ސަލާމަތީ އެއްވެސް ވަސީލަތެއް ހަލާކުވެފައި ހުރިކަމަށް އާންމުކުރުމަކީ ރައްކާތެރި ގޮތް ނޫން ކަމަށާއި، އެފަދަ ކަމެއް ހިނގައިފި ނަމަ ވަގުތުން އެތަކެތި މަރާމާތު ކުރުމަކީ ސަރުކާރުގެ ޒިންމާއެއް ކަމަށް ކުރީގެ ޑިފެންސް މިނިސްޓަރ އަދި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

އާދަމް ޝަރީފް މިހެން ވިދާޅުވެފައި ވަނީ މިއަދު ފާހަގަ ކުރަމުންދާ މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)ގެ ކޯސްޓްގާޑަށް 40 އަހަރު ފުރުމުމުގެ މުނާއްސަބަތުގައި ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ ނެރުނު ވީޑިއޯ އިންޓަވިއުގައި ކޯސްޓް ގާޑުގެ ގިނަ އުޅަނދުތަކެއް ހަލާކުވެފައި ހުރިކަމަށް ވިދާޅުވުމުން އެކަމަށް ރައްދު ދެއްވައެވެ.

އާދަމް ޝަރީފް ކުރެއްވި ޓްވީޓުގައި ވިދާޅުވެފައި ވަނީ އެމްއެންޑީއެފް، ކޯސްޓްގާޑް ނުވަތަ މޯލްޑިވްސް ޕޮލިސް ސާވިސްގެ އެއްވެސް ވަސީލަތެއް ހަލާކުވެފައިވާކަން ހާމަކުރުމަކީ ރައްކާތެރި ގޮތެއް ނޫން ކަމަށެވެ. އަދި ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލަށް އަރައިގަތުމަށް ފެންބޮވައިގެންފައި ތިބޭ އެތައް ބަަޔަކު ތިބޭނެ ކަމުން އެފަދަ މައުލޫމާތެއް ހާމަ ކުރުމަކީ އެފަރާތްތަކުން ރާއްޖެ މަޅިއެއްގައި ޖައްސައިފާނެ ކަމުގެ ބިރު އޮތް ކަމެއް ކަމަަށް އޭނާ ވަނީ ވިދާޅުވެފައެވެ.

އެހެންކަމުން ރައްކާތެރި ގޮތަކީ ސަލާމަތީ ބާރުތަކުގެ އެއްވެސް ވަސީލަތެއް ހަލާކުވެފައިވާނަމަ އެއެއްޗެއް ވީ އެންމެ އަވަހަކަށް މަރާމާތުކޮށް ބޭނުންހިފޭވަރު ކުރުން ކަމަށް އޭނާގެ ޓްވިޓުގައި ވަނީ ވިދާޅުވެފައެވެ.

މިނިސްޓަރ މާރިޔާ މިއަދު ވިދާޅުވެފައި ވަނީ މި ސަރުކާރުން ވެރިކަމަށް ވަޑައިގަތް އިރު ކޯސްޓުގާޑުގެ ގިނަ އުޅަނދުތަކެއް ހުރީ ހަލާކުވެފައި ކަމަށާއި، އެ އުޅަނދުތައް މަރާމާތު ކުރެއްވުުމުގެ މަސައްކަތް ވަރަށް އަވަހަށް ފައްޓަވާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ގުއިދައިތަ

    ކީތް ކުރާނީ އާދަނާ.! ރިޔާ ކިތަންމެ ބޮޑަސް ސިކުނޑި ވަރަށޤ ކުޑަ. މީ ވަރަށް ވާހަކަ.

    33
    2
  2. Anonymous

    މިހާތިބީ ގަ އުމުގެ ސަލާމަތާ އި، އިސްތިގުލާލަށް ވިސްނާ ބަ އެއ އްނުން.

    29
    2
  3. ބުނަން.....

    އަދިވެސް ޙަވާލު ނުވެވެނީތޯ؟ ދައުރު ނިމޭއިރުވެސް ތިކަމެއް ނުވާނެ، ވަރަށް ސާފް!
    ދިފާޢީ ބާރު ނެގެހެއްޓޭވަރުގެ ފިރެހެނަކު ނެތް! މި ދެން ސިޔާސީ ޕާޓިއެއްތަ؟ މައުލޫދު ޕާޓީގައިވެސް ތިބެނީ ހުސް ފިރެހެނުންވިއްޔާ!

    22
    1
  4. ގުއިރޯނު

    މި އީ އަންހެނަކާ ފިރިހެނެ އްގެ ވަރަށް ފުރިހަމަ މިސާލެ އް. މިދަންނަވަނީ އަންހެންކަނބަލުންނަ އް ދެންނެވޭ އިހާނެތިބަހެއްނޫން. ޢެހެންނަމަވެސް އިސްލާމް ދީން މުސްލިމް އުންމަތަ އް ދަ އްކާދޭ އެންމެ ފުރިހަމަ މިސާލު ތްކުގެތެރޭ ގަ މިސްކިތެއްގެ އިމާމަކަށް އަންހެނަކު އައްޔަން ކޮށްފަވޭތޯ؟ ހަ އްވާގެފާނު އުފެ އްދެވީ އާދަމްގެފާނުގެ އަރިކަށީގެ ކަށިކޮޅަކުން ނޫންތޯ؟ ކާފަރުން ދަ އްކާދޭ މަގުން ހިނގަން ވެ އްޖެނަމަ ގަ އުމެ އްގެ ސަލާމަތެ އް ރައްކާތެރިކަމެ އްވެސް ކަށަވަރު ކުރެވޭނެ ހަމަ އެ އްގޮތްވެސް ނުމެ އޮންނާނެމެޔަ. ވާނެގޮތަކީ މޮޔަ އެ އްގެ އަތަ އް ކަނޑި އެ އް.ދިނީމަ ވާނެގޮތް.

    21
  5. އަހުމަދުސޭޓު

    ކަމަނާގެ ކިބައިގާ އަސާސީ ތައުލީމުގެ ފެންވަރު އެބަހުރިތޯ ނެއްކަންޔަގީން އަސާސީ ތައުލީމުގެ އެދުރުބެ ކައިރިޔަށް އަސާސީ ތައުލީމު ކިޔަވަން ދާން ފެނޭ.

    17
  6. މޮޔަސޮރު

    ކަލޭއަށް ދަސްވެފައި ހުރީ ދޮގުހަދަން ދޯ އެހެންމީހަކު ތެދުބަހެއް ބުނުމުން ކަމުނުދިޔަދޯ

    2
    2