ސާވިސް ޗާޖުގެ މައްސަލަ ފާހަގަވި ރިސޯޓުތަކަށް ފިޔަވަޅު އަޅާނެ ކަމުގެ ޔަގީންކަން ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދު ދެއްވައިފިއެވެ.

އެކަން ހާމަކޮށް މިއަދު އަލީ ވަހީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ސާވިސް ޗާޖާއި އޮޑިޓްގެ މައްސަލަ ފާހަގަވި ރިސޯޓްތަކަށް ޑިއު ޕްރޮސެސް ފޮލޯކޮށް ފިޔަވަޅު އަޅާނެ ކަމަށެވެ.

"ޓުއަރިޒަމް އެމްޕޯއީސް އެސޯސިއޭޝަން (ޓީމް) ލޭބަރ ޕާޓީގެ ތްރެޓްސްތަކަށް ކޮންމެ ރިސޯޓެއްގެ މެނޭޖްމެންޓުން ޓީމަށް، ސްޓާފެއްގެ ބޮލަށް 6.50 ޑޮލަރު ދައްކަން މަޖުބޫރުކުރާ ސިޓީއެއް އަޅުގަނޑު ނުދޭނަން". އަލީ ވަހީދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، އެ ރިސޯޓެއްގެ މެނޭޖްމެންޓަކާއި އެ މުވައްޒަފަކާއި އެ ފަދަ އެރޭޖްމެންޓެއް ހެދުމަކަަށް މިނިސްޓްރީން ހުރަހެއް ނާޅާނެ ކަަމަށެވެ،.

އަލީ ވަހީދު ވިދާޅުވީ، ރާއްޖޭގައި މަސައްކަތް ކުރާ ދިވެހި އަދި ބޭރު މުވައްޒަފުންނަށް ބިރު ދެއްކުމުގެ ފުރުސަތު އެއްވެސް ފަރާތަކަށް ނޯންނާނެ ކަމަށެވެ.

"މިއީ އެއް އަހަރު އަޅުގަނޑު ކުރި މަސައްކަތް އޮޅުވާނުލެވޭނެ".އަލީ ވަހީދު ވިދާޅުވިއެވެ.

މިނިސްޓަރ މިގޮތަށް ވިދާޅުވިއިރު، ދާދި ފަހުން ޓުއަރިޒަމް މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރ އަލީ ވަހީދު ސާވިސް ޗާޖާއި ގުޅޭގޮތުން ދެއްކި ވާހަކަތަކާއި ގުޅިގެން މިނިސްޓަރަށް ވަނީ ފާޑުކިޔުން އަމާޒުވެފައެވެ.

އެ ނޫސްވެރިންގެ ބައްދަލުވުމެއްގައި އަލީ ވަހީދު ވަނީ ރާއްޖޭގެ ރިސޯޓްތަކުން ސާވިސް ޗާޖް ދޭ މިންވަރު ރަނގަޅުކަމަށް ދޭހަވަގާ ގޮތަށް ވާަހަކަދައްކަވާފައެެވެ. އަލީ ވަހީދު ވަނީ އެކަމާއި މައާފަށްވެސް އެދިވަޑައިގެންފައެވެ.

ރާއްޖޭގެ ރިސޯޓުތަކުން ސާވިސް ޗާޖް ދޭން ޖެހޭ މިންވަރަށް ވުރެ މާބޮޑަށް މަދުން ދޭ މައްސަލައަކީ ހައްލު ނުވެ އޮތް ޒަމާންވީ މައްސަލައެކެވެ.

ކިޔުންތެރިންގެ ހިޔާލު

25 ކޮމެންޓް

  1. ޙުސައިން

    ފިޔަވަޅު އަޅަނީ. ނުވާނެ ތިކަމެއް

    39
  2. ޏާނު

    ވަ އި އަގަނުތަޅާ އބ.ޅިޔަނުގެ ރިސޯޓަށް ފިޔަވަޅު އަޅާކަށް ނުކެރޭނެ ދަ އްކަން ޖެހޭ ޓެކްސްތަ އް ނުދަ އްކަނީސް ހު އްދަވެސް ދިނީނު އަހަރު ވެގެންދިޔަ އިރުވެސް ފަ އިސާ އެ އް ނުދަ އްކަ އެއ އްނު ކަރާ ފެޅޭނީ

    31
    1
  3. ވިސްނޭ

    މޮޅުވާހަކައެއް ދައްކަންފެށީދޯ..އަތަށްގޮވީ...

    35
  4. Anonymous

    މިމީހުންގެ ޢަމަލާ ބަހާ އެއ އްގޮތަކަށްވެސް ދިމާނުވޭ، މޮޅެތި ވާހަކަ ދެ އްކުން ނޫންކަމެ އް ނުކުރޭ.

    30
  5. ސަންފާދިޔެގެ ޝިނާޒް/ ސ.ހިތަދޫ

    މިއަދު ހެނދުނު އަލީވަހީދު ބުނަން ޖެހެނީ ތިހެން. ނަމަވެސް ބައެއްގެ ދަށުވެ ހަވާލު ކުރެވިފައިވާ ޒިއްމާ އަދާކުރުމަށް ދެވެިފައިވާ ހުއްދަވެރިކަން ބޭނުންކުރެްވުމުގައި ޖެހިލުންވެފައި ހުންނެވި ފަދަ ގޮތަކަށް ވާހަކަ ދެއްކެވީމާ ގޯސް.

    29
  6. ސައީދު

    ތިވަރަށް ކެރޭނަމަ ރިސޯޓް ތަކުގެ ނަން ހާމަ ކުރަން ވީއެއްނުން .ތީހުސް ވާހަކަ .ކޮންމެވެސް ފައިސާ ވެރިއަކު ހުންނާނީ އަލީވަހީދު މެންކަހަލަ ހަށިގަޑުން ވަރުގަދަ މީހުން ގަނެފަ..ތީފޮނިވާހަކަ ހުސް.....

    27
  7. އަޙްމަދު

    މަނިކުފާނު ތިޔަ ވިދާޅުވި ބަހުގެ މާނައެއް ނޭނގުނު. އަޅުގަނޑަށް ދޭހަވީ ބައެއް ރިސޯޓްތަކުން ސާރވިސްޗާޖް ދިނުމުގައި މައްސަލައެއް އުޅޭކަން! ކުރިން ދެއްކި ވާހަކައަކީ ކޮންމެވެސް މަޖްބޫރުކަމެއް އޮވެގެން ދެއްކިވާހަކައެއްތޯ. ނުވަތަ ހަމަރަނގަޅަށް ބަލާފައި ދެއްކި ވާހަކައެއްތޯ؟

    25
  8. ކަނަމަނަ

    ތީއަލީވަހީދުގެތަރިކަމުދާތަ؟؟؟؟؟؟

    13
    2
  9. މޯދީ

    އެއްމެފުރަތަމަ ކިބޫގެ އެޑްވައިޒަރުން ދެން ބުރުމާގެ ރިސޯޓްތައް ކިހިނެއް ފިޔަވަޅެއްއެޅެނީ ކޮން ފިޔަވަޅެއްއަޅާނީވެސް!

    14
    2
  10. ބުނަން.....

    ބޫންންންންބޫންންންނ! ހަމަ ފައްކާ ރޯނު އެދުރެއް! ބަހުންމެޓާ! ކަމުން ޒީރޯ! އަތަށްގޮވީމަ ވާނުވާގަ! ދެން ބުނަގަ މަރުވިއްޔާ ސަރަފުގައި މަރުވާނަމޭ! ބޮއެ ހަލާކު

    16
    1
  11. ސަންތިމަރިޔަބު

    އެއްފިޔަވަޅެއްވެސް ނޭޅޭނެ ތިވެގެން އުޅޭގޮތަކީ ކައުންސިލް އިންތިހާބަށް ޖަހަން އުޅުނު ކަޑަ ބިންދާއިގެން ދިއުން
    ހަމަހިނިއަންނަނީ

    13
    1
  12. ބަރުގޮނު

    ޢަނެއްކާ ތިދެއްކެވި ވާހަކަފުޅު ތަރުޖަމާކުރަށް ވާފަ ނޫސްބަޔާނެއް ނެރުއްވަން ވީނޫންތޯ

    16
    1
  13. އަލީބަލީ

    ލާރިގަނޑެއް ނަގާނެ މިފަހަރު ދެން ހުޅުމާލޭން ގެޔެއްގަނެލާ

    12
    1
  14. ކަމަނަ

    ދެންކަލޭ ދައްކާވާހަކަ ގަބޫލުކުރާނީ ތަރުޖަމާ ކުރީމަ .

    12
  15. ނޫކަށި

    ސާވިސް ޗާޖު އެވާހަކަތައް ސިއްރުކޮ ށް ވަޒީފާގެބިރަށް ހާމަނުކުރާ ރިސޯޓު ތަކުގެ ނިކަމެތި މުވައްޒިފުންގެ ހައްޤުތަކޯ

    14
  16. އިންސާނާ

    ނުވާނެ ތިލަމެއް އެކަމަކުވެސް ކައުންސިލް އިނތިހާބު ބޯމަތިވެފަ އޮތީމަ ރިސޯޓު މުވައްޒަފުންނާ ރައްޔިތުންގެ ބޮލައް ޗިޕެއްޖަހާލުމުގެގޮތުން ތިމައްސަލަ ބަހުސަކަށްހަދައިގެން ށޯއެއްކުޅެލަފާނެ އެށޯއިންް ރިސޯޓު މުވައްޒަފުންނައް ދާއިމީ މަންފާއެއްނުލިބޭނެ

    10
  17. ކަރާ

    ބަލަ އައްޔާ ކަލެއަށް ރައްޔަތުންއޮޅުވައެއް
    ނުލެވޭނެ

  18. މޫސުންބަހާރު

    ވިކިފަހުރިވަރު މިހާރު ރައްޔިތުން ނަށް އެނގިފައި އޮތީ. އެހެންވީމަ " ނޭންގުނޭ ތިޔަވިދާޅުވި ބަހުގެ މާނައެއް. ނޭނގުނޭ އާާާާ........."

  19. ޙަބީބު.......

    އަލީވަހީދު ނިކަން އަނަންތަރާ ކިހަވައްވިލާސް އައްއައިސްބަލަ ތިވާހަކަ ދައްކަން ފެލުވާލާނަން ރީއްޗައް އަހަރެމެން ޓީމައް ހަރަދުކުރަން އަލީވަހީދުގެ ރިސްވަރަކައް ނުގުޑާނެ ރައްޔިތުން ބާރުގަދަވާނެ ގާސިމު ލާރީގަ ނަގޫފިތިފަ ތިހިރީ ވަނދުކަރާ

  20. ނޫކަށި

    ޒުވާނުން ގެތެރެއިން ހިތްވަރުގަދަ ޒުވާން ނުންތައކެއްނިކުމެ ޖީބުތައް ފުރިފަތިބި މުއްސަދީ ނަށް ކެންޕޭނު ކުރުހުޓާލާފަ އެކަމާއި ޒުވާނުން އަތުކުރި އޮޅާލާފަ ތެދުވެގެން ނޫނީ ދުވަހަކުވެސް ކުރިއެރުމެއް ނުލިބޭނެ އެވެ. މުއްސަދީންގެ ޖީބުތައް ފުރުމަށް ތިކުރާ މަސައްކަތް މިހާރުން މިހާރާށް ހުއްޓާލުމަށް ގޮވާލަން ފައިސާވެރީން ފަހަތަށްލާފަ ޒުވާނުން ކުރިޔަށްއަރަން މަސައްކަތް ފަށާށެވެ. ދާއިމީގޮތަކަށް ރަށްޔަތުގެ އެލާރިތައް އެކަނީހަމައެއްބައެއް އެކަންތައް ނިމުމަކަށް ގެނައުމަށްޓަކާ ތިޒުވާުން ތެދުވާކަށް ނުވޭތަ ހަމަ އެބައިގަ ނޑުކާންވަރަކަށް ކާންދުކޮށްލާފައި ޒުވާނުން ތިހެން ތެޅިތެޅި ތިބޭނީ ކިހާ ދުވަހެވަން ދެންތަ އެލާރިތައް އެކަނީ ވަގުންނާ ނުބައި ހުރިހާކަމެއެއް ކޮށްފަތިތި ބޮޑެތި ކުުއްވެރީންނެއްނޫތަ ތިޒުވާނުން ނަކީ ދިރުމާއި އުންމީދު ކުރިއެރުމާއި ތަރައްގީ އެބައިގަނޑު ހުއްޓުވަން
    މިހާރުން މިހާރުން މިހާރަށްޒުވާ ނުންތެ ދުވުމަށް ގޮވާލަން

  21. ފަތުރުވެރިން އަތުން!

    ދެންތިބައި އެވެރިން ފެލާނީ ފަތުރުވެރިން އަތުން!

  22. އިސްލާހު

    އަލީ ކޮސް ނުގޮވާށެވެ. ކޮންމެސަރުކާރެއްގައި ވެސް ޓޫރިޒަމް މިނިސްޓްރީ އޮންނަނީ ރިސޯޓް ތަކުގެ ދަށުން "ހިންގާ" ތަނެއްގެ ގޮތުގައެވެ. ވަރަށް ސަލާމް

  23. ރިސޯޓް މީހީ

    އއ އަތޮޅު ޔުނިވަރސަލް އިން ހިނގާ ކަނދޮޅު އައިލެންޑް ރިސޯޓް ގެ ގެސްޓް ރޫމް ތަކުގެ މަރާމާތާ . މެނޭޖްމެންޓް ބޮޑުންގެ ރައްޓެހިން ނާ ތިމާގެ މީހުން ރިސޯޓްގަ ހަދާ ލަގްޒަރީ ހޮޮލިޑޭސް ތަކައް ވެސް ހަރަދު ކުރަނީ ސާރވިސްޗާޖުން .ކޮބާ ޓުވަރިޒަމް މިނިސްޓްރީ މިތަން އޮޑިޓް ކޮއްބަލަ

  24. ކަރާ

    ތިފަޅަނީހުސްކަރާ

  25. ކަރާ

    ތިފަޅަނީހުސްފެންކަރާ