ރައީސް ޔާމީން އިންތިހާބު ކާމިޔާބު ކުރާނެ ކަމާއި މެދު އިދިކޮޅުން ޝައްކު ނުކުރުމަށް ވެރިކަން ކުރާ ޕާޓީ ޕީޕީއެމް އިން ބުނެފިއެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސް ޔާމީން ވާދަކުރުމާއި މެދު އިދިކޮޅުގެ ރާގު އެކި ގޮތަށް އިވެން ފަށައިފިވާތީ "ވަގުތު" އަށް މައުލޫމާތު ދެއްވަމުން ޕީޕީއެމް ގެމަނަފުށީ ދާއީރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު ޖަމީލް އުސްމާން ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ރައީސް ޔާމީން ރިޔާސީ އިންތިހާބުގައި ވާދަކޮށްފާނެތީ އެހާ ބިރު ގަންނަނީ ރައީސް ޔާމީން ބޮޑު އަގުލަބިޔަތަކުން އިންތިހާބު ކާމިޔާބު ކުރައްވާނެ ކަން ޝައްކެތް ނެތް މިންވަރަށް އިދިކޮޅަށް ސާފުވުމުން ކަމަށެވެ.

"އިދިކޮޅަށް ވަރަށް ބޮޑަށް ބިރުވެރިކަން އެބައޮތް, ރައީސް ޔާމީންގެ ތާއީދު މުޅި ރާއްޖޭގައި އިތުރުވަމުންދާ ގޮތް އެބޭފުޅުނަށް އެދަނީ ފެންނަމުން, މުޅި ރާއްޖޭގައި ތަރައްގީގެ އެތައް ޕްރޮޖެކްޓެއް ދަނީ ހިނގަމުން, ރާއްޖޭގައި ނެތް ތަރައްގީގެ މައްޝޫއެއް ނުހިނގާ ރަށެއް, އެބޭފުޅުނަށް އެނގޭ އެބޭފުޅުންގެ ތާއީދު ވަރަށް ބޮޑަށް ދައްވަމުން ދާކަން" ޖަމީލް އުސްމާން ވިދާޅުވިއެވެ.

ރިޔާސީ އިންތިޚާބާއި ހަމައަށްދާއިރު، ޕާޓީތަކުގެ މަސައްކަތުން ރައީސް ޔާމީނަށް އިންތިޚާބުގައި ވާދަނުކުރެވޭނެ މިންވަރަށް ކަންކަން ކުރާނެ ކަމަށް އިދިކޮޅު ފަރާތްތަކުން ވަނީ ބުނެފައެވެ.

އެމްޑީޕީ ހަރުގެ ސަރަހައްދުގައި އިދިކޮޅު ޕާޓީތަކުން ބޭއްވި ހަރަކާތުގައި ވާހަކަދައްކަވަމުން އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފު ވިދާޅުވީ އިސްލާހީ މަސައްކަތް މަޑު ނުޖެހޭނެކަމަށާ އިސްލާހީ މަސައްކަތް ދާނީ ބާރަށްކުރިއަށްކަމަށެވެ.

"ކުރިއަށް އޮތީ ރަމަޟާންމަހާއި، ވޯލްޑްކަޕްގެ އީދު ނަމަވެސް އެދުވަސްތަކުގައި ވެސް އިސްލާހީ މަސައްކަތް ކުރިއަށްގެންދާނެ, ނަމަވެސް އެދުވަސްތަކުގައި ހަރަކާތްތައް ކުރިއަށްދާނީ ހުރިހާ ފަރާތްތަކަށްވެސް ބައިވެރިވެވޭނެ ގޮތަކަށް" ހަސަން ލަތީފު ވިދާޅުވިއެވެ.ހަސަން ލަތީފު ވިދާޅުވީ އިސްލާހީ މަސައްކަތް ނިންމާލާއިރު، އިންތިޚާބު އޮންނާނީ ބޯމަތިވެފައިކަމަށެވެ.

"އިރާދަކުރެއްވިއްޔާ އިންތިޚާބާއިހަމައަށް އަންނައިރު، ރައީސް ޔާމީނަށް ވާދަނުކުރެވޭގޮތަށް އަޅުގަނޑުމެންނަށް އެ އިންތިޚާބާއި ހަމައަށް ގެންދެވޭނެ މަސައްކަތް އަޅުގަނޑުމެންނަށް ކުރެވޭނެ." ހަސަން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

 1. ޙަފްޞާ / މާލެ

  އިންޝާއަﷲ އެއްލަކިން ރައީސް ޔާމީން! މާޒީގަވެސް އަދި މުސްތަޤުބަލުގަވެސް ރައީސްޔާމީންފަދަ ރަގަޅު ވެރިޔެއް ދިވެހިންނަކަށް ނުފެންނާނެ! ފެނިފައެއްވެސްނެތް! ދިވެހިރާއްޖެ ތަރައްޤީކުރަންދަންނަ ޖެހިލުންކުޑަ ވަކިބަޔަކަށްމީހަކަށް ނުބަލައި ޤާނޫނު ހިންގަންދަންނަ ހިންގުންތެރި ވެރިޔަކު ހޮވަން ދިވެހިންތިބިނަމަ ރައީސް ޔާމީން ހޮއްވަވާ! ނޫނީ ފަހުން ހިތާމަކުރަންޖެހޭނެ! މިއީ ޝައްކެއް އޮތްކަމެއްނޫ!

 2. ނައިން

  ރައީސް ޔާމީން އިންޝާﷲ 2018 އެއްބުރުން ނަގާނެ. ވަރަށް ސާފު

 3. ޔާގުން

  އޭނާގެރައްޔިތުން(ސިފައިންނާފުލުހުންނާ އަދިޑްރަންކާޑުންގެ ކަތިވަޅިލަސްކަރު)ވޯޓުލައިގެން އަދި މިނޫހުން ކެންޕޭންކޮށްގެން ހޮވޭނެއޭހީވަނީދޯ؟

 4. ކޮބާ

  މިނިވަންކަމާ މެދު ސުވާލު އުފެއްދޭނެ ޖާގައެއް ނެތް ކަމަށް އީސީން ބުނާނަމަ ތަމެން ރަންރީނދޫ ޓްވިޓަރޭ މެން ފަޔަށް ހިނިއަރައިގަނެގެން ބުމަރެއް އެނބުރޭ ގޮތަށް ރަށުތެރޭ އެނބުރުނު ނަމަވެސް އެއިން ކެއްކޭނެ ޑޮންޑޮނެއް ނުހުންނާނެ ކަން މިހާރު ތަމެންނަށް އިނގޭނެ އެއް ނޫންތޭ. ތަމެންނަށް ވެއްޓޭނެ ވެރިކަމެއް ވެސް ނުހުންނާނެއޭ އިނގޭތޭ ދެން ސީލަބަލަ ތަމެން. ސީލާ ސީލާ ދަ ސީލާ ދޯ.

 5. ނާނު

  އެހެންނާ ތިހިރީ ހޮވިފަ އެއްލަކިން ދެން އަތްޖަހަ ދެންއަތްޖަހަ ވޯޓުން ބޮޑުމަންޒަރު ބަލާތި

 6. ލަމް

  ފިރުކިފަ ދާންޖެހުނަސް ދާނަން އިރާދަކުރެއްވިޔާ އަދުގެ ރައިސްއަށް ވޯޓްދޭން