ހުޅުމާލެ ގެދޮރު ހުރި އަންހެނަކު ކައިވެނި ކުރަން މާލެ ގެދޮރުވެރި ފިރިހެނަކު ހޯދަން އިއުލާނުކޮށްފިއެވެ.

ފޭސްބުކް މެދުވެރިކޮށް ކައިވެނި ކުރާނެ މީހުން ހޯދައިދޭ ޕޭޖެއް ކަމަށްވާ "ކައިވެނި ޕޭޖް" ގައި ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވާ ގޮތުގައި އުމުރުން 38 އަހަރުގެ އެ އަންހެން މީހާ އަކީ ހުޅުމާލޭގެ ގެދޮރު ހުރި އަންހެނެކެވެ.

އަދި އޭނާއަކީ އާމްދަނީ ހޯދަން އެއްވެސް މަސައްކަތެއް ކުރާ މީހެެއް ނޫން ކަަމަށާއި، އޭނާއަކީ ގްރޭޑް ހަތަކާއި ހަމައަށް ކިޔަވާފައިވާ މީހެއް ކަމަށް ބުނެފައި ވެއެވެ. އަދި އޭނާއަކީ ކުރިން ކައިވެންޏެއްކޮށް ހަތަރު ދަރިންވެސް ހުރި މީހެއްކަމަށް ބުނެފައި ވެއެވެ.

އެ އަންހެން މީހާ ކައިވެނި ކުރަން ބޭނުންވަނީ އުމުރުން 45 އަހަރާއި 55 އަހަރާއި ދެމެދުގެ، މާލެ އަމިއްލަ ގެދޮރު ހުރި، މީހެއްކަަމަށް އެ އިއުލާނުގައި ވެއެވެ. އަދި އެ މީހަކުވާން ވާނީ އާމްދަނީގެ ގޮތުގައި މަދުވެގެން 45،000 ރުފިޔާ ލިބޭ މީހެއްކަމަށްވެސް އެ ޕޯސްޓުގައި ބުނެފައި ވެއެވެ.

ކައިވެނި ކުރާނެ މީހަކު ހޯދަން އިއުލާންތައް ޖަހައިދޭ ފޭސްބުކް ޕޭޖްގައި އިއުލާންތައް ޖަހަމުން ގެންދަނީ އިއުލާން ޖަހަން ބޭނުންވާ މީހާ ދޭ މައުލޫމާތަކީ ސައްހަ މައުލޫމާތު ކަން ކަށަވަރު ކުރުމަށް ފަހު އެވެ. އެޕޭޖްގައި އިއުލާން ޖަހައިގެން މިހާތަނަށް ގިނަ ބަޔަކު ވަނީ ހަޔާތުގެ ބައިވެރިން ހޯދާފައެވެ.

ނޫސްތަކާއި ވެބްސައިޓްތަކުގައި އިއުލާން ކޮށްގެން ހަޔާތުގެ ބައިވެރިޔަކު ހޯދުމަކީ އަވައްޓެރި ގައުމުތަކުގައި ވެސް ވަރަށް އާންމު ކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު

18 ކޮމެންޓް

  1. ޕޮގުބާ

    ތީ ދެބޯ ގެރިއެއް ޔަގީން

    34
    1
  2. ހުޅުމާލޭ މަންޖެ

    އަޖައިބެއް ފަހެ ނުވާނެ އަޅެ.. މިހާރު މީހުން އިންނާނެ މީހުންނާ ރައްޓެހި ވާނެ މީހުންވެސް ހޯދަނީ އޮންލައިން ކޮށް. .. އެކިޔާ ލޯތްބެއް ވެސް އޮންލައިން ކޮށް ގަނެ ވިއްކާ އުޅޭ އެއްޗަކަށް ވެއްޖެ. މުޅިން ބޭކާރު ކަމެއް ދެން ތިހެން މީހުން ހޯދަންޏާ މީހަކާ ނުޖެހުނަސް މާ ރަނގަޅު ތިހެން މީހުން ހޯދަން އިތުބާރު ވެސް ނުވޭ އެއްޗަކަށް.

    41
    7
  3. ިޮފަލިިިޔަ

    ހަދަ ހާ ވަ ފޮންޔެ މުސަރަ ވެސް ޖެހެނި 4ހާހައް ވަ ހަހަަ

    17
    2
  4. ބުއްބުތަލޯ

    މިކަހަލަ ދެމީހަކު ގުޅުމުން ދޯ މިކިއަނީ ގެދޮރު ވެރިންނޭ.

    48
    • ?

      ހަމަ ރަނގަޅަށް ތިޔަބުނީ !!

      22
  5. Anonymous

    އިންނާނެ އަންހެނަކު ނުލިބުނަސް ތިޔަކަހަލަ ދުންޔަވީ އެދުންތަކުގެ މީހަކާ ވާވެސް އެޅެންހެޔޮނުވާނެ. ނަމަވެސް ޔަގީންވާކަމަކީ ލަނ ޑަޔާވަނީ ލަނ ޑަޔާއޭބުނާ ފަދައިން ތިޔަކަލަ އަމިއްލަ އެދުން ބޮ ޑު އަނެކާ ތިޔަމީހާގެ ބޮނ ޑިދަށުލާނެކަން. ޚުލްގުހެޔޮ މާތްދީނައްލޯބި ކުރާ އަންހެްނަކު މެނުވީ އަންބެއްގެ މަގާމައް ގެންނަންނުވިސްނާ.

    19
    1
  6. މޯޓީން

    ހޯލީ ކްރެޕް! ޢައިމް ސްޕީޗްލަސް!

    11
  7. ގެދޮރު

    ގެދޮރާ ހެދި ހޭބަލިވިއަސް ތީބޮޑުވަރެއް މަ ވާ ސަލާމް

    21
  8. މިއަދު

    މަންޖެ ނުވާނެ ތިއުޅެނީ ފިރިހެންމީ ހަނާކޮށްލަންދޯ ހުޅުމާލެ ގެ ކުއްޔަށްދީފައި ފިރިމީހާކައިރިއަށް 4 ދަރިންގޮވައިގެން އައިސް ތިމާގެ ގެކުއްޔަށްލިބޭ ފައިސާކޮޅު ރައްކާކޮށްލައިގެން ފިރިމީހާއަށްލިބޭ 450000 ރ ޚަރަދުކޮށްލައިގެން ބަހަނާ ދައްކަދައްކާ 1 އަހަރު ހުރުމުން ލާރިކޮޅެއްލިބޭނެ ދެންގޮވާނީ ވަރިއަށް ތިއީ ހީލަތްތެރި ކައިވެންޏަކަށް ގޮވާގޮވުމެއް

    18
  9. މިއަދު

    މަންޖެގެ ރަނަކީ ކިހާވަރެއް

    10
  10. އަދާލަތު

    އަޅުގަނޑު ތައްޔާރު.

    1
    11
  11. އަދާލަތު

    އަޅުގަނޑު ތައްޔާރު. މުހިންމީ 4 ދަރީން. ޝަރުޠަކީ، މަސްތުވާތަކެއްޗާއި، މާރާމާރީގެ ލީޑަރަކަށް ނުވުމާއި، މާތްވެގެންވާ އިސްލާމްދީނަށް ލޯ ބބބ ބިކުރާ، ފަރުޟާއި ސުއްނަތުގައި ދެމިތި ބބބ ބި ޢާ
    އިލާ އަކަށްވުމާއި، އަޚުލާޤީގޮތުންއަ ުބބބ ރުވެރި ޢާއިލާޔަކަށްވުން.

    4
    2
  12. އަޙްމަދު

    އަޅުގަނޑާއި ގުޅޭގޮތް ހައްދަވާ ދެއްވާ!

    4
    3
  13. އާދަމް ނަބީހް ސަޢީދް

    މީހުންނާއި އިންނަ ނިޔަތަކީ ބިންވެރިއެއް ނުވަތަ މަހަކު 45000 ރުފިޔާ ލިބޭ މީހަކައް ވެއްޖެ ނަމަ އެއީ ވަރައް ވެސް ޖާހިލު ނިޔަތެއް. އެފަދަ މީހެއްގެ ވެސް ދީންވެރި ކަމާއި އަދަބު އަޙްލާޤު ނެތް މީހަކައް ވެފައި ދެން ކައިވެނި ކުރުމައް ފަހު މައްސަލަތައް ޖެހި ވަރިވާ ހިސާބައް ދިޔައީމަ ދެން ދެއްކޭނެ ބަހަނާ އެއް އޮވެގެން ނުވާނެ.
    އިސްލާމްދީނުގައި މީހުންނާއި އިންނައިރު ބަލަން ޖެހޭނެ ކަންތައް ތައް އެނގެން އޮއްވާ އެގޮތް ދޫކޮށް ތިމަތިމާމެންގެ އަމިއްލަ ޤާނޫނު ތަކައް ތަބަޢަވީމާ ވާގޮތް މި ދިވެހިރާއްޖެއިން މިއަދު ފެންނަމުން މިދަނީ.
    މިއަދުގެ ވަރައް ގިނަ މޮޑާރން މީހުންނަކީ ލޯބި ނުދަންނަ މީހުން. ލޯތްްބަކީ ލައިލާޔާއި މަޖުނޫނު ފަދަ އެއްޗެއް. އެހެންނަ ނަމަ ހީވެސް އެއީ ޢަޤީދާ ބަލިކަށި ލޯބިވެރިންނާއި ދެކޮޅައް އޮތް ޙުއްޖަތެއް.
    ސަބަބަކީ އެއީ އުފެއްދެވި އެއްޗަކާއި އުފެއްދެވި އެއްޗަކައް އޮތް ލޯބި. ދެން ކޮބާތޯ އުފެއްދެވި އެއްޗާއި އުފެއްދެވި ފަރާތާ ދެމެދުގައި އޮންނަން ޖެހޭ ލޯބި. ވީމާ އުފެއްދެވި ފަރާތްދެކެ ލޯބިވާ މީހަކާއި ކައިވެނި ކޮއްފިނަމަ އެމީހެއްގެ ޒަވާޖީ ހަޔާތް ވެގެން ދާނީ އުފައުުވެރި އަހުރަވެތި ބާއްޖަވެރި ކައިވެންޏަކައް ކަން ޔަޤީން.
    ވަރައް ވާހަކަ.

  14. އެއްކަލައިއްސެ

    މި އަންހެންމީހާ މިއުޅެނީ އެއްޗެކޭ ކިޔާފަ ކޮއްމެސް މީހަކު ދޮވެލެވޭތޯ.. މިހެން މިމީހުން އުޅެނީ އުޅެން ފަސޭހަޔަކަށް، މިކަހަލަ އަންހެނުން އަ ބަދުވެސް އުޅޭނީ ކޮއްމެސް ގޮތަކަށްވިޔަސް މީހަކު ހައްލާލައިގެން އެމީހަކު ހުސްކޮއްލަން.

  15. މައިސާ

    އަޅެފަހެ ގެދޮރާ އިންނަންވީ އެންނު

  16. ބަމަރސް

    އޭނާގެ ގަޓް ހުރިކަން ބޭނުުންވާ ކަންތައް ބުނުން ދިމާލަށް. މާލޭ މީހުންނާ އިންނަން ޖެހޭނީވެސް ގެދޮރު ހުރިމީހުން

    1
    3
  17. މަންޖެ

    ފަހުން ބުނާނަން އެހާ ބޮޑު ޢަދަދެއް ނުކިޔާނަން ފަސްހާހަ ދިހަ ހާހާ ދޭތެރޭގައި ހިމެނޭނެ