ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދަކީ އެންމެ ހަމަހަމަކަމާއި އެކު ކަންކަން ނިންމަވާ ވަޒީރު ކަމަށް ވިދާޅުވެ ޑީއާރްޕީ އިން މިނިސްޓަރ އަލީ ވަހީދަށް ތައުރީފް ކޮށްފިއެވެ.

ޑީއާރްޕީ އިން މިނިސްޓަރ އަލީ ވަހީދަށް ތައުރީފް ކުރީ ރިސޯޓްތަކުގައި ވަޒީފާ އަދާކުރާ މުވައްޒަފުންގެ މެދުގައި ނުތަނަވަސްކަން އުފައްދައިގެން އުޅެނީ ޓޫރިޒަމް އެމްޕްލޯއީސް އެސޯސިއޭޝަންސް އޮފް މޯލްޑިވްސް (ޓީމް) އަޑީގައި އޮވެގެން ކަމަށާއި އެއީ އެ ޖަމިއްޔާ އަށް ހުރިހާ ރިސޯޓަކުން ފައިސާ ލިބޭނެ މަގުފަހިކޮށް ނުދެއްވައިގެން ކަމަށް ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވުމުން ޓީމް އިން އެކަމަށް ރައްދު ދީފައި ވަނިކޮށެވެ.

ޓީމްގެ ޓްވީޓް ރީޓްވީޓް ކުރަމުން ޑީއާރްޕީ އިން ބުނީ މިނިސްޓަރ އަލީ ވަހީދަކީ މިފަހުގެ ތާރީޚެއްގައި އެންމެ ހަމަހަމަކޮށް ކަންކަން ނިންމަމުންދާ ޓޫރިޒަމް މިނިސްޓަރު ކަމާއި މެދު ޝައްކެތް ނެތް ކަމަށެވެ.

"އަލީ ވަހީދަކީ މިފަހުގެ ތާރީޚެއްގައި އެންމެ ބެލެންސްކޮށް (ހަމަހަމަކޮށް) ކަންކަން ނިންމަމުންދާ ޓޫރިޒަމް މިނިސްޓަރު ކަމީ ޝައްކެއް އޮތް ކަމެއް ނޫން. މިނިސްޓަރު ގެންދަވަނީ މުވައްޒަފުންނާއި އިންވެސްޓަރުންގެ މަސްލަހަތު ވެސް ހިމާޔަތް ކުރައްވަމުން. ވަކި ފަރާތެއްގެ ޒާތީ މަސްލަހަތާއި ހެދި މިނިސްޓަރު ގޯސް ނުކުރައްވާ." ޑީއާރްޕީގެ ޓްވީޓްގައި ވިދާޅުވެފައި ވެއެވެ.

ޓީމް އާއި ލޭބާ ޕާޓީން ބޭނުން ވަނީ ކޮންމެ ރިސޯޓެއްގެ މެނޭޖްމެންޓުން އެ މީހުންނަށް ވަކި ވަރަކަށް ފައިސާ ދޭން މަޖުބޫރުވާ ގޮތަށް، މިނިސްޓަރުގެ ސިޓީއެއް ކަމަށް މިނިސްޓަރ އަލީ ވަހީދު ވަނީ ވިދާޅުވެފައެވެ. މިނިސްޓަރ ވިދާޅުވީ ޓީމުން ފައިސާ ނަގަން ބޭނުންވަނީ، ވަޒީފާ އަދާކުރާ ކޮންމެ މުވައްޒަފަކަށް 6.50 ޑޮލަރު (100ރ.) ގެ މަގުން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ސަންސެޓް

    ޖާބިރުކަމެއްބޭނުންވީ.

    24
  2. ބުނަން.....

    އަނެއްކާ އަނެއް ކޮސް! ނެތޭ ސަލާމަތެއް ކަލޭނޭ!

    24
  3. ފިކުރީމުދާ 19

    ޑީއާރްޕީއަށްވެސް ލާރިގަނޑެއް ދީގެން ދިފާއުގެ މެސެޖެއް ލިޔުއްވީ؟ ތިއޮތީ ވެފަ. ކެކެކެކެ

    25
    1
  4. ޢހ

    ޔަގީން ލޮލީގެ ދަރަނިތަކެއް އެބަހުރި ދައުލަތައް ދައްކަންޖެހޭ.
    އެހެންވެ އެގޮވަނީ.
    މާދަން ކަރާ އައްޔަ އިސްތިއުފާއަށް ގޮވާނެ ކިކު ދިޔާއިމަ. ފަހުގެ ލޮލީ ތަކުގެ ވައްތަރެން އެެއްއީ

    26
  5. Anonymous

    ގޯހީ ފާޑުފާޑުގެ ވާހަކަ އިތުރަށް ނުދައްކާ. ރައްޔިތުންނަށް ވ. ސާފް ޢަލީވަޙީދު އަޅުވެތި ވެފަ ހުރި މިންވަރު.

    20
  6. Anonymous

    ރިސޯރޓް މުއައްޒަފުން ތަކުރާރު ކޮއް މިނިސްޓަރ ގެ އިސްތިއުފާއަށް ގޮވާ ސޯޝަލް މީ ޑިއާގައި ހުތުރު އެއްޗެހި ކިޔާ މިނިސްޓަރ ޕުރެޝަރަށް ވައްޓާލުން ކުއްވެރި ކުރަން ، މިނިސްޓަރ ކުރިމައްޗަށް އަރާފައި އަޅެ ކިޔާބަލަ އެއްޗެހި ނުލަ ޑާ ތޯ ބަލަން .

    1
    2
  7. ގޯނިބެ

    އައްޔާ ކަލޭއިސްތިއުފާދީ

  8. ޙަބީބު

    އަލީވަހީދު މޮޔަނުގޮވާ ވަޒީރަކު ދެއްވާ ސިޓީޔަކުން ރިސޯޓު އޯނަރުން އަތުން ފައިސާނެގޭނެ ގޮތެއްނޯންނާނެ ގާނޫނާ ގަވައިދެއް އޮންނަނީ ވަކިކަ މަކު ސާވިސްޗާޖު ދެއްވުމައް ހުރިހާ ރިސޯޓެއް ޖަވާބު ދާރީކުރުވަން މިގޮވަނީ އޮޅުވާނުލާ ލައިލާ އަލީ ބައްޕަ އަތުން ހދ ވައިކަރަ މުރައިދޫ ސަލާމަތްކޮއް ރިސޯޓު ތަރައްގީ ކުރު މައް ދިނު މައް މިގޮވަނީ

  9. މަޖުބޫރީހާލަތް

    ވަނދުކަރާ އިސްތިޔުފާ

  10. ޅޮސްކަލޭގެ

    މާޅޮހަކަށް ކުފޫ ހަމަނުވާ ޕާޓީއަކުން ކުރާ ތާރީފު ބަލައިގަންނާނީ ކާކު؟

  11. ?ޖާބިރު.

    ?އޭއި ޖާބިރު ކަލޭ ހަމައިގައި ހުންނާތި. ޒީރޯޓޮލަރެންސް މަތިން ހަދާން ނައްތާލުތި.