މާލޭގައި މާފަންނު ހިލާލީ މަގުގައި ހިންގި މާރަމާރީއެއްގައި މީހަކު ޒަހަމްކޮށްލައިފިއެވެ.

މި މާރާމާރީ ހިނގައިގެން އުޅެނީ މިއަދު ހަވީރުއެވެ. މި މާރާމާރީގައި ޒަހަމްވި މީހާ މިހާރު ވަނީ ހޮސްޕިޓަލަށް ގެންގޮސްފައެވެ. އޭނާއަކީ އުމުރުން 29 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ، ހިލާލީ މަގުގައި ބަޔަކު ހަމަނުޖެހުމެއް ހިންގާ ކަމަށް ފުލުހުންގެ ސީސީޓީވީ ކެމެރާ އަކުން ފާހަގަކުރެވިގެން ބެލިއިރު މީހަކަށް އެއްޗަކުން ހަމަލާދީފައިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

ފުލުހުން ވިދާޅުވީ، މިކަން ފާހަގަކުރެވުނީ މިއަދު ހަވީރު 16:42 ހާއިރު ކަމަށެވެ.

"މި ހާދިސާގައި އަނިޔާ ލިބުނު މީހާއަަށް އައިޖީއެމްއެޗްފައި ދަނީ ފަރުވާ ދެމުން". ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ، އެ މާރާމާރީގައި އޭނާގެ އަރިކައްޓަށް ތޫނު އެއްޗަކުން ހަމަލާ ދީ ޒަހަމްކޮށްލާފައިވާ ކަމަށެވެ.

"މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުން". ފުލުހުން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. ދިޔަ

    އެކެއް !

    22
    1
  2. Anonymous

    ނިރުބުރިވެރި ހަމަލާއެއް

    28
    1
  3. ކޮރަލް

    ސީސީތީވީ އިން ފެނުނު އިރު މީހަކު ހައްޔަރު ކުރިތޯއެވެ.

    13
    1
  4. ވަހީ

    ޕާޓޭން ވަޅި ޖެހީމާ ނިރުބަވެރިއެއް ނުވާނެ!

    16
    2
  5. މީހާ

    އަދިވެސް އިސްޓިކާ ޖަހަން ދުވޭ

    21
    1
  6. Just

    ރީދޫޕާޓީކުދިންގެހާލަތު

    23
    2
  7. ކޮކަޑި

    2020ގެ ތަސައްވުރު . އަހަރުގެ 3 ވަނަދުވަސް . 1 ވަނަވަޅީގެހަ މަލާ. .

    22
    2
  8. ބޮޑު ދެލޯ

    މިފަދަ ހިތާ މަ މްވެރި ކޮއް މެވެސް އެއް ޙާދިސާ އެއް ނުހިގާ އެއް މެ ދުވަހަކަށްއްވެސް މިސަރުކާރު އައިފަހުން އިރެއް ނާރައެވެ.
    ޢެކަ މަކު ސަރުކާރުގެ ޕްރޮޕަގަންޑްފަތުރާ ފަރާތް ތަކުގެ ލޯތަކާއި ސިކުނޑިތައް ގަނޑުހިފާފައި ވުމުން ފެންނަނީ ވިސްނެނީ " މިސަރުކާރު އައި ފަހުން މަގު މަތި އަ މާންް ކުރެވިއްޖެ" ކަ މަށް!! ރީއްޗެއްނޫން!!!ދޯ؟!!!!

    17
    1
  9. ޝާހް، ރ.ވާދޫ

    މިސަރުކާރަކު ތިކަހަލަ ކަންކަމެއް ނުހިނގާނެ.

    13
    2
  10. ފުލުހުން

    ތިވަރު ފުލުހުންނަށް ވިކަންވެސް ރަގަޅު. ކަންތައް ނިމުނީމަ އެޓެންޑްވީ. ގުޑްޖޮބް

    12
    2
  11. ހަމަހަމަ

    މާރާމާރީ، މަސްތުވާތަކެތި، ފޭރުން ، ކުޑަކުދިން ޖިންސީ ށިކާރައަށްވުން ވަނީ އާންމުވެފަ . ޢެކަމަކު އޯކޭ. ތުނބުޅިލީ ބަޔަކު ކުރާކަމަކަށް ނުވުމުން ބިރެއް ނުގަނެ. ޢެލާޓެއް ނެރޭކަށް އޮޕަރޭށަނެއް ހިންގާކަށް ނުޖެހެ. މިއީ ހަމަ އިޒުރޭލު އެމެރިކާ އިންޑިޔާ ކައިރިން ދަރިވަރުވެފަ އޮތް ސަރުކާރެއް.

    23
    1
  12. ރޮ ވޭ

    ދި ވެ ހީން މި އަ ދު ރޮށް ވަ އި ފި ޔޭ ނެ ތު މުން ރައީސް ދި ވެ ހީން މި އަ ދު ބޭ ނުން ވަނީ ޔާމީން ރައީސް

    11
    3