    ޕާޓީ ހިންގޭވަރު ބާޒާއި ސިންގާ އިދިކޮޅުގައި ތިބިނަމަ ރައީސް ޔާމީނު ޖަލުގައި އޮންނާކަށް ނުޖެހޭނެ. އަދުރޭ ދުލުން ފޮނި ބަސްތަކެއް ނުބުނެ އަމަލުން ދައްކާލަބަލަ.

    12
    3
  5. އަހްމަދު

    ހަމަގައިމުވެސް އުރަކަށް އިދިކޮޅު ކޯލިޝަނުންދޭނެ އެހީތެރިކަމެއްނެތް ޕީޕީއެމް ޕީއެންސީގެޓިކެޓައް އިންތިޒާރުކުރައްވާނެކަމެއްނެތް ފަހަރެއްގަ ޑީއާރުޕީން ޗާންސެއްލިބިދާނެކަންނޭގެ ޖާބިރާ މަސްވަރާކޮށްލަންފެނޭ

    8
    1
  6. އ

    ޔެސް

    4
    1
  7. ހަސަނާބެ

    އެހެންވެ ދޯ މުޒާހަރާ ކޮށްލާނެ ކުދިން ކޮޅެކެށް ނުވެގެން ތިއުޅެނީ... ކޮންމެ އެއްޗެއް ކިޔަސް އުމަރަކީ ރާއްޖެ ހަމަ މަގަށް އެޅުވޭނެ ހުރި ހަމަ އެކަނީ ސިޔާސީ ޅީޑަރު... އުމަރުގެ ގައިގާ އެ ފެންވަރު އެބަހުރި... އަސްލު އުމަރު ހޯމް މިނިސްޓަރު ކަމުން ބޭރުކުރި ހިސާބުން ޔާމީނުގެ ވެރިކަން ކަފުންކޮށްފި... މި ރާއްޖެއަށް ބޭނުންވަނީ އުމަރު ކަހަލަ ހަރުދަނާ ސިޔާސަތުތަކެއްގެ ވެރިއެއް... ދެން ޔާމިނު ކަހަލަ އެބޯޅޭ މިބޯޅޭ މީހެއް ބޭނުމެއް ނޫން.

    4
    2
  8. ޙަސަން

    ޢުމަރު އެބުނީ ރަގަޅަށް ތި އަދުރޭމެންނަށް ވާނީ އަބަދުވެސް އެކައްޗެއް ކިޔަކިޔައިގެން ޕޯޑިއަމްތަކުގައި އަބަދު އެކައްޗެއް ކިޔައިގެން ހަޅޭލެވުން. ދެބަހުން އެއްބަހުން ރައީސް ޔާމީނޭ ކިޔައިގެން ހުޝާމަދުކުރުން. ހިހޫތަނުން ކައިގެން އުޅުން. އަހރެންވެސް ރައީސް ޔާމީނަށް ތާއީދުކުރަން. އެކަމަކު އަދުރޭމެން އެއުޅޭ ގޮތެއްކަމަކުނުދޭ. ރަނގަޅު ޤާބިލް މީހުން ޕީޕީއާ ގުޅޭކަށް ތިގުރޫޕް ޤަބޫލެއްނުޭ. ވަރުގަދަ ޢިލްމީ ޤާބިލް މީހުން އައިސްގެން ނޫނީ ދެންވެސް ޖެހޭނީ ޖެހުނުތާ. ޑރ ޖަމީލް، ޢުމަރު، ކާނަލް ނާޒިމް މެންފަދަ ބޭފުޅުން ގެންނަންވީ. ހުސް އަނގަ މީހުން ތިބެގެން ވާނީ ކުރިންވެސް ވީގޮތް. އަދީބު ގަނޑުގަތީ ހަމަ ތިޔަ އަދުރޭމެންނާއި ނިހާނުމެން އާރިފްމެން ގުޅިގެން.

    6
    1
  9. ސަންފައްތަ

    އެންމެ ރެޔަކު މުޒާހަރާއަށް ނުކުމެފަ އަދުރޭ ބުނީ މުޒާހަރާ ކުރުމަކީ ވޭންހުރިކަމެކޭ. އޭގެފަހުން ނުނިކުމޭ. ކޮބައިތޯ ބާޒާއި ސިންގާ؟

    5
    1
  10. ސައީދު

    އުމަރު ނަސީރު އަކީ ވެރިކަން ކުރެވޭނެ ގާބިލު މީހެއް ނަަމަ އަމިއްލައަށް ޕާޓީ އެއް ހަދަންވީނު.

    4
    2
  11. ނާޒިމް ސްމިތު

    ޔާމީނު ޕީޕީއެމް ކާލީ މައުމޫނުއަތުން. އެއީ ވަގު ސިންގާ. ދެންހުރި ތިނު ސިންގާ ތިހިރީ ޕޯޑިއަމްކަރީ. ޕީޕީއެމް ދެން ދިރުވާލާ ފެނާ ނުލާ. ހުސްވެސް މިނިކާ ސިނގާއިންނާ ބާޒުން.

  12. ޙަސަނާ

    އަދުރޭއައްހީވަނީތަހަމަ ތިއުޅޭ 2 3 ކެނައައް ކޯލިސަނޭކިއަގެން ރައްޔިތުންގެ ތާއީދު ހިފެހެއްޓިދާނެހެން އެހެންނަމަ ވެރިކަމުގަ އޮވެ ވެރިކަން ބީވެގެން ނުދާނެ ބޭކާރުވާހަކަ ނުދައްކާ ތިކަހަލަ ހުވަފެންނުދެކި ވީހާގިނަބަޔަކު އެއްކުރެވެތޯ ބަލާބަލަ ތިއުޅެނީ އަމިއްލަ އަންބޮޑި ބޮޑުކުރަން ތިޔަގޮތައްތެޅެންހަދައިގެން ޕޕމ ހަލާކުވެގެންދިޔައީ...