މިއަހަރުގެ ތެރޭގައި ހުޅުވުމަށް މަސައްކަތް ކުރަމުންދާ އެއާޕޯޓްތައް ހުޅުވޭނެ ޓްރާސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރު އައިޝަތު ނަހުލާ ހާމަ ކުރައްވައިފިއެވެ.

މިނިސްޓަރ ނަހުލާ މިކަން ހާމަ ކޮށްފައިވަނީ ވީޓީވީގެ ޕްރޮގްރާމުގައި ރޭ ވާހަކަފުޅު ދައްކަވަމުންނެވެ.

މި ޕްރޮގްރާމްގައި ވާހަކަ ދައްކަަމުން މިނިސްޓަރ ވިދާާޅުވީ، މި ސަރުކާރުން އެންމެ އިސްކަމެއް ދެމުން އަންނަނީ ވައިގެ ދަތުރުފަތުރުގެ ނިޒާމަށް ކަމަށެވެ. އަދި އެއާޕޯޓްތައް ގުޅުވާލުމުން ރައްޔިތުންނަށް ފަސޭހައިން ދަތުރުފަތުރު ކުރެވޭނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ

އެގޮތުން މިނިސްޓަރު ވިދާޅުވީ، މިއަހަރުގެ ތެރޭގައިވެސް ބައެއް ޑޮމެސްޓިކް އެއާޕޯޓްތައް ހުޅުވުމުގެ މަސައްކަތް ސަރުކާރުން ކުރިއަށް ގެންދަވާ ކަަމަށާއި، މިއަހަރުގެ ކުރީ ކޮޅު 3 އެއާޕޯޓެއް ހުޅުވިގެން ދާނެ ކަމަށެވެ. އަދި މެދު ތެރޭގައި އެއް އެއާޕޯޓް ހުޅުވިގެން ދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މި އަހަރުގެ ކުރީ ކޮޅު ހުޅުވޭނެ ކަމަށް ލަފާ ކޮށްފައިވާ އެއާޕޯޓްތަކަކީ:

 • ފުނަދޫ އެއާޕޯޓް މިއަހަރުގެ ޖެނުއަރީ މަހު
 • މާވަރުލު އެއާޕޯޓް މިއަހަރުގެ މާރިޗު މަހު
 • މަޑިވަރު އެއާޕޯޓް މިއަހަރުގެ އޭޕްރިލް މަހު
 • ހޯރަފުށި އެއާޕޯޓް މިއަހުރުގެ އޮގަސްޓް މަހު

މިނިސްޓަރު ވިދާޅުވީ، މިދިޔަ އަހަރުގެ ތެރޭގައި ހުޅުވާފައިވާ ހދ. ކުޅުދުއްފުށީ އެއާޕޯޓް އިން ހިދުމަތް ދޭން ފަށާފައިވާ ނަމަވެސް އުއްމީދު ކުރާ ފެންވަރަށް ހިދުމަތް ނުދެވޭ ކަމަށާއި އެއާޕޯޓް އިތުރަށް އަޕްގްރޭޑް ކުރަން ޖެހޭ ކަމަށެވެ. އަދި އެކަން މިއަހަރު ރަނގަޅު ވެގެން ދާނެ ކަމަށްވެސް މިނިސްޓަރު ފާހަގަ ކުރެއްވިއެވެ.

"ހުޅުވާފައި އޮތަސް އަޅުގަނޑުމެން ބޭނުންވާ ފެންވަރެއްގައެއް ނޫން އެއާޕޯޓު ހިންގަމުން ދަނީ. ރައްޔިތުންނަށް ހިދުމަތް ދެމުން ދަނީ. އެހެންވީމާ މި އަހަރު ތެރޭ އެކަންތައް ރަނގަޅުވެގެން ދާނެ ކަމަށް ގަބޫލު ކުރަނީ،" މިނިސްޓަރު ނަހުލާ ވިދާޅުވިއެވެ.

މި ޕްރޮގްރާމްގައި އިތުރަށް ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ގދ. ފަރެސްމާތޮޑާ ގައި އަޅާފައިވާ އެއާޕޯތްގެ ރަންވޭގެ މަސައްކަތް ކުޑަ ބަދަލެއް އައިސްފައިވިއަސް، ކަނޑައެޅިފައިވާ ދުވަހަށް އެއާޕޯޓް ހުޅުވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށާއި ބައެއް އެއާޕޯޓްތައް ހުޅުވުމުގައި ލަސް ތަކެއް ވަނީ ބޭނުންވާ މުވައްޒަފުން ލިބުން ދަތިވެގެން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

 1. ދޮންތަ

  އަމިއްލަ ރަށުގެ އެއާޕޯޓް ހުޅުވަންވެގެން އެއުޅެނީ ޔަމީނު ކުރި ކަމެއްނެތްދޯ

  42
 2. މެޓާ

  ރައީސްޔާމީންގެ ދުރުވިސްނުން ސުކުރިއްޔާ ރައީސްޔާމިން

  40
 3. މޯދީ

  ވާވް އެއްއަހަރުތެރޭ 4 އެއަރޕޯރޓް!

 4. ކ

  ފަރެސްމާތޮޑާގައި ކޮންއިރަކުތޯ އެއަރ ޕޯޓް އެޅީީި.... ޢަދި ބިންހިއްކާ ވެސް ނުނިމޭ

  6
  1
 5. ކާފަބޭ2020

  ޖަޒީރާރާއްޖޭގަ ކީއްކުރަންހުޅުވާހާ އެއަރޕޯޓެއްތޯ؟ ތިޔަހުރިހާއެއަރޕޯޓެއްހެދީ ކޮންކުރީޓުބޭނުންނުކޮށްތޯ

  11
 6. ޙސހސހ

  kakuge verikamuga feshi masahkathehba ladhu nuganeythަangathalhan

 7. ސަންފާދިޔެފެ ޝިނާޒް

  އައު ކަމެއް އައު އެއަރޕޯޓެއްގެ މަސައްކަތެއް ނުފެށޭ. ޔާމީން ފަށާފައި އަދި ނިމުމަކާއި ގާތުގައި ހުރި ތަންތަން ހުޅުވަން މުޅިންވެސް ތިހިފަނީ.

  12
 8. އެހެނަސް

  މީދެއްކާކުތަ އަޅެ މިނިސްޓަރުކަންކުރަން.ޖަސްޓް ބިކޯސް ޔޫމެރީޑްޓް ބުރުމާ.

  12
 9. ޔ

  ފަރެސް މާތޮޑާގައި ނެތޭ އެއަރ ޕޯޓެއް އަޅާފަކާ...ބިންވެސް ހިއްކާ ނުނިމޭ

 10. ފުނަދޫ

  އުފާވެރި ހަބަރެއް ސުކުރިއްޔާ ރައީސޔާމިނު މަޑިދޫ އެއަރޕޯޓު ހުޅުވަނީ ކޮންއިރަކުން އައްނަނީ ހިނި

 11. ވެރި ނޮހޮރުއްޕާންޓައިޓިސް

  ބަލަގަ މަންޖޭ ދޫންޏާ އެއީ ޔާމީން ދިވެހިންނަށް ކޮށްދިން ކަންތަކޭ ގަދަޔަށް މޭކަޕް ކޮށް ގެން އަރާހުރެ ސަޅިބައިސާ ކަނޑަށް ލަދު ކޮބާ