ދުނިޔޭގެ ސިޔާސީ މަސްރަހުގައި ބޮނދައި، ގަލެއްގެ ދަށުގައި ފިލަން އޮތް އޮތުން ދޫކޮށް، ދިވެހިރާއްޖެ މިހާރު މިވަނީ އަލުން އަނެއްކާވެސް ދިވެހިންގެ ޝަރަފުވެރި ހައްގު މަގާމް ހޯދާފައިވާކަމަށް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ، އާ އަހަރުގެ ތަހުނިޔާ މެސެޖުގައެވެ. މިނިސްޓަރ ޝާހިދު ވިދާޅުވީ، 2020 ވަނަ އަހަރާއި ކުރިމަތިލަނީ އުއްމީދުން ފުރިގެންވާ ހިތްތަކަކާއި އެކުގައި ކަމަށެވެ. އަދި މި ފެށޭ އަހަރަކީ ދިވެހި ރާއްޖެއަށް ފުރިހަމަ މިނިވަންކަން ލިބި، މިނިވަން ހާރިޖީ ސިޔާސަތެއް ހިންގަން ފެށިތާ 55 އަހަރު ފުރޭ ތާރީހީ އަހަރު ކަމަށެވެ.

"މި އާ އަހަރަށް މަރުހަބާ މި ކިޔަނީ އާ އަޒުމަކާއި އާ ހިތްވަރަކާއި އެކު، މުޅިން އާ ހަރުފަތްތަކެއް ގިރާ ކުރުމަށް ކަމަރު ބަދެގެން" މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ.

މިނިސްޓަރ ޝާހިދު ވިދާޅުވީ، ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ޒައާމަތުގެ ފުރަތަމަ އަހަރު ހާރިޖީ ސިޔާސަތު ހިންގުމުގައި ކާމިޔާތީތަކެއް ހާސިލް ކޮށްފައިވާ ކަަމަށެވެ.

"ދުނިޔޭގެ ސިޔާސީ މަސްރަހުގައި ބޮނދައި، ގަލެއްގެ ދަށުގައި ފިލަން އޮތް އޮތުން ދޫކޮށް، ދިވެހިރާއްޖެ މިހާރު މިވަނީ އަލުން އަނެއްކާވެސް ދިވެހިންގެ ޝަރަފުވެރި ހައްގު މަގާމް ހޯދާފައި. ޒަމާންވީ ރަހުމަތްތެރިންނާ ގުޅުން ބަދަހިކޮށް، އަތުގުޅާލައި، އިތުރު ޤައުމުތަކާއި ގުޅުން ޤާއިމްކޮށް، ދުނިޔޭގެ އިހުތިރާމާއި ގަދަރު ލިބޭ ފަހުރުވެރި ގައުމަކަށް ވެފައި". ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ، ރާއްޖޭގެ މިނިވަންކަމާއި ސަރަހައްދުގެ ރައްކާތެރިކަން ޙިމާޔަތްކުރުމަށް ޑިޕްލޮމެސީގެ އައްޑަނަ ހުށިޔާރުކަމާއިއެކު ވަރުގަދަކުރުމަކީ އުއްމީދެއް ކަމަށެވެ. އަދި މި ޖަޒީރާ ދިވެހިރާއްޖެ އަކީ ދުނިޔޭގެ ހުރިހައި ކުދި ޖަޒީރާ ގައުމުތަކެއްގެ އުއްމީދުތަކާއި ހުވަފެންތައް ހަގީގަތަކަށް ހަދައިދިނުމަށް ވަކާލާތުކުރާ އެންމެ އިސް ގައުމަކަށް ހެދުމަކީވެސް އުއްމީދެއް ކަމަށް ޝާހިދު ވިދާޅުވިއެވެ.

"ބައިނަލްއަގްވާމީ މަސްރަހުގައި ދިވެހިރާއްޖެއާއި ދިވެހި ރައްޔިތުންނަށް އާ ފުރުސަތުތައް ފަހިކޮށް އެ ފުރުސަތުތަކުގެ ބޭނުން އެންމެ ފައިދާ ކުރަނިވި ގޮތެއްގައި ހިފުމަށް ދޮރުތައް ހުޅުވައިދިނުން. ނިމިގެން މިދާ އަހަރު ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހިންނާއި، ބޭރަށް ދަތުރުކުރާ ދިވެހިންނަށް ލިބިގެން ދިޔަ ލުއިފަސޭހަތަކާއިއެކު، މި ފެށޭ އަހަރުވެސް އިތުރު ލުއި ފަސޭހަ ގޮތްތައް ހޯދައިދިނުން. އިންސާނީ ޙައްޤުތައް ޙިމާޔަތްކޮށް، ކުރިއަރުވައި، ޑިމޮކްރަސީގެ ހަމަތައް ނެގެހެއްޓުމަށް މަސައްކަތްކުރުން.". އާ އަހަރަށް ކުރަމުންދާ އުއްމީދުތަކާއި ގުޅޭގޮތުން ޝާހިދު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

22 ކޮމެންޓް

  1. ޣފ

    ޜައްޔިތު މީހާއަށް މާރަގަޅޭ ފިލާއޮންނަން.

    44
    • Anonymous

      ކަލޭމެން ދުނިޔޭގެ އެތަންމިތަނައް އުދުހުމުގެ ށަރަފުލިބިތްޖެ ގައްމުބަނޑައް ޖެއްސުމުގެ ށަރަފުލިބިއްޖެ ފިޔާކިލޯއެއް 35ރުފިޔާއްށް އެރުމުގެ ށަރަފުލިބިއްޖެ ބަދަލުދިނުމުގެ ށަރަފުވެސް ލިބިފާމިއޮތީ ތިގޮތައް ގުނބޯހައްދާގެން އަބަދަކު ނުއުޅެވޭނެ

      13
    • މުސައްލަމާ

      ކާޕޭޓް ވަގު

  2. ހުސޭނުބޭ

    ރާއްޖެ އޮތީ ވަގަށް ނެގި އުދުހޭ ކާޕެޓެއް މަތީގައެއްނޫންތަ؟

    52
  3. މޫސަ

    ކާޕެޓް ފޮރުވީ ވެސް އެހެންވެގެންތަ؟

    49
  4. ޙަަރުން

    ކަލޭ އަންބޮނޑީގަ އިތީ

    45
  5. ކަމަނަ

    ކާޕެޓެއްގެ ދަށުގައި ފިލާއޮތް ކާޕެޓުވަގު ދައްކާވާހަކަ ގަބޫލުކުރާނީ ކެނެރީގޭ ބުއްޅަބެޔާއި ދުނިޔެއިން ބޭރަށް ކިޔަވަން މީހުންފޮނުވާ އެޖެންޓު.

    46
    1
  6. ގައްމު

    ކަލޭފިލާއޮވޭ ނުނިކުއްނާތި އެހެންނޫނީ މިފެށޭއަހަރުގެ ބަޖެޓުކޮޅު ވެސްހޮލިޑޭހަދަން އުދުހި ހުސްކޮއްލާނެ ކޮންގައްމެއް ގައްމޭކިޔާނެ ކަމެއްނެއް ގައްމު މިއޮތީ މޮޑީފޫދަށުވެ ފިތިބާރުވެފާ މިޔެއްދެން ނުވެސްނެއްޓޭނެ

    31
  7. ދިވެހި ފޭރާން

    ލައްބަ، އަގައިގަ ހިފަހައްޓާނެ މީހުން ނުތިބޭނެ!

    28
  8. ކާޕެޓު ވަގު

    ކާޕެޓު އަޅައިގެންް ފިލާ އޮތް ވަގު މިސަރުކާރު ގަ ރައްޔިތުން ނަށް ފަޅާ އަރައި ފި

    35
  9. ދެފުއްކެހެރި

    ތިޔައްވުރެ ބޮޑު ދޮގެއްނެތްތަ ހަދާކަށް.

    32
  10. ސަމިި

    ތިބުނާ ޝަރަ ފުގެ މަަޤާމކީ މޯދީ ގެ އުނގުތަ
    ލަދު ކޮބާ

    34
  11. މުފައްކިރު.

    މުނާފިގުންނާ ޔަހޫދީންގެ ސިފަ އަކީ ކޮބާކަން ޝާހިދު ސާފުކޮށްދީ ބަލަ.

    16
    • ޝާހިދު

      ދޮގުހެދުން. ދެން ކާޕެޓް ވަގަށްނެގުން.

  12. ޖަމްބޭ

    މިނިވަންކަންމަތީ އު ދުހުނު ރާއްޖެ މިއަ ދު މި ދަނީ އަޅުވެތިނކަމުގެ ކަސްތަޅާ ދިމާއަށް.

    19
  13. ސޮނިފުހޭ

    ރާއްޖެ އޮތިީ ކާޕެޓެއްގެ ދަށުގައިތަ

    17
  14. ޒާ

    ފިލާއޮތީ ކޮންއިރަކު؟ ކަލޭ ދުނިޔެވަށާ ބުރުތަޅާ ބަޖެޓް ހަފުސްކުރެވުމުން މި ރާއްޖެއަށް ލިބުނު ޝަރަފެއްކޮބާ؟ ގައިމުވެސް ކުރިން މިރާއްޖެ އިންޑިއާގެ ދަށުވެ ނުފިތޭ. މިހާރު މީ އިންޑިއާގެ އަޅުވެތި ގައުމެއް އަނގަފޭކުރާއިރު.

    20
  15. ރަދީފް ހުސެން

    ފިލާ އޮތްމަސް ދެކެ ޖެހިލުންވި، ކިތަންމެ ކުޑަޔަސް އަމިއްލަ ވަތަން ދިފާއުކޮއް އަމިއްލަ ގައުމުގެ ކަންތަކުގަ ފަހުބަސް ބުނާނީ ދިވެހިން ކަމުގަ އާރާ ބާރުގެ ކުރިމަތީގަ ހެދި. މިއަދު ޗައިނާ މަނަވަރެއް މެލޭސިޔާ މަނަވަރެއް ނޫނީ އެހެން ގައުމެއް ދިއްކޮއްލާ އަތުގަ ހިފާނީތޯ ނޫނީ ނޫންތޯ ގައުމުގެ ވަލީޙައްދައް ނިންމެނީ އަވައްޓެރި ގައުމެއްގެ ބޮޑުވަޒީރު ފުރަތަމަ އެކަމައް ރުހުންދިނީމަ. މީ އަމިއްލަ އެދުމައިގެން ގައުމައްވުރެ އަމިއްލަ އަންބޮޑި ބޮޑުކުރަން ހީލަތްތެރި ރޭވުންތަކުގެ ނަތީޖާ. ލަދު ހަޔާތުގެ ކަންފުޅެއް ހުރިނަމަވެސް އިސްފުލާ ނުލާނެ.

  16. ޕްރީޕެއޑް

    މި ކަލޭގެ މިކިޔަނީ ކީކޭތަ، އިންޑިޔާގެ ޑިޕްލޮމެޓުންގެ އެހީތެރިކަމާއެކު ވެރިކަމައް ވެރިވެ ގަނެ، މިގައުމު އެމީހުނާ ހަވާލު ކުރާވާހަކަތަ

  17. މަސީހު

    މުޅިރާއްޖޭއައް ނަރުދަމާ އާއި ސާފުބޯފެން ލެވޭހާފައިސާ ސާހިދުގެ ދަތުރުތަކައް ހަރަދުކޮއްފި މިކަންފޮރުވަން ހޮޅިވާހަކަނުދައްކާ މަޑުންހުރެވޭތޯބަލާ.

    10
  18. ކާޕެޓްވަގު

    ދިވެހި ރައްޔިތުންގެ ޓެކުހުންނޭ މީނާ ދުނިޔެ ވަށާ ބުރުޖަހަނީ. ރައްޔިތުންނަށް ވީ ފާއިދާއެއްނެތް. ދަތުރު ތަކުން ލިބުނު އެހީތައް ވަގަންނެގީ.

  19. ރަންނަ

    މިކަލޭގެ ކުރާދަތުރު ތަކުން ރައްޔަތުން ނިކުމެ ޓެކުސްނަގަން އެބަޖެހޭ .