ކުރިއަށް އޮތް ތިން ދުވަހުވެސް މުޅި ރާއްޖޭގެ އެކި ހިސާބުތަަކަށް ވިއްސާރަ ކުރާނެ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އިން ބުނެފިއެވެ.

"ވަގުތު" އާ ވާހަކަދައްކަވަމުން މެޓް އޮފީހުގެ އޮފިޝަލަކު ވިދާޅުވީ، މިއަދާއި މާދަމާ އަދި ކުރިއަށް އޮތް ދެ ދުވަހުވެސް ރާއްޖޭގެ އެކި ހިސާބުތަަކަށް ވިއްސާެރަ ކުރާނެ ކަމަށެވެ.

އަދި މިހާރުވެސް ދެކެނުގެ އަތޮޅުތަކަށް ގުގުރުމާއެކު ވާރޭ ވެހެމުންދާކަމަށް އެ އޮފިޝަލް ވިދާޅުވިއެވެ. އަދި މިހާރު އެ ހިސާބުތަކަށް ވަނީ އެލާޓްވެސް ނެރެފައެވެ.

މެޓް އޮފީހުން މިއަދު 10:00 އިން މާދަމާގެ 10:00 އަށް ރާއްޖޭގެ މޫސުން ލަފާ ކުރާ ގޮތަށް ބަލާއިރު ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކުރާނެއެވެ. އަދި ބައެއް ރަށްތަކަށް ގުގުރުން އެކަށީގެންވެއެވެ.

މެޓް އޮފީހުން ބުނީ، ވައިޖެހޭނީ އާއްމު ގޮތެއްގައި މަޑުން ކަމަށައި އަދި ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 05 މޭލާ 15 މޭލާދެމެދުގެ ބާރުމިނުގައި ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވުމަކީ އެކަށީގެންވާކަމަސް ވެސް މެތް އޮފީހުން މައުލޫމާތު ދެއެވެ.

މެޓް އޮފީހުން ބުނީ ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭ ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެ ކަމަށެވެ.

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައަކީ ހުޅަނގު މޫސުމާއި އިރުވައި މޫސުން ގުޅޭ ދުވަސްވަރަށްވާތީ ކުރަމުންދާ ވިއްސާރައެވެ.

ކިޔުންތެރިންގެ ހިޔާލު